ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ --- ފޮޓޯ: ރައީސް އޮފީސް
12 ފެބުރުއަރީ 2019 - 20:25
ޖިނާއީ ކުށްތައް ހުއްޓުވުމަށް ރާއްޖެ އާއި އިންޑިއާ ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އެއްބަސްވުން ގާއިމު ކުރުމަށް ވަޒީރުންގެ މަޖިލިހުން ލަފާ ދެއްވާފައިވާތީ ރައްޔިތުންގެ މަޖިލިހުގެ ލަފައަކަށް ހުށަހެޅުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ. މި އެއްބަސްވުމުގައި ރާއްޖެ އަށް ސޮއި ކުރެވޭނީ މަޖިލިހުގެ މެމްބަރުންގެ ރުހުން ލިބިއްޖެ ނަމަ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އެއްބަސްވުމުގެ ބޭނުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމާއެކު، ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެ ގައުމުގެ އެއްބާރުލުން ދިނުމެވެ.
އެއްބަސްވުމުގައި ކޯޓަށް ހާޒިރުކުރުމާއި ކޯޓު އަމުރު ތަންފީޒުކުރުމާއި އެހެނިހެން ޝަރުއީ ކަންކަމުގައި އެއް ގައުމުން އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ކުށް މަދުކުރުމަށާއި، ހުއްޓުވުމަށާއި އެފަދަ މައްސަލަތައް ތަހުގީގުކުރުމަށް ދެ ގައުމުގެ ތަންފީޒީ އިދާރާތަކުގެ މެދުގައި އެއްބާރުލުން ދިނުމަށް އެއްބަސްވުމުގައި ބާރު އަޅާފައިވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޓެރަރިޒަމާއި ޓެރަރިޒަމްގެ ހަރަކާތްތައް ނައްތާލުމަށް ފައިސާ ހޯދައިދިނުމާއި، އެހީތެރިވެދިނުމާއި އަދިވެސް އެހެނިހެން ޖިނާއީ ކުށްތައް ހުއްޓުވުމަށް ކުރާ މަސައްކަތްތަކުގައި އެހީތެރިވެ، ތަހުގީގުކުރުމާއި ޝަރީއަތްކުރުން ހަރުދަނާ ކުރުމުގެ ބޭނުމުގައި ދެ ގައުމުން އެހީތެރިކަން ފޯރުކޮށްދިނުމަކީ އެއްބަސްވުމުގެ ވަރަށް ބޮޑު ބޭނުމެއް ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އެއްބަސްވުމުގެ ދަށުން، އެ ގައުމެއްގެ ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނާއި އެއްބަސްވުމުގެ މާއްދާތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ދޭންޖެހޭނެ އެވެ. އޭގެ ތެރޭގައި މައްސަލަ ތަހްގީގު ކުރުމާއި ޝަރީއަތް ހިންގުމާއި މައްސަލަ ނިމުމުން ހިނގާ ކަންތައްތަކުގައި އެހީތެރިކަން ދިނުން ހިމެނެ އެވެ.
ރާއްޖެ އާއި އިންޑިއާ އިން ސޮއި ކުރަން ތައްޔާރުވާ އެއްބަސްވުމުގެ ދަށުން ހުށަހަޅާ މައްސަލަތައް ކުރިއަށް ގެންދާނީ އެ ގައުމެއްގައި ގާއިމްކޮށްފައިވާ ސެންޓްރަލް އޮތޯރިޓީން ކަމަށް ބަޔާންކޮށްފައިވެ އެވެ. ރާއްޖޭގައި ނަމަ، އެ މައްސަލަތައް ބެލުމުގެ ބާރު އޮތީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންނެވެ.
ރައީސް އޮފީހުން ބުނީ އެއްބަސްވުމުގެ ސަބަބުން މިހާރު އާންމުވެފައިވާ ކުށްކުރުމާއި އަދި ހާއްސަކޮށް ޓެރަރިޒަމް ފަދަ ބޮޑެތި މައްސަލަތައް ހައްލުކުރުމާއި ކޮންޓްރޯލް ކުރުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށެވެ.
އަދި އެފަދަ މައްސަލަތަކުގެ ތަހުގީގުތައް ކުރިއަށް ގެންދިއުމަށާއި އަދި މައްސަލައާ ގުޅޭ ގޮތުން ހޯދަންޖެހޭ ހެކި ހޯދުމުގައާއި ތަހުގީގު ކުރުމަށް ބޭނުންވާ މީހުންނާ ސުވާލުކުރުމުގެ ފުރުސަތު ވެސް މި އެއްބަސްވުމުގެ ދަށުން ފުޅާވެގެން ދާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އިންޑިއާގެ އިތުރުން ސްރީލަންކާ، ޔޫއޭއީ، އަދި ރަޝިޔާ އާއެކު ވެސް މިފަދަ މުއާހަދާގައި ސޮއިކުރުމާ ބެހޭ މަޝްވަރާތައް ސަރުކާރުން ކުރިއަށް ގެންދާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާން
13 February 2019
އިންޑިއާއަށް ރާއްޖެ އަޅުވެތިއެއްނުވޭ. އެކަމު އެމީހުންނަށް އަތްނުބޭނޭ ދާއިރާއެއް މި ރާއްޖޭގަ ބާއްވާނެހެން ހިއެއްނުވޭ. މިގައުމުގައި މީހަކު ކާއްޓެއް ބިނދެލިއަސް އެތަނުގަ އިންޑިއާ މީހަކު ބަހައްޓަންޖެހޭ ކަތިވަޅި ގެންގުޅޭނެ ގޮތް ކިޔައިދޭން. އިންޑިއާއިން މިވަރަށް އެހީވާއިރު ރާއްޖެއިން ކޮންމެވެސް ކަހަލަ އެހީއެއްވުމަކީ ރީތި ގޮތެއް. ހާދަ އެހީއެކޭ އިންޑިއާއިންވަނީ..ހަމަ އެއްވެސް އެދުމެއްނެތި..
