ޑޮކްޓަރަކު މީހެއްގެ ކުނި ވަސް ދުވާ އިސްޓާކީނު ބާލަނީ.
18 ޑިސެމްބަރ 2018 - 07:34
އަމިއްލަ ބޫޓާއި އިސްޓާކީނުން ދުވާ ކުނި ވަސް ބައެއް ފިރހެނުންނަށް ވަރަށް ކަމުދާ ކަމަށް ކިޔައި އުޅެ އެވެ. އެފަދަ ވަހަށް ދެވި ހިފާފައި ހުރި ޗައިނާގެ ފިރިހެނަކު އިސްޓާކީނުން ވަސް ބަލައިގެން ހާލު ދެރަވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ވަނީ ފަރުވާ ދޭން ޖެހިފަ އެވެ.
އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ހޮސްޕިޓަލަކަށް، ޕެންގް ނަމަކަށް ކިޔާ 37 އަހަރުގެ ފިރިހެނަކު ހުކުރު ދުވަހު ގެންދިޔައީ މެއަށް ތަދުވާތީ އާއި މާ ގަދައަށް ކެއްސާތީ އެވެ.
ޑޮކްޓަރުން އޭނާގެ ފުއްޕާމޭގެ އެކްސްރޭއެއް ނަގައި ޓެސްޓްތަކެއް ހެދި އިރު، ނަތީޖާއިން ދައްކަނީ ވަރަށް ބޮޑަށް އިންފެކްޝަން ހެދިފައިވާ ކަމަށެވެ. އަދި އެގޮތަށް ދިމާވީ ބޫޓާއި ސްޓާކީން ފަދަ އެއްޗެހީގައި އުފެދޭ ޖަރާސީމުގެ އަސަރުކޮށްގެން ކަމަށް ޑޮކްޓަރުން ވިދާޅުވި އެވެ.
އެހެންވެ އެކަހަލަ ޖަރާސީމަކަށް އެހާ ބޮޑަށް ހުށަހެޅުނީ ކީއްވެތޯ ޑޮކްޓަރުން ޕެންގް ކައިރިން ސާފު ކުރުމުން އޭނާ ބުނީ ކުނިވަސް ދުވާ އިސްޓާކީނުން ވަސް ބެލުމަކީ ވަރަށް ގާޔަވާ ކަމެއް ކަމަށާއި އެއީ ކަށީގައި ހިފައިގައި ހުންނަ އާދައެއް ކަމަށެވެ.
މިކަމާ ބެހޭ ގޮތުން، ޕެންގް އަށް ފަރުވާ ދިން ޑޮކްޓަރުން ވިދާޅުވި ގޮތުގައި އޭނާ އަށް ކުރިމަތިވީ އެހާ އާންމު އިންފެކްޝަނެއް ނޫނެވެ. އަދި މި ބާވަތުގެ އިންފެކްޝަނެއް ގޭތެރޭގައި މާ ބުރަބޮޑުކޮށް އުޅެން ހަދައިގެން ވެސް ކުރިމަތިވުން އެކަށީގެންވާ ކަމަށް ވިދާޅުވި އެވެ.
ޕެންގް ބުނި ގޮތުގައި އޭނާއަކީ އަމިއްލަ އަށް ދަރިއަކު ބަލަމުން، ވަރަށް ބުރަކޮށް މަސައްކަތުގައި ވެސް އުޅޭ މީހެކެވެ.
"އެހެންވީމާ އެހާ ބޮޑަށް އޭނަ އަށް އިންފެކްޝަންގެ އަސަރު ކުރީ ކަމަށް ގަބޫލު ކުރެވޭ،" ފަރުވާ ދެއްވި ޑޮކްޓަރު މައި ޒުއަނިންގް ވިދާޅުވި އެވެ.
އިސްޓާކީނުން ވަސް ބަލައިގެން ލަންގް އިންފެކްޝަނަކަށް ފަރުވާ ދިން ވާހަކަ މީޑިއާތަކުގައި ފެތުރުމާ އެކު ޗައިނާގެ މަޝްހޫރު ސޯޝަލް ނެޓްވޯކް ވެއިބޯގައި #ލަންގް އިންފްކެޝަން ކޯޒްޑް ބާއި ސްނިފިން ސްމެލީ ސޮކްސް" ގެ ނަމުގައި ކުރިއަށް ގެންދާ ހޭޝްޓެގަކަށް ވެސް އެތައް ބައެއްގެ ސަމާލުކަން މިހާރު ވަނީ ހުއްޓިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހަންމީ
18 December 2018
އެއީ މައްސަލައެއް ނޫން. އެކި މީހުން ކުރާ ހިތްވާނީ އެކި ކަހަލަ ކަންތައްތައް ދޯ؟