ޚަބަރު / ހައުސިން މިނިސްޓްރީ

ކޮންމެ ހުކުރު ދުވަހަކު ހެނދުނު މާލޭގެ ބައެއް މަގުތައް ބަންދުކުރަނީ

މާލޭ މަގެއް: ކޮންމެ ހުކުރު ދުވަހަކު ހެނދުނު ބައެއް މަގުތައް ބަންދުކުރަން ވަނީ ނިންމާފައި. -- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ކޮންމެ ހުކުރު ދުވަހަކު ހެނދުނު މާލޭގެ ބައެއް މަގުތައް ބަންދުކުރަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

މާލޭގެ ބައެއް މަގުތައް ހުކުރު ދުވަހު ބަންދުކޮށް އާއިލާތަކާއި ކުޑަކުދިންނަށް "ޖަޒީރާ މާހައުލެއް" ހޯދައިދިނުމަކީ މި ސަރުކާރުގެ ފުރަތަމަ 30 ދުވަހު ތެރޭގައި ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދެކެވެ. މި ވައުދު ފުރިހަމަ ކުރުމަށް ކަނޑައަޅާފައިވާ އެއް މަސް ދުވަސް ހަމަވެފައި ވަނީ، ބަންދު ދުވަސްތައް ނުލައި، މިދިޔަ މަހުގެ 31 އަށެވެ.

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން ވިދާޅުވީ ވަކި ވަގުތުތަކެއްގައި މަގުތައް ބަންދުކުރަން ފަށާއިރު ވެސް މަދުވެގެން 10 މަގެއް ބަންދުކުރާނެ ކަމަށެވެ. ނަމަވެސް އެ މަގުތަކާއި ބަންދުކުރަން ފަށާނެ ދުވަހެއް ވިދާޅެއް ނުވެ އެވެ.

"ފަށައިގަންނަ އިރު މަދުވެގެން 10 ސަރަހައްދެއް ބަންދު ކުރާނަން. މިކަމަށް އޮންނަ ތާއީދަކަށް ބަލާފައި މިކަން ފުޅާކުރަން ވިސްނާނީ،" ޝާމިން ވިދާޅުވި އެވެ.

މަގުތައް ބަންދުކުރަން ނިންމާފައި ވަނީ ހެނދުނު 6:30 އިން 10:30 އަށެވެ.

މި ވައުދު ފުރިހަމަކުރުމަށް އެންމެ ރަނގަޅު އުސޫލެއް ކަނޑައެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި މާލެ ސިޓީ ކައުންސިލް އަދި ފުލުހުންނާ އެކު ހައުސިން މިނިސްޓްރީން ވަނީ މަޝްވަރާކޮށްފަ އެވެ.

"މާލޭގައި އުޅޭ މީހުންތައް އަބަދު ބަންދުވެފައި އެ ހުންނަނީ. މި މަގުތައް ހުކުރު ދުވަހު ބަންދުކުރެވުނީމަ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް މާލެއިން ޖަޒީރާ މާހައުލެއް އިހްސާސް ކުރެވޭނެ،" ޝާމިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަގުތައް ބަންދުކުރަން ނިންމާފައި ވާނީ ދުއްވާ އެއްޗެހީގައި އުޅޭ މީހުންނަށް ވެސް އުނދަގޫ ނުވާނެ ގޮތަށް ކަމަށެވެ.

"އެއީ ހެނދުނު ދަތުރު ދާން ބޭނުންވާ މީހުންނަށް އަދި މެންދުރު ހުކުރު ނަމާދަށް ދާން ބޭނުންވާނެ މީހުންނަށް އުނދަގޫ ނުވާނެ ގޮތަށް،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހު ހައުސިން މިނިސްޓްރީން ހަ ވައުދެއް ފުރިހަމަކުރުމަށް ކަނޑައަޅާފައިވެ އެވެ. އޭގެ ތެރެއިން ހަތަރު ވައުދަކީ ބޯހިޔާވެހިކަމާއި ފްލެޓްތައް ދިނުމުގެ ނިޒާމާއި ގުޅޭ ވައުދުތަކެކެވެ. މި ސަރުކާރުން ވައުދުތައް ފުރިހަމަ ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ގުނަނީ ބަންދު ދުވަސްތައް ނުލަ އެވެ.

