"ޒީރޯ ޓޮލަރެންސް ކޮރަޕްޝަން ކެމްޕެއިން" ފެށުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމާއި ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
12 ފެބުރުއަރީ 2019 - 12:00
ސަރުކާރުގެ އިދާރާތަކުގައި ހިންގާ ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅޭނެ ޕޯޓަލެއް މިއަދު ތައާރަފްކޮށްފި އެވެ.
"ޒީރޯ ޓޮލަރެންސް ކޮރަޕްޝަން ކެމްޕެއިން" ފެށުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތު ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، އެއީ ކޮރަޕްޝަނާ ދެކޮޅަށް ރައްޔިތުންގެ ބައިވެރިވުމާއި ހިއްސާ އިތުރު ކުރުމަށް ގާއިމްކޮށްދިން ވެބް ޕޯޓަލެއް ކަމަށާއި އެ ނިޒާމު މެދުވެރިކޮށް ޝަކުވާ ހުށަހަޅާއިރު ކާކުކަން ބުނެދޭން ނުޖެހޭނެ ކަމަށެވެ.
މީގެ އިތުރުން، މައްސަލަތައް ހުށަހަޅަނީ ކާކުކަން އެނގިދާނެތީ ބިރުގަންނަން ނުޖެހޭނެ ކަމަށާއި މިއީ ވިސިލްބްލޯ އަށް މަގުފަހިކޮށް ދޭނެ މުހިންމު ވަސީލަތެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"ޒީރޯ ޓޮލަރެންސް ކޮރަޕްޝަން ކެމްޕެއިން" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
In a bid to end corruption within the state, we have launched a new web portal https://t.co/O9ygBs0Hf6 where citizens could report issues of corruption anonymously. I am hopeful that this portal would prove an important and useful step in our ongoing fight against corruption.
— Ibrahim Mohamed Solih (@ibusolih) February 12, 2019
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ޓުވީޓު.
ރައީސް އޮފީހުގެ ސެކްރެޓަރީ ޕޮލިސީ އައިމިނަތު ޝައުނާ ވިދާޅުވީ، މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ރައްޔިތުންގެ ބޮޑު ކަންބޮޑުވުމަކީ ރާއްޖޭގައި ކޮރަޕްޝަން ފެތުރިފައި އޮތް މިންވަރު އިންތިހާ އަށް ދިއުމުން ކަމަށެވެ. އެހެންވެ، ކޮރަޕްޝަންގެ ވަބާ ހުއްޓުވުމަށް ސަރުކާރުން އިސްވެ، ސިޔާސަތުތައް ކަނޑައަޅައި ކުރެވެން ހުރިހާ ހުރިހާ ކަމެއް ކުރަން ވައުދުވެފައިވާ ކަން ޝައުނާ ފާހަގަ ކުރެއްވި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޝައުނާ ވާހަކަ ދައްކަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ދައުލަތުގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަން ކަށަވަރު ކުރުމަކީ އަމާޒެއް ކަމަށާއި މި ކަންކަން ހާސިލް ކުރުމަށް މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން، ސަރުކާރުގެ އިދާރާތަކާ ގުޅޭ ގޮތުން ދެހާހަށް ވުރެ ގިނަ ރިކޮމަންޑޭޝަންތައް ހުށަހަޅާފައިވާ އިރު، އަމާޒަކީ އިތުރު ދިރާސާތަކެއް ކުރުމުގެ ބަދަލުގައި ރިކޮމަންޑޭޝަންތައް ތަންފީޒު ކުރެވޭނެ ގޮތަށް ސަރުކާރުގެ މަސައްކަތްތައް ބައްޓަން ކުރުން ކަމަށް ވެސް ޝައުނާ ވިދާޅުވި އެވެ.
"ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރާއިރު، ކޮރަޕްޝަނަށް މަހުފަހި ނުވާ ގޮތަށް ސިޔާސަތުތައް ބައްޓަން ކުރެވޭނެ ކަމުގެ ޔަގީންކަން ހުރިހާ ބޭފުޅުންނަށް އަރުވަން،" ޝައުނާ ވިދާޅުވި އެވެ.
ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅޭ ގޮތަށް ތައްޔާރު ކުރި ޕޯޓަލަކީ ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ގްލޯބަލް ލީކްސް އިން އުފައްދާފައިވާ ސޮފްޓްވެއާ އެކެވެ. ޕޯޓަލް މެދުވެރިކޮށް، ކާކުކަން ނޭނގޭ ގޮތަށް މައްސަލަ ހުށަހެޅޭ އިރު، ޕޯޓަލް އަށް ލިޔެކިޔުންތައް ވެސް ފޮނުވޭނެ އެވެ.
ރައީސް އޮފީހުން ބުނީ ޕޯޓަލް މެދުވެރިކޮށް، ރައްކާތެރިކަމާ އެކު ކާކު ކަން ނޭނގޭ ގޮތަށް ރައީސް އޮފީހުގައި އޮންނަ ކޮމިޓީއާ މުއާމަލާތް ކުރެވޭނެ ކަމަށެވެ. ޒީރޯ ޓޮލަރެންސް ކޮރަޕްޝަން ކެމްޕެއިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ވަޒީރުން ބައިވެރިވެވަޑައިގެންނެވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުރޫ
13 February 2019
ކޮބާތަ ލިންކް؟ މައްސަލަ އެއް ހުށަހަޅާލަން ޓެސްޓްކޮއްލަން ނަމަވެސް.
