ކްރިމިނަލް ކޯޓު ކައިރީގައި އެމްޑީޕީ ސަޕޯޓަރުންތަކެއް އެއްވެފައި: އިނގިލީގެ ނިޝާން ނެތް މީހުން ޕާޓީތަކުން ވަކިވާ ގޮތަށް ސިޔާސީ ޕާޓީގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ވަނީ ތަސްދީގުކުރައްވާފައި. - ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
23 އޯގަސްޓް 2016 - 17:44
ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނޭ މެމްބަރުންގެ ތެރެއިން އިނގިލީގެ ނިޝާން ނެތް މީހުން ޕާޓީތަކުން ވަކިވާ ގޮތަށް ސިޔާސީ ޕާޓީގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގުކުރައްވައިފި އެވެ.
މި އިސްލާހުގެ ސަބަބުން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެވޭނީ އިނގިލީގެ ނިޝާނާ އެކު ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކުރެވިފައިވާ މައުލޫމާތުތައް ފުރިހަމަ ކުރާ މީހުންނަށެވެ.
މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމަށް އެދި ހުށަހަޅާފައިވާ ނުވަތަ ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެފައިވާ މީހުން ގާނޫނުގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކާއި ތަކެތި ހުށަހަޅާފައިނުވާ ނަމަ، ގާނޫނަށް ޢަމަލުކުރަން ފަށާ ތާރީހުން ފެށިގެން އެއް މަސްދުވަހުގެ ތެރޭގައި މައުލޫމާތާއި ތަކެތި ހުށަހަޅައި އެކަންކަން ފުރިހަމަ ކުރަންޖެހެ އެވެ.
މި މުއްދަތުގެ ތެރޭގައި އެ މައުލޫމާތާއި ތަކެތި ހުށަހަޅާފައި ނުވާނަމަ، އެފަދަ މީހެއް އެ ސިޔާސީ ޕާޓީއެއްގެ މެންބަރުކަމުން ވަކިވާނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުން މި އިސްލާހު ފާސްކުރުމާ ގުޅިގެން އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެއީ އިނގިލީގެ ނިޝާން ނުޖަހައި އެ ޕާޓީއަށް ވަދެ ތިބި މެމްބަރުންގެ އަދަދު ގިނަ ކަމުންނެވެ. އަދި ފިންގާ ޕްރިންޓް ޖަހަން ދީފައި އޮތީ އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް އެ ޕާޓީން ބުންޏެވެ.
މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ދޫކުރުމުގައި ރިއާޔަތްކުރައްވާނީ، މި ގާނޫނާ އެއްގޮތަށް އަމަލުކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުތަކަށެވެ.
ރައީސް ވަނީ މަޖިލީހުން ފާސްކުރި ޖެންޑާ އިކުއަލިޓީގެ ބިލު ވެސް ތަސްދީގު ކުރައްވައިފަ އެވެ.
ޖެންޑަ އިކުއަލިޓީގެ ގާނޫނަކީ، ރާއްޖޭގައި ޖެންޑާ އިކުއަލިޓީ ގާއިމުކުރުމުގެ ގޮތުން އަމަލުކުރާނެ ގޮތުގެ މައިގަނޑު އުސޫލުތަކާއި، ޖެންޑާއަށް ބަލައި ތަފާތު ކުރުން މަނާކުރުމާބެހޭ ސިޔާސަތުތަކާއި، ޖެންޑާ އިކުއަލިޓީ ގާއިމުކުރުމުގައި ދައުލަތުގެ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ މަސްއޫލިއްޔަތާއި ޒިންމާ ބަޔާންކުރުމުގެ ގާނޫނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހީހީ ހަލާކު
29 October 2016
2018 ޔަގީން
އިހުސާނު
13 September 2016
މީހުނަށް އޮޅުވާލަން އިސްލާހެކޭ ކިޔަސް އެއީ އިސްލާހެއްނޫން. އިސްލާޙްކުރަނީ ގޯސްކޮށް ކުރެވިފައި ހުންނަ ކަންކަން ރަގަޅުކުރުމަށް. ތިކަމަކީ ރަގަޅަށް އޮތްކަމެއް ގޯސްކޮށްލުން. ގާނޫނު ފުނޑާލުން.
