ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
18 ޑިސެމްބަރ 2018 - 23:21
ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ނުދެވިއްޖެ ނަމަ، ރާއްޖެ ބީވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސް މީކާއިލް ނަސީމްގެ މަޖިލިސް ކެމްޕެއިން ފެށުމަށް ލޮނުޒިޔާރަތް މަގުގައި ބޭއްވި ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވީ ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަކީ ވާޖިބެއް ކަމަށެވެ. އަދި އެ ނޫނީ މުހިންމު އެހެން ކަމެއް ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"މިއީ ތިމަންނާގެ އުފަން ރަށޭ، ތިމަންނާގެ އަމިއްލަ ރަށޭ ބުނާއިރު، ތިމަންނާ ހުންނާނެ ތަނެއް ނެތް،" ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، ރައްޔިތުންގެ މަޖިލީހަކީ ދިވެހިންގެ އުންމީދުތައް ހާސިލްކޮށްދޭނެ "ގެއަކަށް" ހަދަން ޖެހެ އެވެ. އެތަނުގައި ތިއްބަވާ މެމްބަރުން ރައްޔިތުންގެ ހައްގުގައި މެނުވީ އެއްވެސް ކަމެއް ކުރައްވައިގެން ނުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ދިވެހިން ބޭނުންވަނީ ހާސްކަމުން ނެއްޓެވޭނެ ގޮތެއް ހޯދަން. އެހެން ރާއްޖެއެއް. ފެން ބިލު ނުދެއްކި، ކަރަންޓު ބިލު ނުދެއްކި، ގޭގެ ކުލި ނުދެއްކި، ދަރިން މަދަރުސާއަށް ނުފޮނުވި، ބަލިވީމަ ބޭސްފަރުވާ ނުކުރެވި، އެއް ތަނުން އަނެއް ތަނަށް ދަތުރު ނުކުރެވި ހާސްވެގެން ތިބޭކަން ދިވެހިން ނޭދޭ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ސިފަ ކުރެއްވި ގޮތުގައި، ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަކީ ސިޔާސީ ލީޑަރުން، ރައްޔިތުންނަށް ދަރާފައިވާ ބޮޑު ދަރަންޏެކެވެ. ބޯހިޔާވަހިކަމުގެ އިތުރުން، އިސްލާމް ދީނާއި އިންސާނީ ހައްގުތަކަށް ލޯބިކުރާ ދިވެހި ގައުމެއް ބިނާކުރަން އަމާޒު ހިފަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ރައްޔިތުންނަށް ހައްގު މިންވަރު ހޯދައިދިނުމަކީ ސިޔާސީ ޕާޓީއެއްގެ ވަޒީފާ،" ނަޝީދު ވިދާޅުވި އެވެ.
އަންނަ އަހަރުގެ އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމުގައި ހުންނެވީ އެ ވައުދުތައް ފުއްދެވުމަށް ކަމަށެވެ. އަދި އިއްތިހާދުގެ ފަލްސަފާގައި ހިމެނޭ ކަންކަމަށްވުރެ، އެމްޑީޕީގެ މާ ބޮޑު އުންމީދުތަކެއް ހިމެނޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެހެންވެ، ވައުދުތައް ފުއްދުމަށް ކެނޑިނޭޅި މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެއީ ރައްޔިތުންނަށް ފުއްދާ ވައުދުތަކެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަރުޖަމާޕްލީޒް
19 December 2018
ރާއްޖެ ބީވަނީ ކާކުއަތުންތޯ ނޫނީ ކޮންބައެއްގެ އަތުންތޯ؟ "ބީވުން" މި ބަސް ބޭނުންކުރާ ގޮތް އަޑުއަހަމުން އަންނަނީ މީހަކު އަތުން އެއްޗެއް ބީވުމަށް. މިލިއުމުގައި ރާއްޖެ ބީވަނީ ކޮން ގޮތަކަށްކަށް އެއްގޮތަކަށްވެސް ސާފެއްނުވޭ. ބަހަށް މޮޅު ކުއްޖަކު ސާފުކޮށްލަދީބަލަ.
ޢަމީނާ.
19 December 2018
މާލެ މީހުންނަށް ގޯތި ނުލިބި އެހެން ރަށްރަށު މީހުންނަށް ވަގުތުން ތަފްތަރަށް ބަދަލުކޮށް ގޯތި ދިނުމީ އިންސާފުތޯ؟ މިއީހުސް ޖަރީމާ
މެތުސް
19 December 2018
ދަފުތަރާ ކުޑަސިޓީ އާ ހުރި ތަފާތު ބުނެލަބަލަ؟ މަ މި އުޅެނީ އެ ތަފާތު ނޭގިގެން!
ރާވެރިބެ
19 December 2018
މިހާރުވެސް މިގައުމު ބީވެގެންގޮސް އިނޑިއާގެ ފުރަގަހަށް ސަޖިދަކޮށްގެން މި ހިފޭއްޓެނީ ...
