އިންޑިއާއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ސަންޖޭ ސުދިރް. ފޮޓޯ: ދަ އިންޑިއަން ޓެލެގްރާފް
20 ޖެނުއަރީ 2019 - 12:09
ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރުކަމުގެ މަގާމަށް އެ ގައުުމުން އާ ބޭފުޅަކު ހަމަޖައްސައިފި އެވެ.
"ޓައިމްސް އޮފް އިންޑިއާ" ނޫހުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގައި މިހާރު ހުންނެވި ސަފީރު އަކިލޭޝް މިޝްރާގެ ބަދަލުގައި ދެން ވަޑައިގަންނަވާނީ ސަންޖޭ ސުދިރް އެވެ. އޭނާ މިހާތަނަށް ހުންނެވީ އިންޑިއާގެ މިނިސްޓްރީ އޮފް ޕެޓްރޯލިއަމް އެެންޑް ގޭސް ގެ ޖޮއިންޓް ސެކްރެޓަރީ އިންޓަނޭޝަނަލް ކޯޕަރޭޝަން ގެ މަގާމުގަ އެވެ.
އެއީ، ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގެ މަގާމެކެވެ. އޭނާ ވަނީ އޮސްޓްރޭލިއާގެ ސިޑްނީގައި ހުންނަވާ އިންޑިއާގެ ކޮންސުލް ޖެނެރަލްގެ މަގާމު ވެސް ކުރިން އަދާކުރައްވައިފަ އެވެ.
ރާއްޖޭގައި މިހާރު ހުންނެވި ސަފީރު އަކިލޭޝް މިޝްރާ އެ މަގާމަށް ވަޑައިގަތީ 2016 ގަ އެވެ. އިންޑިއާގެ ފޮރިން ސާވިސްއާ 1989 ވަނަ އަހަރު ގުޅިވަޑައިގެންނެވި މިޝްރާ ރާއްޖެ އަށް ވަޑައިގެންނެވުމުގެ ކުރިން ހުންނެވީ ކެނެޑާގެ ޓޮރޮންޓޯގައި ހުންނަވާ އިންޑިއާގެ ކޮންސުލް ޖެނެރަލްގެ މަގާމުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮކްތެރަޕީ
20 January 2019
ދިވެހި ރާއްޖެ މިއޮތީ މިނިވަންކަން ގެއްލި އިންޑިޔާގެ މުށުތެރޭ. ދިވެހިން މިކަމާ ވިސްނަންވެއްޖެމިހާރު.
ބަރުބަރީ
20 January 2019
އިންޑިޔާއިން އެކަނިތަ ރާއްޖޭގައި ސަފީރަކު ހުންނަނީ.. އިންޑިޔާއިން ސަފީރެއް އައްޔަންކުރާ އިރަށް އިންޑިޔާގެ މުށުތެރެއަށް ރާއްޖެ ދާން؟ ބޮލަށް ޗިޕް ޖަހަން ޔާމީނު ބުނެގެން އެގުރޫޕް މީހުން ކިޔާހާ އެއްޗެއް ފަހަތުން ރިޕީޓް ކޮށްލަކޮށްލާ ތިބޭ ގުރޫޕް މީހެއް މިވެސް.
ހައްހަ
20 January 2019
ހެޔު ދުއާ ސަލާމާއެކީ ބައިބައި
އަކިލޭޝް
20 January 2019
ނޯނޯނޯ. އަކިލޭޝްއަކީ ބެސްޓު
މާޓިން ބަޝީރު
20 January 2019
ނާޒިމް ފުރޭމު ކުރި މައްސަލައިގައި އަދިބު ޖެހޭނީ މިހާރު ހުރި ގޮޅީގައި އިތުރު ކުޑަ ގޮޅިއެއް ހަދާ އެއަށް ލާން.