ރައީސް ނަޝީދު އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާނާއި އެ ޕާޓީގެ އިސް ބޭފުޅުންނާއެކު-- ފޮޓޯ: މިހާރު
19 ޖެނުއަރީ 2019 - 12:11
އަދާލަތު ޕާޓީގެ އަމާޒަކީ އެ ޕާޓީ ބައިވެރިވާ ކޯލިޝަން ދަމަހައްޓައި ސަރުކާރަށް މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުން ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
އެ ޕާޓީން މިއަދު އެހެން ބުނެފައިވަނީ އެމްޑީޕީ ފިޔަވާ އިތުރު ޕާޓީތަކާއެކު ކޯލިޝަން ހެދުމަށް ތައްޔާރަށް ހުންނެވި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ރޭ ވިދާޅުވެފައިިވަނިކޮށެވެ. ޖުމްހޫރީ ޕާޓީއާއި އެމްޑީޕީއާ ދެމެދު ހިޔާލުތަފާތުވުން އުފެދުނީ އެމްޑީޕީން ވަކިން މަޖިލީހަށް ވާދަ ކުރަން ނިންމި ހިސާބުންނެވެ.
އަދާލަތު ޕާޓީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޕާޓީގެ މަސްލަހަތަށް ރިއާޔަތްކޮށް، ގައުމުގެ ހަމަޖެހުމަށް އިސްކަންދީގެން ކުރިއަށްދިއުމަކީ އެ ޕާޓީގެ ވިސްނުން ކަމަށެވެ.
އަދާލަތު ޕާޓީ ބައިވެރިވާ ކޯލިޝަންގެ ވެރިކަން ދަމަހައްޓާ،ސަރުކާރަށް އަޣްލަބިއްޔަތު އޮންނަ މަޖިލީހެއް އިންތިޚާބުކުރުމަކީ އަދާލަތު ޕާޓީގެ މުހިންމު އަމާޒެއް.ޕާޓީގެ މަސްލަހަތަށް ރިއާޔަތްކޮށްގެން ޤައުމުގެ ހަމަޖެހުމަށް އިސްކަންދީގެން ކުރިއަށްދިއުމަކީ އަދާލަތު ޕާޓިގެ އަބަދުވެސް ވިސްނުން.
— Adhaalath Party (@AdhaalathOffice) January 19, 2019
އަދާލަތުން މިއަދު ކުރި ޓްވީޓް--
ކޯލިޝަންގެ ލީޑަރެއްކަމަށްވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް މިއަދު ވަނީ ޕާޓީއަށްވުރެ ގައުމީ މަސްލަހަތު އިސްކުރުމަށް ގޮވާލައްވައިފަ އެވެ. އަދި ކޯލިޝަން ރޫޅުނަ ނުދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ކޯލިޝަންގެ ހަތަރު ލީޑަރުންގެ މަސްއޫލިއްޔަތު ބޮޑު ކަމަށް މައުމޫން ވިދާޅުވި އެވެ.
ގާސިމް ރޭ ވިދާޅުވެފައިވަނީ ކޯލިޝަންގައި ހިމެނޭ ޖޮއިންޓް ޕާލިމެންޓް ގްރޫޕް އުވާލާނެ ކަމަށް އެމްޑީޕީން ބުންޏަސް ހައިރާންނުވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މަޖިލިހުގެ ހުރިހާ ދާއިރާއަކަށް ވާދަކުރަން އެމްޑީޕީން ނިންމުމަކީ އެއްބަސްވުމާއި އަހުދަށް ވެސް ހިލާފު ވުމެވެ.