ގަބޭ
24 August 2016
މީހުނަށް އޮޅުވާލަން އިސްލާހެކޭ ކިޔަސް އެއީ އިސްލާހެއްނޫން. އިސްލާޙްކުރަނީ ގޯސްކޮށް ކުރެވިފައި ހުންނަ ކަންކަން ރަގަޅުކުރުމަށް. ތިކަމަކީ ރަގަޅަށް އޮތްކަމެއް ގޯސްކޮށްލުން. ގާނޫނު ފުނޑާލުން.
ޒަބީބު
24 August 2016
ޕާރޓީތަކުގެ އަސްލުއަދަދު ބެލުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ހަމަ ޔަގީނުންވެސް އިނގިލީގެ ނިޝާންނެތަސް އެންމެ ގިނައިން ވޯޓު ލިބޭނީ ގ. ކެނަރީގޭ މުޙައްމަދު ނަޝީދު އަންނިއަށެވެ. މަޅިޖަހާމީހުން ދަންތުރައިގައިޖެހޭނީ ان شاء الله
ވާނުވާ
24 August 2016
ހުރިހާ އެމެން އަނގިލީގެ ނިޝާން ހުންނާނެ ނެތް މީހެއް ކޮބާތޯ؟
ހަމްދު
24 August 2016
ރަނގަޅު ކަމެއް. މިހާރު އިނގޭނެ ޕާޓީތަކުގެ އަސްލު މެންބަރުންގެ އަދަދު. ހާހެއްހާ މެންބަރުންވެސް ހަމަނުވާ ޕާޓީތަކުން ރައްޔިތުންގެ ޓެކްސް ފައިސާ އިސްރާފު ކުރުމަކީ އިންސާފެއް ނޫން. އަޅުގަނޑުމެން ކިތަންމެ ބަޔަކު ޕާޓީތަކުގައި ބައިވެރިނުވަނީސް އެބަހުރި ރެޖިސްޓާ ކޮށްފަ،
އަލްޖިބްރާ
24 August 2016
އިގިލީގެ ނިޝާން އޮތަސް ނެތަސް ރީދޫ ޕާރޓީ އަށް ސަޕޯރޓް ކުރާމީހަކު ނުވަތަބަޔަކު ފިޔާތޮށި ޕަރޓީ އަކަށް ސަޕޯރޓެއް ނުކުރާނެ ! އިގިލީގެ ނިޝާން ނެތިގެން ޕަރޓީއިން މީހުން މަދުކޮށްގެން ކުރެވޭނެ ހަމައެކަނި ކަމަކީ ޕާރޓީއަށް ދޭންޖެހޭ ފައިސާކޮޅު ނުދިނުން ! ހަމައެކަނި ފައިސާ ހުރުމަކުން ބޭނުންހާގޮތަކަށް ހުރިހާކަމެއް ނުކުރެވޭނެ !
އިގިލި
23 August 2016
ރަގަޅު އިސްލާހެއް.. ޕާޓީއެއްގެ މެމްބަރު ކަމުގައި ދެމި ހުންނަން އެދޭނަމަ ފޯމުގައި ފިންގަޕޮރިންޓް ޖަހާ ދެން ހުރި ކަންތައް ފުރިހަމަ ކުރުން އެއީ މާއުދަގޫ ކަމަކަށް ނުވާނެ. އަދި އެއްމަސް ދުވަހަކީ އެކަށިގެންވާ މުއްދަތެއް. ޕާޓީއެއްގެ ބުރަދަން މިކިރާލެވެނީ މެމްބަރުންގެ އަދަދަކުން ނޫން އިންތިޚާބެއްގައި ލިބޭ ވޯޓުގެ ނަތީޖާއިން. މެމްބަރުންގެ އަދަދަށް ވޯޓު ނުލިބޭ ފަހަރު އެބަ އާދޭ. އެހެންނޫނަސް ގައުމެއްގެ އާބާދީގެ ދެބައިކުޅަ އެއްބައި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށްވުން އެއީ އެހާ މުހިއްމު ކަމެއްތޯ.