35 ކޮމެންޓް, 108 ރިއެކްޝަންސް

icon happy icon happy 56%
icon sad icon sad 5%
icon angry icon angry 39%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

‫ކަބާ އައިޒާ

03 January 2019

‫ކޮމެންޓްތައް ކިއާލުމުންހީވޭ ދިވެހިންނަށް ހަމަ ވަރިހަމައޭ ދިވެހިވަންތަ ހުރިހާކަމެއް ގެއްލިގެންދިއުން. ސާފުތާހިރުކަން, މުރާލި, ހީވާގިއއެއްބައިވަންތަކަމުގެ ރޫޙު ބޭނުމެއްނުވޭހެންހީވަނީ. އާއިލީ ގުޅުން ތުއްތުކުދިންނާއިއެކު ހިގާލަންދިއުން މުހިންމެއްނޫންތަ? ސައިކަލުގަ ބާރުބާރަށް ދުއްވާފައި މަގުމައްޗަށް ކުނިއުކާލައި ޓައި އަޅައިގެން އެންމެ އަގުބޮޑެތި މޮބައިލް ފޯނުހިފައިންތިބެ ސިގިރޭޓް ބޯލައިފައި ބަޓްބުރި ފައިބުޑަށް އެއްލާލައިފައި ޕެކެޓް ބޯލައިން އުޅެވުނީމައި ތަރައްޤީ? ދެން އަދި ފިތުނަ ފަސާދަ އާއި ރުޅިވެރުކަން ފެތުރުމުގެގޮތުން ރާއްޖެތެރެއޭ މާލެއޭ, ސިޔާސީ މާޙައުލޭކިއައިން ހައްލެއްހޯދަން މަސައްކަތްކުރުމުގެ ބަދަލުގައި ބޭކާރު ވާހަކަދެއްކުން - ތަރައްޤީ?

The name is already taken The name is available. Register?

އެގާރަ

03 January 2019

"ޖަޒީރާ" އޭ ކިޔައިގެން އަޅުވަނީ މީހުންގެ ލޮލޮގަ އަނދުނެއް. އަސްލު މިވެރިން "ރާއްޖެތެރެ" ނުކިޔާން ވެގެން "ޖަޒީރާ" އޭ ކިޔައިގެން މިއުޅެނީ. ދެން ތިބޭ ހެވިފަ "ޖަޒީރާ" ވެފަ ހުރިހާ "ރާއްޖެތެރޭ" މީހުން

The name is already taken The name is available. Register?

ޖުހާބެ

03 January 2019

ހުކުރުދުވަހުގެ މެންދުރުކުރިއަކީ މާލޭގައި ދުއްވާއެއްޗިއެންމެމަދު އަދި މަގުމަތި އެންމެ އަމާން ވަގުތު. ބާޒާރުކޮށްލަން އުޅޭމީހުންނޫނީ ނުފެނޭ. ތިގަޑީގައި މަގުތައް ބަންދު ކުރުމުން މާރުކޭޓުން ވިޔަފާރި ކުރާމީހުނަށްވާނީ ދަތި . އެގަޑީގައ އެންމެގިނަމީހުން އުޅެނީ މަސްމާރުކޭޓާއި ބާޒާރުމަތީގައި ތަކެތިގަންނަން. ހާދަމޮޅަކަށް ވިސްނާބަލާފާ ހަމޖެއްސި ވަގުތެއްހެން ހީވެޔޭ. ތިވެސް ވައުދެއް ފުއްދުނީ.

The name is already taken The name is available. Register?

