2012 ފެބްރުއަރީ ހަތެއްގައި ޖުމްހޫރީ މައިދާނަށް އެއްވެ ތިބި ފުލުހުންނާ ބައްދަލުކުރައްވަން އޭރުގެ ރައީސް ނަޝީދު ވަޑައިގަންނަވަނީ. ފައިލް ފޮޓޯ
07 ފެބުރުއަރީ 2019 - 13:10
މީގެ ހަތް އަހަރު ކުރިން 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ވީ ވައުދާ އެއްގޮތަށް އެމްޑީޕީ މިތިބީ އެނބުރި އައިސް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ފުރަތަމަ ސަރުކާރު ވެއްޓުނީ 2012 ފެބްރުއަރީ ހަތެއްގައި އިދިކޮޅުން ކުރި މުޒާހަރާތަކަކާއި ފުލުހުންނާއި ސިފައިން ވެސް ސަރުކާރާ ދެކޮޅަށް ތެދުވެ، ހިންގި ކަންތައްތަކަށް ފަހު ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ. އޭރު ވެރިކަން ވެއްޓުނީ ބަޣާވާތަކުން ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް، އެ މައްސަލަ ބަލަން އެކުލަވައިލި ނެޝަނަލް އިންކުއަރީ ކޮމިޝަނުން ނިންމާފައި ވަނީ އެއީ ބަޣާވާތެއް ނޫން ކަމަށެވެ.
"މީގެ ހަތް އަހަރު ކުރިން މި ދުވަހު އެމްޑީޕީން ބުނި، މި އޮޑިއެއް ނުފެތޭނެ. މި އަޒުމެއް ނުގުޑާނެ، މި ފިކުރެއް ރާއްޖެއަކުން ނުފޮހެވޭނެ، އަޅުގަނޑުމެން އެނބުރި އަންނާނަމޭ،" މިއަދު ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު މިހެން ވިދާޅުވި ނަމަވެސް އެއީ ފެބްރުއަރީ އަށެއްގައި ދެއްކެވި ވާހަކަފުޅެކެވެ. ފެބްރުއަރީ ހަތެއްގައި އެމަނިކުފާނު އިސްތިއުފާ ދެއްވުމަށް ޓަކައި ދެއްކެވި ވާހަކަފުޅަށް ފަހު އެ ދުވަހު އެމްޑީޕީން އެއްވެސް އެއްވުމެއް ނުބާއްވަ އެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވައި އެއަށް ފަހު މާލޭގެ މަގުތަކަށް މުޒާހަރާ އަށް ނުކުތީ ޖެހިގެން އައި ދުވަހު އެވެ.
Meege 7 aharu kurin mi dhuvahu MDP buni bunun,mi odiyeh nufetheyne,mi azumeh nugudaane,mi fikureh Raajje akun nufoheveyne,alhugandumen en’buri annaanamey.Miadhu MDP mithibee en’buri ais adhi maa ufaaveri khabarakai eku.#Agenda19 aai eku.MDP ah vote dhevva,Raajje salaamaiy kuravva
— Mohamed Nasheed (@MohamedNasheed) February 7, 2019
މިއަދު ކުރެއްވި ޓްވީޓްގައި ނަޝީދު ދެން ވިދާޅުވީ މިއަދު އެމްޑީޕީ އެނބުރި އައިސް މިތިބީ މާ އުފާވެރި ޚަބަރަކާ އެކުގައި ކަމަށެވެ.
"މިއަދު އެމްޑީޕީ މިތިބީ އެނބުރި އައިސް އަދި މާ އުފާވެރި ޚަބަރަކާ އެކު، އެޖެންޑާ19 އާ އެކު، އެމްޑީޕީ އަށް ވޯޓް ދެއްވާ ރާއްޖެ ސަލާމަތް ކުރައްވާ،" ޓްވީޓް ނިންމަވައިލައްވަމުން ވިދާޅުވެފައި ވެ އެވެ.
އެޖެންޑާ 19 އަކީ އަންނަ އޭޕްރިލްމަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެމްޕޭން ކުރަން އެމްޑީޕީން ގެންގުޅޭ ޝިއާރެކެވެ.
ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ވެއްޓުނު އިރު، އެ ވެރިކަން ވައްޓައިލުމުގައި އިސްކޮށް އުޅުނު ކަމަށް އެ ޕާޓީ އާއި ނަޝީދު ތުހުމަތު ކުރައްވާ ގިނަ ފަރާތްތައް މިހާރު ތިބީ ވެރިކަން ކުރާ ކޯލިޝަންގެ އެއް ޕާޓީ ކަމަށްވާ ޖުމްހޫރީ ޕާޓީގަ އެވެ. އެމްޑީޕީ އަށް ދެވަނަ ފަހަރަށް ވެރިކަން ލިބުނީ ރައީސް ޔާމީނުގެ ވެރިކަމުގައި ހިނގި ކޮރަޕްޝަނާ ފަސާދައިގެ އަމަލުތަކާ ދެކޮޅަށް ނުކުތް ހުރިހާ ޕާޓީތައް އެކައްޗެއް ކިޔައި، ހުރިހާ ޕާޓީތައް ތަމްސީލުކުރައްވާ ކެންޑިޑޭޓެއްގެ ގޮތުގައި އިބްރާހީމް މުހައްމަދު ސޯލިހު ނެރެ، ރިޔާސީ އިންތިހާބު ކާމިޔާބުކޮށްގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބާ
09 February 2019
ބާޣީއަށް ނުގޮވާ ހުރެވޭކަށްނެތް ބާގީންގެ ބޭނުން ނުހިފާ ހުރެވޭކަށްނެތް ބާޣީންނާ ނުލާ ވެރިކަމަށް އާދެވޭކަށްނެތް ބާޣީންނާ ނުލާ ވެރިކަމަށް ކެމްޕޭން ކުރެވޭކަށް ނެތް!
ކަނބިލި
09 February 2019
އައިގޮތަށް އަނެއްކާވެސް ދާނެ. ވެރިކަމަކީ އަބަދީ ކަމެއް ނޫން. ފުރުސަތު ލިބުމުން ގަދަބަސް ނުބުުނެ ވިސްނާލައިގެން އުޅުން.ބުއްދިވެރި. ހުރިހާ ބާރުތަކެއް މުށުތެރެއަށް ލެވުނަސް ހީނުކުރާތީ އެއީ ތާއަބަދަށް އޮންނާނެ ކަމެކޭ.ވަގުތު ޖެހުނީ ދިޔައީ.
ތުއްތުނާ
09 February 2019
ހިނދުކޮޅުގަ ހުރެފަ ހެދުނު އެއްޗެއްވެސް ނޭނގި އިސްތިއުފާ ދެވުނީ އެހެންވެތާ އެއްދުވަސް ފަހުން ބުނީ ތިމަން އިސްތިއުފާ އެއް ނުދެމޭ ހަމަ ހިނި އަންނަނީ ހިނދުކޮޅުގަ ހުންނަ އިރު ހެދޭ ނުހެދޭ އެއް ނޭނގޭނެ
އީމަން
09 February 2019
ގުނބޯ ހައްދަން ނޫޅޭ، ކެނެރީގޭ ނަޝީދު ކިތަންމެ ގަމާރަސް، ދެން މިގާމުގާ އުޅެނީ ގަމާރުން ނެށް ނޫނެވެ.
ކޮތަރު އިމުރާނު
09 February 2019
"އެމަނިކުފާނު މިހެން ވިދާޅުވި ނަމަވެސް އެއީ ފެބްރުއަރީ އަށެއްގައި ދެއްކެވި ވާހަކަފުޅެކެވެ." މިހެންވީމައޭ އެއީ ބުރާންޗެކޭ އަހަރެމެން މި ކިޔަނީ.
