ޕެރަޑައިސް ރިސޯޓުގައި މަރުވެފައިވަނީ 36 އަހަރުގެ ފިރިހެނެއް -- ފޮޓޯ: ޕެރަޑައިސް ރިސޯޓު
28 ޖެނުއަރީ 2019 - 10:50
ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން އައި ޗައިނާގެ ޓޫރިސްޓަކު އޭނާގެ ކޮޓަރީގައި މަރުވެފައި އޮއްވައި ރޭ ފެނިއްޖެ އެވެ.
ފުލުހުން ބުނީ އުމުރުން 36 އަހަރުގެ އެ ފިރިހެން މީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.
މި މައްސަލައާ ގުޅޭ ގޮތުން ފުލުހުން އިތުރު މައުލޫމާތެއް ހާމައެއް ނުކުރެ އެވެ. ފުލުހުން އަންނަނީ މިކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.
ޕެރެޑައިސް ރިސޯޓުގައި މޫދަށް އެރި އުޅުނު ދެ ޓޫރިސްޓަކު ވަނީ ތަފާތު ދެ ހާދިސާއެއްގައި މި މަހުގެ ތެރޭގައި ގެނބިގެން މަރުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިލްސް
28 January 2019
ކިހިނެއްތަ މިވަނީ؟ މިހާރަކަށްއައިސް ހުސް މަރު މަރު މަރު. މިކަމާ ކޮންމެވެސް ބަޔަކު ވިސްނަން ޖެހިއްޖެއެއްނު؟ މިއީ ކުޑަ ކަމެއްނޫން. ދީނީ ގޮތުންވެސް އިޖްތިމާއީ ގޮތުންވެސް ވިސްނަން ވެއްޖެއެއްނު؟
ބަރުސާތު ކީ އޭކު ރާތު
28 January 2019
މަރުވީ ގޮތް ހޯދާ ކަމިޝަނާ މި މައްސަލަ ބަލަން ހަވާލު ކުރަންވީ. ދެން ވެއްޖެނުން މިނިސްޓްރީ އޮފް ޑެތް، ޕޯސްޓް މޯޓަމް އެންޑް މޯޖަރީ ހަދަން
ކަނދުހޯހޯ
28 January 2019
އަޅެ އަނެއްކާވެސް ޔަގީނޭ މާބޮޑަށް ފަރުވާ ކުޑަވަނީ އެއޮއްވަރަށް އެމީހުން ލާރި ދޭއިރުވެސް
އަހުމަދޫ
28 January 2019
މާ ގިނައިން ޗައިނާ ބޭފުޅުން ޗުއްޓީ ހޭދަކުރައްވާތީ ކަންނޭގެ.
ޙިނި
28 January 2019
ވަރައް ދެރަކަމެއް މީ، ބީރުކަންފަތްދީގެން މިނިސްޓުރީ އިން ހުއްޓަކަސް ނުވާނެ. ހަމައެކަނި ޖީއެސްޓީ ނަގާލަ ނަގާލާ، ބޮޑުމުސާރަ ނަގައިގެން ތިބެންވީކީނޫން. މިކަމުގެ ޒިންމާ އުފުލަން ޖެހޭނީ ޓޫރިޒަމް މިނިސްޓުރީއާ ހެލްތު މިނިސްޓުރީ
އައްލާބެއްޔާ
28 January 2019
އަަލީވަހީދޫ! ގަވައިދު މިހަދަނީ! މިހަދަނީ! މިހަދަނީ! ފިނިހަކު ދެވެލީގެ ސަރުކާރު!
މަރޭމިތުރު
28 January 2019
[ހައިރާނެވެ އަންތަރީސްވޭ މަރުތައް މިތާ މިހިނގާގޮތުން، ހައިރާންވެއޭ އިތުރަށް މައްސލައަކަށް ނުހަދާގޮތުން].................................................................. މާބޮޑުކަމަކަށް ނުހަދާ މިހާރަކަށް އައިސް ގޮތްނޭނގޭ މަރުތައް އިތުރުވެގެން މިވަރަށްދާއިރުވެސް. ރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް ރިސޯޓުތަކުން އެނދުދިނުމުގަ ވިސްނަންޖެހިއްޖެ! ސަރުކާރު ދޯހަޅިނުވެ ނިކަން ތެދުވެލަންވެއްޖެ!