ލާމު އަތޮޅު ލިންކު ރޯޑު.-- ފޮޓޯ: ތޮއްޓޭ ފޮޓޯގްރަފީ
21 ނޮވެމްބަރ 2018 - 17:41
ލ. އަތޮޅު ލިންކް ރޯޑުގައި މި މަހުގެ ފަސް ވަނަ ދުވަހު ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި ޒުވާނާ އަށް ފަރުވާ ދެމުން އަންނަނިކޮށް އައިޖީއެމްއެޗުގައި މިއަދު މަރުވެއްޖެ އެވެ.
އެ އެކްސިޑެންޓުގައި ޒަހަމްވި އުމުރުން 18 އަހަރުގެ ފިރިހެންމީހާ އަށް ފުރަތަމަ ފަރުވާ ދިނީ ލ. އަތޮޅު ހޮސްޕިޓަލުންނެވެ. ނަމަވެސް އިތުރު ފަރުވާއަށް އޭގެ އަނެއް ދުވަހު މާލެ ގެނެސް އައިޖީއެމްއެޗުން ފަރުވާ ދީފައި ވެ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓުގައި ޒަހަމްވި ޒުވާނާއަށް ފަރުވާ ދެމުން އަންނަނިކޮށް، މިއަދު މެންދުރު 2:30 ހާއިރު މަރުވެފައިވާ ކަމަށެވެ. ނަމަވެސް އޭނާއަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް ނުދެ އެވެ.
އެކްސިޑެންޓު ހިނގީ، ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ހޮޅިދަނޑިއެއްގައި ޖެހިގެންނެވެ. މަރުވި ޒުވާނާ އިނީ އެ ސައިކަލްގެ ފަހަތުގަ އެވެ.
މީގެ ދެ އަހަރު ކުރިން ފެށިގެން އާއްމުން ބޭނުންކުރަމުން އަންނަ ލާމު ލިންކް ރޯޑުގައި ގިނަ އެކްސިޑެންޓުތަކެއް ހިނގާފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަނަޖީބު
27 October 2021
ތިޔަލިންކު ރޯޑަކީ ދުއްވެވަރުމަޑި ލިންކުރޯޑުހެދިޔަސް ބުރުޖުއެޅިޔަ ހަދަފާ ހުންނަޤަވާޢިދައް އަމަލުނުކުރާ ކަމައްވަންޏާ ހިތާމަޔާ މޮޅިވެރިކަން ހިގާނެ އުސޫލުތެރެގާއުޅެނަމަ ދިމާވާކަންތައް މަދުކުވެވޭނެ
ރަޖުނީކާންތު
22 November 2018
މާގިނައިން ތަމަޅަ ފިލުމު ބަލަނީހެން މަށަށް ހީވަނި.
ދުވާރު
21 November 2018
އިއްޔެ ހުޅުމާލޭގައި ސައިކަލުތަކެއް މުޑިއަރައިގެން ބަޔަކަށް އަނިޔާވީ. މިއަދު މީހަކު މިވީމަރު! އޭނާއަށް ހެޔޮ ރަޙްމަތް ލައްވާދޭވެ! ކީއްތަވާނީ, އިންސާފާ ހަމަހަމަ ކަމާ އުފާވެރިކަން ރައްޔިތުންނަށް ގެނެސްދޭން އައި ސަރުކާރުން ވަކި މީހަކު ފަހާ ދުވުމަށް ކޮމިޝަންތައް ނަހަދާ މިކަހަލަ ކަންކަމަށް ހައްލެއްލިބޭތޯ އުޅެދިނިއްޔާ!
ކޮސްވާހަކަ
22 November 2018
ތިބުނީ އެކްސިޑެންޓު ހުއްޓުވޭނީ ވަގުން ހިފަން މަސައްކަތްކުރުން ހުއްޓާލީމައޭތަ؟
ޢަލީ ރާޖާ
21 November 2018
މަގުތައް ހުރީ ރަނގަޅު ފެންވަރަކަށް ހެދިފައި. ގަވާއިދާއި ގާނޫނުތައް ހުރީ ހެދިފައި. ދެން ކީއްވެބާ މިހެން މިވަނީ؟ ދުއްވަން އޮންނަ މިންވަރަށް ވުރެ ބާރަށް ދުއްވުމުގެ ސަބަބުން. އެއްކޮށް ލަސްވުމުގެ ބަދަލުގައި 6 އެއްކަ މިނިޓު ލަސް ވިޔަސް އެންމެ ރަނގަޅު ކަމަށް ދެކިގެން މަޑުން ދުއްވަމާ.
ފެއިލިއާސް
22 November 2018
ގިނަ ފަހަރު ބާރަށް ދުއްވާ މީހުންނަކީ އަތުން ފައިން މަސައްކަތް ނުކުރާ މީހުން. އެމީހުން ލަހުން ގޮސްގެން ކަނޑާނެ މުސާރައެއް ގެއްލޭނެ ވަޒީފާއެއް ނޯންނާނެ.