ފާފުން

03 January 2019

ކޮންމެސް ކޮންމެސް އިސްލާމީމަރުކަރުގެ ކަރީ މަގުތަށް ބަންދުމުކުރާތި. ބަންދުކޮށްފިނަމަ ޓެކްސީ ޑްރައިވަރުން ރުޅިގަދަ ވެދާނެ.

The name is already taken The name is available. Register?

ހިންނަވަރު މޯޑް

03 January 2019

މި ނިންމުމަކަށް އެއްގޮތަކައްވެސް ތާޢީދެއް ނުކުރެވޭ. ހުކުރު ދުވަހުގެ 6.30 ން 10.30 އަށް. މިއީ، ކޮން އެއްޗެއް. މިއީ، ބަންގާޅުންނަށް ކޮއްދޭ ކަމެއްތަ.؟ އެދުވަހުގެ މެންދުފަހުގެ 3.30 އިން 6.30 އަށް ހެދީޔާ ވަރަށް ރަނގަޅު. ނޫނީ. މެންދުރު 12 އިން 6 އަށް އޯކޭ. ދެވަނަ ވިސްނުމަށް އަދި ގޮސްލަންފެނޭ.

The name is already taken The name is available. Register?

އާނަ

03 January 2019

ހެނދުނު 6:30 ން 10:30 އަށް. ކީއްވެބާ ހަވީރު ގަޑި ހަމަނުޖެއްސެވީ. ހުކުރުދުވަހު ހަވީރުގެ ވަގުތަކީ އާއިލާތައް ހިްތަހަމަޖައްސާލަން ޕާކުތަކަށް ޒިޔާރަތްކޮށްލާވަގުތުތައް. ކުޑަކުދިން ގޮވައިގެން އެންމެގނައިން ނިކުންނާނީ ހަވީރު. ކިހިނެތްތޯވާނީ ހަވީރުގެ ވަގުތު؟

The name is already taken The name is available. Register?

mufliha

03 January 2019

އާއިލާ އާއި އެކީ ފަތިސްނަމާދުން ކޮއްލައިން ސަޔަކައް ދާން ސަޅިގަޑިއެއް. ފަތިސްނަމާދު ކުރާނަމަ ތިކަހަލަ ވިސްނުމެއް ނުގެންގުޅޭން.

The name is already taken The name is available. Register?

.މަގުހުރަސް

03 January 2019

.ވަރަށް މޮޅު ކަމެއްތީ ހުކުރު ދުވަހު ހެނދުނު މަގު ބަންދު ކުރުން ހެދުނުގަޑީގާ ތި މަގު ތަކުގާ ހިގާނީ މިދަލާ ބުޅަލާ ހިކަނދި ހުކުރު ދުވަހު ހެނދުނު ހަފުތާގެ ބަންދު ދުވަސް ވީމާ ކާކު މަގު މަތީގާ އުޅޭނީ!!!!

The name is already taken The name is available. Register?

ކިނބޫ

03 January 2019

ކިިހާ ބޮޑު ކަމެއް މިި ޖެހުނީ. ހުކުރު ދުވަހު ހެނދުނު ހެނދުނާ މާރުކޭޓަށް ގޮސްލާ ހެދޭކަށް ދެން ނޯންނާނެ. ކޮންފަދަ ބޮޑު އުނދަގުލެއް.

The name is already taken The name is available. Register?

ސުވާލީ

02 January 2019

މަށަކަށް ނޭންގޭ މަގުތައް ބަންދުކޮށްގެން ޖަޒީރާ ރާއްޖެ ފެންނާނެ ކަމެއް..އެއީތަ ޖޒީރާ ރާއްޖެ އަކީ..ހުރިހާ މަގެއްގައި ޖަޒީރާ ރާއްޖެ ލިޔެފަ ފޮތިދަމާ އޭރުން ފެންނާނެ..މާލޭން ޖަޒީރާ ރާއްޖެ ފެންނާނެ ގޮތެއްނެތް..ގަޅި

The name is already taken The name is available. Register?

3456

02 January 2019

އަހަރެންނަށް ފެންނަނީ10/30 14/30 ބަންދުކުރަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454