މާލޭ މަގުމަތީ އުޅަނދުތަކުން ބާރުބޮޑުވެފައި:
17 ފެބުރުއަރީ 2019 - 18:05
ސެނެހިޔާ ކައިރީގައި އޮންނަ ކަފިހިހުރަސް މަތިން މަގު ހުރަސް ކުރަނިކޮށް ޓެކްސީއެއްގައި ޖެހި އަންހެނަކަށް ބޮޑެތި އަނިޔާތަކެއްވި މައްސަލައިގައި ޓެކްސީ ދުއްވި ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައި، ހުއްދަ ބާތިލްކޮށްފި އެވެ.
ސެނަހިޔާ ހޮސްޕިޓަލު ކައިރިން ކަފިހިހުރަހަކުން މަގު ހުރަސްކުރަން އުޅެނިކޮށް އެކްސިޑެންޓުވި އުމުރުން 46 އަހަރުގެ އަންހެން މީހާގެ ބޮލަށް ލޭ އެޅި މިހާރު އޮތީ ވަރަށް ނާޒުކު ހާލަތެއްގަ އެވެ. އޭނާގެ ހޭ ވެސް ނެތް ކަމަށްވެ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނީ އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވި މީހާގެ ލައިސަންސް ހިފަހައްޓާފައި ވަނީ ދެ އަހަރަށް ކަމަށެވެ. އަދި އޭނާ ޓެކްސީ ދުއްވުމުގެ ހުއްދަ ވެސް މިހާރު ބާތިލްކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
ޑްރައިވަރުގެ ލައިސަންސް ބާތިލްކޮށްފައި މި ވަނީ އޭނާގެ ނަމާއި ފޮޓޯ ސޯޝަލް މީޑިއާގައި އާންމުވެ ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު ގޮވާލަމުން ދަނިކޮށެވެ.
މިދިޔަ އަންގާރަ ދުވަހު ހިނގި މި އެކްސިޑެންޓުގައި އިތުރު އަންހެނަކަށް ވެސް ވަނީ އަނިޔާވެފަ އެވެ. ނަމަވެސް އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައެއްނުވެ އެވެ.
އެ އެކްސިޑެންޓްގައި އަނިޔާވެ، އައިސީޔޫގައި ފަރުވާ ހޯދަމުން އަންނަ 46 އަހަރުގެ އަންހެން މީހާއަކީ 18 މަހުގެ ކުއްޖެއްގެ މަންމަ އެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަލަށްލާ
18 February 2019
ކޮންމެ ސަރުކާރެއް އޮތަސް ޓެކްސީ ޑްރައިވަރުން މިއީ ހާދަހާ ބާރު ގަދަ ބައެކޭ.
އަލީ-
18 February 2019
2 އަހަރަކަށް ނޫން އުމުރަށް ލައިސަންސް ހިފަފައްޓަން ޖެހޭ.
އަލިފުތު ބެއްޔާ
18 February 2019
ބަލަ ޒިބްރާ ކްރޮހެއްގައި އެކްސިޑެންޓް ވެއްޖިޔާ ދެން ކޮން ސުވާލެއްތޯ؟ ކޮން ތަހުގީގެއްތޯ؟ ކޮން ބަހަނާއެއް؟ އޭގައި ނުބައިވާނީ ދުއްވަން އިން މީހާއެވެ. ނުވަތަ ޑްރައިވަރެވެ. މިއީ ސުވާލެއް އޮތް ކަމެއް ނޫން. ލައިސަންސް ނަގާ އެންމެ އާދައިގެ މީހާއަށްވެސް މިކަން އެނގޭނެ. ތަހުގީގު މިހިސާބުން ނިމުނީ އިނގޭތޯ!
ދަންޑެހެލުބޭ
18 February 2019
ޑްރައިވަރަކީ މާލޭ މީހެއްނޫން ވީމަ މިފަހަރު ގޯސް ވީ ޑްރައިވަރު؟ ހަބަރު ތަކުގައި ލިޔެފައިވާ ގޮތަކަށް ނޫން ކަންހިގައިފައި ވަނީވެސް، އަދި އެޑްރައިވަރަކީ ބާރަށް ދުއްވާ މީހެއްނޫން، އަހަރެން ހުޅުމާލޭގައި އުޅޭތާ 10 އަހަރަށް ވުރެ ގިނަދުވަސް ވީމީހެއްގެ ހައިސިއްޔަތުން، އެޑްރަވަރު ދެކެފަރިތަމީހެއް ވީމަ މިވާހަކަ ފާހަގަ ކޮއްލީ،
އިސްލާހު
18 February 2019
އިސްކަންދަރު ކުރިމަތިން ކަފިހި ހުރަސް މަތިން އަންހެނަކު ކުޑަ ދެކުދިން ގޮވައިގެން އިއްޔެ ހުރަސް ކުރަނިކޮށް ޖައްސާ އަނިޔާދިން ޑްރައިވަރު ކޮބާ؟ ކުށް ކުރީމާ އަދަބު ލިބެންވާނެ
މަރޭމިތުރު
18 February 2019
އެކްސިޑެންޓްތަކުގައި މީހުން މަރުވަނީ ގިނަފަހަރަށް ލިބެންޖެހޭ ފަރުވާ ނުލިބުމުން. ގެންދަންޖެހޭ ބަޔަކު ނެތުމުން. ކޮންމެގޮތެއް ވަރިހަމަކޮށްފަ އޮތުމުން. އެކްސިޑެންޓުން މަރުވަމީހުންގެ 70ޕަސެންޓްމީހުން ރާއްޖޭގައި މަރުވަނީ އަވަސްފަރުވާ ދެވެނެ ގޮތެއް ހަމަޖައްސައިފައި ނެތުމުނ. ތިންކިލޯމީޓަރު ތަނަކަށް ކޮންމެ އަވަށަކު އެންބިއުލާންސެއް ބޭނުންކުރިއަސް އެކްސިޑެންޓުތަކުން މީހުންނަށް ލިބޭ މަރުގެ އަނިޔާ ސަލާމަތެކުރެވިދާނެ.
