ކުރީގެ ޕީޖީ މުއިއްޒު. މިހާރު/ފައިލް ފޮޓޯ
29 ޖެނުއަރީ 2019 - 00:13
އާ ލޯގޯ އާއި ކުލަ ތައާރަފްކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) ން ކުރީ ބޭކާރު ޚަރަދެއް ނޫންތޯ ސުވާލު އުފައްދަވައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު އެކަމަށް މިރޭ ފާޑުވިދާޅުވެއްޖެ އެވެ.
އީސީގެ އާ ލޯގޯ އާއި ކުލަ ތައާރަފް ކުރަން ރަސްމިއްޔާތު ބޭއްވީ އަގުބޮޑު ހޮޓަލެއް ކަމަށްވާ ހޮޓެލް ޖެންގަ އެވެ. އެ ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭފުޅުންނަށް ފަރިއްކޮޅެއް ވެސް އޮތެވެ.
މި ރަސްމިއްޔާތާ ގުޅޭ ގޮތުން މުއިއްޒު ކުރެއްވި ޓްވީޓެއްގައި ސުވާލު އުފެއްދެވީ ބަޖެޓްގެ ދަތިކަން ހުރުމާ އެކު އެއީ ބޭކާރު ހަރަދެއް ކަމަށް ވިދާޅުވެ އެވެ.
Election Commission ge logo aai kula iulaan kurevvumah bodu jalsaaeh bavvavaa thikuravvanee beykaaru kharedheh noonbaa? Budget ge dhathikan hurumaaekuves! @ElectionsMv @FinanceGovMv
— Ahmed Muizzu (@AhmedMuizzu) January 28, 2019
މުއިއްޒުގެ ޓްވީޓް
އިލެކްޝަންސް ކޮމިޝަނަށް ބަޖެޓްގެ ދަތިކަން އެބައޮތް ކަމަށް މިރޭގެ ރަސްމިއްޔާތުގައި ވެސް އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވި އެވެ. ބަޖެޓްގެ ތާށިކަމުގެ ވާހަކަ ޝަރީފް ދެއްކެވީ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވަން އަންނަ އޭޕްރިލް މަހު ބާއްވާ އިންތިޚާބާ ގުޅުވައިގެންނެވެ.
އިލެކްޝަންްސް ކޮމިޝަންގެ އައު ލޯގޯ އާއި ކުލަ އިފްތިތާޙް ކޮށްފި pic.twitter.com/k6G3COQWAh
— Elections Commission (@ElectionsMv) January 28, 2019
އިލެކްޝަންސް ކޮމިޝަންގެ އާ ލޯގޯ އާއި ކުލަ ތައާރަފު ކުރުން.
ޝަރީފް ވިދާޅުވީ އިންތިޚާބަށް ކުރަން ޖެހޭ އިދާރީ ހުރިހާ މަސަައްކަތެއް މިހާރު ގާތްގަނޑަކަށް ނިމިއްޖެ ކަމަށެވެ. ނަމަވެސް ބަޖެޓްގެ ތާށިކަން ހުރުމުން އެ ވާހަކަ ކަމާ ބެހޭ މުއައްސަސާ އަށް އަންގާފައިވާނެ ކަމަށާއި އިންތިހާބަށް ބޭނުންވާ އިތުރު ބަޖެޓް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ބޭނުންވާ ބަޖެޓުގެ ތާށިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން މި މަހު ވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް އިބްރާހީމާ ވެސް ބައްދަލު ކުރައްވައި ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
މި އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އިލެކްޝަންސް ކޮމިޝަނުން ހިމެނީ، މަޖިލީސް އިންތިޚާބަށް 123 މިލިއަން ރުފިޔާ ހަމަޖައްސައި ދޭށެވެ. އެކަމަކު ކޮމިޝަނާ މަޝްވަރާ ނުކޮށް، ކުރީގެ ސަރުކާރުގައި ފިނޭންސް މިނިސްޓްރީން 43 މިލިއަން ރުފިޔާ އުނިކޮށް، އިންތިޚާބުގެ ބަޖެޓުގެ ގޮތުގައި ކަނޑައެޅީ 80 މިލިއަން ރުފިޔާ އެވެ.
އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން މިރޭ ވަނީ ހުޅުވާލާފަ އެވެ. އެކަން އިއުލާނު ކުރެއްވީ މިރޭގެ ރަސްމިއްޔާތުގައި ޝަރީފެވެ. އިންތިހާބަށް ކުރިމަތިލާން ހުޅުވައިލިކަން އިއުލާނު ކުރެއްވި ނަމަވެސް ކުރިމަތިލުމުގެ ފުރުސަތު ބަންދުވާ ތާރީޚެއް ޝަރީފް ވިދާޅެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހިތްވަރު
29 January 2019
މުއިއްޒު ބުންޏަސް ތީ ވަރަށްބޮޑު ތެދެއް. ސަރުކާރުގަ ނެތް މިވަރުވެސް ރޭކާލާމީހަކު. އެކަމަކު ކިޔަނީ ހަރަދު ބޭކާރުކުރީ ޔާމީނުކަމަށް. މިވެރިން މިތިބީ ނިދާފަތަ
އަބްދޫ
29 January 2019
އެއީ ވަރަށް ބޮޑު ހިޔާނާތެއް . އޭސީސީން ތަހުގީގު ކުރަންޖެހޭނެ
ކަށަވަރު
29 January 2019
ޙަގީގަތުގަވެސް މީ ބޭކާރު ކަމެއް
ޢިލެކްޘަން
29 January 2019
ސަރުކާރުގެ ކޮންމެ އިދާރާއަކަށް ލޯގޯ އަކާއި ވޯކިންގ ޔުނިފޯމް އެއް އޮންނަންޖެހޭތަ
ކަތީއްބެ
29 January 2019
ލާރިތަކެއް ބޭނުންވީމަ ބަޖެޓް ދަތިވަނީ، ޚަރަދުކުރަންވީމާ ބަޖެޓް އޮވޭ، މިމީހުން މިގެންގުޅޭ އިޤްތިޞާދީ ސިޔާސަތެއް ނޭގުނު! ދެއްކުންތެރިކަމާއި ބޮޑާކަން ދެއްކުމުގައި ޙައްދެއްނެތް، ނެތްފެންވަރުން ޚަރަދުކުރުމަކީ ބޮޑާކަމާއި ކިބުރުވެރިކަން ރަމްޒުކޮށްދޭކަމެއް، ބޭފުޅަކު ވިދާޅުވިހެން ނުފޯރާފޮތިން ފޫގެޅީމަ ވާނެގޮތް ދެންވާނީ.
ހަސަނު
29 January 2019
ވަރަށް ބޮޑު ތެދެއް.. ދައުލަތުން ކަމެއް ކުރަން ހަވާލުކޮށްފައިވާ، ވަކި ފަރާތަކަށް ނުޖެހޭ މިނިވަން މުއައްސަސާއެއް ޕުރޮމޯޓު ވާންވާނީ ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށްގެން.. ރައްޔިތުންގެ އިތުބާރު ހޯދައިގެން.. މީކީ ޕުރޮޑަކްޓެއް ވިއްކާ ނުވަތަ ކޮމްޕެޓީޝަނެއްގާ ވިޔަފާރި އުސޫލުން ހިދުމަތެއް ދޭ ބައެއްނުން.. ބޭރުފުށުގެ ކުލަ ބަދަލުކޮށްލައިގެން ރައްޔިތުންގެ އިތުބާރު ހޯދަށް އުޅުމަކީ އޮޅުވާލުމެއް..
ހަބޭސްބޭބެ
29 January 2019
އޭސީސީ އިިން މިކަން ބަލާނެތަ؟ ވަކިވަކި ކޮމިޝަން ތަކާ ތަންތަނުން މިހެން ބޭނުންވީމަ ލޯގޯ ބަދަލުކޮށްފަ ބޭނުންވީމަ ބޭނުން ކަމެއް ކުރެވޭ އުޞޫލް އެބަޖެހޭ ބަދަލު ކުރަން. ލޯގޯ ހަދަނީ އަންނަ ކޮންމެ މީހަކަށް ނޫން. ލޯގޯ އަކީ ސަރުކާރުން ބަލާ ފާސްކޮއްފަ ނިންމާފަ ހުންނަ ކަންކަން. ލޯގޯ ބަދަލުކުރިޔަސް ކޮމިޝަން މުސްތަގިއްލެއް ނުވާނެ.
މިހާފީ
29 January 2019
"ޓްވީޓުން" ޚަބަރު. ޓްވީޓަކީ އޮޕީނިއަންއެއް. މިތާގައި ޚަބަރަކަށްވާނީ ޚަބަރަކަށް ވާވަރުގެ ގޮތަކަށް ވާހަކައެއް ބުނީމާ.މިޘާލަކަށް މުއީއްޒަކީ ކުރީގެ ޕީޖީ އަދި ވަރަށް ކުރީގައި ހުވާކޮށްގެން ވަކާލާތު ކުރަމުން އަންނަ ވަކީލެއް.އެކަމަކު ދައުލަތުގެ މުވައްސަސާއަކުން ބޭކާރު ޚަރަދު ކުރީމާ މުޢިއްޒު އެގޮތަށް ވިދާޅުވެގެން ޚަބަރަކަށް ވުން އެއީ ތަންކޮޅެއް ދުރުކަމެއް.އެކަމަކު ޖިނާއީ ޢަދުލާއި، ޤާނޫނީ އަދި ޝަރުޢީ ބަރުލަމާނި ނުވަތަ ދޫސްތޫރީ ކަންކަމުގައި ރަނގަޅު.
ރާބީޝް
29 January 2019
މިކަން ބަލަން ކޮމެޓީއެއް އުފަށްދަން ފެނޭ
ކިނބޫ
29 January 2019
އިބޫ ސޯލިހު އަވަހަށް ކޮމެޓީއެއް އުފައްދާ!