ރާއްޖޭގެ އެންމެ ބޮޑު ބޭންކް، ބީއެމްއެލްގެ މައި އޮފީސް: ހިޔާނާތްވި މުވައްޒަފުގެ މައްސަލަ ވަނީ ފުލުހަށް ފޮނުވާފައި
17 ޖެނުއަރީ 2019 - 18:16
ބީއެމްއެލްގެ މުވައްޒަފު ހިޔާނާތްތެރިވީ 4.9 މިލިއަނެއްހާ ރުފިޔާއަށް ކަމަށާއި އެ މައްސަލަ މިހާރު ފުލުސް އޮފީހަށް ހުށައަޅައިފި ކަމަށް، ގައުމީ ބޭންކުން މިއަދު ބުނެފި އެވެ.
މި ހިޔާނާތް ފަޅާއެރުމުން ފުރަތަމަ ވާހަކަ ދެކެވުނީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިއަކަށް ތުހުމަތުކޮށެވެ. އަދި އިންޓާނަލް އޮޑިޓުން އެކަން ބަލަންދެން ދެމަފިރިއަކު ސަސްޕެންޑްކޮށްފައިވާ ކަމަށް ވެސް "މިހާރު"އަށް އެނގިފައިވެ އެވެ.
އެތެރޭގެ ތަހުގީގަށް ފަހު ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ނެރުނު ކުރު ބަޔާނެއްގައި ބުނީ ފިރިހެން މުވައްޒަފަކު ވަނީ ބޭންކްގެ ފައިސާގެ ތެރެއިން 4.9 މިލިއަނެއްހާ ރުފިޔާ އަމިއްލައަށް ބޭނުންކޮށްފައި ކަމަށެވެ.
"މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، މިކަން އިތުރަށް ތަހްގީގުކުރުމަށާއި މިކަމާ ގުޅޭ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އެޅުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސް އަށް މިހާރު ވަނީ ހުށަހެޅިފަ އެވެ،" ބީއެމްއެލްގެ ބަޔާނުގައި ބުނެފައިވެ އެވެ.
ބީއެމްއެލުން ބުނި ގޮތުގައި އޭނާ ވަނީ އެތެރޭގެ އެކައުންޓްތަކުގެ މުއާމަލާތްކުރަން އޭނާއަށް ދިން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިފަ އެވެ.
އެ މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ބީއެމްއެލުން ދީފައެއް ނުވެ އެވެ.
ފުރަތަމަ އަޑު ފެތުރުނު ގޮތުން އެ ދެމަފިރިން ހިޔާނާތްވި މިންވަރު 8 މިލިއަން ރުފިޔާއަށް އަރާ ކަމަށް ތުހުމަތުކުރި އެވެ. އެކަމަކު ބީއެމްއެލްގެ ބަޔާނުން އެނގޭ ގޮތުގައި އެ ހިޔާނާތުގައި މުވައްޒަފުގެ އަންހެނުންގެ އެއްވެސް ބައިވެރިވުމެއް އޮތް ކަމަކަށް ނުފެނެ އެވެ.
ބޭންކުން ބުނީ ހިނގާފާނެ ނުރަނގަޅު އަމަލެއް ނުވަތަ އިހުމާލެއް ދެނެގަތުމަށްޓަކައި ހަރުދަނާ ގަވައިދުތަކާއި އުސޫލުތަކުގެ އިތުރުން އިންޓާނަލް ކޮންޓްރޯލްތައް ބީއެމްއެލްގައި ގާއިމްކޮށްފައިވާ ކަމަށެވެ. އަދި އެއްވެސް މުވައްޒަފަކު ގަވައިދާ ޚިލާފުކަމެއް ކޮށްފި ނަމަ ތަހުގީގީ އިދާރާތައް މެދުވެރިކޮށް އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
4567
18 January 2019
ތީއާންކުކޮށް ވައްކަންކުރާތަނެއް ވެރިމީހާއަށް ނޭގި ލާރިކެޑު އެއީވައްކަންތައް ފެށޭ ހިސާބު
4567
18 January 2019
ައަހަރެމެންނަށް ނައަންގާ ލާރިކެޑުން އެއީވެސް ބޮޑު ވައްކަމެއް
އަލްޖިބްރާ
18 January 2019
އެންމެ މީހަކަށް ތިޔަފަދަ ބޮޑު ވައްކަމެއް ނުކުރެވޭނެ ! ތިޔައީ ބޭންކްގެ ބޮޑުންގެ ބައެއް އަޑީގައި ތިބެގެން ހިންގާފައިވާ ޖަރީމާއެއް ! ޔަޤީން !
