ހެލްތް މިނިސްޓްރީ ހިންގާ ބިލްޑިން: ޕްރީ މެޑިސިން ކޯސްތައް ގަބޫލުކުރުން މިއަދުން ފެށިގެން ވަނީ ހުއްޓާލާފައި --ފޮޓޯ/މިހާރު
14 ޖެނުއަރީ 2019 - 11:38
ޑޮކްޓަރު ކަމުގެ ކޯހަށް ޝަރުތު ހަމަ ކުރުމަށްޓަކައި ހަދާ ޕްރީ މެޑިސިންގެ ކޯސްތަކާއި ސެޓްފިކެޓްތައް ގަބޫލުކުރުން މިއަދުން ފެށިގެން ހުއްޓާލަން މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ނިންމައިފި އެވެ.
ޕްރީ މެޑިސިންއަކީ ޑޮކްޓަރު ކަމުގެ ކޯސް (އެމްބީބީއެސް) ނުވަތަ ޑެންޓިސްޓް ކޯސް (ބީޑީއެސް) ކޯހަށް ޝަރުތު ހަމަ ކުރުމަށްޓަކައި ޖީސީއޭ އޭ ލެވެލްގެ ބަދަލުގައި ހަދާ އެއް އަހަރުގެ ކޯހެކެވެ. ޕްރީ މެޑިސިން ކޯސްތައް ރާއްޖެއިން ބޭރުގައި މިހާރު ވެސް ހިންގަ އެވެ.
މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ނެރުނު އިއުލާނެއްގައި ވަނީ ޕްރީ މެޑިސިން ގަބޫލުކުރުން ހުއްޓާލަން ނިންމީ ބައެއް ގައުމުތަކުގެ ޕްރީ މެޑިސިން ކޯސްތައް ފަރުމާ ކޮށްފައިވާ ގޮތުން ދަރިވަރުންގެ ފެންވަރު ދަށްވާ ކަމަށް ފާހަގަ ކުރެވޭތީ ކަމަށެވެ. އަދިި އެއް އަހަރުގެ މުއްދަތަށް ޕްރީ މެޑިސިން ކޯސް ހިންގުމުގައި ނަމުގައި ބައެއް ގައުމުތަކުން ހަ މަސް ދުވަހުގެ މުއްދަތަށް ވެސް އެ ކޯސް ހިންގާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން ވޭތުވެދިޔަ ތަނުގައި ދިވެހި ދަރިވަރުންނަށް އަމާޒު ކޮށްގެން ބޭރުގައި ކުރިއަށް ގެންދިޔަ ޕްރީ މެޑިސިން ކޯސްތަކުގެ ސަބަބުން ދަރިވަރުންނަށް ނަފްސާނީ ގޮތުންނާއި މާލީގޮތުންނާއި ގެއްލުން ލިބިފައިވާ ކަމުގެ ޝަކުވާ ވެސް އެ ކައުންސިލަށް ލިބިފައިވެ އެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެއް އަހަރުގެ ޕްރީ މެޑިސިން ކޯހެއް ނިންމިޔަސް، ޑޮކްޓަރު ކަމުގެ ނުވަތަ ޑެންޓިސްޓް ކަމުގެ ކޯހަށް ވަނުމުގެ ޝަރުތު ފުރިހަމަވީ ކަމަށް ނުބަލާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން ޕްރީ މެޑިސިން ސެޓްފިކެޓްތައް ބަލައިގަތުން ހުއްޓާލިޔަސް، ބައެއް ފަރާތްތައް އެ އުސޫލުން އިސްތިސްނާވާނެ އެވެ. އެގޮތުން މިހާރު ޕްރީ މެޑިސިން ހަދަމުންދާ ފަރާތްތަކާއި މިއަހަރުގެ ޕްރީ މެޑިސިން ޕްރޮގްރާމަކުން ޖާގަ ލިބި، ފައިސާ ދައްކާފައިވާ ފަރާތްތައް އެ އުސޫލުން އިސްތިސްނާވާނެ އެވެ.