މައިނަލް ހާނީ
13 February 2019
ތިކަމަށް އެންމެ މޮޅުވާނީ އިންޑިއާ، އަދި ދެން މިސަރުކާރަށް ހުރިހައި ކަމަކަށް ފެންނާނީ އިންޑިއާ
ހަނދޭގިރިކަލޭގެ
13 February 2019
ހެޔޮނުވާނެ ސަރުކާރުން މިގައުމު އިންޑިއާއަށް ނުދީ... އެނގޭ ނަޝީދު ދިވެހި ފުލުހުންނާއި ސިފައިންނަކަށް އިތުބާރެއް ނުކުރާނެކަން، އެހެންވީމާ ނަޝީދު ކޮމްފޮޓެބްލް ވާނީ މިގައުމުގައި އިންޑިއާ ސިފައިންނާއި ފުލުހުން ތިބިއްޔާކަން... އެކަމަކުމީ ހަމައެކަނި ނަޝީދުގެ ގައުމެއްނޫން، އަމިއްލައެދުމަށް މުޅިގައުމު ހަލާކުގެތެރެއަށް އެއްލާނުލާ
ވައިކަރަދޫ އައްޔަ
13 February 2019
މާލޭ މަގުތަކުން ޑްރަގު ފޮހެލަދީބަލަ. ލަންކާގަ މިހާރު އެއޮތް ހައްލުކުރީ. އެކަމަކު މިތަނުގައި ހަމަ ހަބޭހަށް ކުރިއަށް.
ގައުމީ ލޯބީގާ
13 February 2019
އިންޑިޔާ ފިރިހެނުންނާއެކު ސައުދާން އިންޑިޔާ ކުޅޭނެ އަންހެން ކުދިން ހޯދުމުގެ އެއްބަސް ވުމެއްގަ ސޮއިކުރާނީ ކޮންދުވަހަކުން .އެދުވަސް ދެކެން ބޭނުން މިސަރުކާރު ގެ ގެރެންޓީ ހަމަ ވުމުގެ ކުރިން .
ތުއްތޮންބެ
13 February 2019
އާންފަހެ ތިއިންޑިއާ އަކީ މުޅިދުނިޔޭގަވެސް ތިކަމައް އެންމެކުފޫހަމަވާ މީހުންތިބި ގައުމަކީ އަޅުގަނޑު މިހުރީ ތިކަމާ ހަމަބުނާނެ އެއްޗެއްނޭނގި އަޖައިބުވެ އަންތަރީސްވެ އާޝޯހުވެ ދެމިޔަކަނުން ހަނދުއޮއްސި ލަދުން ދެފައިކައިރި ކޮއްލަންވެސްނުކެރި.
ވަތުބަތާނަ
13 February 2019
ހީ ހީ ހަލާކު! އެމީހުންގެ އެހީ ހޯދީމާ މިޤައުމުގަ އަނެއްކާ ކުޑަކުދިންނާއި ޒުވާން އަންހެން ދަރިން ރޭޕްކޮށް މެރުމާއި، ވެރިނަން ރިޝްވަތު ދިނުމާއި ހިފުން އާމެއް ނޫންބާ ވާނީ! ކީއްވެބާ މިގައުމުގައި ތިއްބެވި ދީނީ ޢިލްމުވެރިންގެ އެހީ ނުހޯއްދަވައި ހިންދޫ ރާޖާއިންގެ އެހީ ހޯދަނީ؟
ޤައުމީ މަސްލަޙަތު
13 February 2019
މިފަދަ ޖަރީމާތައް ހުއްޓުވުމަށްޓަކާ ރައީސްގެ ޕާޓީއަށް މަޖިލިސް އިންތިޚާބުގަ ވޯޓު ނުދޭންވީ. ދެން ތިބި މީހުންގެ ތެރެއިންވެސް ދީނާ ޤައުމުދެކެ ލޯބިވާ ބައެއް ހޮއްވަވާ! މިއުޅެނީ ޔާމީނު ކޭ ކަމަށް ބުނާ އަދަދަށްވުރެ ބޮޑު މުހިއްމު ކަންކަން. ވިސްނަވާ.
މެކުސް
13 February 2019
ލާމަރުކަޒީ ކުރުމުގެ ވިސްނުން ހުރިހެނެއް ހީއެއްނުވޭ ކަންތައްތައް މިދާގޮތުން! ހުރިހާ ކަންކަމުގެ ތެރެއަށް ސަރުކާރުން ވަންނަން އުޅުނީމާ ދާނީ ކުރީގަވެސް ދިޔަގޮތަށް.
ސޯލްޓް
13 February 2019
ވަރަށް ރަގަޅު ކަމެއް ތީ. ހަށިގަޑުން ބޮޑު ބިޔަ 100 މީހުން އިންޑިޔާ ގެ ފުލުހުންގެ ތެރެއިން ގެނަސް ތިކަން ކުރެވިދާނެ. މިހާރުވެސް މަގުމަތީ ގައި އެއުޅޭމީހުން ކޮންޓްރޯލް ނުކުރެވެނީ ފުލުހުން ގެ ދޯދިޔާ ކަމުން. އަދި ބޮޑު މުސާރަ އާއި ދިރިއުޅޭނެއް ފުލެޓެއްދީގެން ތި ކަންތައްތަ ވާތަން ނުފެނޭ. ޓެކުސް ފައިސާ ހަރަދު ކުރެވެން ވާނީ އެއްމެ ބޭނުން ތެރިގޮތުގައި.