ޕީއެސްއެމްގެ ޗެއާމަނަކަށް އައްޔަންކުރި ހިލްމީ (ވ) އަދި ބޯޑު މެންބަރު ކަމަށް އައްޔަންކުރި މަރިޔަމް ވަހީދާ.
06 ޖެނުއަރީ 2019 - 11:52
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ޗެއާމަނަކަށް އިބްރާހިމް ހިލްމީ އަދި ބޯޑު މެމްބަރަކަށް ޕްރެޒެންޓަރު މަރިޔަމް ވަހީދާ އިއްޔެ އައްޔަންކުރައްވައިފި އެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުން ޕީއެސްއެމްގެ ޗެއާމަނަކަށް އައްޔަންކުރެއްވި ތ. ވިލުފުށި، ހުސްނުހީނާގެ، ހިލްމީއަކީ 2015 ވަނަ އަހަރު އެކުލަވާލި އެ ބޯޑުގެ ފުރަތަމަ ވައިސް ޗެއާމަނެވެ. ނަމަވެސް ޕީއެސްއެމްގެ ގާނޫނަށް ފަހުން ބަދަލު ގެނެސް، ބޯޑު އެކުލަވާލިއިރު އާ ބޯޑުގައި އޭނާ ނުހިމެނެ އެވެ.
ގ. ހިލްމަން، މަރީ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އުފެއްދި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިވް ކޯޕަރޭޝަން (އެމްއެންބީސީ) ގެ މެމްބަރުކަން ކުރައްވައިފަ އެވެ. އަދި ފަހުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) ގެ މެމްބަރަކަށް ވުމަށް ކުރިމަތިލެއްވި އެވެ. އެންމެ މަތިން މާކްސް ލިބުނު ކަމުގައި ވިއަސް މަޖިލީހުން އޭނާގެ ނަނެއް ފާހެއް ނުކުރެ އެވެ.
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖައްސާފައިވަނީ، ކުރިން ޓީވީއެމްގެ ސީއީއޯ އަކަށް ހުންނެވި އަލީ ހާލިދެވެ. ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކީ މުހައްމަދު ޝަމީމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަސްލުމީހާއެއްނޫން
08 January 2019
މަރީ އަކީ ތިތަނަށް އެއްމެ ޤާބިލް އެކަކު!! ފިސާރި ކަނބަލެއް! މަރުޙަބާ މަރީ!!
އައްދު
06 January 2019
ޕްރޮފެޝަނަލް ޓްރެއިނިންގއާއި މަތީ ތައުލީމް ހާސިލްކޮށްގެން ނިއުސްރޫމްުގައި ވަރަށް ގިނަ އަހަރުތަކެއް ވަންދެން އުޅުނު ބަޔަކު ވަނީ ރާއްޖެއިން ބޭރުގައި ތިއްބާ ވަކިކޮށްފަ. އަދި އަނެއް ބަޔަކު ވަނީ ޑީމޯޓްކުރުމަށްފަހު އެހެނިހެން ޑިޕާޓްމަންޓްތަކަށް ބަދަލުކޮށްފަ. އެމީހުން އަނބުރާ ގެނެސްގެން ނޫނީ ތިޔަ ނިއުސްރޫމް ރަގަޅެއް ނުވާނެ.
މިޒް
06 January 2019
މަހުރަބު އިއްބެ ބޭރު ނުކޮށް ތިޔަ ތަން އިސްލާޙްވީކަމަށް ޤަބޫލެއް ނުކުރާނަން.. ބޯވާއެއް ހެން ކުލަ ބަދަލުކޮށްގެން ތައްޔިބު ޝަހީމުނެންގެ ބުލެސިންގ ހޯދާ އެމްޑީޕީ ތެރެއަށް ދެމި ގަންނަން އުޅުނަސް އޭނާގެ ހަޤީޤަތް އެންމެން ދަނޭ..
