ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފްގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ސިޔާމް(ވ) ބައިވެރިވެ ވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
29 ނޮވެމްބަރ 2018 - 13:56
މިދިޔަ އަހަރުގެ ޖުލައި 24 ގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް މަޖިލީހުގެ އިދާރާ އިން ގަދަކަމުން ނެރުނު މައްސަލައިގައި އެ ވަގުތު ފުލުހުންނާއި ސިފައިންގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީ އަށް ހާޒިރުކުރަން މިއަދު ފާސްކޮށްފި އެވެ.
މެމްބަރުންނަށް ހުރަސް އެޅި މައްސަލަ ބެލުމަށް އިމްތިޔާޒް ކޮމިޓީ އަށް ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ އެވެ.
ފުލުހުންނާއި ސިފައިންގެ ވެރިން ހާޒިރުކުރަން ކޮމިޓީން ނިންމީ ހާޒިރުވެ ތިއްބެވި މެމްބަރުންގެ އިއްތިފާގުންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިދިކޮޅު މެމްބަރުން ހުއްޓުވަން ސިފައިންނާއި ފުލުހުން ބޭނުންކުރަން ފެށީ ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ގެއްލުނު ހިސާބުންނެވެ. އޭރު ޕީޕީއެމްގެ 12 މެމްބަރަކު، ރައްޔިތުންގެ މަޖިލިހުގެ އޭރުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މަައްސަލާގައި ސޮއިކުރެއްވުމާ އެކު، ޔާމީންގެ ބާރުގެ ދަށުން މަޖިލިސް ގާތްގަނޑަކަށް އޮތީ ގޮހެވެ. އެކަމަކު މަސީހުގެ މައްސަލަ އެޖެންޑާނުކޮށް ބޭރުކުރީ އެވެ. އިދިކޮޅު މެމްބަރުން ޖުލައި 24 ވަނަ ދުވަހު މަޖިލިހަށް ވަންނަން ދިޔައީ އެކަމާ ހިތްހަމަނުޖެހިގެނެވެ.
އެ މެމްބަރުންނަށް ސިފައިންނާއި ފުލުހުން ހުރަސްއެޅި އިރު ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވީ ހުސެއިން އަރީފެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވީ މިހާރު ވެސް އެ މަގާމުގައި ހުންނެވި މޭޖާ ޖެނެރަލް އަހުމަދު ޝިޔާމެވެ. ޑިފެންސް މިނިސްޓަރަކީ އާދަމް ޝަރީފެވެ.
ގިނަ ބަޔަކު އޭރު ތުހުމަތުކުރި ގޮތުގައި، ސިފައިންނާއި ފުލުހުން މަޖިލީހުގެ އިދާރާއަށް ވަދެ މެމްބަރުން ނެރުނީ ޝިޔާމްގެ އޯޑަރަށެވެ.
އިމްތިޔާޒް ކޮމިޓީގައި ފެލިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު މަރްޒޫގް ހުށަހެޅުއްވީ އެވަގުތު ހަވާލުވެ ތިއްބެވި ސިފައިންނާއި ފުލުހުންގެ ވެރިން ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރުމަށެވެ. އަދި އޭރު މަޖިލީހުގެ ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން ވެސް ކޮމިޓީއަށް ހާޒިރުކުރަން އޭނާ ހުށަހެޅުއްވި އެވެ.
މަރްޒޫގެ ހުށަހެޅުއްވުމުގައި ހާޒިރު ކުރަނީ ކޮން ބައެއް ކަން ބުނެފައެއް ނުވެ އެވެ. އެކަމަކު، ކޮމިޓީގެ މުގައްރިރު ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވިދާޅުވީ އޭރު ސިފައިންނާއި ފުލުހުންގެ ވެރިންނަށް ތިއްބެވި ބޭފުޅުން ހާޒިރު ކުރުމަށް ލިޔުމުން ދަންނަވާނެ ކަމަށެވެ.
