ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިއްދޫގައި ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަނީ.--- ފޮޓޯ: އެމްޑީޕީ
11 ނޮވެމްބަރ 2018 - 00:38
ފްލެޓް ހައްގުވާ މީހުންނަށް ނުދީ ނާއިންސާފުން ފްލެޓު ދީފައިވީ ނަމަވެސް އެ ތަންތަނުގައި ދިރިއުޅޭ މީހުން ނެރުމަކީ ބޭނުންފުޅުވާ ގޮތް ނޫން ކަމަށް ވިދާޅުވެ، މިއަދު ދެއްކެވީ ދިއްދޫގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތް ކޮށްފައިވާ ފްލެޓްތަކާ ގުޅޭ ވާހަކަ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ދިއްދު އަށް ކުރެއްވި އެއް ދުވަހުގެ ދަތުރުފުޅުގައި، އެ ރަށުގެ އެމްޑީޕީގެ ސަޕޯޓަރުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި، ޕީޕީއެމްގެ ސަޕޯޓަރުންނަށް ނާއިންސާފުން ދިއްދޫން ފްލެޓް ދީފައިވާ ކަމުގެ ޝަކުވާ ނަޝީދަށް މިއަދު ހުށަހަޅާފައިވެ އެވެ. އެމްޑީޕީގެ މެމްބަރުން ތުހުމަތުކުރާ ގޮތުގައި ދިއްދޫން ފްލެޓް ދޫކުރުމުގައި މި ސަރުކާރުން ވަނީ ސިޔާސީ ފިކުރަށް ބަލައި މާކްސް ދީފަ އެވެ.
އެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ނުހައްގުން ފްލެޓު ލިބިފައިވާ ބަޔަކު ތިބި ނަމަވެސް އެމީހުން އެތަންތަނުން ނެރެން އެމަނިކުފާނު އެދިވަޑައިނުގަންނަވާ ކަމަށެވެ. އޭގެ ބަދަލުގައި އޮތް ހައްލަކީ އިތުރު ފްލެޓް އެޅުން ކަމަށް ވިދާޅުވި އެވެ.
"ކޮންމެ ގޮތެއް ވިޔަސް، އިންސާފު ވިޔަސް، ބޭއިންސާފު ވިޔަސް ފްލެޓުގައި އެ އުޅެނީ ހަމަ ދިވެހިން. އެމީހުން އެތަނުން ނެރެފައި އެތަން އެހެން މީހަކަށް ދިނުމުގެ ވިސްނުމެއް ހަމަ ގައިމު އަޅުގަނޑުގެ ނެތް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު އެހެން ވިދާޅުވުމާ އެކު، އެ ބައްދަލުވުމުގައި ތިބި އެމްޑީޕީގެ ސަޕޯޓަރުން އަތްހައި އެމަނިކުފާނަށް ހިތްވަރު ދިން ނަމަވެސް އެ ޚަބަރު މީޑިއާގައި ޝާއިއު ކުރުމާ އެކު، އެކި ފަރާތްތަކުގެ ނުރުހުން ސޯޝަލް މީޑިއާގައި ވަނީ ނަޝީދަށް އަމާޒުކޮށްފަ އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ އިސް އެކްޓިވިސްޓުން ވެސް ހިމެނެ އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މި ސަރުކާރުން އިމާރާތް ކުރަމުން އަންނަ 7،000 ފްލެޓް ދޫކުރުމުގައި އިންސާފުން ބޭރުން ކަންކަން ކޮށްފައިވާ ކަމުގެ ޝަކުވާ ވަރަށް ބޮޑުވެފައިވާއިރު، ދިއްދޫގައި ނަޝީދު ދެއްކެވި ވާހަކަފުޅު އެ ފްލެޓްތައް ލިބުނު މީހުންނަށް އަމާޒުވާ ކަމަށް އެމްޑީޕީގެ ބައެއް ސަޕޯޓަރުން ވެސް ގަބޫލު ކުރެ އެވެ.
އެ މީހުންގެ ފާޑުކިޔުންތަކާ ގުޅިގެން، ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފްލެޓާ ގުޅޭ ގޮތުން އެމަނިކުފާނު ޚާއްސަ ގޮތެއްގައި ދެންނެވީ ދިއްދޫގައި އިމާރާތްކޮށް، އަދި މީހުންނަށް ދޫކޮށްފައިވާ ފްލެޓްތަކުގެ ވާހަކަ ކަމަށެވެ.
"'[އެއީ] ހުޅުމާލޭގައި ބޭއިންސާފުން ދިނުމަށް ލިސްޓު ހަދާފައިވާ ފްލެޓްތަކެއް ނޫން،" ނަޝީދުގެ ޓުވީޓުގައި ވެ އެވެ.