މަރޭމިތުރު
18 February 2019
ފުލުހުންނަށް] މިއަދު ފުލުހުން ކުރާކަމަކީ ޓެކްސީޑުރައިވަރުންނަށް މަގުމަތީގެ އެސިޑެންޓްވީމާ ޕޮރޮގުރާމްދީ މާލޭގެ މަގުމަތިންވާ އެކްސިދެންޓްތަކުގަ މީހުން ގެންދިއުމަސް ވިސްނުން. އެކަމަކު އެއީ ދުނީގެ އެއްވެސް ގައުމަކު ޑުރައިވަރުންނަށް އޮންނަ ކަމެއްނޫން. ބައެއް ގައުމުތަކުގަ އެކްސިޑެންޓްވާމީހުން ގެންދިއުމަށް ވަކިބަޔަކު ބހާއްސަކޮށްފައިތިބޭނެ. ހަމަ މަގުންދާހާ އެންމެންށް ޕަބުލިކުން ކުރަންޖެހެ ކަމެއނޫން. ޑޮކްޓަރުން އެކަން ނުކުރުމަށް އިންޒާރުކޮށްފައިވޭ!
މަރޭމިތުރު
18 February 2019
މީގައި ކުއްވެރިއަކީ ޑުރައިވަރަސްބޮޑު މަގުމަތީގެ ކަންކަން ނުކޮށް ތިބި މީހުން. ރާއްޖޭގެ ގާނޫނުތަކަށް ބޮލާޖަހާ އަދާހަމަޔަށް މަގުތަކުގައި ހަރުކުރަންޖެހޭ ކެމެރާތަކާއި، ހިނގާމީހުންނަށާއި، ދުއްވާ މީހުންނަށް ބޭނުންވާ ޒަމާނި ވަސިލަތް ބޭނުންކުރުމަށް ދޯހަޅިވެގެންތިބި ބަޔަކު. މިކަންކަންތައް ދޫކޮށްލައިގެންތިބެ ކޮންމެ އެކުސިޑެންޓަކުން ކޮންމެ މީހަކު ކުއްވެރިކޮށް ދައުވާކުރުމީ ދުނިޔޭގެ ޓްރެފިކްރޫލްތަކާއި މުޅިން ހިލާފު އަމިއްލަ ސިފައެއްކަމުގައިނޫނީ ނުވާނެ.
މަރޭމިތުރު
18 February 2019
މާލޭގެ މަގުމަތީގެ ކަންކަން ނާމާންވެފައިވަނީ މަގުތަކަށް ބޭނުންވާ ސލާމަތީ ވަސީލަތްތައް ނެތުމުން. މިކަންކުރަންޖެހޭ ފަރާތުން މިކަން ދޯހަޅިކޮށްގެން އަދާހަމަޔަސް ތިބުމުން. ޓުރާންސުޕޯޓްގެ ދޯހަޅިސިޔާސަތުން. މަގުމަތުި ރައްޔިތުންނަށް ކަށަވަރުވަނީ އިލެކްޓޯނިކު ޒަމާނީ ވަސީލަތްތައް މަގުތަކުގަ ހަރުކުރުމުނ1. މިގޮތުން ހިނގާމީހުން ބޭނުންކުރަންޖެހޭ ލައިޓުތައް ދެތިނަތްނުގައި ހަރުކޮށްގެންތިބެ މީހުން ކުއްވެރިކުރުމަކީ ނާތަހުޒީބު އަމަލެއް!
މަރޭމިތުރު
18 February 2019
ޑުރައިވަރަށް އަޅުގަނދު އެދެނި މިހިދުން މިހިދައް މައްސަލަ ކޯޓައް ވެއްދުމަށް! އަދި މައްސަލަ އިސްތިއުނާފަށްދިއުމަށް. ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ވަރަސް ސަރީހަކޮށް އޮންނާނެ މަގުތަކުގައި ސައިންތައް ހަރުކުރުމަށާއި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހެކަންކަން ކުރުމަށް. މިއިން އެއްވެސް ކަމެއް ނުކޮށްތިބެ ޑުރައިވަރުން ޖަލަށްލާން މަސައްކަތްކުރުމަކީ އަހަރެން ބަލައިގަންނާނެ ކަމެއްނޫން. އިންސާފުން ކަންކަން ގެނަދަންވާނީ