މިދިޔަ އަހަރުގެ ޖުލައި 24 ވަނަ ދުވަހު މަޖިލީހުގެ މެމްބަރުން މަޖިލީހަށް ވަނުމަށް ވަޑައިގަތުމާއި ގުޅިގެން ފުލުހުންނާއި ދެމެދު ހިނގި ކުރިމަތިލުން.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވީ މަޖިލީހުގެ އިދާރާގެ ގޭޓް މަތިން މެމްބަރުން ނަގައި އެއްލައިލުމަކީ ކުޑަ ކަމެއް ނޫން ކަމަށެވެ. މެމްބަރުންގެ ގައިގައި އަތްލުމުގެ ބާރު ސިފައިންނާއި ފުލުހުންނަށް ލިބިގެން ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލަތީފް ވިދާޅުވި ގޮތުގައި، މި މައްސަލަ ބެލުމަށް ކުރީގެ މިނިސްޓަރު އާދަމް ޝަރީފާއި ޝިޔާމް ކޮމިޓީއަށް ހާޒިރުކޮށް، ސުވާލު ކުރެވެން ޖެހޭނެ އެވެ. ކުރިއަށް އޮތް ތަނުގައި މެމްބަރުންނަށް ކުރިމަތިވާ އަނިޔާވެރިކަމުން ސަލާމަތްވުމަށް މައްސަލަ ބަލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަތިވެރި ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ވިދާޅުވީ ޖުލައި 24 ވަނަ ދުވަހަކީ ވަރަށް އަނިޔާވެރި ދުވަހެއް ކަމަށެވެ. މަޖިލީހުގެ ރައީސްގެ ލިޔުމަކުން ނޫނީ ސިފައިންނަށް މެމްބަރުންގެ ގައިގައި އަތް ނުލެވޭނެ ކަމަށާއި އެ ދުވަހު ސަލާމަތީ ބާރުތަކުން މެމްބަރުން ނެރެ މަގުމައްޗަށް އެއްލާލީ ކަމަށް އޭނާ ވިދާޅުވި އެވެ.
މުލަކު ދާއިރާގެ އިބްރާހިމް ނާސިރު ވިދާޅުވީ އެ ދުވަހު ހިންގީ ލާއިންސާނީ އަމަލުތަކެއް ކަމަށާއި އެކަން ދެ ފުށް ފެންނާނެ ގޮތަކަށް ބަލަން ޖެހޭނެ ކަމަށެވެ.
ސަރުކާރު ކޯލިޝަންގެ އަޣުލަބިއްޔަތު އޮންނަ އިމްތިޔާޒް ކޮމިޓީއަށް އިންތި ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ އެ ދުވަހު މެމްބަރުން މަޖިލީހަށް ވަންނަވަން މަސައްކަތް ކުރެއްވުމުން އެސްއޯ ފުލުހުންނާއި ސިފައިން އެ މެމްބަރުންގެ ގަޔަށް އަތްލައި، މެމްބަރުންގެ ލޮލަށް ޕެޕާ ސްޕްރޭ ޖަހާފައިވާ ކަމަށެވެ. އަދި މެމްބަރުން މަޖިލީހުގެ އިދާރާ އިން ބޭރުކޮށްލީ "ދަމައި ކޫއްތާފައި" ކަމަށް އެ މައްސަލައިގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާޣީޕޮލިސްއެންޑްމިލިޓަރީ
30 November 2018
ތިޔަ ޝިޔާމު މަޤާމުން ވަކިކުރާނީ ކޮން ދުވަހަކުންބާ. 7 ފެބްރުއަރީގަ ބަޣާވާތްކުރި ފުލުހުންނާ ސިފައިން އަދިވެސް މަޤާމުތަކުގަ. ރައްޔިތުންގެ ހައްގު ފޭރިގަތް މީހުންނަށް ފިޔަވަޅުއަޅާފަ ތިޔަކަން ކުރަންވީ.
ވަތަނީ
29 November 2018
މިދެންކޮންކަމެއް ..
އޭކުސަވާލް
29 November 2018
ޖާބިރު، އެމްޑީޕީ އަށް ދިނީ ކިހާ ވަރެއްތޯ؟
އަޙުމަދު
29 November 2018
ތިޔަ ކޮމެޓީގެ މެމްބަރުން ވިސްނާތި. ލާހިކެއްނޫން ކުރިއަށްއޮތް އިންތިޚާބުގައި ހޮވޭކަށެއް.
ޗީފްބޭބެ
29 November 2018
ޗީާފް އޮފް ޑިފެންސް ފޯސް އެއް ކޮމިޓީ އަކަށް ހާޞިރެއް ނުވާނެ.
