އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއް ކުރިއަށް ދަނީ. -- ފޮޓޯ: އެމްޑީޕީ
24 ނޮވެމްބަރ 2018 - 10:59
ސަރުކާރުގެ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން އަންނަ އަހަރުގެ މާޗް މަހުގެ ފަހުކޮޅު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 87 ދާއިރާއަކަށް ވާދަކުރަން މަޝްވަރާކޮށްފި އެވެ.
މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބަށް، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އެއްބަސްވުމެއް އެކުލަވާލައިފަ އެވެ.
އެގޮތުން، މައުމޫނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވަނީ މަޖިލިހުގެ އިންތިޚާބާއި ލޯކަލް ކައުންސިލް އިންތިޚާބުގައި ގުޅިގެން މަސައްކަތް ކުރަން އެއްބަސްވެފަ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއް ކުރިއަށް ދަނީ. -- ފޮޓޯ: އެމްޑީޕީ
އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހުރިހާ ދާއިރާއެއްގެ ގޮނޑިތައް ހޯދުމާ ގުޅޭ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު އެ ޕާޓީގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރަކު ނަން ނުޖަހާ ގޮތަށް "މިހާރު" އަށް ވިދާޅުވީ މަޖިލީހުގެ އިންތިހާބުގައި 87 ދާއިރާއަށް އެމްޑީޕީން ވާދަ ކުރުމަކީ އެ ޕާޓީން ގެންގުޅޭ ވިސްނުމެއް ކަމަށެވެ. އެކަމަށް އެމްޑީޕީ މެމްބަރުން ޝައުގުވެރިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްޑީޕީން އަބަދުވެސް ވިސްނުން ގެންގުޅޭ ކަމެއް ހުރިހާ ގޮނޑިއަށް ވާދަ ކުރުމަކީ. އެކަމަކު ހަތަރު ލީޑަރުންގެ މެދުގައި އެއްބަސްވުމެއް އޮތް ކަން ހަނދާނުން ފޮހެވުނީކީ ނޫން. ކަމެއް ކުރަން އަދި ވިސްނުން ގެންގުޅުމަކީ އެގޮތަކަށް އަމަލު ކުރުމެއް ވެސް ނޫން،" މެމްބަރު ވިދާޅުވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއް ކުރިއަށް ދަނީ. -- ފޮޓޯ: އެމްޑީޕީ
މެމްބަރު ވިދާޅުވީ ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރެއްވުމުގެ ވިސްނުން ގައުމީ މަޖިލީހުގެ މެމްބަރުން ގެންގުޅެމުންދާ ކަމަށެވެ. އަދި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ގިނަ މެމްބަރުންތަކެއް އެކަމަށް އެދި ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބައްދަލުވުމުގައި ވަކި ގޮތެއް އަދި ނިންމާފައި ނުވޭ. މެމްބަރުންގެ ހިޔާލު ބެލުމުގެ ގޮތުން ބޭއްވި ބައްދަލުވުމެއް އެއީ،" ގައުމީ މަޖިލީހުގެ މެމްބަރަކު ވިދާޅުވި އެވެ.
އެމްޑީޕީން މަޖިލީހުގެ 87 ގޮނޑިއަށް ވާދަކުރުމުގެ ވިސްނުން ގެންގުޅޭއިރު، ނަޝީދު މިދިޔަ އަންގާރަ ދުވަހު ވިދާޅުވީ މަޖިލިހުގެ އިންތިޚާބަށް، ވެރިކަން ކުރާ ކޯލިޝަންގެ ޕާޓީތަކަށް ގޮނޑިތައް ބަހާނެ ގޮތަކާ މެދު ގޮތެއް ނިމިފައި ނުވާ ކަމަށެވެ. ނަޝީދު ވިދާޅުވީ، އާ ގާނޫނުއަސާސީ ވުޖޫދަށް އައި ފަހުން އެމްޑީޕީން މަޖިލިހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރިއިރު، އެ ޕާޓީގެ މެމްބަރުން ވެސް ބޭނުމީ އެގޮތް ކަމަށެވެ.