މަރިޔަމް
23 August 2016
ސިޔާސީ ކޮންމެކަމެއްގައި މިމަސައްކަތްކުރާވަރަށް މިޤައުމުގެ ފަގީރުކަން ނައްތާލަންށާ، ޑްރަގް ނައްތާލަންށާ، މާރާމާރީ ނައްތާލަންށާ، އަދި ކީއްތޯ ކޮރަޕްޝަން ނައްތާލަންވެސް މަސައްކަތްކުރާނަމަ މިއަދު މިޤައުމު އޮންނާނީ ހާދަ ކުރިއަރާފައޭ ދެއްތޯ.
ދޮޅުގަޑި ބައި
24 August 2016
ކޮންމެ ކަމަކީ ވެސް ސިޔާސީ ކަމެއް، ސިޔާސަތަކީ ސަރުކާރު ހިންގާ ވައްޓަފާޅިޔަށް ކިޔާ ނަމެއް. ސަރުކާރަށް ފާޑުކިޔާ ކޮންމެ މީހަކީ ސިޔާސީ މީހަކަށްނުވާނެ. އެކަމަކު ކޮންމެ މީހަކަށްވެސް ސިޔާސަތަށް ފާޑު ކިއިދާނެ. ކިޔަންވެސް ޖެހޭނެ. ސިޔާސީ މަގާމްތަކަށް މީހުން އައްޔަން ކުރަނީ ރައްޔިތުން ވޯޓްލައިގެން. ވޯޓްލާ ކޮންމެ ރައްޔިތަކަށްވެސް ފާޑުކިޔުމުގެ ހައްގު އޮންނާނެ.
ބިލީޖީން
23 August 2016
އިނގިލީގެ ނިޝާން ނެތް މީހުން ސިޔާސީ ޕާރޓީ ތަކުން ވަކިވާ އިސްލާހަކީ އެއީ ބިއުޓިފުލް އެން ވޮންޑަރފުލް އިސްލާހެކެވެ. މިއިސްލާހުގެ ސަބަބުން ސިޔާސީ ޕާރޓީ ތަކުގެ ހަގީގީ ވެއިޓް އެގިގެން ދާނެއެެވެ. މިހާރު މިކަން ކުރަން ޖެހޭ ވަގުތަކީ މިއީ އެވެ. ދެން ސިޔާސީ ޕާރޓީ ތަކުގައި ފިންގަރ ޕްރިންޓް ޖަހަައިގެން ތިބޭ ކުދިންނަކީ އެއީ ސައްހަ ޕާރޓީ ކުދިން ކަމުގައި ވެެގެން ދާނެއެވެ. ދެން ރަންރީނދޫ ޓްވިޓަރުން ވެސް އަވަހަށް ޓްވީޓް ކުރަންވީ ސިޔާސީ ޕާރޓީ ތަކުގެ ދަފްތަރުގައި ތިބި ހުރިހާ ކުދިން ފިންގަރ ޕްރިންޓް ޖަހާނެ ގޮތާއި ގުޅޭ ގޮތުން.
އަޅެވާ
13 September 2016
ތިޔަ ނިޝާނެއް ޗެކުކުރެވޭ ނިޒާމެއް ނެތް ކަން އެނގިލައްވާތޯ.. އެކަކު ނިޝާނު ހުރި އެތައް ހާސް ފޯމެއް އިލެކްސަނުގައި ހުރިކަން އެނގިލައްވާތޯ...