ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ ކެބިނެޓް ބައްދަލުވުމުގެ ތެރެއިން.---ފޮޓޯ: ރައީސް އޮފީސް
28 ނޮވެމްބަރ 2018 - 15:04
ސިޔާސީ މަގާމުތަކަށާއި ސަރުކާރު ކުންފުނިތަކުގެ ބޯޑުތަކަށް މެމްބަރުން އައްޔަންކުރާނީ، އެ ބޭފުޅުންގެ މާލީ ހާލަތު ބަޔާން ކޮށްދޭ ފޯމު ފުރިހަމަކޮށް ހުށަހެޅުމުން، އޭގައިވާ މައުލޫމާތުތައް ބެލުމަށް ފަހު ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
އެ އޮފީހުން ބުނީ ސިޔާސީ އެކި މަގާމުތަކަށާއި، ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުތަކަށް އައްޔަން ކުރައްވާ ބޭފުޅުން ފުރިހަމަ ކުރައްވަންޖެހޭ މައުލޫމާތު ފޯމެއް ރައީސް އޮފީހުން މިހާރު ތައްޔާރު ކޮށްފައިވާ ކަމަށެވެ.
އެ ފޯމުގައި، މަގާމަކަށް އައްޔަންކުރެވޭ މީހާގެ އާއްމު މައުލޫމާތާއި ތައުލީމީ ފެންވަރާއި ތަމްރީނާއި ތަޖުރިބާ އަދި އެ ބޭފުޅަކަށް ލިބިވަޑައިގަންނަވާ އާމްދަނީ އާއި އެ ބޭފުޅާގެ މުދަލާއި ފައިސާ އާއި ދަރަންޏާ ބެހޭ މައުލޫމާތު ހިމަނަންޖެހެ އެވެ.
"މި ދެންނެވި މަގާމުތަކަށް އައްޔަނުްކުރައްވާ ބޭފުޅުންނަށް އެ މަގާމުތައް ދެއްވާނީ މި ފޯމުގައި ހިމެނޭ އިގުރާރު، އެ ބޭފުޅަކު ފުރިހަމަ ކުރެއްވުމުން، އޭގައިވާ މައުލޫމާތުތަކަށް ބެއްލެވުމަށް ފަހުގަ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.
ސަރުކާރުގެ އިދާރާތަކާއި ކުންފުނިތައް އަދި މިނިވަން މުއައްސަސާތަކަށް އައްޔަން ކުރާ ބޭފުޅުންގެ މުދަލާއި މާލީ ބަޔާން ހާމަކުރަންޖެހޭ ގޮތަށް ހަމަޖެއްސުމަކީ، މި މަހުގެ 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރާނެ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ރައީސްގެ ކެބިނެޓްގައި ބަންޑާރަ ނައިބާ އެކު 20 ވަޒީރުން ތިއްބަވަ އެވެ. މިހާރު މިނިސްޓްރީތަކަށާއި ސަރުކާރުގެ އެކި ކުންފުނިތަކަށް އަންނަނީ އިސް ވެރިން އައްޔަން ކުރަމުންނެވެ.
ސަރުކާރުގެ އަދި ސަރުކާރު ކުންފުނިތަކުގެ ވެރިންގެ މާލީ ބަޔާން އާންމު ކުރުމަކީ ގާނޫނީ ގޮތުން ލާޒިމު ކަމެއް ނޫނެވެ. މިއީ، ސަރުކާރުގެ ވެރިންނާއި މިނިވަން މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކުގެ ވެރިންގެ މާލީ ބަޔާން ހާމަ ކުރަންޖެހޭ ގޮތަށް ނިންމި ފުރަތަމަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Fisaarikanbaleh
28 November 2018
ތިއީ ވަރަށްރަގަޅު ނިންމުމެއް، ނުހައްގުން ކަޓުނަގާ މީހުންނާއި، މަގާމްގެ ނާޖާއިޒް ފައިދާ ނަގާމީހުން ވަރަށް ސާފުކޮށް އެގިގެންދާނެ، އަދި ގާބިލު އިލްމާއި ހިލްމު ލިބިފަތިބި މީހުން ނެގުން ބުއްދިވެރި، ތިމާއަށް އެގިގެން އެހެންމީހުންނަށްވެސް ކިޔާދެވޭނީ، އެހެންމީހުން ބުރެމަސައްކަތް ކުރީމަ އޭގެ ކްރެޑިޓް ނަގަނީ އެމީހުން
ޏޫނއ
28 November 2018
މޮޅު ވާހަކަ އިބޫ ނުދައްކަބަލަ... މިހާރު ހުސް މަހުޖަނުން ލާފަ އެތިބީ..
