ކާރު ކޮންޓްރޯލް ނުވެ މިސްކިތައް ވަދެފައި.
16 ޖެނުއަރީ 2019 - 11:46
ބ. އޭދަފުށީގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މިސްކިތެއްގެ ތެރެއަށް ވަދެއްޖެ އެވެ.
މިއަދު ހެނދުނު ހިނގި އެ ހާދިސާގައި މިސްކިތުގެ ބޭރު ފާރު ވެއްޓި، ކާރު ވަނީ މިސްކިތުގެ ގޯތި ތެރެ އަށް ވަދެފަ އެވެ. އެ ހާދިސާގައި ކާރަށް ވެސް ކޮންމެވެސް ވަރަކަށް ގެއްލުންވި އެވެ.
އޭދަފުށިން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި އެ ހާދިސާ ހިނގިއިރު ދެ މީހަކު އެ ކާރުގައި ތިބި ކަމަށާއި އެކަމަކު އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށެވެ.
ފުލުހުން ބުނީ ކާރު ދުއްވަން އިން އުމުރުން 39 މީހާގެ އަތުގައި އޮތީ ވަގުތީ ލައިސަންސެއް ކަމަށެވެ.
މިދިޔަ ހަފުތާގައި އައްޑޫގައި ވެސް ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް، އައްޑޫގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގެ ބްރާންޗް ތެރެއަށް ވަނީ ވަދެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޭފަތުފޫޅު
16 January 2019
ޑްރައިވިންގ ލައިސަންސް ވެސް ލިބެނީ ވިޔަފާރި އުސޫލުން. ޑްރައިވިންގ ސްކޫލް އަކަށް ފީ ދައްކައިގެން ދުއްވާފަ ޓެސްޓްގައި ބައިވެރިވުމުން ވަރަށް ފަސޭހައިން ފާސްވެ ލައިސަންސް ލިބޭ. ޑްރައިވިން ޓެސްޓް ދެވޭ އުސޫލު ބަދަލުކޮށް ވަރަށް ހަރުދަނާ ފުރިހަމަ ޓެސްޓެއް ދެވި ފުރިހަމަޔަށް ފާސްވެގެން މެނުވީ ލައިސަންސް ދޫކުރުން ހުއްޓާލަންވެއްޖެ. އަމުދުން ވަގުތީ ލައިސަންސް ދިނުން ހުއްޓަލަންވީ.
ޗޮންޕީ
16 January 2019
މީ އެއްލަކިން ލައިސަން ދިނީމަ ވާނެގޮތް ފެންނަ މިއޮތީ!!!
ޢަހްމަދު
16 January 2019
މި ދުއްވަން ތިބޭމީހުން ތިބެނީ ހަމާގަތޯ ބަލަން އެބަޖޭ
އައްލާބެއްޔާ
16 January 2019
ރަށުގެ ބަދިގެއާއި ގެއާދެމެދު ދުއްވާފަ ލައިޝަންސް ނެގީމާ ވާގޮތް!
ޝީޒާ
16 January 2019
ނަމާދަށް ދާންވީވެސް ހެލމެޓް އަޅައިގެން! މިކަމަށް ހައްލެއްގެންނަން ޖެހިއްޖެ.
ފިފްޓީ
16 January 2019
މިކަހަލަ އެކްސިޑެންޓްތައް ވީމަ މަސްތުވާ ތަކެއްޗަށް ޕޮޒިޓިވްވޭތޯ ޓެސްޓް ހަދާބާ؟ ސަރުކާރެއް ދެކެ ބިރު ގަންނަންނުޖެހޭނަމަ އަދި އެބައެއްގެ ބާރު ހިނގާ ސަރުކާރެއް އޮންނަނަމަ މަސްތުވެގެން ތިބެ ދުއްވާކަށް އެހާ ޖެހިލުމެއްނުވާނެ.
ފުންއަސަރު
16 January 2019
މިދުވަސްކޮޅި މިރާއްޖޭގައި ދުއްވާ ކާރުތައް ހާދަބަސްނައަހާ ނުކިޔަމަންތެރިކަން ދައްކަމުން އެބަދެޔޭ. ހުރިހާ ޓަޔަރުތަކުން ވައިދުއްވާލަންވީ
ވެރީގުޑް
16 January 2019
މިސްކިތެއްގަ ޖެހުނުކަން އެއީ އެމީހުންގެ ނަސީބުކަމަށްވެސް ވެދާނެ. އަނިޔާ ނުވެ ސަލާމަތްވެއްޖެ.
އަލީޝާކިރު.
16 January 2019
މީހަކައް ކިތަންމެ ބޮޑު ހިތާމައެއްލިބުނަސް ދަޖަލުކުރުން ރާއްޖޭގަ މިއޮތީ މިކަންހުއްޓާލާ އަހަރެމެން ރާއްޖޭގެ ރައްޔިތުންނާ ދޭތެރޭ ފުރައްސާރަ ކޮއްގެންނުވާނެ އަހަރެމެންނަކީ އެއްދީނެއްގެ އެއްއުންމަތެއްގެ އެއްތަށިންކައިގެން އުޅެންވާނެ ބައެއް މަލާމާތް ކުރުން ހުއްޓާލާ އޭނާޔައް ހެޔޮދުވާކޮއް އެހީވެދީ މާދަމާ ތިޔައިގެން މީހަކައް މިވަރުކަމެއްވީމަ އިހުސާސްވާނެ ވާނެދެރަ އުންމީދަކީ ރާއްޖޭގެ ރައްޔިތަކައް ދެރަގޮތެއްނުވުން .
ހޯރަބެ
16 January 2019
ޖަޒީރާ އެޖްސިޑެންޓް ސްޓައިލް