މުނިފޫހިފިލުވުން / އިންޑިއާ

ޝިލްޕާ ޝެޓީއާ އެކު އިންޑިއާ އަށް އާ ރިކޯޑެއް

އާދީއްތަ ދުވަހު މުމްބާއީގައި ބޭއްވި ޕްލޭންކްތަން އިވެންޓްގައި ޝިލްޕާ.

27 ނޮވެމްބަރ 2018 - 07:00

އާބާދީ އެންމެ ބޮޑު ޗައިނާގެ އަތުގައި ކުރިން އޮތް ދުނިޔޭގެ ރިކޯޑެއް، ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީއާ އެކު އިންޑިއާ އިން ހޯދައިފި އެވެ.

މި ރިކޯޑަކީ އެއްފަހަރާ އެއް ތަނެއްގައި އެއް ވަގުތަކު އެންމެ ގިނަ އަދަދެއްގެ މީހުން ބައިވެރިވެގެން ބޭއްވި ކަސްތަރުގެ ހަރަކާތަކާ އެކު އިންޑިއާ އިން ހާސިލް ކުރި ރިކޯޑެކެވެ.

ޗައިނާ އަށް މި ރިކޯޑް ލިބުނީ 1،780 މީހުންނާ އެކުގަ އެވެ. މުމްބާއީގައި އާދީއްތަ ދުވަހު ބޭއްވި ޕްލޭންކްތަންގައި ޝިލްޕާ ވަނީ އޭނާއާ ބައިވެރިވި މީހުންނާ އެކު އެއް މިނެޓް ވަންދެން ޕްލޭންކް ހަދައިފަ އެވެ. މިކަން ހާސިލުކޮށްފައި ވަނީ ފިރިމީހާ ރާޖް ކުންދުރާއާ އެކު ކައިވެނީގެ ނުވަ ވަނަ އެނިވާސަރީ ރާއްޖޭގައި ފާހަގަކޮށްފައި ދިޔަތާ އެއް ދުވަސް ފަހުންނެވެ.

ނަމަވެސް އިންޑިއާ އިން އެ ރިކޯޑް ޗައިނާގެ އަތުން ދަމައިގަތީ ޝިލްޕާއާ އެކު 2،350 ވުރެ ގިނަ ބައިވެރިވެ ކުރިއަށް ގެންދިޔަ ޕްލޭންކް އިވެންޓަކުންނެވެ. މިކަން އިންސްޓަގްރާމްގައި ފާހަގަކޮށް ޝިލްޕާ ވަނީ މި ރިކޯޑް އިންޑިއާ އަށް ހާސިލްކޮށް ދިނުމުގައި އެހީތެރިވި ހުރިހާ ފަރާތްކަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.

ޝިލްޕާގެ އިންސްޓަ ޕޯސްޓް.

އަދި އޭނާ ބައިވެރި އިވެންޓް އިންތިޒާމު ކުރި ބަޖާޖް އެލައިންޒް ލައިފް އިންޝޫރަންސަށް ވެސް އިންޑިއާގައި ޔޯގާ އައިކަންއެއްގެ ގޮތުގައި ވެސް މަޝްހޫރު ޝިލްޕާ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައިވެ އެވެ.

ޝިލްޕާއަކީ ކަސްތަރަށް ވަރަށް ލޯބި ކުރާ އަދި ދުނިޔޭގެ އެކި ގައުމުތަކުގައި ޔޯގާ ޕްރޮމޯޓް ކުރަން ވެސް ވަރަށް ގަދައަށް މަސައްކަތް ކުރާ ތަރިއެކެވެ. އޭނާ ވަނީ ޔޯގާ އަށް ހާއްސަކޮށް ޓިއުޓޯރިލް ޑީވީޑީތަކެއް ވެސް ނެރެފަ އެވެ.

ބަޖާޖު އެލައިންޒް ލައިފްގެ ޓްވީޓެއް.

އަދި ދުޅަހެޔޮ ދިރިއުޅުމަކަށް ކެއުމުގެ ވައްޓަފާޅި ބަހައްޓާނެ ގޮތްތަކާ ބެހޭ ގޮތުން ބޮލީވުޑްގެ އަންހެން ތަރިންގެ ތެރެއިން އަބަދު ވެސް ވަރަށް ލޫޅާތިކޮށް ހުންނަ 43 އަހަރުގެ ޝިލްޕާ ވަނީ ދެ ފޮތެއް ވެސް ނެރެފަ އެވެ.

އިންޑިއާ އިން ހާސިލް ކުރި ރިކޯޑާ ބެހޭ ގޮތުން ޝިލްޕާ ބުނީ ފިޓްނެސްއާ ގުޅޭ ކަމެއް އިންޑިއާ އިން ކުރާ ނަމަ އެ މަސައްކަތުގެ ކުރީގައި އަބަދު ވެސް އޭނާ ހުންނާނެ ކަމަށެވެ.

"އަދި ވަރަށް އުފާ ކުރަން އަހަރެންގެ ހިއްސާއާ ވެސް އިންޑިއާ އަށް ދުނިޔޭގެ ރިކޯޑެއް ހާސިލު ކުރެވުނީތީ،" ހަ އަހަރުގެ ދަރިއަކު ހުރި ޝިލްޕާ ބުންޏެވެ. "އަދި މިއީ ފިޓްނެސްއާއިގެން ކުރިއަށް ދާން ލިބުނު އިތުރު ހިތްވަރެއް."

ބަޖާޖް އެލައިންޒް ލައިފް އިންޝުއަރެންސް ޗީފް މާކެޓިން އޮފިސަރު ޗަންދުރަމޯހަން މެހެރާ ވިދާޅުވީ އިންޑިއާގެ ރައްޔިތުން މިހާރު ކަސްރަތަށް ދޭ ސަމާލު ކަމަކީ އުންމީދީ ކަމެއް ކަމަށެވެ. އަދި މީގެ ސަބަބުން ދުޅަހެޔޮ އާބާދީއަކަށް އިންޑިއާ އަށް އަމާޒު ހިފާފައިވާ ކަމަށް ވިދާޅުވި އެވެ.

"ހަގީގަތުގައި ވެސް ސިއްހަތާ ގުޅުން ހުރި ކަމަކުން ދުނިޔޭގެ ރިކޯޑެއް އަހަރެމެންނަށް ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް،" ޗަންދުރަމޯހަން ވިދާޅުވި އެވެ.

0 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 5%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454