ޔާމީން ފުލުސް އޮފީހަށް ހާޒިރު ކުރާތީ، އެކަމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމުގައި ވިލުފުށީ ދާއިރާގެ ޖޭޕީގެ މެމްބަރު ރިޔާޒް (ކ-2) ބައިވެރިވެވަޑައިގަންނަވަނީ.--. ފޮޓޯ: ނިޝާން އަލީ/މިހާރު
17 ޑިސެމްބަރ 2018 - 12:08
މިދިޔަ ހޮނިހިރު ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން، ފުލުސް އޮފީހަށް ހާޒިރު ކުރާތީ އެމަނިކުފާނުގެ ސަޕޯޓަރުންނާ އެކު ޖުމްހޫރީ ޕާޓީގެ ތިން މެމްބަރަކު ތިއްބެވި މައްސަލަ އެ ޕާޓީން ބަލައި ފިޔަވަޅު އަޅުއްވާނެ ކަމަށް ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒް ރޭ ވިދާޅުވެއްޖެ އެވެ.
ޔާމީންގެ ދިފާއުގައި އެމަނިކުފާނުގެ ސަޕޯޓަރުން ބޭއްވި އެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ތިން މެމްބަރުންނަކީ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދާއި ތ. ގުރައިދޫ ދާއިރާގެ މެމްބަރު ހުސެއިން މަނިކު ދޮންމަނިކާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފެވެ. މި ތިން ބޭފުޅުންނަކީ ވަރަށް ފަހަކާ ޖެހެންދެން ޕީޕީއެމްގައި މަސައްކަތް ކުރެއްވުމަށް ފަހު ޕާޓީން ވަކިވެވަޑައިގެންނެވި މެމްބަރުންނެވެ.
ޖޭޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ކުރައްވާ، ރިޔާޒް ވީޓީވީގައި ވިދާޅުވީ އެ ޕާޓީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރާ އެކު އޮތް އިރު، އެއްވެސް މެމްބަރަކު، އިދިކޮޅު އެއްވުމެއްގައި ބައިވެރިވެވަޑައިގަތުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އެއީ ޖޭޕީގެ އުސޫލުތަކާ ހިލާފަށް، ގޯސްކޮށް ތިން މެމްބަރުން ކުރެއްވި ކަމެއް ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.
"އެކަން އަޅުގަނޑު ހަމަގައިމު ވެސް ކުށްވެރި ކުރަން،" ރިޔާޒް ވިދާޅުވި އެވެ.
"ކޮންމެ ޕާޓީއެއްގައި އޮންނާނެ އުސޫލުތަކާއި ހަމަތަކެއް. އެއާ އެއްގޮތަށް ޕާޓީގެ މެމްބަރުން ވެސް އާންމު މެމްބަރުން ވެސް މަޖިލިސް މެމްބަރުން ވެސް އަމަލު ކުރަންވާނީ."
ރިޔާޒް ވިދާޅުވީ، އެއްވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންނާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސުވާލު ކުރައްވާފައިވާ ކަމަށެވެ. އަދި މެމްބަރުން އެއްވުމުގައި ބައިވެރިވެވަޑައިގެންނެވި މައްސަލަ ބަލައި، އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވި ގޮތުގައި ކޯލިޝަން ސަރުކާރެއްގައި މަސައްކަތް ކުރާއިރު، ޖޭޕީން ތިބެން ޖެހޭނީ ސަރުކާރުން ކުރާ ކަންތައްތަކުގައި އެހީތެރިވާ ބަޔަކަށެވެ.
ޔާމީނަކީ މިހާތަނަށް ރާއްޖޭގައި އެންމެ ބޮޑެތި ޖަރީމާތަކެއް ހިންގެވުމުގައި އިސްކޮށް އުޅުއްވި ވެރިއެއް ކަމަށާއި އެމަނިކުފާނަކީ ކޮރަޕްޝަންގެ އެތައް ތުހުމަތެއް ކުރެވިފައިވާ ބޭފުޅެއް ކަމަށް ރިޔާޒް ވިދާޅުވި އެވެ. އެހެންވެ، ޔާމީންގެ ދިފާއުގައި ޖޭޕީގެ މެމްބަރުން ނުކުންނަވައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޔާމީންގެ މައްޗަށް ކުރެވޭ ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކާ ގުޅިގެން އެމަނިކުފާނު ވަނީ ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އަދި ސުވާލުތަކަށް ޖަވާބުދާރީވެ ވަޑައިގަތުމަށް ފަހު، ނޫސްވެރިންނާ ބައްދަލު ކުރައްވައި ޔާމީން ވިދާޅުވީ ފުލުހުން ގެންދިޔައީ މައުލޫމާތެއް ސާފުކޮށްލަން ކަމަށެވެ. އަދި އެމަނިކުފާނާ ދެކޮޅަށް ފުލުހުން އެއްވެސް ތުހުމަތެއް ކޮށްފައި ނުވާ ކަމަށް ޔާމީން ވިދާޅުވި އެވެ. ނަމަވެސް، ފުލުހުން ވަނީ ޔާމީންގެ އެކައުންޓްތަކުގައި ހުރި 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ފްރީޒްކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔަސް
17 December 2018
އިންޑިޔާ ރާއްޖެ އަތްދަށު ޅަނީ
ސިޔާސީ
17 December 2018
ތިއީ ސީދާ ޖޭޕީގެ އެތެރެ ފަނިކޮށް އެމްީޑީޕީއާ ޖޭޕީ ޖައްސާ ކޯލިޝަން ފުނޑާލަން ޔާމީން ފޮނުވާފަތިބި މީހުން. ގާސިމަށްވެސް އެވަރު ވިސްނޭނެ އެކަމަކު ރާއްޖޭގެ %99 ސިޔާސީ މީހުންހެން އިސްކުރާނީ އަމިއްލަ އެދުން.
