އެކްސިޑެންޓުތަކުގައި އަނިޔާ ލިބޭ މީހުން ސިފަވާ ގޮތަށް މީހަކު އޮށޯވެގެން ހުރިއިރު، ކައިރީގައި ކުޑަ ކުއްޖަކު މަޑުކޮށްލައިގެން. --- ފޮޓޯ: މިހާރު
22 ފެބުރުއަރީ 2019 - 19:40
ސިނަމާލެ ބްރިޖާއި އެއާ ގުޅޭ މަގުތަކުގައި އެކްސިޑެންޓުތައް ހިނގުން އިތުރުވާތީ ދުވެލި މަޑު ކުރުމަށް އެދި އާންމުން ހޭލުންތެރިކުރުވުމުގެ ހަރަކާތެއް މިއަދު ހިންގައިފި އެވެ.
މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި މި ހަރަކާތް މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔަ އެވެ. ބައެއް ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ ނަރުހުންނާއި މުވައްޒަފުން މި ހަރަކާތުގައި ބައިވެރިވެ، އާންމުން ހޭލުންތެރި ކުރުވާފައިވެ އެވެ.
އެކްސިޑެންޓުތައް އިތުރުވެފައިވާތީ އާންމުން ހޭލުންތެރިކުރުވުމަށް ހުޅުމާލޭގައި ބޭއްވި ހަރަކާތް. --- ފޮޓޯ: މިހާރު
"އަނިޔާއެއް ލިބިގެން އަންނަ މީހާ ފުރަތަމަ ވެސް މި އަންނަނީ ހޮސްޕިޓަލަށް. އަޅުގަނޑުމެންނަށް ފެނޭ އަނިޔާ ލިބޭ މީހާގެ އާއިލާއިންނާއި ރައްޓެހިން އަޅާ ވޭނާއި ކެކުޅުން. އެހެންވެ ބޭނުމަކީ އެކްސިޑެންޓުތައް މަދު، އަމާން ރައްކާތެރި ތަނަކަށް މަގުތައް ހެދުން،" މެޑިކަލް އެސޯސިއޭޝަންގެ ފަރާތުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވި އެވެ.
މި ހަރަކާތުގައި ބައިވެރިވި މީހުން ތިބީ "މަޑުދުވެލި ހިޔާރު ކުރައްވާ"، "މަގުމައްޗަކީ އަމާން ތަނަކަށް ހަދަމާ"، "ރައްކާތެރިވާށެވެ، ރައްކާތެރިކޮށްދޭށެވެ"، "މަގު ހުރަސް ކުރަން ކަފިހި ހުރަސް ހިޔާރު ކުރައްވާ"، "ބިރަކާ ނުލައި މަގު ހުރަސް ކުރެވެން ޖެހޭނެ" ފަދަ ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ.
އެކްސިޑެންޓުތައް އިތުރުވެފައިވާތީ އާންމުން ހޭލުންތެރިކުރުވުމަށް ހުޅުމާލޭގައި ބޭއްވި ހަރަކާތް. --- ފޮޓޯ: މިހާރު
މީގެ އިތުރުން، އެކްސިޑެންޓުތަކުގެ މަންޒަރުތައް ސިފަވާ ގޮތަށް ވެސް ބައެއް މީހުން ތިއްބެވެ. އަދި ބައެއް މީހުންނަށް އަނިޔާވެގެން ފަރުވާދޭ މަންޒަރު ވެސް ވަނީ ސިފަކޮށްދީފަ އެވެ.
ފަހަކަށް އައިސް، ސިނަމާލެ ބްރިޖާއި އެއާ ގުޅޭ ހައިވޭގައި އެކްސިޑެންޓު ހިނގުން ގިނަވެ، ބައެއް މީހުންނަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފަ އެވެ. ބްރިޖާއި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިންގުން އާންމުވެފައިވާތީ، ސައިކަލް ދުއްވާއިރު އަންނަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހެލްމެޓް އަޅަން ސަރުކާރުން ވަނީ މަޖުބޫރުކޮށްފަ އެވެ.
ބްރިޖުގައި ދަތުރު ކުރާ މީހުންގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށާއި އެކްސިޑެންޓުތައް މަދު ކުރުމުގެ ބޭނުމުގައި ފުލުހުން ވަނީ ހާއްސަ ޓްރެފިކް އޮޕަރޭޝަންތަކެއް ވެސް ފަށައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިވާގޮތޭއްނޭގުނޭ
24 February 2019
މިކަން ހުއްޓެނީ ސައިކަލުގެ މަޑިދަށް ޗެކްކުރުމުންނާއި ލައިސަންސް އޮތް ތޯ ބެލުމުން! އެއަށްފަހު ދުއްވާނެ ހަމަޔަކުން ދުއްވަންވީ. އެކަންކަން ފުރިހަމަކޮށްފައި ހުރިއްޔާ އެނިމުނީ.