މީގެ އިތުރުން ޕްރީ މެޑިސިން ނިންމުމަށް ފަހު މިހާރު ޑޮކްޓަރު ކަން ނުވަތަ ޑެންޓިސްޓް ކަން ހަދަމުންދާ ފަރާތްތަކާއި ޕްރީ މެޑިސިން ނިންމުމަށް ފަހު، މެޑިކަލް ނުވަތަ ޑެންޓަލް ކޮލެޖަކުން މިހާރު ޖާގަ ހޯދަމުންދާ ފަރާތްތައް ވެސް އެ އުސޫލުން އިސްތިސްނާވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަޑަފި
15 January 2019
ދުނިޔޭގެ އެއްމެ ކުރިއަރައިފައިވާ ގައުމުތަކުގަ ޑޮކްޓަރު ކަންކިޔަވަނީ އެންމެ މޮޅެތި ތޫނުފިލި ކުދިން އެކަނި. ޜާޖޭގަ ތަންދޮރު ނުދަންނާ މީހާވެސް ކޮންމެވެސް ގޮތަކުން ވާންބޭނުންވަނީ ޑޮކްޓަރަކަށް. ދެން އަޖައިބެއް
ލައިޝާ
15 January 2019
ތިހާ ކުރި އަރާފަ އޮތް ގައުމެއްވީޔާ ކީއްވެ އެތަންތާ ތަންދޮރު ނުދަންނަ މީހުން އެތާ އުޅެނީ؟
ސާހީ
15 January 2019
ތީކޮން ގާނޫަނަކުން ބާރިލިބިގެން އުޅޭކައުންސިލެއްތޯ. ކަލޭމެނަށް ކިޔެވުނީމަ އެކަން ބަންދުކުރަނީ. ބަލިމީހުން ފެލައިގެން ކެވޭވަރު މަދުވަނީތޯ
އައްލާބެއްޔާ
14 January 2019
ހެލްތް މިނިސްޓްރީގަ މިކަންތައް އިންޕްލިމެންޓް ކުރަންތިބި މީހުން ތިބެނީ ޕީއެޗްޑީ ނަގާފައި.! ބޭހާ ބެހޭ ގޮތުން ހަދާފައިވާ ޤަވައިދުވެސް ލަދުން ބޯފަޅައިގެންދާވަރުވޭ!
ޑރ ސްލޯން
14 January 2019
ދިވެހިން ގެ ފެންވަރުގެ ޕްރީމެޑް ހެދޭނެ އެއްވެސް ތަނެއްނެތީދޯ މިވީގޮތުން.މެޑިކަލް ކައުންސިލުން ގަބޫލު ނުކުރާ ޔުނިވަރސިޓީ ތަކުން އަންނަ ބޭރު ޑޮކްޓަރުން ކީއްވެބާ ދިވެހިރާއްޖޭގެ ހޮސްޕިޓަލް ތަކުގަ ތިބެނީ.
ހުތާނި
14 January 2019
މިހާރުވެސް ދިވެހިކުދިން ތިޕްރޮގްރާމްގައ އެބައުޅޭ. ތިކަން ހުއްޓާލަންމުއްދަތެއް ދޭންޖެހޭނެދޯ. އެހެން ނޫނިއްޔާ ކިހާބޮޑު ގެއްލުމެއް މިކުދިންނަށްވާނެ.
ކަކުނިބޯ
14 January 2019
ޑރ ކަނބޮޑުވަނީ ޑޮކްޓަރުން އުފެދޭތީ މި މެޑިކަލް ކައުންސިލް ސައިޒުކުރެވުނި ހަމައެކަނި ޔާމިނަށް. ބަޔޯ ކެމް ފިސިކްސް އިން ސީޕާސް ނުވަންޔާ ނުކިޔެވެޔޭ އޭލަވަލްގަ އެކަމު ޔުނިވަރސިޓީ މުޤައްރަރު ހެދިމީހުންހަދާފަ އެބަބުނޭ އީޕަސް އިން ވައްދަމޭ ނުވަތަ ކިޔެވޭނޭ އަޅެ ޑޮކްޓަރުކަންުކުރަނީ އޭލަވަލްގާ ކިޔެވިއެތިކޮޅުންތަ
އެކިނަން
14 January 2019
ރަނގަޅު
Mariyam
14 January 2019
އޭ ލެވެލްއިން ހުރިހާ މާއްދާއަކުން އޭ ހޯދާފައިވާ ކުދިންވެސް އެމެރިކަން ސިސްޓަމަށް މެޑިސިން ކިޔަވައިދޭ ޔުނިވަރސިޓީތަކުގައި ޕްރީމެޑް/ޕްރީ ޑެންޓިސްޓްރީ ހަދަން ޖެހޭ. އެއީ ފެންވަރުދަށް ވެގެނެއްނޫން.
EmEss
14 January 2019
ރަގަޅު ނިންމުމެއް
ނަޣޫރޯޅި
14 January 2019
އެެހެން ގައުމު ތަކުން އެކަން އެހެން ކުރިޔަސް އެހެން ގައުމު ތަކަކީ ރާއްޖެހާ ކުޑަ ގައުމުތަކެއްނޫން. އެހެން ކަމުން މިތަނުން އެހެން ހަަދައިގެން ގިނަ ފެންވަރު ރަނގަޅު ދިވެހި ޑރ ނެރެވޭނެ ގޮތެއް ނެތް. ނުފޯރާފަށުން ފޫގަޅަން އުޅުން ތީ!!!!!!!!! ތި އޭލެވެލް ހަދާފަތިބި ރަންޑީން އެހާ ފުރިހަމަ ނަމަ ކީއްވެ ހަމަ ދާގޮތަށް ގޮސް ފްލައިޓް ތައް ޕައިލެޓް ނުކުރެވެންވީ؟ ސައިކަލުތައްވެސް ދެން ޕައިލެޓް ކުރެވެން ޖެހޭނި ތިބުނާ އެކަނި!