ގަވައިދާ ޚިލާފަށް ޕާކްކޮށްފައިވާ ސަިކަލްތަކެއްގައި ޓްރެފިކް ފުލުހުން ސްޓިކާ ޖެހުމުގައި: ގަވައިދާ ޚިލާފަށް ޕާކްކުރާ ވެހިކަލްތަކުގައި މިއަދުން ފެށިގެން އަލުން ސްޓިކާ ޖަހާނެ.---ފޮޓޯ: މިހާރު
25 ފެބުރުއަރީ 2019 - 11:41
ގަވައިދާ ޚިލާފަށް ޕާކްކުރާ ވެހިކަލްތަކުގައި ވަޔަލޭޝަން ސްޓިކާ ޖަހަން މިއަދު އަލުން ފަށައިފި އެވެ.
ޕާކްކުރާނެ ތަނެއް ހޯދައި ނުދީ، ގަވައިދާ ޚިލާފަށް ޕާކްކުރާ ވެހިކަލްތަކުގައި ސްޓިކާ ނުޖަހާ ގޮތަށް މި ސަރުކާރުން ކުރިން ނިންމާފައިވީ ނަމަވެސް ފުލުހުން މިއަދު ބުނީ މާލޭގެ ބައެއް ސަރަހައްދުތަކުގައި ގަވައިދާ ޚިލާފަށް ޕާކްކުރާ ވެހިކަލްތަކުގައި މިއަދުން ފެށިގެން ސްޓިކާ ޖަހަން ފަށާފައިވާ ކަމަށެވެ.
އެއީ:
- މިސްކިތްތައް ކައިރި
- ކަފިހި ހުރަސްތަކާއި ދުވާރުތައް ކައިރި
- ގޯޅިތަކުގެ ކަންމަތި
- ސްކޫލްތައް ކައިރި
- ހޮސްޕިޓަލްތައް ކައިރި
- ބޭންކްތައް ކައިރި
- ބޮޑުތަކުރުފާނު މަގުގެ ތާރު އަޅާފައިވާ ސަރަހައްދު
- ފުލުހުންގެ ކޯން/ބެރިކޭޑް ބަހައްޓާފައި ހުންނަ ސަރަހައްދު
- ޑަބަލް ލައިން ދަމާފައި ހުންނަ ސަރަހައްދު
މިިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި، އޭރުގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޕާކިން މައްސަލައަށް ހައްލު ނުހޯދައި ސްޓިކާ ނުޖަހާނެ ކަމަށް ވިދާޅުވެފަ އެވެ.
އަދި އެ ވިދާޅުވުމަށް އަމަލުކުރުމަށްޓަކައި، ގަވައިދާ ޚިލާފަށް ޕާކްކުރާ ވެހިކަލްތަކުގައި ވަޔަލޭޝަން ސްޓިކާ ޖެހުން މި ސަރުކާރުން ހުއްޓާލުމާ ގުޅިގެން، މާލޭގެ އެކި ސަރަހައްދުތަކުގައި ހަމައެއްލަމައެއް ނެތި ޕާކްކުރުން އާންމުވެ، އެތައް ބަޔަކަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިވެފަ އެވެ. ސްޓިކާ ޖެހުމުގެ ބަދަލުގައި މި ސަރުކާރުން ފެށި ކަމަކީ، މީހުންނަށް ދަތިވާ ގޮތަށް ޕާކްކޮށްފައި ހުންނަ ވެހިކަލްތައް ޓޯ ކުރުމެވެ. އެކަމަކު، އެކަމުން މާ ބޮޑު ހައްލެއް އައި ތަނެއް ނުފެނުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގިނިހިލަ
26 February 2019
ގަވައިދެއް ހެދިފަ އޮއްވަނޫންތޯ ސްޓިކާނުޖަހަން ނިންމީ؟ ސަރުކާރު ވީމަ ގަވައިދެއް އޮތަސް ނެތަސް އެއަށް އަމަލު ކުރަނީ ބޭނުން ވީމަ. ރައްޔިތުން ހަނާވަނީ.