ޏަޖީބް
18 January 2019
ޓތިވަރުކަމެއތިކުރީ ކާކުތަ ކީއްވެތަ ނަން ހާމަކުރން ބިރުގަންނަނީ ބިރުގަންނަންޏާ ތިވާހަކަ ނުލިޔެބަލަ ކުރެވޭ ކަމެއްނެއް ކާން ދޫކޮށްލަބަލަ
އެކްސް
18 January 2019
އެމީހުންގެ މުއްސަނދި ދިރިއުޅުން ފެނުނު ބަޔަކަށްއެނގޭނެ އެއީ ޖާއިޒު ގޮތުގައި އާދައިގެ ވަޒީފާއަކުން ލިބޭނެ އާމްދަނީން އުޅެވޭ ފެންވަރުގެ ދިރިއުޅުމެއް ނޫންކަން އުޅުނީ.
ތުނބުޅި
18 January 2019
ބަލަނީ ލިބިފަހުރި ސެޓްފިކެޓަށް. އިލްމު އެއީ މިޒަމާނުގަ ގަނެވޭ އެއްޗެއް. ތެދުވެރިކަން ނުގަނެވޭނެ.
ވެއިޓިން
18 January 2019
އަދިވެސް ނަން ހާމަ ކުރަން ނުވޭތަ؟ ކާކުކަން ޔަގީން ކޮށްފަ ރައްޔިތުންނަށް ބުނެދޭން ޖެހޭނެ.
ވޯލް
17 January 2019
އަހަރު އެއްފަހަރު މުވައްޒަފުންގެ މާލީ ބަޔާން ހުށަހަޅަން ފެނޭ. ލޮލް
އުމޭއް
18 January 2019
އަސްލު ކުރަންޖެހޭ ކަމެއް މީ، ލޮލް ޖަހާފަ އިނަސް، އަހަރެން މިއަށް ކިޔަނީ "އިންކަމް ޓެކްސް"، އެ ބަސް އިވުނަސް ރޫ ރޫ އަޅާ މީހުން އުޅޭނެ
މާރަނގާ - އައްޑޫ ސިޓީ
17 January 2019
ތަނުގެމުވައްޒިފުންނަށް މިފަދަ ވައްކަމާއިހިޔާނާތްހިންގުމަށްފުރުސަތުލިބުނީ ބޭންކްގެވެރިންނާއި ބޯޑްގެސަބަބުން. * * ދުނިޔޭގެ އެންމެބޮޑެތި ބޭންކްތަކުގައިވެސް ސޭވިންގއެކައުންޓް ގެންގުޅޭފަރުދުންނަށްއޮންނަ ޕާސްބުކްއުވާލާ ސްޓޭޓްމަންޓްނެގުމަށްބޮޑުއަގެއްނަގާ ޗެކުންފައިސާނެގުމާއި ޖަމާކުރުމުން އޮބިނޯންނަވަރުގެ އަގެއްނެގުމާއި ކްރެޑިޓް ކާޑް ސްޓޭޓްމަންޓް ދޫނުކުރާއިރު މެއިލް ކޮށްނުލުމަކީ ކަސްޓަމަރުންނަށް ކޮށްފައިވާ ދަތިތަކެއް އަދި މިކަންކުރުމަށް ލިބޭ ހިތްވަރެއް.
ވޯލް
17 January 2019
ކަލޯ ތިޔަ އުޅެނީ 60 އަހަރުތަކުގައިތަ؟ މިއީ ޓެކޮނޮލޮޖީގެ ޒަމާން. އަމިއްލައަށް ތިޔަ ބުނާ ހުރިހާ ކަމެއް ކުރެވެން އޮތްވާ މީހުން ލާފަ ބޭތީބިއްމާ ހަމަ ބޭންކުގެ ޚަަރަދު ބޮޑުވެފަ ހިދުމަތް ލަސްވާނީ.
މާރަނގާ - އައްޑޫ ސިޓީ
17 January 2019
ވޯލް އަށް : ތިމާގެ ގައިގަހުރި ސްމާޓްކަމާއި ޓެކްނޮލަޖީއަށް ރައްޓެހިވަރު ތިއޮތީ ފެންނާން. * * ބީއެމްއެލް އަކީ ދައުލަތާއި ރައްޔަތް ހިއްސާވާ ޕަބްލިކް ކުންފުންޏެއް. ފަހުމްވޭތޯ މަތީގައިވާ ކޮމަންޓް އަދިވެސް ކިޔާލާ.
ޖަމީލުބެ
17 January 2019
ރައީސް ޔާމީނު ވިދާޅުވީމަ އެވާހަކަ ގޯސްވީ.. އެއީ ހަމަ ކަން ހިނގާ ގޮތް ކަން މިއޮތީ ސާބިތުވެފަ...
ފޫހި
17 January 2019
އެންމެ 4 މިލިއަންތަ? ކަމެއްނުވިދޯ. ހައުސިން ސްކީމްތަކަށް ލޯނަށް ފައިސާ ކަނޑާލާއިރު ވެރިފަރާތަށް މެސެޖެއްނުލިބޭ ކީއްވެ?