މިނިސްޓަރު ޑރ. ޒިޔާދު ބައްދަލުވުމެއްގެ ރިއާސަތު ބަލަހައްޓަވަނީ
02 ޑިސެމްބަރ 2018 - 15:00
މިސްކިތްތަކަށް ހަރަދު ކުރަން އުފައްދާފައިވާ ވަގުުފް ފަންޑުންނާއި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ބިނާކޮށްފައިވާ ވަގުފް ބިނާ "ދާރުލް އީމާން" ކުއްޔަށް ދީފައި ވަނީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީގެ 2017 އަހަރުގެ މާލީ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ދާރުލް އީމާންގެ ނުވަ ފަންގިފިލާ ކުއްޔަށް ދީފައިވާ ގޮތުން، ދައުލަތަށް އަހަރަކު 108،000ރ.ގެ ގެއްލުމެއް ވާނެ ކަމަށެވެ. އަދި އެ އިމާރާތުގެ ފަންގިފިލާތައް ކުއްޔަށް ދީފައިވާ މުއްދަތަށް ބަލާއިރު އެކަމުގެ ސަބަބުން ދައުލަތަށް 540،000ރ.ގެ ގެއްލުމެއް ވާނެ ކަމަށް ވެސް ރިޕޯޓްގައި ބުނެފައިވެ އެވެ.
ރިޕޯޓުގައިވާ ގޮތުން ވަގުފް ބިނާ އިން 2017 ވަނަ އަހަރުގެ ކުލީގެ ގޮތުގައި އިސްލާމިކް މިނިސްޓްރީ އަށް ލިބެންޖެހޭ 10.4 މިލިޔަން ރުފިޔާ އޮތީ ނުލިބި އެވެ. އަދި އެ ފައިސާ ހޯދަން ކުރަން ޖެހޭ މަސައްކަތް އެ މިނިސްޓްރީން ކޮށްފައި ނުވާކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.
ނަމަވެސް އޮޑިޓްގެ މަސައްކަތް ކުރަން ފެށި ފަހުން އޭގެ ތެރެއިން ބައެއް ފައިސާ މިނިސްޓްރީ އަށް ވަނީ ލިބިފަ އެވެ. އެކަމަކު ނުދައްކާ ހުރި ފައިސާގެ ޖުމްލަ އޭރު ވެސް 6.3 މިލިޔަން ރުފިޔާ އަށް ވުރެ ގިނަ ކަމަށް އެ ރިޕޯޓްގައިވެ އެވެ.
އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ވަގުފް ބިނާގެ ފަންގިފިލާތައް ތިން ފަރާތަކަށް ކުއްޔަށް ދޫކުރި އިރު އެންމެ އަގު ހެޔޮކޮށް ދޫކޮށްފައި ވަނީ އޯޝަން ބަރަކާ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށެވެ.
ރިޕޯޓުގައިވާ ގޮތުން ވަގުފް ބިނާގެ ފަންގިފިލާތައް ފުރަަތަމަ ކުއްޔަށް ދިނީ އެއްބަސްވުމެއްގައި ސޮއި ވެސް ނުކޮށެވެ. އެ ގޮތުން 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވަގުފް ބިނާގެ 10 ފަންގިފިލާގެ ތެރެއިން ނުވަ ފަންގިިފިލައެއް މިނިސްޓްރީ އޮފް ފިނޭންސަށާއި އައިލެންޑް އޭވިއޭޝަނަށް ދިނީ އެއްބަސްވުމެއް ނެތި އެވެ. އެ އަށް ފަހު 2017 ވަނަ އަހަރުގެ ޖުލައި 25 ވަނަ ދުވަހު އެއްބަސްވުމެއް ހެދީ 2016 ވަނަ އަހަރުގެ ތާރީހެއްގަ އެވެ.