އަސްތާ
23 February 2019
ރޭ މަދުށިން ލަދުން ބޯހަލާކު، ފުލުހުންގެ ޗެކްޕޮއިންޓްއެއްގައި މަ ހުރީ ބަލާލަން، އަންނަ މީހުންފުލުހުން ޗެކުކުރަމުންދަނީ، އަދައިގެވަރަކަށޤ މަޑުމަޑުން ދުއްވާފަ އަންނަމީހުން ގިނައިން މަޑުކުރަނީ، އިރުކޮޅަކުން ރާން ރާން ލާފަ އެދިޔައީ 2 ސައިކަލު، ޔަގީން 70، 80 ގަކަން އެދިޔައީ ފުލުހުންގެ ޗެކްޕޮއިންޓް ތެރެއިންލާފަ، ނުކުރެވޭމަޑެއްވެސް، ނުވޭ އެއްކަމެއްވެސް، އެނިމުނީ އެކަންތައް ކޮންމެވެސް މީހެއްގެ ޒިންދަގީ ދާނެ، ހައްލެއްނުހޯދޭ މިކަމަކުން، ފުލުހުން ހަރުދަނާވޭ
އަލީގ
23 February 2019
ހަމައެކަނި ބާރައްދުއްވުމެއްވެސްނޫން ކިރިޔާ ދެސައިކަލައް ދުއްވޭވަރުގެ ބްރިޖް ލޭނުގަ އެބަދޭ ދެސައިކަލު ޖެހިޖެހިގެން މަޑު ސްޕީޑެއްގަ އޮލަ ވާހަކައިގަ ފަހަތުން އަންނަމީހާ އައް ދެން ހަދާނެ ގޮތެއް ނޯވޭ ކުއްލިއަކައް މަޑުކޮއްލުންވެސް ވާނީ ނުރައްކާކަމަކައް ޖެހިގެން އޮންނަ ލޭނައްއެރުންވެސް ރައްކާތެރިއެއްނޫން. ދެން އަނެއްކާ ބައެއްފަހަރައް މިހާރު އެބަފެނޭ ފޯނުން މެސެޖުކުރަމުން ދުއްވާމީހުންވެސް.
ނަސީދު
23 February 2019
ސްޕީޑް ލިމިޓަށްވުރެ މައްޗަށް ސްޕީޑް ނުނެގޭގޮތަށް ވެހިކަލްތައް މޮޑިފައިކޮށްފައި ވިއްކަން ހުއްދަދޭންވީނު. މިގައުމުގެ މީހުން އިސްލާހުނުވާތާ ވެހިކަލްއިސްލާހުކޮށްފައި ނެރުނަސް ދަރުމަވީސް. އަޑުއަހަން އެއްޒަމާނެއްގައި ގެނައިލޯންޗެއްވެސް ސިފައިންގެ ލޯންޗަށްވުރެ ބާރަށް ނުދުއްވޭގޮތަށް ދަތްގަނޑަށް ތިމަރަ އެޅިވާހަކަ.
ސަޢީދު
23 February 2019
ޕޮލިހުން ފާރަވެރިކޮށް ބާރަށް ދުއްވާ މީހުން ހުއްޓުވައި އެފަދަ މީހުން ޖޫރިމަނާ ކުރަންފަށަންވީ! ޙައްލުވާނެކަން ކަށަވަރު!
ޢަހްމަ
23 February 2019
ހައިވޭތަކުގަ ޕޮލިހުން ގިނަކުރަންވީ، ބާރަށް ދުއްވާމީހުންގެ ފަހަތުންގޮސް ހުއްތުވާ ވަގުތުން ފިޔަވަޅު އަޅަންވީ، ދުއްވާއތި ޓޯކުރަންވީ، ހިންގާފަ ދާތަނަކަށް ދާން ދޫކޮށްލާނީ، އެގޮަތަށް ހަދައިގެން ނޫނީ މިކަމެއް ނުހުއްޓުވޭނެ. ކާރު ދުއްވާގޭމުންވެސް ފެންނާނެ ޕޮލިހުން ފަހަތުން ދުއްވަންފެށީމަ ހަދާގޮތްގޮތް. އެހެންއުޅެން ފެށުމުން އެންމެފަހުން ބްރިޖުން ފުންމާލާތަންވެސް ފެންނާނެ. އަޅާލާނެކަމެއްނެތް. އެހެންވިއަސް މަރު މިހެންވިއަސް މަރު. ނުކުންނަންވީ،
މަރޭމިތުރު
23 February 2019
ހޭލުންތެރި މީހުން ކުރުވަންވީއޭ! ހީލުން މިކަމުން ގެނުވަންވީއޭ!......................... ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ދޭތެރެ ދޭތެރއެިން ބޭއްވުމަކީ ވަރަށް މުހިންމުކަމެއް! އަދި މަގުތަކުގައި މިކަންކަމަށް އިޝާރާތްކޮށް އެކިތަންތަނުގައި ލިއުން ބެހެއްޓުން އެއީވެސް ރަނގަޅުކަމެއް! އިންސާނުން އަބަދުވެސް ހިޔާލުކުރާނީ ފެންނަންހުރި ކަންތައްތަކުގެ މައްޗައް. ފެންނަން ހުރިއްޔާ އެއީ މޮޅު ފަރުވާއެއް!