ރުމާލު10
17 December 2018
ޖޭޕީއަށް އެމީހުން ސޮއިކުރީ ފަނި ހަދަން
ޣަފޫރު
17 December 2018
ކޯލިޝަނަށްވާނެ ވަރަށްބޮޑު ގެއްލުމެއް ޖޭޕީ ބަލިކަށިވުމަކީ. މރމ އަކީ ގާނޫނީ ހައިސިއްޔަތެއް ނެތް ހަރަކާތެއް.
މުރާސިލް
17 December 2018
ރިޔާޒެވެ. ފެންވަރު އޮޅިގެން ނޫޅުއްވާށެވެ. އެެއްވެސް ފިޔަވަޅެއް ނޭޅޭނެއެވެ. ތިއީ އެއަށްވުރެ އަމިއްލަ އެދުމާއި މަވެތިކަން ބޮޑު ބައެކެވެ. ފިޔަވަޅު އަޅާވާހަކަ ދައްކަން ރިޔާޒު ލަދެއް ނުގަނޭ ހެއްޔެވެ؟ ފިޔަވަޅު އެލޭވަރަށްވުރެ ތިމާމެންގެ ފަސްބައި އޮންނާނީ މާ ކިނލަބުކޮށެވެ.
ހޯރަފުށީ ޗާލުނަޔާ
17 December 2018
ހަމަ ހަގީގަތުގަވެސް ރަށްއިތުން ވިސްނަށްވީ ކަމަކީ މަހުޖަނުންގެ ނިވަލުގައި ތިބެގެން ރަށްއިތުންގެ މަޖިލިހަށް މި ހޮވިފަ ތިބޭ މެންބަރުން ރަށްއިތުންގެ ހަންގުގައި ކިތައްބިލު ފާސްކޮށްދިންތޯ. ރަށްއިތުންގެ މަންދޫބުންނޭ ކިޔާގެން ރަށްއިތުންގެ ލޮލުގަ އަދުން އެޅުވުން ނޫން ކަމެއް ނުކުރޭ ސަރުކާރާއި މެންބަރުންގެ އަމިންލަ މަސްލަހަތު ނޫނީ އިސް ނުކުރޭ. ރަށްއިތުންގެ މުސާރާއިގެ އެއްމެ ކުޑަ މިންވަރެއް ގާއިމް ނުކޮށްލެވޭ. ރަށްއިތަކަށް ބޯހިޔާވަހިކަމެއް ރަށްކާތެރި ކަމެއް ލިބޭ ބިލެެއް ހަދައިގެން ދުވަހަކުވެސް ހުށައެއް ނާޅާނެ. މިކަލަ އަމިންލަ އެދުންބޮނޑް މަހުޖަނުން ނިވާފަތްގަޑުގައި ތިބި މެންބަރުންނަށް 2019 ގައި ނޫނެކޭ ބުނޭ.
ނާނަނާ
17 December 2018
ގާސިމޫ ! ސެއިހް އިމްރާނޫ ! ރ މައުމޫނޫ ! ތި ރިޔާޒުމެނަށް އެމްޑީޕީ މެމްބަރުން ވޯޓުދޭންވީތޯ ؟ ތިމާގެ އަމިއްލަދަރި މާސިންގާ ކަނޑަށް އެއްލާލަން ވީތޯ ؟
އަހުމަދު އިހުޝާން
17 December 2018
ކޮންފިޔަވަޅެއް އެޅޭނީ އެކަކު އަނެކަކު ދަށުވެފަ. އަބްދުﷲ ރިޔާޒް މެން ރާވައިގެން ހިންގާ ބޮޑެތި ޖަރީމާތީ.
މުކޮސް
17 December 2018
ނާޅާނެ ފިޔަވަޅެއް. ނުކުރާނެ އެއްކަމެއްވެސް. ހުސް ގޭމު!
އަހްމަދު
17 December 2018
ބަލަރިޔާޒު ތިބޭފުޅާތީ އެމްޑީޕީސަރުކާރުވައްޓާލަން ބަޣާވާތްކުރިބޭފުޅާނޫންތަ މިހާރުމާ އެމްޑީޕީ ވެގެންއުޅުނަކަސް އެމީހުން ތިޔަބާޣީރިޔާޒް ބަލައެއްނުގަނޭ
ޙަސަން އަޙްމަދު
17 December 2018
ބަލަ ރިޔާޒު އެކަނިތަ އެމްޑީޕީ ސަރުކާރު ވައްޓާލަން އުޅުނީ؟ މަވެސް އެކަމަށް ތާއީދު ކުރިން. އެއީ އެއިރު ކުރަން ޖެހިފަ އޮތް ކަމެއް. އެކަމަކު މިފަހަރު މަވެސް ވޯޓުލީ އިބޫއަށް. އެއީ އެމްޑީޕީއަށް ލީ ވޯޓެއް ނޫން. އިބޫއަށް ލީ ވޯޓެއް އެއީ. ކަލޭމެން ކާމިޔާބީގައި ހިތްތިރި ކުރާބައެކޭ ކިޔައިގެން ހަޅޭއް ލެވިޔަސް ތިޔަށް ވުރެ ކިބުރުވެރި ފެންވަރު އޮޅޭ ބައެއް ނުދެކެން. ކަލޭމެން ނޫނީ ބަޔަކު ނޫޅޭ ކަމަށް ހީވެގެން ތިއުޅެނީ.