Majilis inthihaabugai MDP in bodu baeh hoadhan jehe: Raees
The most trusted news source in the Maldives
Mihaaru
އެމްޑީޕީއަށް ބޮޑުބައެއް ލިބެން ޖެހޭ ކަމަށް ނަޝީދު ވިދާޅުވުން--
ގުޅިފައިވާ ކޯލިޝަނަކުން ނުކުމެ، އަނިޔާވެރިކަމާއި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވޭ ރައީސް އަބްދުﷲ ޔާމީން ގެ ސަރުކާރު ބަލިކޮށް ރިޔާސީ އިންތިހާބު ކާމިޔާބުކުރި ނަމަވެސް އެމްޑީޕީން މިހާރު އެއްބަސްވުމަށް އަމަލު ނުކުރާކަމަށް ކޯލިޝަންގެ އެހެން ބައިވެރިން ބުނެ އެވެ. ރައްޔިތުންގެ މަޖިލިހަށް ވެސް ކުރިމަތިލާން އެއްބަސްވެފައި އޮތީ، ޕާޓީގެ ނިސްބަތުން ބަހާލައިގެންނެވެ. އެކަމަކު އެމްޑީޕީން އިއްޔެ ޕްރައިމަރީ ބޭއްވީ ހުރިހާ ދާއިރާއަކަށް ވާދަކުރާ ގޮތަށެވެ.
ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ސަރުކާރުގެ ވައުދުތައް ފުއްދުމަށް އެ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ލިބެން ޖެހޭ ކަމަށެވެ. އެމްޑީޕީގެ ޕްރައިމަރީއަށް ފަހު ރޭ ބޭއްވި އެއްވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ވަނީ އެމޭރުމުން ވާހަކަފުޅު ދައްކަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮއްޕާ
13 March 2019
ޑަމަހައްޓަންތިބޭ 6 އެޕޮރީލް އަންނަންދެން އޭގެފަހުން ކަލޭމެނައް ކަންނެލިދޯންޔެއް ދީފަ އިމރާން ގެ ކެޔޮޅު ކަމުގަ މިސަރުކާރުގެ ފުރަތަމަ މަސްދޯނި މަހައް ފުރަަނެ ދެން ޖެހޭނީ އަނާރާވެސް މަސްކައްކަން ހުންނަން މިފަހަރު ނުހަނު ބޮޑުތހަނުން 86 ދާއިރާ ނަގާފަ 7 ފެބްރުއަރީ ގެ ހިތިރަހަ ލައްވާލާަފަ ދޫކުރާނީ.....
ކިނބޫ
31 January 2019
ހަތަރު ކަށިމަތި އެ ދަނީ ކޯލިޝަނެއް ނެތޭ ގޮވަމުން. ދެން މަތިންބައިން ކޯލިޝަން ހެދިފަ ތިބޭ. އަހަރުން އަތް ޖަހައި ދޭނަން.
ވަތުބަތާނަ
20 January 2019
ލާދީނީވިޔަސް އަމާޒަކީ ވަީރުކަމާއި މަގާމު ދެމެހެއްޓުމޭ ބުނިނަމަ މާތާހިރުވީސް ދޯ؟؟؟
އަދާލަތު ޕާޓީ
20 January 2019
ފުރަތަމަ ބުނީ ޕާޓީ ސިސްޓަމަކީ ހަރާމް އެއްޗެކޭ، އެކަމަކު މި ދަނޑިވަޅަށް ހާލަތު ހުރިގޮތުންނޭ ކިޔާފަ ކީ އުސޫލް ފިގުހުގެ ގާއިދާ އެއްގެ ނަން، "ދެ ގޯހުންކުރެ ކުޑަ ގޯސް ޙިޔާރު ކުރުން". ބުނި ވެރިކަން ވެއްޓުނީމަ ޕާޓީ އުވާލާވަހަކަވެސް، އެއީ މައުމޫނު ވައްޓާލަން އުޅުނު އިރު. ދެން ބުނީ ތިމަންނަމެން ވެރިކަމެއް މަގާމެއް ބޭނުމެއް ނޫނޭ. ދެން ބުނީ މަގާމުތަކައް ނައިސް މިކަން ވާކަށް ނެތޭ. މިހާރު ޕާޓީ ސިސްޓަމަކީ ދީނުގެ މަސްދަރެއް ކަހަލަ. ކިހިނެއް މި ވަނީ؟ އޮޅިއްޖެ!
