ފުލުހުންތަކެއް މަސައްކަތުގައި: ނެއިބަހުޑް ސަޕޯޓް އޮފިސަރުން ހަމަޖައްސަނީ. --ފޮޓޯ:މިހާރު
17 ޑިސެމްބަރ 2018 - 16:27
ނެއިބަހުޑް ސަޕޯޓް އޮފިސަރުންގެ "ގެ ނަމުގައި އެކި ސަރަހައްދުތަކަށް ޚާއްސަ ފުލުހުންގެ އޮފިސަރުން ހަމަޖައްސަން ނިންމައިފި އެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި އެކްޓިން ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވީ ނެއިބާ ހުޑް ސަޕޯޓް އޮފިސަރުން ފުރަތަމަ ހަމަޖައްސާނީ ގްރޭޓާ މާލެ އޭރިއާ އަށް ކަމަށެވެ. އެގޮތުން އޮފިސަރުން ހަމަޖައްސާނީ މާލޭގެ ހަތަރު ސަރަހައްދަކަށް އަދި ހުޅުމާލޭގެ ތިން ސަރަހައްދަކަށް ބަހާލައި، އެއިން ކޮންމެ ސަރަހައްދަކީ ނެއިބަހުޑެއް ކަމަށް ބަލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ. ވިލިމާލެ ބަލާނީ އެއް ނެއިބަހުޑްގެ ގޮތުގަ އެވެ.
ހަމީދު ވިދާޅުވީ ނެއިބާހުޑް އޮފިސަރުންގެ ގޮތުގައި ހަމަޖައްސާނީ ވަކި ރޭންކަކުން މަތީގެ އޮފިސަރުން ކަމަށާއި އެ އޮފިސަރުންގެ ދަށުން ޕެޓްރޯލްކުރާނެ ފުލުހުންގެ ގްރޫޕްތައް ވެސް ހަމަޖައްސާނެ ކަމަށެވެ. އެގޮތުން ހަމަޖައްސާ އޮފިސަރުންނާ ގުޅޭނެ ނަމްބަރާއި އެހެން މައުލޫމާތުތައް ވެސް ނެއިބަހުޑްތަކުގެ ރައްޔިތުންނާ ހިއްސާކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މީގެ އަމާޒަކީ މިއިން ކޮންމެ ނެއިބަހުޑް ސަޕޯޓް އޮފިސަރަކީ އެ ސަޕޯޓް އޮފިސަރެއްގެ ޖޫރިސްޑިކްޝަންގެ ތެރޭގައި ކަނޑައެޅިފައިވާ ސަރަހައްދު ރަނގަޅަށް ބެލެހެއްޓި، އެ އޮފިސަރުންގެ ދަށުން ޕެޓްރޯލްކުރާ ފުލުހުން އެއީ ރައްޔިތުންނާ ވީހާވެސް ބޮޑަށް އެންގޭޖްވެގެން [މަސައްކަތް ކުރާ ބަޔަކަށް ހެދުން]، " އޭނާ ވިދާޅުވި އެވެ.
ހަމީދު ވިދާޅުވީ މި އާ އިންތިޒާމްގެ ބޭނުމަކީ ފުލުހުންނަކީ ހަމަ އެކަނި ކަމެއް ހިނގުމުން ފިޔަވަޅު އަޅާ ބަޔަކަށް ވުމުގެ އިތުރުން ދުރާލާ ފިޔަވަޅު އަޅާ ބަޔަަކަށް ވުމުގެ ސަގާފަތް އަށަގެންނެވުން ކަމަށެވެ.
ހަމީދު ވިދާޅުވި ގޮތުގައި އެންމެ މުހިއްމު ކަމަކީ ސަރަހައްދުތަކަށް ހަމަޖައްސާ ފުލުހުންނާ އެ ސަރަހައްދެއްގައި ދިރިއުޅޭ ރައްޔިތުންނާ ވީހާވެސް ގާތް ގުޅުމެއް އުފެއްދުން ކަމަށެވެ.