ޑރ.ނަޒުނާ އަހުމަދު/ހިތަދޫ/ޔޫކޭ
12 February 2019
ޑިޖިޓަލް އަދި އާޓިފިޝަލް އިންޓެލިޖެންސު ޒަމާނެއްގައި މަތީ ފަޑީގައި ތިބޭ ބަޔަކު ނުހިންގާނެ އޮފީސްތަކުގެ ޑިރެކުޓަރުން ހިންގަފާނެ ފާޑުގެ ކޮރޮޕުޝަންތަކެއް!! މަތީފަޑީގައި އުޅޭމީސްމީހުން ކޮށްލާ އެއްމެ ސޮޔަކުން އެތަކެއް މިލިއަން ޑޮލަރ އެމީސްމީހުންގެ ފޮރިންކޮނެކުޓެޑު ބޭންކުތަކަށް، އަދި އެފައިސާ ރިޔަސުޓޭޓު އިންވެސްޓު ކުރޭ.އިޔުރޮޕުގެ ގައުމުތަކުންގެތައް ގަނެ އާއިލާ އެތަންތަނަށް ބަދަލުކުރޭ. ތިޔަޕޯޓަލްއަށް މިހާރުންމިހާރަށްވެސް ވައްދަންވީމީހުންފެންނަހިސާބުގައ
ނަންބަރު
12 February 2019
ދައްޖާލުގެ ލޯ ރަމްޒު ކޮށްދޭ ނިޝާނެއް އަނެއްކާވެސް. ތީތި ކަޑައޭ. ލޯގޯ ބަދަލު ކުރޭ.
ޅިޔަނާ
12 February 2019
އާނ އެހެންޏާ މި އުޅެނީ މައްސަަލަ ހުށަހަޅަން އުނދަގޫވެގެން ވިއްޔާ... އަނެއްކާ މިހާރު ދެން ކޮރަޕްސަނުގެ މައްސަލަ ހުށަހަޅަން މި ޖެެހެނީ ރައިސް އޮފީހައްތަ؟ މީ ކޮން ކަހަލަ ގައުމެއްތަ
ނުކިޔަވާ
12 February 2019
ސަރުކާރުން އިންޑިޔާއެކު ހިންގަނީ ކަރަޕްޝަންނޫތޯ؟؟؟/ އެންމެފުރަތަމަ އެކަން ހުއްޓާލާފަ އެހެންކަންތައްބަލާބަލަ! މިގައުމުގެ މިނިވަން ކަމަށް ބުރޫއަރާ އެތައްކަމެއް ކުރަމުންދަނީ ކެމްޕެއިނަށް އިންޑިޔާއިން ހަރަދުކުރީމަނޫންތޯ،، މިއިކީ ނާޖާއިޒް ކަމަކަށް ނުވިމީހަކު ރައްޔިތުން އޮޅުވަން ކޮންކަމިޝަންތަކެއް މިހަދަނީ؟؟؟
އޮސްކާ
12 February 2019
މިއީވާ ސަރުކާރެއް. އެމްއެމްޕީއާރުސީ ކަންތައް ހާމަ ނުކޮށް ދެން ކީކުރާ ޕޯޓަލްއެއް. ޕޯޓަލްއެއް ނެތިގެންތޯ އެމައުލޫމާތު ހާމަ ނުކުރެވިގެން މި އުޅެނީ. ފުލެޓް ޕޯޓަލް އޭ ކިޔާފަ ބޭކަރު އެއްޗެއް. އޭގަ ނެތް ލެވޭނެ އެންމެ ފްލެޓެއް. މިސަރުކާރުގެ އަމާޒަކީ އެންމެ ގިން ކޮމިޝަންނާއި، ކޮމިޓީ އަދި ޕޯޓަލް ހަދާ ރެކޯޑެއް މުގުރާލުންތޯ؟
ދީނީ ނަމުގާަ ޖީބައް
12 February 2019
ކޮބާ! ނެއްތަ ސަލަފުން މި އެޕްލިކޭސަން ނެރޭނި ފަތުވާއެ.
އަހްމަދު
12 February 2019
ބޭނުމަކީކޮބާ؟މިއުޅެނި ހުށަހަޅާފަހުރި ބޮޑެތިމަސްއަލަތައް ނުބެލިގެން.
ބަތަލް.
12 February 2019
ހަމަ މިހާރުން މިހާރަށް 155 އެކައުންޓުގެ ވެރިފަރާތް ރައްޔަތުންނަށް ހާންމަކޮށްލުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަން އަދަދާއި އެކު. އެއިރުން މިސަރުކާރުގެ އިޙުލާސްތެރިކަން ހާންމަ ވެގެންދާނެ. އެކަމަކު މިކަން ވުމަށްވުރެ ނުވުންގާތީ،
ންންންން
12 February 2019
ޕޯޓަލްތެރެއިންވެސް އޭރެއްގެ ރައީސަކަށް ފެންނަ އެއްޗެއް ތިހެންވީރު ބަލާނީ.. ތިޕޯޓަލް މާގިނަދުވަހު ހިޔެއްނުވޭ ހިންގާނެހެން