ބޯކޮށް ވާރޭ ވެހި، ލ. ގަމުގެ ގެއަކަށް ފެންވަދެފައި -- ފޮޓޯ: ގަން ކައުންސިލް
26 ފެބުރުއަރީ 2019 - 19:46
މިއަދު މެންދުރު ގދ. ތިނަދުުުުު އަށް ބޯކޮށް ވާރޭ ވެހި އެ ރަށުގެ 50 އަށް ވުރެ ގިނަ ގެއަށް ފެން ވަދެއްޖެ އެވެ.
ދެކުނުގެ އަތޮޅުތަކަށް ކުރަމުން އަންނަ ބޯ ވިއްސާރައިގެ ސަބަބުން މެޓް އޮފީހުން ވަނީ މ. އަތޮޅާއި ގދ. އަތޮޅާ ހަމައަށް ރޭގަނޑު 8:00 ނިޔަލަށް ