ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ނިހާން. މިހާރު ފައިލް ފޮޓޯ
23 ޖެނުއަރީ 2019 - 22:21
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރީގެ ރައީސުން ވާދަކުރައްވަން ތާއީދު ނުކުރައްވާ ކަމަށާއި އެކަން ހުއްޓުވަން ވެސް ތާއީދު ނުކުރައްވާ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) އުފައްދަން އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުންނާއި ޕީޕީއެމް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނިހާނު ވިދާޅުވީ މަޖިލީހުގެ މެމްބަރަކަށް ވެވަޑައިގަތުމަކީ ކުރީގެ ރައީސުންނަށް ވެސް އޮތް ހައްގެއް ކަމަށެވެ. އެކަމަށް ހުރަސް ނާޅުއްވަނީ އެހެންވެ ކަމަށް ވިދާޅުވި އެވެ.
"ހިދުމަތް ކުރައްވަން އެ ބޭފުޅުންނަށް ބަޖެޓެއް ދީ، އޮފީހެއް ދީ، މުސާރައެއް ދީ އެނޫން ވެސް ކަންކަން އޮއްވައި އަނެއްކާ އިއްޒަތްތެރި މެމްބަރުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ހަތަރުފާރުން އެތެރެ އަށް ވަޑައިގެން ކަންތައްތަކެއް ކުރެއްވުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ރަނގަޅު ކަމެއް ނޫން. އެހެންނަމަވެސް އެއީ އަސާސީ ހައްގެއް، މަދަނީ ހައްގެއް، ސިޔާސީ ހައްގެއް. އެހައްގު ބްލޮކް ކުރުމަކީ ވެސް އަޅުގަނޑު ތާއީދުކުރާ ކަމެއް ނޫން،" ނިހާނު ވިދާޅުވި އެވެ.
ކުރީގެ ރައީސުން ރައްޔިތުންގެ މަޖިލީހަަށް އިންތިހާބު ވެއްޖެ ނަމަ އުފެދޭނެ ބައެއް މައްސަލަތަކުގެ ވާހަކަ ދައްކަވަމުން ނިހާން ނެންގެވި އެއް މިސާލަކީ މަޖިލީހުގެ ތަޅުމުގައި މުހާތަބު ކުރުމުގެ މައްސަލަ އެވެ. އެގޮތުން އެބޭފުޅުންގެ ނަމުގެ ކުރިއަށް "ރައީސް"ގެ ލަގަބު ލައިގެން މުހާތަބު ކުރަން ޖެހޭނެ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ރައީސުން މަޖިލީހަށް އިންތިހާބުވުމުގެ ފުރުސަތު އޮތްކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރައްވާފައި ވުމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަމުގައި ގޮތެއް ނުނިންމަވާކަން ނިހާން ފާހަގަ ކުރެއްވި އެވެ.
ރާއްޖޭގެ ރައީސް ކަން ކުރެއްވި އެއްވެސް ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ނުކުރެއްވޭ ގޮތް ހަދަން ގާނޫނަށް އިސްލާހެއް ވަނީ ހުށަހަޅާފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭ ގާނޫނަށް އެ އިސްލާހު ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުއްލަތީފް މުހައްމަދެވެ.
ލަތީފު ބިލު ހުށަހެޅުއްވުމުން އެމްޑީޕީން ބުނެފައި ވަނީ ވެރިކަން ކުރާ އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެއްވޭނެ ގޮތެއް ހެދިޔަ ނުދޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަތްޖަހާ
24 January 2019
ވާހަކަ ވަރަށް މޮޅެއްނުން. ޔާމީން ނުލާނެކަން އެގުނީ ވޯޓް ދޭން ބިލާ އެއްކޮޅަށް
ފަރީދާ
24 January 2019
ކުރީގެރައީސުން ނަކަށް ފުރުސަރު ދޭނެކަމެއްނެއް މަޖިލީހުގަ ތިބޭކަށް
އަދިވެސް
24 January 2019
އެއްވެސް ރައީސަކު މަޖިލީސް މެމްބަރަކަށް ވުމަކީ ފެންނަކަމެއް ނޫން. ރައީސުންނަކީ ކޮންމެ ޤައުމެއްގައިވެސް ޝަރަފްވެރިކަމާއި އެކު ތިބޭ ބައެއް.
ކަނެއް
24 January 2019
ރާއްޖޭގެ ރައީސުންނަށް 1 ނޫނީ 2 ދައުރު ގެ އިތުރުން ވެރިކަން ނުކުރެވޭ ގޮތް ހަދަން އެބަޖެހޭ، އަދި މަޖިލިސް މެމްބަރުން އެދާއިރާ ބަޔަކަށް ގޮޑިން ބޭލޭނެގޮތް ހަދަން އެބަޖެހޭ، އަދި ގާސިމް އެބަޖެހޭ ސިޔާސީ ކަންކަމުން ދާއިމީކޮށް ދުރުކުރަން،
ސޭޓުއަންހެނުން
24 January 2019
ރައްޔިތުންގެ މަޖިލިހުގެ ރައީސަކަށް އެވަގުތަކު ހުންނަ މީހަކަށް އިންތިހާބުގައި ބައިވެރިނުވެވޭނެ ގޮތަށް އިސްލާހެއް ހުށަހަޅަންވީ!
މަޒް
23 January 2019
ރައިސް ޔަމިން އަށް ވެސް ގާނޫނީ ހުރަސްތައް ދިމަވާނެ ތި ގާނޫނު ފާސް ކޮސްފި ނަމަ