ނަޝީދު އައްޑު އަށް ދާދި ފަހުން ކުރެއްވި ދަތުރުފުޅުގައި ފޭދޫ ރައްޔިތުންނާ ބައްދަލުކުރައްވައި އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން ފެށި ދަތުރު އަދި ނިމިފައި ނުވާއިރު، ސަލާމަތުގެ އައްސޭރި އަކަށް ދެވޭނީ މަޖިލީހުގެ އިންތިޚާބުގައި އިދިކޮޅު އެމްޑީޕީއަށް ވޯޓު ދީގެން ކަމަށެވެ.
އެމަނިކުފާނު އެހެން ވިދާޅުވިއިރު، އަންނަ އަހަރުގެ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެކި ދާއިރާތަކަށް އެމްޑީޕީގެ މެމްބަރުން ވަނީ ކެމްޕެއިން ފަށައިފަ އެވެ.
ނަމަވެސް، މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅަން ފެނިވަޑައިގަންނަވަނީ އެމްޑީޕީގައި ބާއްވާ ޕްރައިމަރީ އަކުން ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޜ.ނަޒުނާ/ހިތަދޫ/ޔޫކޭ
25 November 2018
87 ސީޓައް ވާދަކުރުމަކީ ރަނގަޅުކަމެއް ލޯބިވާ އަދި އިތުބާރުކުރާ ލީޑަރަކު ހުރި ޕާޓީއަކަށް ގިނަ ގޮނޑި ލިބޭނެ. މިއި އަހަރެން ދެކެގޮތް އަދި މިދިޔަ ރިޔަސީ އިންތިޚާބުގެ އަލީގައި ފެންނަން އޮތް ހަގީގަތަކި އެމް ޑީ ޕީ ވަކީން ނިކުތުމަކީ ބުއްދިވެރިކަމެއްކަމަށް.. މިއިންތިޚާބު ގައި ޕުރައިވެޓު ކެންޑިޑޭޓެއްގެ ގޮތުގައިމިނިކުންނަނީ ނިޒާރު/އެމްޓޭޝަންގެ /ހިތަދޫ ކުރިމަތިނުލާނެކަން ޔަގީންވާތީވެ އެ ދާއިރާއަށްކުރިމަތިލަން!!!.މިހާރުވެސް 5341 މީހުންގެ ސޮއިއެބައޮތްލިބިފައި،
ފަޒުނާ/ހިތަދު/ސ.އެފުރިކާ
25 November 2018
އެއްގޮތަކަށްވެސް ބިރުނުގަނެ އަނެއް 3 ސުޕަރލީޑަރުންވެސް ކުރިޔަށް އޮތް މަޖިލިސްއިންތިޚާބައް އެލީދަރުންގެ ޕޮލިޓިކަލް އެޑުވައިޒަރުން ކުރިމަތިލައްވައިގެން ގޮނޑިތައް ކާމިޔާބުކުރަންވިނޫންތޯ. އެއިންކޮންމެ ލީދަރެއްވެސް 20 ވަރަު ޕޮލިޓިކަލް އެޑުވައިޒަރުން މީގެތެރޭގައިއެތަކެއް ޑިފެންސް މިނިސްޓަރުން .އެތަކެއް ވައިސް ޕުރެޒިޑެންޓުން އަދި އެތަކެއް މިނިސްޓަރުން. ވަރުދައް ކައިލަން މިފަހަރު ސެޓު300މިލިއަން ވަރު ޚަރަދުކޮށް ރައްޔަތުން މުއްސަނދިކޮށްލައްވާ.އެމްޑީޕީކުރ
ސޯބު
25 November 2018
އެމް ޑީ ޕީ ގެ އަސްލު ވިސްނުމަކީ މަޖިލީހުގެ ފުރިހަމަ އަގުލަބިއްޔަތު ހޯދުމަށްފަހު ހަށިފޮޅާލައިފާ އަމިއްލަ ފައިމައްޗައް ތެދުވުން. އެދުވަހަކުން ސޭޓެއް އެހެންމީހެއް ނޯންނާނެ އަދި އެމް ޑީ ޕީ ގެ ބޮޑުންގެ އަސްލު ސޫރަ ނިކަން ރީއްޗައްފެންނާނެ.