އާނދު
20 January 2019
ތިޔަ ޕާޓީއަކަށް ކޮންކަމެއް ކުރެވޭނީ ތިޔައުޅުއްވަނީ އަމިއްލަ ޒިންމާ ނުނިގެ އަދިވެސް 10000 ދިހަ ހާސް ހާސް މީހުން ވެސް ހަމަނުވެވިގެން.ކޯލޭޝަަން ދަމަހައްޓާން މިސޮރުމެން ކުރާނެ އެއް ކަމެއްވެސް ނޮއޮންނާނެ.އެކަމަކު އިހައްދުވަހު ދެއްކެވި ވާހަކަތައް މިހާރުވެސް އެހުރީ ޔޫޓިއުބުގައި.ކޮބާ ލަދަކީ ދެން އަތްޖަހާ ބާރަށް އަތްޖަހާ،ހަހަހަހަހަ.......................................
އިލްހާމް
20 January 2019
ދީނީޢިިލްމުވެރިން ތަކެކޯ!
ސޯބު
20 January 2019
އަޅުގަނޑު އަޑުއެހިން ރެކޯޑިންގވެސް އެބަހުރި ތިއަދާލަތު ޕާޓީގެ އިސްބޭފުޅުން ވިދާޅުވި "ނަޝީދުއަށް ވާގިވެރިވެދޭ މީހަކަށް އެއްބާރުލުން ދިނުމަކީވެސް ދީނީގޮތުން ބަލާއިރު ހުއްދަވާ ވަރުގެ ކަމެއްނޫނޭ" އަދާލަތުން ދެން ސާފުކޮށްދީބަލަ ނަޝީދުގެ ކޮންކަމެއް ބަދަލުވެގެންތޯ މިހާރު ސީދާ އޭނާއަށް އެއްބާރުލުން ތިދެނީ.
އެހެ
20 January 2019
ނަޝީދުގެ ދީނީކަމުގެ ޑެފިނިޝަން އަދާލަތުން ގެންގުޅޭ ގޮތުން އަދާލަތު އެއްބައިވާ ބަޔަކަށް ތާއީދުނުކުރެވިގެން މިއުޅެނީ. އަދިވެސް ޖަވާބު ނުލިބޭ އެ ސުވާލަށް. މިހާރު ދީނަށް ފުރައްސާރަކޮށްފަ ދިވެހިން ބުނާ ބަސްތައް އިތުރުވާން ފެށީމަ އަދިވެސް އެކަމާ ކަމެއް ނުކޮށް އޮންނަ ސަރުކާރެއް ދަމަހައްޓަން ދީނީ ޕާޓީއަކަށް ހަޖަމްވަނީ ކިހިނެތްތޯ ބަލަން މިހުރީ.
މަންސޫރު
20 January 2019
ސަޕޯޓެއް ނެތް ޕާޓީއެއް ޕޮލިޓިކަލް ޕޯސްޓް ހޯދައިގެން އުޅެވެނީ ތިޔަކަހަލަ ގޮތަކަަށް.
ޝަމްހާން
20 January 2019
މިހާރުތީ އަދާލަތެއް ނޫން.. ތީ ގުއިދާލަތު..
ޕޮކަންޑިމޭން.
20 January 2019
ކަލެއަށްތަ އިނގެނީ؟؟ ކަލޭތި ކާކުތަ؟؟
ޝައުމަން
20 January 2019
ދީނައް ފުރައްސާރަކުރާ މީހުންނައް ފިޔަވަޅުނާޅާ މިސަރުކާރައް ކަލޭމެން ތާއީދުކުރީތީވެ.. ތިޔަ ޕާޓީއައް އަހަރެމެން ކުރި ތާއީދު އަނބުރާ ގެނެސްފިން.