ބަލަ
19 December 2018
ބޯހިޔާވަހިކަމަށް އެންމެ ގިނަ ފްލެޓް އަޅައިދިނީ ޗައިނާގެ އެހީގައި. އެކަމު މިހާރު ޗައިނާ ގުއިވެގެން ނެތް އެމީހުންނާއެކު ކަމެއްވާކަށް. އިންޑިއާ މީހުންނާ ހަވާލުކުރާ ކަންކަން ގޮއްސަ ހުންނަ ގޮތް އެންމެންނަށްވެސް ފެންނަން ހުންނައިރު އަދިވެސް އިންޑިއާއާ ގުޅުން ބަދަހިކޮށް ތަތްވެގަނެގެން ނުނެއްޓޭ ހިސާބަށް ގެންގޮއްސަ މިހާރު އެއޮތީ. ޒާތީ ހަސަދައާ ހެދި ފަސޭހައިން ވާން އޮތް ކަންކަމުގަވެސް ކޮޅުފައިންޖަހަނީ.
އެކަމު
19 December 2018
މިހާރު ބޯހިޔާވަހިކަމަށްވުރެ މާ ކަންބޮޑުވާ ކަމެއް ކޮންމެ ދުވަހަކު މާލެއިން ކަރަންޓުކަޑައިގެންދިއުމަކީ. ބޯހިޔާވަހިކަން ލިބިފަ ތިބި އެތައް ހާސް ބައެއްގެ އެންމެ އަސާސީ އެއް ހައްގު އެ ނެތިދަނީ. ކަރަންޓް ބިލް ކުޑަވެގެން ނުދެއްކިގެން އުޅެންޖެހުމަށް ހައްލަކަށްވިއަސް މިހާރު ކަރަންޓާ ނުލާ ނޫޅެވޭނެ ކަން އެންމެންވެސް ގަބޫލުކުރާނެ. މާލޭގައި އިތުރަށް އުސް ބުރިތަކަށް އިމާރާތްކުރުން ކޮންޓްރޯލްކުރަން އެބަޖެހޭ.
އަބްދޫ
19 December 2018
ނަސީދުގެ ބައްޕަޔަށް ހައްގުވީ މައިޓް ކުންފުނި ޒިޔަތުއާ އަދީބަށް ހައްގުވީ އެމްއެމްޕީއާރުސީ ނަސީދު އަށް ހައްގުވީ ވެލާނާގެ ގަ ހުރި ނީލަންފުނިވަރަކުން 3 ތަޅާ 2 ތަޅުދަނޑި އެއީތޫ ތިޔަ ވިދާޅުވާ ހައްގު މިންވަރަކީ ؟
އަބްދޫ
19 December 2018
ހައްގު މިންވަރަކީ ލިބޭނެ އެއްޗެއްނޫންއެއީ ހޯދާދެވޭނެ އެއްޗެއްވެސްނޫން. ކޮންމެ މީހަކަށް ވެސް ހައްގު މިންވަރުދޯ 30000 ރުފިޔާއަށް ވުރެ މަދުނޫން މުސާރައެއް އެއީ ބޭނުންވީމަ ލަންކާ އިންޑިޔާ މެލޭސިޔާ ސިންގަޕޯރަށް ޖައްސާލެވެންވާނެ އެކަކަށް ނުވަތަ ގުނާލެވޭ މަދުމީހަކަށް ދެވޭނަމަ ދެންތިބި ބަޔަކަށް ނުދެވެންވީކީއްވެ. އޭރުން ހަމަހަމަ ހައްގު އެންމެނަށް ލިބޭނީ .ވީމާ ހައްގު މިންވަރު ބުނެދީބަލަ ނަސީދު . ނަސީދުގެ ބައްޕަޔަށް ހައްގުވީ މައިޓް ކުންފުނި ނޫނަތަ؟
ގުއިރޯނު
19 December 2018
އޭ މިހިރަ މީހާ. އަހަރުންނަށް ކޮންމެހެން ބިރުދައްކަން ފާޑުފާޑުގެ އަނގަ ތަޅާނެކަމެއް ނެތް. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގަވެސް ބޯހިޔާވަހިކަން ނުލިބޭ މީހުން އެބައުޅޭ. ގައުމު ބީވެގެނެއް ނުދޭ. ގައުމު ބީވެގެންދަނީ ތިކަހަލަ މޮޔައިން މިގައުމަށް ފާވެގެން އުޅޭތީ.
ޢިބޫބާ
19 December 2018
މީނަ ހަމަޖެހޭއެއްޗެއް ކިޔާބަލަ. ކީކޭތަ މީނަ މިކިޔަނީ. ގެދޮރު މިނުލިބެނީ ފަގީރުންނަށް. ދެން ގެދޮރުނުލިބޭ މީހުންމިހަދާގޮތަކީ އޮސްޓްރޭލިޔާއާއި އިނގިރޭސިވިލާތާއި އެމރިކާފަަދަ ކުރިއަރާފައިވާ ގައުމުތަކުގެރަށްވެހިކަން ހޯދައިގެން އެތަންތަނަށް ބަދަލުވަނީ. ޢެއީތާ ގެދޮރު ނުލިބުނީމާ ރާއްޖެ ދިވެހިންއަތުން ބީވެގެން ދާނެގޮތަކީ.
އަސްލުހާލަތު
19 December 2018
ބޯހިޔާ ވަހިކަމަކަށް އަދި ނުވާނެ ރަށަކު ފުލެޓެއް ގެއެއް އެކަނި އެޅީމައެއް އަދި.. އެކަން ފުރިހަމަވާނި ރަށުގަ ހުރެގެން ނޫނީ ރަށާކައިރިން އަސާސީ ވަޟީލަތްތަކާއެކު އެބަހީ ވަޒީފާގެ ފުރުޞަތުތަކާ ސިއްހީ އަދި އިޖުތިމާޢީ ކަންކަން ފުރިހަމަވާގޮތަށް ވީމަ..