"އެއީ ހަގީތުގައި ފުލުހުންގެ މަސައްކަތް ބިނާވާ އަސާސަކީ. ފުލުހުންނަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ރައްޔިތުންގެ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ގަބޫލުކޮށްގެން ހިދުމަތް ވަރަށް ކައިރިން ދިނުން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް ކުރަން ޖެހޭ މަސައްކަތްތައް ރައްޔިތުންގެ އަޑު އަހައިގެން ކަންބޮވުންތައް ދެނެގަނެގެން ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.
ހަމީދު ވިދާޅުވީ ނެެއިބަހުޑް އޮފިސަރުން ތައާރަފް ކުރުމަކީ ފުލުހުންގެ މަސައްކަތް ޑީސެންޓްރަލައިޒްވެގެންދާނެ ކަމެއް ކަމަށެވެ. އަދި އެއީ ސަރަހައްދުތަކުގައި ހިނގާ ކަންތައްތައް މިހާރަށް ވުރެ ރަނގަޅަށް ދެނެގަނެވި، ފުލުހުން ޕެޓްރޯލް ކުރާ އުސޫލުތަކަށް ހާލަތާ ގުޅޭ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެންނަން ފަސޭހަވެގެންދާނެ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާޝަލް ލޯ
20 December 2018
މާޝަލް ލޯ ހިންގަންވީނުން މާތާހިރިވާނެ
އިންޑިޔާގަނަމަ
20 December 2018
އިންޑިޔާގަނަމަ ތީދަންޑާމާރޯ ކިޔާބައެއް!
ރުމާލް 2
18 December 2018
ސުވާލަކީ ކީއްވެތޯ ސަރުކާރަށް ގޭންގުތައް ރޫޅާ ނުލެވިގެން މިއުޅެވެނީ މީ އަޖައިބެއްނުން! އަޅުގަނޑަށް ފެންނަނީ މީހުން މެރުމާއި، ބޮޑެތި މާރާމާރީތަކާއި، ކުށުގެ ރެކޯޑް އޮންނަ މީހުންނާއި، ޚާއްސަކޮށް ގޭންގުތައް މޮނިޓަރކޮށް ބަލެހެއްޓޭނެ ރަގަޅު ހަރުދަނާ ނިޒާމެއް ސަރުކާރެއް ވިއްޔާ ގާއިމްވެފަ އޮންނަން ޖެހޭކަން! ހަމަ އެއާއި އެކު އެފަދަ ކުދިން މުޖުތަމަޢަށް ގެނައުމަށްޓަކައި ވަކި ޚާއްސަ ޕްރޮގްރާމް ތަކެއް ރާވާ ހިންގަން އެބަޖެހޭ!
ތައްތިލަ
18 December 2018
ފުލުހުންގެ ތިޔަ ކޮމިއުނިޓީ ހަދާއިރު ތަންކޮޅެއް އުމުރުން ދުވަސްވީ ތަޖްރިމާ ކާރު ރިޓަޔާޑް ފުލުހުންގެ ޓީމެއްވެސް ތިޔަ ގުރޫޕުގެ ތެރޭގައި ހަރަކާތްތެރިވާންޖެހޭ، ގުޅަންޖެހޭ އެންމެ މީހެއްގެ ނަންބަރެއްނޫން ދޭންޖެހެނީ، ސޮސައިޓީގެ ތެރޭގައި ނުހިންގޭނެ ކަންތަށް ލީފްލެޓުގައި އޮންނަޖެހޭ ހިމަނާފައި، މާލެ އެއްކޮށް ދިއްލުން ވަރަށް މުހިންމު، ކިއްލާތަށް ނައްތާލުން މުހިންމު، މުޖުތަމައުއިން އެކަހެރިކުރަންޖެހޭ މީހުން އެކަހެރިކުރަންޖެހޭނެ
