17 ޑިސެމްބަރ 2018 - 23:12
ހަދަމުންދާ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ލިބުނު ޒަހަމްތަކަށް ފަރުވާ ދެނިކޮށް މިއަދު ނިޔާވި ރަވްޝާން ޖިއާންގެ ހަށިގަނޑާ އެކު އޭނާގެ އާއިލާ މިރޭ ރާއްޖޭން ބަންގްލަދޭޝް އަށް ފުރައިފި އެވެ.
"މިހާރު"އަށް މައުލޫމާތު ދެމުން އާއިލާގެ މެމްބަރަކު ބުނީ ބަންގްލަދޭޝްގެ ހަތް އަހަރުގެ ޖިއާންގެ ހަށިގަނޑާ އެކު އޭނާގެ މަންމަ އާއި ބައްޕަ ރާއްޖޭން ފުރީ މިރޭ 9:00 އެހާކަށް ހާއިރު ކަމަށެވެ. އެ މީހުން މިވަގުތު ތިބީ ސްރީލަންކާގައި ޓްރާންސިޓްކޮށްގެން ކަމަށް ވެސް އޭނާ ބުންޏެވެ.
"ދެ ޑޮކްޓަރުންނާއި، މަންމަ އާއި ބައްޕަ ދިޔައީ އެ ކުއްޖާގެ ހަށިގަނޑާ އެކީގައި. އެ މީހުން މިހާރު ތިބީ ލަންކާގައި،" އާއިލާއިން ވާހަަކަ ދެއްކި މީހާ ބުންޏެވެ.
އޭނާ ބުނީ އާއިލާ އަށް ލިބުނު ހިތާމައިގައި ރާއްޖޭން ކަންތައްތައް ކޮށްދިނީ ވަރަށް ރަނގަޅަށް ކަމަށެވެ.
"ރައީސް ސޯލިހް ވެސް މިއަދު ވެސް ގުޅުއްވައި ވާހަކަފުޅު ދެއްކެވި ޖިއާންގެ މަންމަ އާއި ބައްޕަޔާ."
ޖިއާންގެ މަންމަ އާއި ބައްޕައާ ބައްދަލު ކުރެއްވި ބައެއް އިސް ބޭފުޅުންގެ ނަން ވެސް އޭނާ ފާހަގަ ކުރިއެވެ. އެގޮތުން ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ހެލްތު މިނިސްޓަރާއި އެމްޑީޕީގެ އިސް ބޭފުޅުން ހިމެނެ އެވެ.
Totally devastated by the news of the passing of the little injured girl. May Allah bless her soul! Deepest condolences to her parents and family. May Allah give them strength to bear this great personal loss! pic.twitter.com/kw1fiEDRAG
— Maumoon Abdul Gayoom (@maumoonagayoom) December 17, 2018
ރާއްޖޭގައި މަސައްކަތްކުރަމުން އަންނަ ބަންގްލަދޭޝްގެ ދެ ޑޮކްޓަރެއްގެ ތިބި ދެ ކުދިންގެ ތެރެއިން ދޮށީ ކުއްޖާ، ރަވްޝަން ޖިއާން، މަރުވީ މ. ނަލަހިޔާ މަންޒިލްގެ ފަސް ވަނަ ބުރިން ވެއްޓުނު ސިމެންތި ބަސްތާ އިން ޖެހި ލިބުނު ޒަހަމްތަކަށް، އައިޖީއެމްއެޗުގެ އައިސީޔޫގައި ބާއްވައިގެން ފަރުވާދެމުން ދަނިކޮށެވެ.
އެ ކުއްޖާ މަރުވުމުން ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޑަ ކުއްޖެއްގެ ފުރާނަ ގެއްލުމަށް ވުރެ ބޮޑު ހިތާމައެއް ނޯންނާނެ ކަމަށެވެ.
