ވިލިމާލެއިން މާލެއަށް ދަތުރުކުރާ ފެރީއެއް-- ފޮޓޯ: މިހާރު
10 ފެބުރުއަރީ 2019 - 17:50
އެމްޓީސީސީގެ ފެރީ އަކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި މާލެއާ ދެމެދު ދަތުރުކުރާ ފެރީއެއް ޖެހި މިއަދު ހަވީރު އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް ލިބުނު ޝޮކެއްގައި ހޭނެތިއްޖެ އެވެ.
ފުލުހުން ބުނީ އެކްސިޑެންޓްވި ވަގުތު އެމްޓީސީސީގެ ފެރީ ދުއްވަން ހުރި މީހާ އާއި ފެރީގައި އިން އަންހެނަކަށް ޝޮކެއް ލިބި ހޭނެތިފައިވާ ކަމަށެވެ. އެ ދެ މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
މި ހާދިސާގައި ދެ މީހަކަށް ޝޮކެއް ލިބި ހޭނެތުނު ނަމަވެސް އެ ދެ މީހުންނަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނެތް ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު، އެމްޓީސީސީގެ ފެރީގައި އިން އުމުރުން ތިން އަހަރުގެ ކުޑަކުއްޖެއްގެ ކަނާތު ފައިގެ ހަން މަށައިގެން ދިޔަ ކަމަށް ފުލުހުން ބުނެ އެވެ.
އައިޖީއެމްއެޗްގެ ބަހެއް އަދި ލިބިފައި ނުވާތީ، ހޭނެތުނު ދެ މީހުންގެ މިހާރުގެ ހާލަތު ވެސް ވަނީ އެނގޭ ގޮތް ނުވެފަ އެވެ.
އެމްޓީސީސީގެ ފެރީ 'ނަސްރު' އާއި އެއާޕޯޓު ފެރީ 'އުންމީދު' ޖެހި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް އަދި އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗާބޫ
11 February 2019
ފެރީ އެކްސިޑެންޓެއް ވެއްޖެއާ އެމްޓީސީސީ ފެރީ ނުހިމެނި ނުދާނެ..
ައދ މ
14 February 2019
ތިބުނީ 100% ތެދެއް
ދެންބުނޭ
11 February 2019
ދެންތިކަންވެސް ޔާނުބޮލަށް ކަނޑާލާ ބުނޭ އެއީ އެއްލަކިން މީހެކޭ ދުއްވަށްއިނީ މިއޮތީވާ ހެޔޮވެރިކަމެއް ފެށިފައި...
ވާލުސޮރު
11 February 2019
ސިޔާސީ ގޮތުން ޔާނު ވައްދާފަ ތިބި އެތައް ޕާޓޭންނެއް މިހާރުވެސް އެމްޓީސީސީ ގެ ފެރީ ސެކްސަނުގެ ވަޒީފާގަ ތިބޭނެ
ައދ މ
10 February 2019
އަސްލު ވިލިމާލެ ފެރި ދުއްވާ ގިނަ ކައްޕިން ވަރަށް ފަރުވާކުޑަ.... ދަންވަރު ދަތުރުކުރާއިރު އެބަތިބޭ ނިދާފަވެސް އެއްރޭ ކިރިޔާ ފަރައްނޭރީީ
ތިމާވެށި
10 February 2019
ފެރީގަ ހުރީމެވެ. ރޯމާ ދުވާލު ދޯނި އައިސް ޖެހުނީ ފެރީގެ މެދުގައެވެ. ގަބޫލު ކުރަން ދަތިވިއެވެ.
ޏ އައިކު
10 February 2019
ފެރީތަކުގެ ކައްޕިންނަކީ ވަރަށް ފަރުވާ ކުޑަ ގޮތްދޫނުކުރާ ބައެއް. އެމީހުން ގަބޫލު ކުރާގޮތުގާ އެހެން ކައްޕިން އެމީހުނަށް ބަލަން ޖެހޭ.
ފަރެސްމާ
10 February 2019
ކޮންމެ ކައްޕިއެއް އަނެއް ކައްޕި ބަލަންޖެހޭނެކަމަށް ނިންމައިގެން ހުރީމަ ދެން އެއްވެސް ކައްޕިއެއް ނުބަލާނެތާ