Flat aai gulhey gothun alhugandu khaasa gotheh gai dhennevee Dhidhdhoo gai imaaraiykoh adhi meehunnah dheefaivaa flat thakuge vaahaka. Hulhumale’ gai beyinsaafun dhinumah listu hadhaafaivaa flat thakeh noon
— Mohamed Nasheed (@MohamedNasheed) November 10, 2018
ނަޝީދުގެ ޓުވީޓު
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަ މިއު މަ
12 November 2018
ދިއްދޫ ގަ އެހުރީ ފްލެޓެއް ނޫން. ރޯ ހައުސް އޭ ކިޔެވި ދާނެ. އަސްލު އެހެންނޭ ހުންނަންވާނީ، ފްލެޓް ކަމަކު ނުދޭ.
އިލާ
12 November 2018
އަސްލުވީގޮތަކީ އަންނިގެ އާއްމު އުސޫލުން ސޯޝަލް މީޑިއާގައި ރައްޔިތުން އުތުރިއަރައިގަތުމުން ދެއްކި ވާހަކައިގެ ތަރުޖަމާއެއް ނެރެންޖެހުނީ.. ހިތާ ހިތުގެ ގުޅުން ބޮޑުކަމުން ކޮންމެކަމެއްވެސް މިގޮތަށް!
އައްޓަމަސް
12 November 2018
ތީއަބަދުވެސް ގަހުގަ ހުންނަބޭކަލެއް! ބޮވެންޖެހޭނެޔޭ ބުނީމަވެސް ބުނި އެއްޗެކޭ! ތިމަންގެ ނުބައިކަން ދައްކާލާނަމޭ ބުނީމަވެސް ބުނި އެއްޗެކޭ! އަބަދުވެސް ބުނާއެތީގެ 2 މާނައޮންނާނެ ޅެންވެރިޔާގެ ބަނޑުގައި ޅެމުގެމާނައޮންނަހެން!
ޢަޖައިބު
12 November 2018
ދެ ގައުމެއް ބާ؟ ދިއްދޫ / ހުޅުމާލެ
ކަފު
11 November 2018
ތީދެން ޖޯކެއް. މާލޭގަ ދިރި މިއުޅެނީ ބޮޑު ކުލިދީގެން ދަރިންނަށް ރަގަޅު ތަޢުލީމެއް ދެވޭތޯ ފުލެޓް ލިބުނީމަ އަތުލުމަކީ ކިހާ އިންސާފުވެރިކަމެއް. މާލެއިން ފުލެޓް ލިބުނީ ދިވެހިން ނަކަށް ނޫދޯ. އެއީވެސް އިންސާނުން ހަމަ ފުލެޓް މުހިންމުވާ ބައެއް. މާލޭގަ ވެރިންނަށްތައް ހަމަ ފުލެޓް ޙައްގު ވަނީ؟؟؟
މަ މިއު މަ
12 November 2018
ތި ވެރިންނަށޭ ލިބުނީ.
ދޮންތަ
11 November 2018
ފުލެޓު ދޮންބެ ވިއްޔަ.. ފްލެޓް ވާހަކަ ދައްކާނެ އެއްނު
ފޫހި
11 November 2018
މީގައި ކޮމަބްޓްކުރާ މީހުންގެ ވިސްނުމުގެ އެދުންވެރިކަމާހެދި ހައިރާންވޭ. ނަހައްގުން ދިނަސް ފްލެޓް އަތުނުލެވެންޏާ ތިޖޫރީން ފައިސާ ނަގައިގެން މީހަކު ގެންދިޔަޔަސް އެ އަތެއް ނުލެވޭނެ.
ޚާދިމްކުމް
11 November 2018
ދިއްދޫގައި ވެއްޖެނަމަ މަކަރު ހަދައިގެން ވިޔަސް ފުލެޓް ހޯދާނަމަ އޯކޭ އޭ ދޯ ތިބުނީ އޮޅުވާލުން ވާނީ އޮޅުވާލުމަށް ދިއްދޫ ވިޔަސް މާލެ ވިޔަސް
ޝާއިރާ
11 November 2018
ރައީސް ނަޝީދު ވަރަށް އަޕްޑޭޓް ނުވާކަން މީގެން އެނގެނީ. ރައީސް މުންތަޚަބް އިބްރާހިމް ކެމްޕޭނުގައި ވިދާޅުވީ އެއަރޕޯޓު އެޅުމުގެ ވިސްނުން ހުރިވާހަކަ، ނަޝީދު މިވިދާޅުވަނީ މުޅިން ތަފާތު ވާހަކަ އެއް.
ޕަކާސް
11 November 2018
ދިއްދޫގައި ލިބުނީ ދިވެހި ރައްޔިތުންނަށް، ހުޅުމާލޭން ލިބެނީ ދިވެހިރައްޔިތުންނަކަށް ނޫން؟؟!؟