ރައީސްބޭބެ
29 November 2018
މަޖިލިހުގެ ތަކެއްޗަށް ގެންލުންދިން މީހުންވެސް ކޮމިޓީ އަށް ހާޒިރު ކޮށް ސުވާލު ކުރަން ގޮވާލަން، އަދި މިޖިލިސް ބޮއިކޮޓް ކޮށް މަޖިލިހަށް ހާޒިރު ނުވެ މުޅި އަހަރު އުޅުނު މެމްބަރުން އަތުން މުސާރަވެސް އަތުލަން ގޮވާލަން
ހަބޭސް ބޭބެ
29 November 2018
ދިފާއީ ބަރުގެ ވެރިންނެއް ނޫން ކޮމިޓީ އަށް ހާޒިރު ކުރަންވީ. ކޮމިޓީ އަށް ގެންދަންވީ ކަމާބެހޭ މީހުން. މަޖިލިހުގެ ރައީސް އާ ކޯޓުތަކުގެ ވެރިންނާ ތިތަނަށް ފާރުމަތިން ވަން މީހުން، އަމިއްލަ ގެދޮރަށްވެސް ފާރުމަތިން ވަންނަންޏާ ފުލުހުން ހިފަހައްޓާ ހުއްޓުވާނެ. ތިކުރަން ތިއުޅެނީ ރަގަޅު ކަމެއް ނޫން، ތިހެން ކަންކަން ބަލަންޏާ އަނެއްކާ ގާޒީގެ މައްސަލައާ، ހުޅުޖެހި މައްސަލަ ވެސް ބަލަން ހިނގާ. ރާފުޅި ތަކުގެ މައްސަލަވެސް ހޮޑައިދޫ މައްސަލަވެސް ބަލްނަވާނެ.
ދޮގެއްތަ
29 November 2018
މިހާރުގެ ރައީސް އިބޫވެސް ހާޒިރުކުރަންޖެހޭ މަޖުލިހުގަ އެއްވެސްކަމެނެތް ބަންދު ދުވަހަކު ދައުލަތުގެ އިދާރާއަކަށް ވަންނަން މީހުންގޮވައިގެންދިޔައީ އިބޫލީޑަރަކަށްހުރެ.
މުޖުރިމު ނަސީދު
29 November 2018
ފައިސާ ގޯނި ހިފައިގެން ދިޔަ މީހާވެސް ކޮމިޓީއަށް ޙާޟިރުކުރަންވާނެ
ހިއްވަަރުކުރޭ
29 November 2018
އަބުދުﷲގާޒީ ގިރިފުއްޓަށް ގެންދިޔަ މައްސަލަ ބަލާދިނުމަށްއެދެން. އެކަމުގަ ޝާމިލުވި ހުރިހާ ސިފައިންނާމެދު ތަހުގީގެކޮށް ކުއްވެރިވާ މީހުންނަށް އަދަބުދިނުމަށްއެދެން ރނަޝީދުބުނަނީ އެމަނިކުފާނެ ނޫނޭ ގާޒީ ހައްޔަރުކުރީ ސިފައިންނޭ ހައްޔަރުކުރީ ވީމާ ސިފައިން ކުއްވެރިވީ އިންސާފު ހަމަހަމަކުރޭ ސަލާމަތީބާރުތަކުން ވިސްނާ މޑޕ ކުޅެންމިއުޅޭ ކުޅިވަރަށް ގައުމުގެ މިނިވަންކަން ދޫވިޔަނުދޭތި ހަށީގަ ފުރާނަހުއްޓާ. އަހަރެންމިތިބީ ތިބައިމީހުންނާއެކު އެކަނިވިޔަނުދޭނަން.
ހަބޭސް ބޭބެ
29 November 2018
މުލިއާގޭ ރާފުޅިތަކުގެ މައްސަލަވެސް ބަލާތި. އަބުދުﷲ ގަޒީ ގިރިފުށްޓަށް ގެންގޮސް ގައުމުން ބޭރުކުރަން މަސައްކަތްކުރި މީހުންގެ މައްސަލަވެސް ބަލާތި. 7 ފެބުރުއަރީގަ ގާނޫނާ ހިލާފަށް ސިފައިންގެ ތެރެއަށް ވަދު އުޅުނު މީހުންގެ މައްސަލަވެސް ބަލާތި
ށިފައި
29 November 2018
ސިފައިން ހައްޔަރުކުރީ. ނަސީދެނޫން ހައްޔަރު ކުރީ. ގޭޓު މަތިން އުކީ ސިފައިން ޔާމިންއެއް ނޫން. ސިފައިން ކުއްވެރި ނުވާ ގޮތެއްނެއް ކޮންމެ ގޮތަކަ އެބުރިޔަސް. ކީންކުރާދޯ. ވަޒީފާ މުހިންމު ވާނެ ކޮންމެ މީހަކަވެސް.
ލޮލްޕލް
29 November 2018
ފެންވަރުގަ ރާކަނިމަސް ކެވިފަ ހުންނާނީ