ޅަމިބާކިން876
25 February 2019
ސާލިހުވަނީ މުޅިނަވެސް މިކަހަލަ ކޮސަ ވައުދު ސިޔާސީވައުދު ވީމަ ވާނީ ތިވަރު. އެނގެންވާނެ ތިވައުދުވި އިރު ދިވެހީންގެ ހާލަތު.ޕުލޭނެއްނެތި ވައުދުވީމަ އުބައްޖެހުން މިފަހަރު ތިލައްވާލީ
ގާބުރު ސޭޓު
25 February 2019
ވަރަށް ގިނަފަހަރަށް ސައިކަލް ބަހައްޓާފައި ހުއްޓާ ބިދޭސީ މަސައްކަތު މީހުން ބޭނުން ކޮށްގެން އަމިއްލަ ކާރު އަދި ލޮރީ ގެންގުޅޭ މީހުން ސައިކަލްތަށް އެހެންތަނަކަށް ގެންގޮސް ބަހައްޓާ! މިއީ ވަރަށް އާންމު ކަމެއް. މިކަމަށް ފުލުހުން ހައްލެއް ހޯދައިދީފަ ސްޓިކާ ޖަހާބަލަ!
ރަށުމީހާ
25 February 2019
ނުޖަހަން ބުނީމާދެން އަހަރެމެންގެ ހަމަޔެއްލަމަޔެއްނެތި ޕާކު ކުރަންޏާ ސްޓިކާވެސް ޖަހާނެދޯ. ކީކުރާނި.
1828
25 February 2019
ރަނގަޅު ނިންމުމެއް
މިސްރާބު
25 February 2019
"... އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޕާކިން މައްސަލައަށް ހައްލު ނުހޯދައި ސްޓިކާ ނުޖަހާނެ ކަމަށް ވިދާޅުވެފަ" އެހެންވީމާ މިހާރު ޖަހަން ފަށައިފިނަމަ މިހާރު ހައްލު އޮންނާނީ ހޯދައި ދެއްވާފަ. ބައްލަވާ މިހިރަ ކަންތައްތަކަކީ މިބޭފުޅުން ވަރަށް ވިސްނަވައި މިކަންކަމުގެ ހައްލު އާއިގެން ވަޑައިގަތް ބޭބޭކަލުންނޭ އިނގޭތޯ. ދެން ކުރިމަގުގައި މަޖިލިސްއިން ވެސް ފެންނާނީ މިފަދަ ދުރުވިސްނުމާއި، ރޭވުންތެރިކަމާއި ތަނަވަސް ހިކުމަތާއި، ނުގުޑާ އަޒުމް އިނގޭތޯ! އަތްޖަހާ!!
ތަންްޑުސޮރު
25 February 2019
ތީގެ ހައްލަކީ ކްލޭމްޕް އެޅުވުން.
ކޮރަލް
25 February 2019
ޕްރައިވެޓް ކާރުގަ ސްޓިކާ ޖަހަނީ މަދު ފަހަރަކުއެވެ. އެވެސް ފޮޓޯ ނަގާ ހެޑްކްއާރޓަރުން ހުއްދަ ލިބިގެންނެވެ.
ތިމާވެށި
25 February 2019
ސްޓިކާނުޖަހާނެ ބާކީ ތަނަކައް ހުރީ ގެއެވެ .ގޭގަ ޖާގައެއް ނެތެވެ.
ޡުހަ
25 February 2019
ނޫނޭ، ބާކީ އޮތީ މޫދު
ޙިމާރުލް ވަތަން
25 February 2019
ރައީސަށް ދަންނވާލަން ބޭނުންވަނީ ޝުކުރިއްޔާއޭ. މިހާރު ދެން ސައިކަލުތަކާހެދި އުޅެވޭވަރެއްނުވޭ. ޙަމައެއް ލަމައެއް ނެތް. ދެންވެސް ނުވާވަރުގެ ކަންކަން ކުރައްވަން ވިދާޅުނުވާތި.