ދޫނިމް
18 December 2018
ފުލުހުން ގަވައިދުން ގޭންގުތަށް އޮޕަރޭޓްކުރާ ދިމަދިމާލަށްގޮސް އެމީހުންނާއި ވާހަކަ ދައްކައި ހަދަމުންދޭ، އަދި އެގޮތަށް ގުރޫޕްތަށް ތިބުމަކީ އާންމުންނަށް އުނދަގޫވާކަމެއް، އެބަޔަކު ބަލަހައްޓާ ސަރަހައްދެއްގައި ވަޒީފާ އަދާނުކޮށް ގުރޫޕް ހަދައިގެން އުޅޭ މީހުންގެ ދަފްތަރެއް އޮންނަންޖެހޭ، ގެއަކަށް އަލަށް މީހަކު އަތުވެއްޖެއްޔާ އަންގަންޖެހޭނެ، މުޅި ނޭބާހުޑްގައި ހިނގާ ނުހިނގާ ހުރިހައި ކަމެއް ބެލެންވާނެ، ރޭގަނޑުގައި ވެހިކަލުން ރޯމިން ކުރަންޖެހޭނެ
ނަންނާ
18 December 2018
ސަރަހައްދުތަކަށް ފުލުހުންގެ ޓީމަކާއި އިސް އޮފިސަރެއް ލުން ރަނގަޅު، އެކަމަކު އިސް އޮފިސަރު ހުންނަންޖެހޭނީ ގުޅޭނެ ގޮތަކަށް، އަދި އެންމެ އޮފިސަރަކުން ނުވާނެ، 24 ގަޑިއިރު ބަލަހައްޓަންޖެހޭ، އަދި ކިއްލާ ކިއްލާ ހަދައިގެން އުޅޭ ތަންތަނުގައި ގުރޫޕް ހަދައިގެން އުޅެވިގެންނުވާނެ، މަގުތަށް ހުންނަންޖެހޭނީ ދިއްލިފައި، ކެމެރާ ހަރުކުރެވިފައި، އަދި އެކި ހަފްތާގައި އެތަނެއްގެ ބައެއް ޕޮލިހުން ބަދަލުވާންޖެހޭ، އެއިރުން ގުރޫޕްތަކާއި ގުޅިގެން ކަންތަށް ނުހިންގޭނީ
މެދުހެންވޭރު
18 December 2018
ވަރަށް ރަގަޅު ނިންމުމެއް! އެހެނަސް އެންމެ ފުރަތަމަވެސް އަވަސްވެ ގަންނަންވީ ފުލުހުންގެ ތެރޭ ފިލާތިބި އަނިޔާވެރި މަދު ފުލުހުންކޮޅު ވަކިކުރަން. އެއީ މުސްތަގްބަލަށް ޓަކައި!
އައްޔ
18 December 2018
ތީވަރަށް ރަނގަޅުކަމެއް ތިކަން އަވަހަށް ކުރަންވީ. އުންމީދުކުރަނީ ގޭންގު ކުއްތައްވެސް އޭރުން މަދުވާނެކަމަށް
އަބްދުﷲ
18 December 2018
ހިނިތުންވުމާއިއެކު މުއާމަލާތް ކުރާބަޔަކަށް ފުލުހުންވާންޖެހޭ. ފުލުހުން އާންމުކޮށް ފެންނަނީ ވަރަށް ރުންކުރު ހަރުކަށި ބައެއްގެ ގޮތުގައި.
ކަކުނިބޯ
18 December 2018
ކަލޯ ތިއެއްކަމެއް ނުކުރިޔސް ޤާނޫން ހިންގަދީބަލަ. ކޮބާ ބެރުމީހުން ވިޔަފާރި ކޮބާ ބިދޭސީ ސޭޓު މިހެން ގޮސްކިޔާނކަމެއްނެތް. ބުނެލަން ބޭނުންވަނީ ޖިނާއީ.މައްސަލަތަކަކީ ފުލުހަކަށް ރިޕޯޓްކޮށްފިނަަމަ މައްސަލަ ކުރިޔަށްގެންދަންފެނޭތޯ ނުފެނެތޯ ބަލާކަށް އަހާކަށް ނުޖިހޭނޭ މީހަކަށް އަނިޔާލިބުނަސް ނުލިބުނަސް ފުލުހުން އިސްނަަގާގެން މައްސަލަ ބެލެންޖިހޭނޭ ބެލުމައި ނުބެލުމކީ ޖިނައީ މައްސަލާގަ ޗޮއިސްއެއްނޫނޭ