އައިސާ
23 February 2019
މޮޅުހިޔާލެއް މަރޭވަރެއްނެތް.
އައްޑޫ މޕ ސީދިއިބްރާ
23 February 2019
ތަނެއްގައި މީހަކަށް ފެންނަ ގޮތަށް އެއްޗެއްލިޔެ ބަހައްޓާނަމަ ކަލޭ ރަނގަޅުވީސް. ކަލޭގެ ވަޒީފާޔަކީ ކޮމެންޓްކުރުން . އެހެން ކަމެް ކުރާ މީހެއްނޫން. ނޫހެއްގައި އެއްޗެއްލިޔެފިެއްޔާ ކަލެއަށް ހީވާކަހަލަ ކަލޭގެ 4 ފަސް ކޮމެންޓް އެއަށް ނުލަންޏާ އެލިޔުން ފުރިހަމަ ނުވެޔޭ.
މަރޭމިތުރު
23 February 2019
މަގޭ ކޮމެންޓައް ރުޅިއަންނަ މީހުން މަގޭ ކޮމެންޓް ނުކިޔާ ޑިސްލައިކު ދިނަސް އަހަރެން އުފާވޭ!
ނަން
22 February 2019
ބާރަށް ދުއްވުމަކީ މަނާކަމެއް. އެކަމުން އަނިޔާވޭ ދުއްވާމީހާ ނޫން އެހެންމީހުންނަށްވެސް. މަނާކަމެއް ކީއްވެތަ ނުހުއްޓުވެންވީ؟ ނޫނީ ފާޑަކަށް ބުނަނީތަ ބާރަށް ދުއްވިޔަސް އޯކޭއޭ، އެކަމަކު ބަލައިގެން މީހަކަށް އަނީޔާ ނުވެ ވޭތޯ ބަލާށޭ!
ކަލޯބެއްޔާ
22 February 2019
މިއީމަޖާކަމެއް. ކުރާނެކަމެއްނެތިގެން އުޅޭބައެއް. މަގުމަތީ ހޮޅުއަށިހަދައިގެން އިސްގީޅެން ފަރިހި ކިޔަންވެސް ފަށާ. ކަންކަން ހައްލު ކުރެވޭނީ ގަވާއިދާގާނޫނު ތަންފީޒު ކުރެވިގެން. އެތަންފީޒު ކުރެވޭނީ އެކަމުގައި ހިލާފުވާފަރާތްތަށް ހޯދައި އެކަމަށް ކަޑައެޅޭ ހަޜުކަށީ އަދަބުދެވިގެން. ހޭލުންތރިނުގެންތޯ ބޮޑެތި ފާފަތަކަށް އަރައިގަންނަނީ، ގައުމަށް ބޮޑެތި ވެރިން ގައުމުގެ ބައިތުލްމާލުން ވައްކަންކުރަނީ.
ސީދި އިބްރާ
22 February 2019
ކޮހުން... ހައްތާވެސް ކޮހުން. ބާރަށް ދުއްވާފައިދާ މީހުން ހަމަލޮލަށް ފެންނައިރު ފިޔަވަޅު އަޅާނެ ބަޔަކު ނެތިގެން ރައްޔިތުން ބޯޑްހިފައިގެން ބާރަށް ދުއްވާ މީހުންނަށް އާދޭސްކުރަން ނިކުތުމަކީ ރަނގަޅުކަމެއްނޫން. ކޮބާ ޕޮލިހުން ؟
ތުނިޔަ
22 February 2019
ރަނގަޅު ވާހަކައެއް! ބާރަށް ދުއްވާމީހާ ދާނީ ބޯޑުގަ ހުންނަ ލިޔުންތަށް ކިޔަމުނެއްނޫން!