"ޅަ ރަވްޝަން ޖިއާންގެ މައިންބަފައިންނަށާއި އާއިލާއަށް އަޅުގަނޑުގެ އިޚުލާސްތެރި ތައުޒިޔާ ދަންނަވަން. މި ހިތާމަވެރި ހާދިސާއިން އަޅުގަނޑުމެން އެންމެން ފިލާވަޅު ލިބިގަނެ، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަން މަސައްކަތްކުރަން ޖެހޭ،" ޓްވީޓްގައި ރައީސް ވިދާޅުވެފައި ވެއެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުސްބެ
20 December 2018
ހަމަ ހުވާ. މާލޭގައި އުޅުން މިހާރު ރަނގަޅެއް ނޫން. އެކަމް ހުރިހާމެންތަށް އައިސް ތޮއްޖެހިގެން އައިސް މިއުޅެނީ މިތާ. މާލެ އިސް ނޮޓް ސޭފް އެނީވޭ
ހަމީން
19 December 2018
އަސްލު ބުނަން. ރާއްޖެ އަކީ ނުރައަކާ ތަނެއް
ބުރުގާ
19 December 2018
އެހެންވީމާ މިހިސާބުން މައްސަލަ ނިމުނީ. ވަރައް ސަލާން!
ޚސކސކސ
18 December 2018
މީހެއްގެ ފުރާނަ ނުދިޔަސް، އަދިވެސް ރާއްޖޭގައި ސަލާމަތީ ގޮތުން ވަރަށް ބިރުވެރިކަންތައްތަ އެބަހުރި...... ކޮންމެ ކަމެއްވެސް މީހެއްގެ ފުރާނަ ދިޔުމުގެ ކުރިން ރަނގަޅު ކުރެވެންޖެހޭ...ރަނގަޅު ކުރެވޭނީ ސަލާމަތާއި ގުޅުންހުރި ކަންތައްތަކަށް އަހައްމިއްޔަތުކަން ދީގެން..
އާދަނުބެ
18 December 2018
މީވަރަށް ހިތާމަވެރި ހަބަރެއް. ބައްޕައެއްގެ ހައިސިއްޔަތުންވެސް ވަރަސް ދެރަވޭ. ތިމާގެ ދަރިފޫލު މިފަދަ ގޮތަށް ދުނިޔެދޫކުރުމުން މައިންބފައިންނަށް ލިބޭނެ ހިތާމަ އިހްސާސްކުރެވޭ. މާތް ﷲ ރައުޝަން އަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާ އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން.
މޮހޮނޭ
18 December 2018
ހަމައެކަނި ސުރުޚީ ކިޔާލާފަވެސް އާއިލާއަށް ބުނަން އޮތީ 'އައި އޭމް ސޯ ސޮރީ'
ޔޫރަޕް ފޭނެއް
18 December 2018
ޔޫރަޕުން ގެންގުޅޭ ސޭފްޓީ ސްޓޭންޑާޑް ވަރަށް ހަބޭސް ވާނެ! އެކަންކަން ކޮޕީކުރުމަށް ދީނެއް ހުރަހެއް ނާޅަ! ދެން ކީއްވެ ނުކުރަންވީ! އެމީހުން ޖިގްސޯއަުން އެއްޗެއް ކަފާލަންވިޔަސް ހެޑްސެޓް އަޅާފަ އަންގިލައްވައިގެން އެމަސައްކަތެއް ކުރާނީ، އަދި ނުވިތާކަށް ސޭފްޓީ އައިނެއްވެސް އަޅާނެެ. މިރާއްޖޭގެ އެއް މެގަވޯޓް އިންޖީނެއް ހިންގާފަހުއްޓަ އެތާހުރެދާނެ ހެޑްސެޓެއްވެސް ނާޅަ މީފެންވަރު
ޤާނޫނީދިގުއަތް
18 December 2018
ކުންފުނީގެ ވެރިންނާމެދު ފިޔަވަޅުއެޅުމަށް ސަރުކާރަށް ގޮވާލަން!
ސޯލްޓް
18 December 2018
ދިވެހިން ގެ ސިކުޑީގެ ފެންވަރު އެއްމެރަގަޅަށް އެގޭނީ، މަގުމަތީގައި ދުއްވާފައިދާގޮތުން. އެއިން އެގޭނެ ދިވެހިން ގަވާއިދަށާއި ސޭފްޓީއަށް ވިސްނާވަރު.
ޙުސެއިން
18 December 2018
ތި ކުންފުނިން މަރުގެ ދިޔަ އެ އާއިލާއަށް ދޭން ޖެހޭނެ.