ވަގުފް ބިނާގެ އިތުރުން ވެސް އިސްލާމިކް މިނިސްޓްރީގެ މާލީ އޮޑިޓްގައި މައްްސަލަަތަކެއް ފާހަގަކޮށްފައިވެ އެވެ. އެގޮތުން ޒަކާތު ފަންޑުން މުސާރަ ދޭ ގޮތަށް ކީރިތި ގުރުއާނާ ބެހޭ މަރުކަޒަށް ވެއްދި މުވައްޒަފުންނަށް ސިވިލް ސާވިސް މުވައްޒަފުންނަށް ވުރެ ބޮޑު މުސާރައެއް ދީފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ. ފާހަގަކޮށްފައިވާ އަނެއް މައްސަލައަކީ ބައެއް މަސައްކަތްތައް އިއުލާނު ނުކޮށް އެކި ފަރާތްތަކާ ހަވާލުކޮށްފައި ވުމެވެ.
މި ހުރިހާ ކަމެއް ހިނގި އިރު އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވީ ޑރ. އަހްމަދު ޒިޔާދު ބާގިރެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބު
03 December 2018
ހައްޔަރު ކުރެ.
ރަޝީދު އ
03 December 2018
ވަޤުފު ބީނާގެ ވާހަކަ ބާއްވާފަ ޒިކްރާ މިސްކިތުގެ ޑީލް ބައްލަވާ ލައްވަ ބަލަ..! ޒިކުރާ މިސްކިތް ނަގާފަ އެތަނުގައި 10ބުރީގެ ޢިމާރާތެއް އަޅަން ބާގިރު ދިނީ ކޮންބަޔަކަށް ކިހިނެތް ތޯ؟ ބިޑް ކުރިތޯ..؟ އެވަރުގެ 2 ބިލްޑިންގ ހެދޭނެހާ ފައިސާ (ޒަކާތު ފަންޑުން) ދީފައި، އަދި އެތަނުގައި އަޅާ 10ބުރީގެ އިމާރާތުގެ ބޮޑު ބައިވެސް އެކުންފުންޏަށް ލިބޭގޮތަށް ޑީލް ހެއްދެވީ ކީއްވެތޯ..؟ މިއީ ވާ ޝޭޚެއް... މިކަހަލަ މީހުން ދީނީ ވާހަކަ ދެއްކީމަ ހިނިއަންނަނީ..!
ސައްޕެބާއި
03 December 2018
ކުރީގެ އިސްލާމިކް މިނިސްޓަރު މަކަރު ނުހަދާ ކަމެއް އޮތްތޯ ބަލާލަދީބަލަ؟
ސަސް
03 December 2018
މިހެންވެތާ އިރު އިރުކޮޅާ ޒަކާތުގެ މުހިއްމު ވާހަކަ ދައްކައި ޒަކާތް ދިނުމުން ލިބޭ ސަވާބުގެ ވާހަކަ ދައްކަނީ. ޒަކާތު ފައިސާ އާއި ހަވާލުވެ އިހްލާސްތެރިކަމާއި އެކު އެކަން ކޮށްދެވޭނެ ވެރިންތަކެއް ނެތް ތަނެއްގައި ކޮން ޒަކާތެއް އޮންނާނީ. ނުދޭނަން ކަލޭމެން އަތަށް އެއްމެ ލާރިއެއްވެސް.
ހަސަނު
03 December 2018
ލާ ހައުލަ ވަލާ ޤުއްވަތު... ހެޔޮވާނެތޯ؟؟!!