ރީތި މޫސަ
09 February 2019
ނަޝީދަކީ މިޤައުމުބައިކޮށް ހަލާކުކޮށްލިމީހާ ފާޑެއްގެ ޑިމޮކުރެސީއެކޭކިޔާފަ އެދުވަސްވަރު ނަޝީދު ކިޔަމުންދިޔައީ މައުމޫނަކީ ބޮޑު ޙިޔާނާތްތެރިޔެކޭ މިހާރުކިޔަނީ މައުމޫނުވަރެއްނެތޭ ތެދެއްހެދެންއޮތަސް ނަޝީދުހަދާނީ ދޮގެއް އޭނަގެ ސަރުކާރު ވެއްޓުނީ އޭނަގެ ހުރިނުކިޔަމަންތެރިކަމުން އެއީ ހަމަނަސީބެއް ނޫންނަމަ މިހާރު މިޤައުމުގަ ފައްޅިވެސް ހުންނާނެ އަބަދުވެސް އުޅޭނީ ޤުރުއާނާ ސުންނަތްނޫން އެހެންއެއްޗެއްހޯދަން ބަޔަކު ރުޅި އަޔަސް މީތެދު
ނަންބަރު
09 February 2019
ނަޝީދެއް، މައުމޫނެއް، ރީތި މޫސައެއް، ފެން ފޯކެއް ކިޔާނެ ކަމެއްނެތް މިޤައުމުގައި ފައްޅިއެއް އެޅޭނެ ހަމަ އެއްގޮތެއްވެސް ނޯންނާނެ. އަހަރެމެން ކަތިލާފައި ތިކަން ކުރަން ޖެހޭނީ. ސާފު ވެއްޖެ.!
ނިންނި
08 February 2019
ޑޮކްޓަރ ނަޒުނާ އަޙުމަދަށް ދަންނަވަާލަން އޮތީ 2008 ގަވެސް ކެނެރީގޭ ނަޝީދު ވެރިކަމަށް އައީ ތިޔަބުނާ ގާސިމް ގެ އެހީގައޭ ކަމަނާއޭ. ޢަދި 2018 ވެސް ކާމިޔާބު ކުރެވުނީ ހަމަ ތިޔަ ބުނާ ގާސިމް އަދި އަހަރެމެންގެ ކުރީގެ ރައީސް މައުމޫންގެ އެއްބާރު ލުން ލިބުނީމައޭ އެހެންވީމާ ކަސްނުގޮވާށޭ
ހިތަދޫ
08 February 2019
ކޮން ޤައުމެއްގަތޯ ބަޢާވާތަކުން ވައްޓާލާވެރިކަމެއްގަ އެހުންނަވެރިމީހާ އެދުވަހުން ދުވަހައް ހައްޔަރުކޮއް ޝަރީޢަތްނުހިންގާ ދޫކޮއްލާފަހުރީ ތިވިދާޅުވާ ނަޝީދުނޫންތޯ ރައީސްއޮފީހުގައި ކެބިނެޓުބައްދަލުވުންބާއްވާފާ ރަސްމީ ނިޝާންޖެހި ޕޯޑިއަމްކާރީހުންނަވާފަވިދާޅުބަސްފުޅުއިއްވެވީ މިއަދުންފެށިގެން ތިމަންނާ ދިވެހިރާއްޖޭގެވެރިކަމުން ޢިސްތިޢުފާދީފީމޭ ދެންލަލަލާ
ކަޑަ
08 February 2019
އެމީހާ ރުޅި އައިސްގެން ފަޅައިގެންދާ ވަރު ވެފަ ހުރި ފޮޓޯއެއް ޖަހާކަށް ނުޖެހޭނެ. އަހަރުމެން ނުލާހިކު ލޯބިވާ މީހެއް އެއީ. ޖަހަން ޖެހޭނީ ނަލަ ނަލަ ފޮޓޯއެއް.
ކިނބޫ
08 February 2019
ބޭނުންހާ ގޮތެއް މި ގައުމަށް ނެހެދޭނެކަން ފެބްރުވަރީ 7 ގަ ރައްޔިތުން އޮންނާނީ އަންގާ ދީފަ. ދެންވެސް ހެދިޔަކަ ނުދޭނެ. ރައްޔިތުން ދެންވެސް ތިބޭނީ ފިސާރި ފާރަވެރިވެ ތައްޔާރީ ހާލަތުގަ. އެނބުރި އެނބުރިފަ އަންނާނީކީއެއް ނޫން. ހަނދާން ކުރަތި. މީ ވަރަށް ވާހަކަ.