ބޮލި
28 November 2018
އިންކަމް ޓެކްސް ނަގަން ފެށުމުން ތިކަންކަންވެސް ހަމައަކަށް އެޅޭނެވެ. ދެން ޖެހެނީ ރަގަޅު ޓެކްސް އޮތޯރިޓީއެއް ގާއިމް ކުރާށެވެ.
މާރަނގާ - އައްޑޫ ސިޓީ
28 November 2018
ނިޔަތް ރަނގަޅުނަމަ ތިކަމަށް ތާއީދު. އެހެންނަމަވެސް ވިސްނާލަންޖެހޭ ކަންތައް ތަކެއް އެބަހުރި. * * ރާއްޖޭގެ އެންމެބޮޑު އަދި އެންމެދުވަސްވީ ވިޔަފާރިކުންފުނީގެ ގެ އެމްޑީއަކަށް އެންމެފަހުން ހުންނެވި ބޭފުޅާގެ ގެ އަޅާދިނުމަށް ބޭނުންވާ ހުރިހާ ސަމާނާއި ތަކެތި އަދި މަސައްކަތުމީހުންވެސް ބޭރުންގެނެސް އަވައްޓެރި ޤައުމެއްގެ ކުންފުންޏަކުން އެކަންކޮށްދިން. މިފަދަ ކަންކަމަށްވެސް ބައްލަވަން ވާނެ.
ސުހާ
28 November 2018
ބޭނުންވާ ބަޔަކު ނަގާނިމުނީމަ ދެންކޮން މާލީ ބަޔާނަކާ ފަތިފުށަކާ ނަންގަވަން، ވަރަށް ހެއްވާ
ނުރައްކަލޭ
28 November 2018
މަގާމުތަކަށާއި ބޯޑުތަކަށް އައްޔަން ކުރާނީ މާލީ ބަޔާން ބެލުމަށް ފަހު ގައި ކަމަށް ތަމެން ބުނާނަމަ މިހާރު ތަމެން ރައީސް އޮފީހުގެ ވަޒީރު ކަމާއި އަދި ޕޮލިސީ ސެކްރެޓަރީ ކަން ދިން މީހުންނަށް އެމަގާމް ތައް ދިނީ އެމެން މާލީ ބަޔާން އާއި އަދި ތަޖްރިބާ ހުށައެޅުމުންތޭ ނޫން ދޯ ދެން ވަކި ބަޔަކަށް ވީމާ މާލީ ބަޔާން އާއި ފައްޓަރު ބައިގެ ދިގުމިނާއި ފަލަ މިން ހުށައަޅާގޮތަށް އޮތުން ނޯ ޑޭމް ގުޑް ފޯރ ދަ ސިސްޓަމް ދޯ ތިޔާއީ ނުރައްކާތެރިކަން ބޮޑު ފޯމެކޭ ނުރައްކަލޭ...
ހުސެން،،،،
28 November 2018
ވަރަށް ރަގަޅު ނިންމުމެއް.... އެކަމަކު ކުންފުނިތަކުގެ އިސް މަގާމުތަކާ ނުލާ މިހާރު ހިވަނީ އޮޔާދާހެން... މާބޮޑަށް ލަސްވޭ އެބަ...