އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އެމްޑީޕީއަށް ރޭ ސޮއިކުރައްވާއިރު، އެ ޕާޓީގެ ރައީސް ނަޝީދު (ވ) އަދި ޗެއާޕާސަން ހަސަން މަޑުކޮށްލައްވައިގެން.---ފޮޓޯ: އެމްޑީޕީ
21 ނޮވެމްބަރ 2018 - 11:18
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް، ވެރިކަން ކުރާ ކޯލިޝަންގެ ޕާޓީތަކަށް ދާއިރާތައް ނުވަތަ ގޮނޑިތައް ބަހާނެ ގޮތަކާ މެދު އަދި ގޮތެއް ނުނިމޭ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އެމްޑީޕީއަށް ސޮއިކުރެއްވުމަށް، ނަޝީދު ދިރިއުޅުއްވާ ގެކޮޅުގައި ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރުގެ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކޯލިޝަންގެ ޕާޓީތަކަށް ގޮނޑިތައް ބަހާނެ ގޮތަކާ މެދު ބައެއް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
"އެހެން ނަމަވެސް އެ ގޮނޑިތަކުގައި، ވަކި ގޮނޑިތަކަކަށް ވާދަކުރާނީ ކޮން ޕާޓީތަކަކުންތޯ މި ސުވާލުތަކަށް އަދި ވަނީ ޖަވާބެއް ނުލިބި. ނޫނީ އަދި އެނިންމުންތައް ވަނީ އަޅުގަނޑުމެންނަށް ނުނިންމި،" ނަޝީދު ވިދާޅުވި އެވެ.
އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އެމްޑީޕީއަށް ރޭ ސޮއިކުރެއްވުމަށް ފަހު އޭނާގެ ފޯމު އެ ޕާޓީގެ ޗެއާޕާސަން ހަސަންއާ ހަވާލުކުރައްވާއިރު، ފަހަތުގައި ނަޝީދު ހުއްޓިވޑައިގެން.---ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވެސް ބައިވެރިވެވަޑައިގެންނެވި އެ ހަފްލާގައި ނަޝީދު ވިދާޅުވީ، ގާނޫނުއަސާސީ އަށް 2008 ވަނަ އަހަރު އަމަލުކުރަން ފެށި ފަހުން އެމްޑީޕީން އައީ ރައްޔިތުންގެ މަޖިލިހުގެ ހުރިހާ ގޮނޑި އަކަށް ވެސް ވާދަކުރަމުން ކަމަށެވެ. އަދި ވިދާޅުވީ، އެ ޕާޓީގެ ހުރިހާ މެމްބަރުންގެ ވެސް އެންމެ ބޮޑު އުއްމީދަކަށް އަނެއްކާ ވެސް ވާނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވީހާ ވެސް ގިނަ ގޮނޑިއެއް ކާމިޔާބު ކުރުން ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީ އެކަށީގެންވާ ކާމިޔާބެއް ހޯދާނެ" ނަޝީދު ވިދާޅުވި އެވެ.
މުހައްމާ އެމްޑީޕީއަށް ސޮއިކުރެއްވުމުން އޭނާ އަށް މަރުހަބާ ދަންނަވަމުން ނަޝީދު ވިދާޅުވީ، އޭނާ އެ ފިޔަވަޅު އެޅުއްވީ، މަޖިލިސް އިންތިޚާބުގައި އިހަވަންދޫ ދާއިރާއަށް އެމްޑީޕީން ފުރުސަތު ލިބޭނީ ޕްރައިމަރީއަކަށް ފަހު ކަމަށް ގަބޫލުކު ކުރައްވައިގެން ކަމަށެވެ.
ނަޝީދު ވިދާޅުވިގޮތުގައި، ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިވާނީ ޕްރައިމަރީގައި ވާދަކޮށްގެން ކަމަށެވެ.
މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބަށް، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އެއްބަސްވުމެއް އެކުލަވާލައިފަ އެވެ. މައުމޫން ފިޔަވައި އެހެން ހުރިހާ ލީޑަރުން މިހާތަނަށް އެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވާއިރު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ގުޅިގެން މަސައްކަތް ކުރަން ވަނީ އެއްބަސްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދދދދދ
25 November 2018
އޭ ނަޝީދު ކަލޭ ބުނާ ގޮތަކަށް ނުވޭނު ކަންތަކެއް. ލަދުގަނެބަލަ. ކެކެކެ
ލޮލީ
22 November 2018
އިދިކޮޅު ޕާޓީއެއްނެތް. ދެން ކޯލިސަންގެ 4 ޕާޓީންވެސް ހުރިހާ ދާއިރާ އަކަށްވެސް ކުރިމަތި ލާނީ. ކޮންމެބަޔަކަށް ގޮޑި ލިބުނަސް މައްސަލައެއްނެތެއްނު. މައްސަލައަކަށް ވާނީ އެމް.ޑީ.ޕީ ފިޔަވައި ކޯލިސަންގެ އެހެން އެއްވެސް ޕާޓީ އަކަށް 87 ކެޑިޑޭޓުން ނުނެރެވޭނެކަން ދޯ.
އުނބުށެން
21 November 2018
އެއްބަސްވުމެއް އޮތްނަމަ އެޕާޓީއަކަށް ކަނޑައެޅޭ ޢަދަދެއްގެ ގޮނޑި އެޕާޓީއަކަށް ދިނަސް އެޕާޓީއަކުން އެ ޢަދަދަށް މީހުން ނެރުމުގައި އެކަކަށްވުރެ ގިނަ މީހުން ދާއިރާއަކަށް ކުރިމަތިލައިފިނަމަ ޕްރައިމަރީއަކުން މީހަކު ހޮވުން ރަނގަޅެވެ. ތަބަކަށްލާފައި އެއްވެސް މީހަކަށް ޓިކެޓް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
ވާލުސޮރު
21 November 2018
2019 ގަ އޮތީ ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބެއްތޯ ނޫނީ ގުޅިފައިވާ ކޯލިޝަންގެ އިންތިޚާބެއްތޯ މިފަހަރު އީސީ އިން ކަށަވަރުކޮށްދޭންޖެހޭނެ. އެއީ އިންތިޚާބާބެހޭ ޤާނޫނުގަ ވާގޮތުން އެއްވެސް ފަރާތަކުން ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބާ އެފަދަ އެހެނިހެން އިންތިޚާބުތަކަށްވެސް ނުފޫޒުފޯރުވުމަކީ ގާނޫނީ ކުށަކަށްވާތީ މިހާރު މިއިވޭގޮތަށް ކޯލިޝަނުން ގޮނޑިބަހާ ނަމަ އެކަން ހުއްޓުވަން ޖެހޭނެތީ. ދާއިރާގެ ގޮނޑި ދޭނެ ބަޔަކު އިނގޭނީ އެ ދާއިރާއެއްގެ ރައްޔިތުންނަށް.
ޞާނު
21 November 2018
ކޯލިސަނުން ތާކުންތާކުން ނުޖެހޭމީހުން ދައްކާ މަށެއް ވޯޓުލާކަ ނުދާނަން. ކޯލިސަނޭ ކިޔައިގެން މޮހަންމާ، މުބީން، މުސްތަފާ ކަހަލަ މީހުން ކުރިމަތި ލައިފިއްޔާ މަހުންނާނީ ވޯޓުލާ ދުވަހުގޭގެ. ޕާޓީ ތަކުން ތިއުޅެނީ ރައްޔިތުމް އަތުން ޔާމިން ބުއި ބޮޑި ބޯން.
