ކުރީގެ ރައީސް މުހައްމަދު ނަޝީދު: ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަނުކުރެއްވޭ ގޮތަށް ގާނޫނުއަސާސީ އަށް ވަނީ އިސްލާހު ހުށަހަޅާފައި.
24 ޖެނުއަރީ 2019 - 10:49
ކުރީގެ ރައީސުންނަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ނުވެވޭ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ގާނޫނުއަސާސީ އިސްލާހު ކުރައްވަން ހުށަހެޅުއްވީ، ރައްޔިތުން މަޖިލީހުގެ އިންތިޚާބާ ބެހޭ ގާނޫނަށް ވެސް އެ އިސްލާހު ހުށަހެޅުއްވި ދިއްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުއްލަތީފް މުހައްމަދެވެ. އެ އިސްލާހު އަނބުރާ ނުގެންނަވައި ލަތީފް އަލުން ހުށަހެޅުއްވީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ހ) އަށް ނަމްބަރެއް އިތުރުކުރާށެވެ.
އެއީ، މަޖިލީހުގެ މެމްބަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ކަން ކޮށްފައިވާ ފަރާތަކަށް ނުވުމެވެ.
ގާނޫނުއަސާސީ އަށް ހުށަހަޅާ އިސްލާހު ފާސްވާނީ މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައިގެ އަޣުލަބިއްޔަތުންނެވެ. އެއީ 63 މެމްބަރުންނެވެ.
ކުރީގެ ރައީސުންގެ ތެރެއިން މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައި ކެމްޕޭން ކުރައްވަމުން އަންނަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ. އެހެންކަމުން ލަތީފްގެ އިސްލާހަކީ އެމަނިކުފާނަށް އަމާޒުކޮށް ހުށަހެޅި އިސްލާހެއް ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.
ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބާ ބެހޭ ގާނޫނަށް، ޖުމްހޫރީ ޕާޓީއާ ދާދި ފަހުން ގުޅިވަޑައިގެންނެވި ލަތީފް އިސްލާހު ހުށަހެޅުއްވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޮއިންޓް ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕާ މަޝްވަރާ ނުކުރައްވަ އެވެ. އެހެންވެ، ބިލް އަނބުރާ ގެންދިއުމަށް ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ވެސް ލީޑަރު އަބްދުﷲ ރިޔާޒް ވަނީ އަންގައިފަ އެވެ.
ގާނޫނުއަސާސީ އަށް އިސްލާހު މި ހުށަހެޅުއްވީ އިންތިޚާބާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހު އަނބުރާ ނަގަން ދެކޮޅު ހެއްދެވުމަށް ފަހު އެވެ.
ބިލު ހުށަހެޅި ސަބަބު ތަފްސީލްކޮށްދެއްވަމުން ލަތީފް ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޝަރުތުތަކާއި މެމްބަރު ކަމަށް ވާދަނުކުރެވޭނެ ފަރާތްތައް ކަނޑައަޅާފައި ވަނީ 2008 ވަނަ އަހަރުގެ ހާލަތަށް ބަލައި، އެ ހާލަތުގެ މައްޗަށް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އޭގެފަހުން، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު އާދާކޮށްފައިވާ ފަރާތްތަކެއް ހިމެނޭ ހިނދު، އެ ފަރާތްތަކަށް ގާނޫނުން ކަނޑައަޅާފައިވާ އިނާޔަތްތަކާއި ސެކިއުރިޓީ އާއި އަދިވެސް އޮފީސް ހިންގުމުގެ ޚަރަދު ފަދަ ގިނަ ޚަރަދުތައް ދައުލަތުން ކުރަމުން އަންނަ ކަމަށް ލަތީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ރައީސުންނަކީ، ނަމޫނާ ޑިމޮކްރަސީތަކުގައި ކަންކަން ކުރާ އުސޫލުން ޝަރަފްވެރިކަމާ އެކު ހިލޭ ސާބަހަށް މަސައްކަތްކޮށްދެއްވުމުގައި ދެމިތިއްބަވަން ޖެހިވަޑައިގަންނަވާ ޝަރަފްވެރިންނެވެ.