ޙުރަަ
06 January 2019
ހިލްމީ މި ލީ ކޮން ގާބިލް ކަމެއް ހުރެގެންތަ
ޅިޔަނާ
06 January 2019
މި ސަރުކާރު އުއްޗުއަށް ދެރީތޯ؟
ނަގިއްޔާ
06 January 2019
ކޮބާ ތިތާ ކުރިން އުޅުނު ދެފަހުލަވާނުން..އަހަރުމެންނަށް ހަރުވެ އަނދާ އަޅިބުރާފައި އޮތް ގއ ގަޑެއް ދައްކާފަ މާވަހަރެކޭ ބުނި ދެމީހުން.
ދުއްމާރި
06 January 2019
އަހަރެންގެ ކޮމެންޓެއް ދެންޏާ ހިލްމީއަށް ކޮމެންޓެއް ދޭކަށެއް ނެއެނގޭ، އެއީ ހިލްމީގެ މަސައްކަތް ބެލިފައި ނުވާތީ، އެކަމަކު މަރީއަށް ކޮމެންޓެއް ދޭން ބޭނުން، އަހަރެން މަރީ ބޭނުންވަނީ ބޯޑުގައި ހުރުމެއްނޫން، އަހަރެން މަރީ ބޭނުންވަނީ ރާއްޖޭގެ އަންހެނުންނާއި ދިމާވާ މައްސަލަތަކާއި ކުރިއެރުން ގެނެސްދޭ ޕްރޮގްރާމެއް ހިންގައިދޭނެ މީހަކަށް ހުރުން، އެފަދަ ޕްރޮގްރާމެއް ތިޔަތަނުން ހަދައި މަރީއާއި ހަވާލުކޮށްލަން ފެނޭ
ދީނަންބެ
06 January 2019
ފާޑު ކިޔާނެ، އެމީހުންގެ ހިދުމަތަށް ޝުކުރުވެރިވާނެ އެކަކުވެސް ހަމަ ނެތީތޯ؟ އަހަރެންނަށް އެނގޭ އެއްޗަކީ ޕީއެސްއެމް އެބަޖެހެއޭ އެހެން ހަރުފަތަކަށްދާން، ރާއްޖެ ބޭރު ދުނިޔޭގައި މާކެޓްކުރާ ޗެނެލަކަށްވެސް ވާންޖެހޭ، ރާއްޖޭގައި ދިރިއުޅޭ ބޭރު މީހުންނަށް ބެލޭނެ ޗެނަލަކަށްވެސް ވާންޖެހޭ، ރާއްޖޭގެ މީޑިއާ މިއޮތީ ހަމަ އެއްބައެއްގެ އަތްމަތީގައި، ވެރިކަން ބަދަލު ނުވިޔަސް މީޑިއާގެ ވެރިން ހިންގުން ތެރިން ބަދަލެއް ނުވޭ
ޖާދު
06 January 2019
އިބްރާހީމް ޙިލްމީ މެންނަށް ކޮންމެ ސަރުކާރެއް އަޔަސް ފައިދާ. ޔާމީން ސަރުކާރުގެ އެންމެ ފަހު 5 މަހު އޭނާ ނެތީ ޕީއެސްއެމްގަ. އޭނާ އަކީ ޕީއެސްއެމް ގެ ވައިސް ޗެއަރމަން. ޢެކަމަކު ކުރިން ހިންގި އެއްވެސް ކަމެއްގަ ޒިންމާއެއް ނެތް ހެހެހެ. މީނާއަކީ ދިޓީވީ މަސްއޫދުގެ ކޮއްކޮ. މިއީ ހާދަ މަޖާ ސަރުކާރެކޭ.
މަހަށްދަގަ.
06 January 2019
ކޮބާހޭ މަހުރަބު އިއްބެ..މިހާރުން މިހާރަށް ބޭރުކުރަންޖެހޭ.. ޚަލީލު އިކުރާމުގެ ހުރިހާ ޕުރޮޕެގެންޑާ ޕުލޭނެއް ހިންގި ޖަރީމާ އައްޕަ އެއީ..