މައުމޫންގެ ހަތަރު ބޭފުޅުން: ދެ މިލިއަން ރުފިޔާ ދައްކަން އެ ބޭފުޅުންނަށް ކުރި ހުކުމާ އެއްގޮތަށް މިއަދު ވަނީ ފައިސާ ދައްކާފައި --ފޮޓޯ/މިހާރު
11 ފެބުރުއަރީ 2019 - 14:38
ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހަތަރު ބޭފުޅުންގެ މައްޗަށް ކުރި ހުކުމާ އެއްގޮތަށް އެ ބޭފުޅުންގެ ފަރާތުން މިއަދު ފައިސާ ދައްކަވައިފި އެވެ.
މައުމޫންގެ ހަތަރު ބޭފުޅުން ކަމަށްވާ ދުންޔާ މައުމޫނާއި ޔުމްނާ މައުމޫނާއި އަހުމަދު ފާރިސް މައުމޫން އަދި މުހައްމަދު ޣައްސާން މައުމޫންގެ މައްޗަށް ރަޝީދު ކޮންސްޓްރަކްޝަން އެންޑް ކާޕެންޓްރީ (އާރްސީސީ) އަށް 2.1 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން 2017 ގައި ހުކުމްކުރީ އެ ހަތަރު ބޭފުޅުންގެ ނަމުގައި މާލޭގައި އޮތް ބިމެއްގައި އެ ކުންފުނިން ކުރި އިމާރާތަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުންނެވެ.
މައުމޫންގެ އާއިލާގެ އަރިސް ބޭފުޅަކު ވިދާޅުވީ އެ ހުކުމާ އެއްގޮތަށް، މިއަދު އެ ފައިސާ އެއްކޮށް ދައްކާފައިވާ ކަމަށެވެ.
އެ ހަތަރު ބޭފުޅުންގެ ފަރާތުން އެ ފައިސާ ދެއްކެވިއިރު، ސިވިލް ކޯޓުގެ އެ ހުކުމް އިސްތިއުނާފް ކުރަން އެ ބޭފުޅުންގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން މިދިޔަ ހަފުތާގައި ވަނީ ބޭރުކޮށްލައިފަ އެވެ. އެ މައްސަލަ އިސްތިއުނާފް ކުރި ޣައްސާންގެ ބަދަލުގައި ހަމަޖައްސާފައިވާ ފަރާތުން ކޯޓަށް ހާޒިރު ނުވުމުން އެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލިޔަސް، އެ މައްސަލަ އަލުން އިސްތިއުނާފަށް ހުށަހެޅުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ.
ފާރިސް އާއި ޣައްސާނަކީ އަންނަ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ ދެ ބޭފުޅުންނެވެ.
ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ ފަރާތްތަކަށް މަޖިލިސް އިންތިޚާބުގައި ވާދަ ނުކުރެވޭއިރު، ބައެއް ގާނޫނީ ބޭފުޅުން ވިދާޅުވާ ގޮތުން ފާރިސް އާއި ޣައްސާނަށް މަޖިލީހަށް ކުރިމަތިލާން ހުރަހެއް ނެތެވެ. ސަބަބެއްގެ ގޮތުގައި އެ ބޭފުޅުން ވިދާޅުވަނީ އެ މައްސަލައިގެ އިސްތިއުނާފް މަރުހަލާ އެއްކޮށް ނުނިމި އޮތުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަގީރުކޮއި
12 February 2019
މީސްމީހުންގެ ގޯތިގެދޮރު ދމައިގަނެގެން އުޅުނު ދުވަސްވަރު މަގޭ ރައްޓެއްސަކަށް ވެސް ވަނީ ލަޑުދީފައި.
ތީމުގެ ކުދިން
11 February 2019
2.1 މިލިޔަނަށް ހުކުމް ކުރުމުން އެވާހަކަ ޚަބަރެއްހެން ލިޔުނެއްކަމަކު، އެ ލާރި ދެއްކީމަވެސް އެއީ ހަމަ ޚަބަރެއްތަ...ހަމަ މިކަހަލަ ކޮންމެ ހުކުމެއް އަންނަ މީހަކު އެހުކުމާއި އެއްގޮތަށް ކަންކުރުމުން ޚަބަރުގަ ޖަހާނެބާ؟ ?
އަލީ އާމިރު
11 February 2019
ކިހިނެތްތަ ތިހާފަސޭހައިން ތިހުރިހާ ފައސާ ތިހޯދަނީ؟ #ހާމާކުރޭ
އަޝްރަފު
11 February 2019
އަނެއްކާ ޖާބިރުބާ މިފަހަރުވެސް އެހީވީ! މާދަމާ އެނގޭނެ!
ލީޝް
11 February 2019
ކޯޓަށް ގޮސްގެން މި މީހުން އަތުން ހޯދަންޖެހޭ އެއްޗެއް މި ހޯދަން ޖެހެނީ. މީ މިމީހުންގެ ފެންވަރު.
ޓާޒަން / ބ.ހިތާދޫ
11 February 2019
އެކުދިންނަށް މިވަރު އަދަދެއް ދައްކާލުމަކީ ލޮލުފިޔަޖަހާލުންކަހަލަ ކަމެއް.
އެކަމު
11 February 2019
އެވަރުގެ އެތިކޮޅެއްވެސް އަތުން ދޫނުކުރަން އެތިބީ މިއޮތްހާ ދުވަހު..