ކުރީގެ ރައީސުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެއްވުމުން އެ އިންތިޚާބުގައި ވާދަކުރައްވާ އެހެން ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ލިބިވަޑައިގެންނެވުމަށް ހުރަސް އެޅޭ ކަމަށް ވެސް ލަތީފު ދެކެވަޑައިގަންނަވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަތްނެތްކުއްޖާ
24 January 2019
މި މަޢުލޫމާތަކީ ކުށް ކަމުގައި ނުވާނަމަ މި އިސްލާހު ހުށައަލައި ފާސްކޮއްދިނުން އެދ އިސްލާހަކީ މަޖުލިހުގައި 5 އަހަރުގެ މެމްބަރުކަން ކޮއްފައިވާ އެއްވެސް ފަރާތަކަށް އިނާޔަތެއްގެ ގޮތުގައި ދޭން ފާސްކޮއްފައިވާ -/18000 ރުފިޔާ އެ މެމްބަރަކަށް ދޭން ނުޖެހޭ ގޮތައް ޤާނޫނު އިސްލާހު ކުރުމެވެ. ރައްޔިތުން ނުކައި ނުބޮއި ތިއްބަސް މެމްބަރުކަން ކޮއްފައިވާ ކޮންމެ މީހަކަށް މަހަކު -/18000ރ ރައްޔިތުންގެ ޖީބުން އެވެރިންނަށް ދޭންޖެހެއެވެ. މިކަން ބަދަލު ކުރަން އެބަޖެހެއެވެ.
ދޭދޭމީހާ
24 January 2019
ނަޝީދު މަޖިލީހަށް ވަނުމުގެ ބޮޑު ބޭނުމަކީ ބަރުލަމަނީ ނިޒާމަކަށް ބަދަލުކުރުމުގެ ވިސްނުމުގައިކަން އެބައެނގޭ. ބަރުލަމާނީ ނިޒާމަކަށް ބަދަލު ކޮށްލުމަކުން ނަޝީދު އަތަށް ވެރިކަމުގެބާރު ލިބިދާނެކަމަކަށްވެސް ލަފާނުކުރެވެއެވެ. ސަބަބަކީ ވިޔަފާރިވެރިން މަޖިލީހަށް ފާރަލާވަރު މާބޮޑު. މަޖިލީސް މެމްބަރުންގެ ހާލަތު ހުންނަގޮތުން ބޮޑަތި ވިޔަފާރިވެރިންގެ އައްމަށްޗަށް ވެރިކަން ފޮރަޅާލަފާނެއެވެ. މަހުޖަނުންނާ ބޭރުގައުތަކާ ޑީލް ހެދި ގައުމުގެ މިނިވަންކަން ގެއްލިދާނެއެވެ
ހުއްބުލް ގަލަން
24 January 2019
ތިޔަ އިސްލާހު މަޖްލީހަށް ލާނެކަމެއްނެތް. ދިއްދޫލަތީފް މިފަހަރު މަޖްލީހުގެ ގޮނޑިއަށް ނުހޮވިއްޖެނަމަ އަހަރެން އެބޭފުޅާއަށް ޕްލާސްޓިކް ގޮނޑިއެއް ދޭނަން. އޭރުން ލަތީފަށް އޯކޭވާނެތަ. ނުވިއްޔާ ދަގަނޑު ގޮނޑިއެއްވިޔަސް ދޭނަން.
ކްލޯސްޑް
24 January 2019
ކުރީގެ ރައީސުންނަށް މަޖްލީހުގައި ވާދަ ނުކުރެވޭނެ އިސްލާހު ލުން އެއީ ކޮންމެހެން ރާއްޖޭގެ ޑިމޮކްރަޓިކް ވެށި ކޮރަޕްޝަންގެ ވަކި ތަކުން ސަލާމަތް ކުރުމަށް ޓަކައި ކޮންމެހެން ބޭނުންވާ ކަމެކޭ މިކަން ޖެހޭނެއޭ ފާސްވާން މީގައި އޮވެގެން ނުވާނެ އިތުރު އެއްވެސް ޗޮއިސް އެއްވެސް އަދި އެކްސްކިއުޒެއް ވެސް މިމަގުން މިކަން ހިނގަން ޖެހޭނެއޭ ޗެޕްޓަރ ކްލޯސްޑް...