އަލީ ޝާހިދު
03 December 2018
ތިޔަ ޒިޔާދަކީ އަބަދުވެސް ކޮރަޕްޓް މީހެއް.. ކުއްލިއްޔާގެ ޝަރީޢާ އެންޑް ލޯ ގެ ޑީން އަކަށް ހުރިއިރުވެސް ދަރިވަރުންގެ މެދުގައި ވަރަށް ބޮޑަށް ތަފާތުކޮށް ނުޙައްޤު އަދަބުތަކެއް ދީފައިވެއެވެ. ޚާއްޞަކޮށް ބެޗު 7 އަދި 8 ގެ ދަރިވަރުންނަން
ހާމަ
03 December 2018
ޑރ.ޒިޔާދުއަކީ އެމިނިސްޓްރީ ހިންގަން ދިޔަ އެތަނުގެ މީހުން އެންމެ ރުޅިއެރި މިނިސްޓަރ. ސަބަބަކަށް ވެފައޮތީ އެތާ މޫލާފައިތިބި ކޮރަޕްޓް މީހުން ބޭނުންހާ ގޮތެއް ހަދާނުލެވުން. ގުރާންމަރުކަޒަކީ މުޅިރާއްޖޭގައި ގުރުއާނީ ޢިލްމު ފަތުރަން މަސައްކަތް ކޮށް ހިލޭކިޔަވައިދޭން އުފައްދާފައިހުރި ތަނެއް. މިނިސްޓްރީގެ ރުހުން އޮންނަ ޓީޗަރުން ގުރުއާން ކުލާސްތައް ހިންގާ އަމިއްލަ ވިޔަފާރި އަށް ހުރަހަކަށް ވާތީ ނުސީދާކޮށް މަރުކަޒު ހުއްޓުވަން މިނިސްޓްރީ ތެރޭން މަސައްކަތްކުރޭ.
މާރަނގާ - އައްޑޫ ސިޓީ
03 December 2018
ސަރުކާރާއި ދައުލަތް ހިއްސާވާ ކުންފުނިތަކުން އެހެންފަރާތްތަކަށް މާލެއިން ކުއްޔަށްދީފައިވާ އިމާރާތްތަށް އަބުރާ ސަރުކާރަށް ނެގުމަށްފަހު އެތަންތަނަށް ސަރުކާރު އޮފީސްތައް ބަދަލުކޮށް މާލޭގެ ބޮޑުންނަށް މާލީ ފައިދާލިބޭގޮތަށް ސަރުކާރު އޮފީސްތައްހިންގާ ކުއްޔަށް ހިފާފައިވާ ހުރިހާތަނެއް ދޫކޮށްލާންޖެހޭ. * * ދައުލަތުން ކުރާ މިފަދަ ޙަރަދު ދެނަގަތުމަށް ވެސް އޮޑިޓެއް ހަދާންޖެހޭ.
ކަނބުރުވެރިޔާ
02 December 2018
ރަށްރަށުން ޒަކާތުފައިސާކޮޅު ފޮށިފޮށީގަ ބަންދުކޮށްގެން ކ.މާލެ ގެންގޮސް އެފައިސާކޮޅުންވެސް ބަލަނީ އެރަށުގެ އުމްރާނީ ތަރައްގީއަށް ކޮންމެވެސް ކަމެއްކޮށްދެވޭތޯ. ހެހެހެހެ.
ދަތްނެތްކުއްޖާ
02 December 2018
އޯޑިޓް އޮފީހުން ނުބެލި އަދި އެއްކަމެއް ވާކަން މަމެން ފާހަގަ ކުރަން. އެއީ ރޮހިންޖާ ފަންޑުގެ ކަންތައް. ރައްޔިތުން އަތުން ނެގި ގިނަ އަދަދެއްގެ ފައިސާ އެ ފައިސާ ތައް އެއްކޮއް އެވެރިންނާއި ހަވާލު ކުރިތޯވެސް ބަލަންޖެހޭނެ. މީގެ އިތުރުން މިހިރަ ހިންގާފައި ހުރި ހުރިހާ ޖަރީމާތަކެއް ބަލާ ތިޔަ މިނިސްޓްރީގެ ވަޒީރު އާއި ތިޔަ ކަމުގައު ބައިވެރިވި ހުރިހާ މީހުންގެ މައްޗަށް ދަޢުއްވާ ކުރަން ޖެހޭނެކަމަށް ދެކެން. ރައްޔިތުންގެ ފައިސާ އަށް ޙިޔާނާތް ވެވުނީ.
ވަގުފް
03 December 2018
އެވާނީ ހަނދާން ނެތުނީ ކަމަށް.