ދޮން ބަބުރު ސޮރު
21 November 2018
މީ ރައްޔިތުން ވިސްނަން ޖެހޭ ވަގުތެއް މިއުޅޭ ދެ ތިން މީހުން މިގައޮމު ކޮންޓޮރޯލް ކުރަން ފުރުސަތު ދީގެން ނުވާނެ މިނިވަން ކެންޑި ޑޭޓުން ހޮވަމާ ބަހީ. އޭ ދަރީންނޭ ނިކަން ހޭއަރާ ގައޮމުގެ ހުރިމުސްސަދި ކަން އެއްކޮށް ބައްކުރަން ނުދީ.
މީނާ
21 November 2018
މިހާރު ގޮނޑި ހޯދުމުގެ ނިޔަތުގަ ދަނީ ބޮޑެތި ކޮރަޕްޓް މީސްމީހުން ޕާތީތަކާ ގުޅެމުން. ހައްތާހާވެސް އެމީހުންގެ ޑީލްތައް މަޖްލީސްގެތެރެއިން ނިންމުން ބޭނުމަކީ
ނުފެންނަތާކިހާ
21 November 2018
ޕްރައިމަރީ އަކުން ނޫނީ އެކަކަށް ވެސް ގޮޑި ދީގެން ނުވާނެ ! އަދުލު އިންސާފު ހިގަންޏާ އެމްޑީޕީ ކުރި ހޯދާނެ ! ޝައްކެއް ވަސްވާހެއް ނެތް ! އަދި މިހާރު ސަޕޯޓަރުންގެ އަދަދު ހީނުކުރާހާ ގިނަ ވެއްޖެ !
އަހަންމަދާ
21 November 2018
ވަރަށް ތާއީދު އަދި ހަމަ އެހެންމެ ޕްރައިމަރީގަ ވާދަ ކުރަން ވައިކުޑައިގަ ފުންމާލި މީހުންނަށް ވޯޓް ދިނުމަށް އެތައް ހާސް ބަޔަކު މިހާރުވެސް ވަނީ އެމްޑީޕީއާ ގުޅިގފަ. މިގޮތަށް މިހެން ވެއްޖެއްޔާ އެންމެ އެކަށީގެންވާ މީހާ ބާކީވެސް ވެދާނެ އެކަމުވެސް އެއީ ޑިމޮކްރެސީ ދެއްތޮ
ފަޅުވެރިން
21 November 2018
ގޮނޑި ބެހުމަކީ ވަރަށް ބޮޑު ގޯހެއް! އިދިކޮޅަސް، އެއްކޮޅަސް، ރަނގަޅު ގޮތަކީ ހަމަ ކޮންމެ ޕާޓީއެއްވެސް އަމިއްލަ ގޮތުން ވާދަކުރުން! ކޮންމެ ޕާޓީއެއްގައިވެސް ހުރި "ވަރު" ރައްޔިތުންނަށް، އަދި "ލީޑަރުން" ނަށް އެބަ ފެންނަންޖެހޭ! އެކަން ކުރެވޭނީ ކޮންމެ ޕާޓީއެއްވެސް އަމިއްލައަށް ވާދަކޮށްގެން! ވަކިވަކިން ވާދަ ކުރިއަސް "ކޯލިޝަން" އަށް އަސަރު ކުރާކަށްވެސް ނުޖެހޭ! ކޮންމެ "ލީޑަރަކަށް" އޮތް ތާއީދުވެސް ސައިންޓިފިކް ފެންވަރެއްގައި ދެނެގަނެވޭނީ އޭރުން!!
ނުކިޔަވާ
21 November 2018
ރައްޔިތުން މުއަހައްދާފަ މުދަލާ މަގާމާއި އެއްޗެހިހި ބަހަމުން މިދަނީ، މިހުރިހާކަމެއް އަމިލައެދުމަށް ކުރަމުންދާއިރުވެސް ކިޔަނީ ރައްޔިތުންގެ ހައްގުގައޭ!!!!!!!!!