އަބްދޫ
24 January 2019
ނަސީދު އެކަހެރި ކޮށްގެނނޫނީ ގައުމަށް ހަމަޖެހުމެއް އަމާންކަމެއްނެތް އަދި ގައުމުގާ އޮތް އިސްލާމްދީން ގާދޫކޮލުން ބޭރަށް ފޮނުވަން މަސައްކަތް ކުރަނީވެސް މިކަލޭގެ . އީޔޫއަށް އެމީހަކު ބޭނުންވާދީނެއްގާ އުޅެވޭނެ ގޮތްހަދަން ހުށަހަޅައިގެން އުޅެނީވެސް މީން . މަޖިލީހަށް އަންނަން މިއުޅެނީ މިކަންކަން ބަދަލުކުރުމުގެ ބޭނުމުގާ ވީމާ މިކަލޭގެ އަށް މަޖިލީހަށް ވަނުމުގެ ފުރުސަތު ދީގެންނުވާނެ. މީނަގެ އަމާޒަކީ މިސަރުކާރު ވެސް ފެއިލް ކޮށްލުން.
މަރަދޫމީހާ
24 January 2019
ތިމަޖިލީހުގެ މެމްބަރުކަން ކުރެވެން އޮންނާނީ ޑިގުރީ ފެންވަރުގެ މީހުންނޭ މިހެންއިތުރުކޮށްލަން ކެރިދާނެތަ!!! ކޮންމެ ވަކިމީހަކާ ޖެހިގެން ނޫޅެ!!!!!
އެޑްމުންޑޯ
24 January 2019
އަސްލު މިއިސްލާހު ގޯހެއްނޫނޭ ، ދުނިޔޭގެ އެހެން ގައުމެއްގައި ރައީސް ކަންކުރި މީހަކު މަޖްލީހަށް ކުރިމަތިލާ ހޮވިގެން ހަޅޭފަޅޭ ލަވާ އުޅުނު މީހަކު ހުރި ގައުމެއް އޮތިއްޔާ ސިޔާސީ ކަމަކަށް ނުހަދާ ކުއްޖަކު ކޮމެންޓް ކޮށްދީބަލަ ، އޮޅުންފިލުވާލަން ބޭނުންވޭ
ތިމާވެށި
24 January 2019
ކޯލީޝަން އަކުން ރަނގަޅައް ވެރިކަން ކުރަމުން އަންނަނިކޮށް އަންނި ފަނި ހެދީއެވެ. މަޖްލިސް އެއްކޮށް ބޭނުން ވީއެވެ. މިކަމުން ފައިދާ ވަމުން އަންނަނީ ޔާމީން އަށެވެ. މިދާ ގޮތުން ޔާމީން ގެ މައްސަލަ ބަލަން އުނދަގޫ ވާނެއެވެ. 5 އަހަރު ވަންދެން އަންނި އަށް މަޑުން ނުހުރެވުނީއެވެ.
ނަޖިދު ކަލޭގެ
24 January 2019
ސޭޓު ފޯރިއެއްވާ އެބަހަރިދޯ؟ މިފަހަރު ފެބްރުއަރީ 7 ކިހާވަރަކުން ދާނެބާ؟
ހަތާ
24 January 2019
އަދި މިހާތަނަށް ޔަޤީންވާ ކަމަކީ ފެބްރުއަރީ 7 ގައި މަޖިލީސް ހުޅުވާކަން
ވާލުސޮރު
24 January 2019
"ކުޅެން" އެއުޅެނީ މާސިންގާ ބޮޑު ޖަލުހުކުމެއްގަ ހުންނަވާފަ 'މިނިވަން' ނުވަސްނީސް "ކުއްލިއަކަށް މިނިވަންވާނެ" ކަމުގެ ފުރިހަމަ ޔަގީން ކަމާއެކު 'ވީހާލެއްގަވާން' ފުރިހަމަ އިއްޒަތުގަ ރާއްޖެވަޑައިގެން ފިސާރި ލީޑަރަކާ. އަޅެ ހިނގާދޯ ދެންވާގޮތެއްވެސް ބަލަންތިބެމާ! އަނެއްކާވެސް އަނެއް "މާފަތި"ތޯއްޗެ!