09 ޑިސެމްބަރ 2018 - 13:06
ގދ. ވާދޫގައި ނަހަލާލަށް ބަލިވެ އިން އަންހެނަކު އެކަނި ވިހެއުމަށް ފަހު، ބާލިދީއަކަށް ލާފައި އޮއްވައި މިދިޔަ މަހު ފެނުނު އަންހެން ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ނަގައި، ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒަށް ގެނެސްފައިވާ ކަމަށް ޖެންޑާ މިނިސްޓަރު ސިދާތާ ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ އެ ކުއްޖާގެ ކަންކަން ދެން ބަލަހައްޓާނީ ދައުލަތުން ކަމަށެވެ. އަދި ކުއްޖާގެ ހާލު ރަނގަޅު ކަމަށް ވެސް ވިދާޅުވި އެވެ.
ކުއްޖާގެ މަންމަގެ މައްޗަށް ދަރިޔަށް އިހުމާލުވިކަމުގެ ތުހުމަތުކޮށް ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ. އެކަމަކު އޭނާ ހުރީ ފުލުހުންގެ ބަންދެއްގައެއް ނޫނެވެ.
އެ ތަހުގީގާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
އެކަނިމާއެކަނި ގޭގައި ވިހެއުމަށް ފަހު ބާލިދީއަކަށް ލާފައި އޮއްވައި ފެނުމުން ކުއްޖާ މަރާލަން އުޅުނީ ކަމަށް ތުހުމަތު ކުރެވުނު ނަމަވެސް ކުއްޖާއަށް އެއްވެސް އަނިޔާއެއް ދީފައެއް ނުވެ އެވެ. އެހެންކަމުން ފުލުހުން ބުނެފައިވަނީ އަންހެން މީހާގެ މައްޗަށް ކުރަނީ ކުއްޖާއަށް އިހުމާލުވިކަމުގެ ތުހުމަތު ކަމަށެވެ.
ވެހެއުމަށް ފަހު ބާލިދީއަށް ކުއްޖާ ލީ ކީއްވެގެން ކަމެއް ނޭނގެ އެވެ. އެކަމަކު ރަށު ބައެއް މީހުން ފަހުން ބުނި ގޮތުގައި މީހަކަށް ގޮވާލަން، އަންހެންމީހާގެ ދަރިއެއް ކައިރީ އޭނާ އެދުނެވެ. ވިހޭ ކުއްޖާ ބާލިދީ ތެރޭގައި އޮއްވާ ފެނުނީ އެގޮތުން ގެއަށް ގެނައި މީހަކަށް ކަމަށް، ރަށުގެ ބައެއް މީހުން ބުނެ އެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ބެހޭ ގާނޫނުގައިވާ ގޮތުން، މައިމީހާ ބަލިވެ އިނީއްސުރެ ކުއްޖާ އާއި މައިމީހާގެ ސިއްހަތަށް ރައްކާތެރި ފިޔަވަޅު އަޅަން ޖެހޭނެ އެވެ. އެހެން ނޫން ނަމަ އެއީ ޖިނާއީ ކުށެކެވެ.
އަންހެން މީހާ ކުރިން ކުރި ކައިވެންޏަކަށް 10 އަހަރުން ދަށުގެ ތިން ކުދިން ލިބިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލްމާދީދީ
10 December 2018
އަސްލުވެސް ނުވިސްނޭ މިކަހަލަ "ނިކަމެތި" ކުދިން ސަރުކާރަށް ނަގާ ސަބަބެއް. އަހަރެންގެ ކޮށި ވިސްނުމުގެ މައްސަލައެއްކަމަށްވެސް ވެދާނެ. އެކަމަކު މިފަދަ ކުދިން އެ ކުދިންގެ 2 ފަރާތު ޢާއިލާގައިވެސް އެ ކުއްޖާ ބަލާނެ ބަޔަކު ތިބިތޯ ފުރަތަމަ ނުބަލަނީ ކީއްވެ؟ އެ ބަޔަކާ ޙަވާލުކޮށްގެން ސަރުކާރުން އެކުއްޖާގެ ކަންކަން ނުބަލަހައްޓަނީ ކީއްވެތަ؟ނޫނީ ކުއްޖަކު ބޭނުންވާ ބަޔަކާ ޙަވާލުނުކުރަނީ ކީއްވެ؟ މެޑަލް ޖެހުމުގެ ބަދަލުގަ ކުއްޖާއާއި ދޭތެރޭ ވިސްނާލާނަމަ މާ ރަނގަޅު.
އިބުރާހީމް-
10 December 2018
''ބާލިދީން ދައުލަތަށް!'' މިހެޑިން ވަރަށް ސަޅިވީސް ޖެހިނަމަ
ނަަނި
09 December 2018
ހިތައް އަރަނީ މީގަ ޕޮޒިޓިވް ސައިޑުން ވިސްނަންޏާ އޭނާ އެކުއްޖާގެ ސަލާމަތަކަށް ބިންމަތީ ނުބާވާން ބާލިދީ އަށް ލީ ކަމަށް ވުންވެސް ގާތް.
ކުރޯ
09 December 2018
އެޑޮޕްޓް ކުރުމަކީ މާ ފަސޭހައިންވާ ކަމެއް ނޫން.މިހާރުވެސް އެތަކެއް ބައެއް އެކަމަށް އެދި އެކަން ނުވެފަ އެބަތިބި.
ެއހމ45
09 December 2018
ކޮންމެވެސް ދެމަފިރިޔަކު އެ ކުއްޖާ އެޑޮޕްޓްކޮއްބަލަ...
ކިނބޫ
09 December 2018
އިބްތިހާލަށް ވެސް ތި ފުރުސަތު އޮތް. ސިދާތާ އޭ ކިޔާ މީހެއްގެ އިހުމާލުން ވީ ކަމެކޭވެސް ބުނެ އުޅޭ. ހީވަނީ މިހާރު ވިސްނިއްޖެހެން.
ޙަސަން އަޙްމަދު
11 December 2018
އިބްތިހާލު މަންމައާ އަލުން ހަވާލުކުރިކަން އެއީ ހަމައެކަނި އިހުމާލެއް ނޫން. އެއީ ޖަރީމާއެއް. ބާލިދީއަށްލީ ކުއްޖާއަށް އެކުއްޖާގެ މަންމަ އަނިޔާވެރިވުމުގެ ނިޔަތް އޮތްކަމެއް ނޭނގެ. ހާސްކަމެއްތެރޭ ކުރެވިފަ އޮތް މޮޔަ ކަމަކާ ވައްތަރީ. އިބްތިހާލާ މެދު ކުރެވުނު ކަންތަކުގެ މަތި އޮބާނެ ސިޔާސީ ހަތިޔާރަކަށް މިކުއްޖާ ހަދައިގެން ގަނަތެޅުވުމުގެ ބޭނުމެއް ނެތް.
ހެޔޮއެދޭ މީހާ
09 December 2018
ސުބްޙާނައްﷲ. ކުޑަކުޑަ މައުޞޫމް ކުދިންނާމެދު އިހާނެތިކޮށް ހިތައި ވިހާފައި ދޫކޮށްލުމަކީ ހާދަހާ ރަޙުމް ކުޑަ ޢަމަލެކޭ.
ކިއްލިބާޝާ
09 December 2018
ބާލިދީން ދައުލަތަށް!