ފޮސްކަލޯ
25 November 2018
ކޮބާ އައްޑޫ މޮޔަމީހުންތައް
ވާލުސޮރު
24 November 2018
މަޖިލިސް އިންތިޚާބްގަ ހުރިހާ ޕާޓީތަކުން ވާދަކުރުމަކީ ރަނގަޅުކަމެއް. އޭރުން ރައްޔިތުން އެންމެ ލޯބިވާ އަދި އިތުބާރުކުރާ ލީޑަރަކު ހުރި ޕާޓީއަކަށް ގިނަ ގޮނޑި ލިބޭނެ. ކޯލިޝަނަށް ގިނަ ގޮނޑި ލިބިއްޖިއްޔާ އެއޮތީ ވެފަ. އެއީ 4 މީހުން އެއްކޮށް ގޮސް ހޮޓަލަކުން ސައިބޮއިފަ އެކަކު ތަންކޮޅެއް ގިނައިން ކެޔަސް ބިލް ގެ އަދަދު ހަމަޔަށް ބަހާލުންފަދަ ކަމެއް. މިހާރަކު ޔަގީނުންވެސް ޕީޕީއެމް އަށް ވޯޓު ހޯދަން ރައީސް ޔާމީނުގެ ނުފޫޒުގެ ބިރެއް ނޯންނާނެ.
ރަސީދުބޭ
24 November 2018
ތިޔާ އުޅެނީ ފެންދީފައި ކަތިލާން ތިޔާހެން ފެންދީފަ ކަތިލަން އުޅެނިކޮށް ކަތިވަޅި އަމިއްލަ ގައިކޮޅަށް 2012 ގައި ހެރުނީ
ނޫސްކިޔާމީހާ
24 November 2018
ކޮބާ ވާގޮތް އެބަ ފެނޭތަ؟ މީއީ ފުރަތަމަވެސް އެވެެރިން ކަންތައް ކުރާނެ ކަމަށް އުއްމީދުކުރެވުނުގޮތް. ދެންގޮސް ޕޯޑިޔަމްގަ ހުރެ ރައްއިތުންގެ ކާއިރީގަ ތިމަންނައަށް މާފުކުރާށޭ އަނެއްކަވެސް ބުނާނީދޯ.
ޢެޓޮމް
24 November 2018
100ޕަސެންޓަ ތާއީދު
އަމީލް
24 November 2018
ފެނޭތަ!؟ ފެނޭތަ!؟ ފެނޭތަ!؟
ފީއިލޮށި ކޯލިޝަން
24 November 2018
މާތް ﷲ ގަންދީ ހުވާކުރުމަށްފަހު އެދުވަހުގެ އެ ވަގުތުގައި ރައީސް ވިދާޅުވި ތިމަންނަ ކުޑަ ހިދުކޮޅަކަށް ވެސް ހަނދާން ނުނެތޭނޭ ތިމަންނާ ވެރިކަމަށް އައިސް މިހުރީ ކޯލިޝަނެއްގެތެރޭންކަން! އެއަށްފަހު ގައުމުގެ އިގުތިސާދުވަނީ ފުން ވަޅުގަޑަކަށް ވައްޓާލާފައޭވިދާޅުވެ ހެެއްދެވީ ދޮގު! އެެއަށްފަހު ވެރިކަމާ އެއްފަދަ ބާރެއް ޤާނޫނުން ދީފައިވާ ކުޑިޝަރީއަށް ދެއްވީ ބަހުގެ ޙަމަލާ! މިހާރު ބޮޑުފޮށީގައިއޮތް ކޯލިޝަން އެއްބަސްވުމުގެ އަސާސްތައް ރޫޙާނީ ލީޑަރު މުގުރަމުން ދާއިރުވެސް ރައީސަށް އެއްޗެކޭ ބުނުމުގެ އެއްވެސް ބާރެއްނެތް!
ޢަލީބަލީ
24 November 2018
ސަރުކާރުގައި ކޯލިޝަންގެ ފުރިހަމަ ބައިވެރިވުން އެބައޮތް. އެހެންވީމަ ކޮބާ ހުވަޔާ ހިލާފުވެފަ؟ މަޖުލިސްއަކީ ވަކިބާރެއް. ސަރުކާރާއި މަޖުލިސްއާ ޖުޑިސަރީ އެއްކުރަން ކޯލިޝަން ހެދިކަމެއް ނުދެނެހުރިން.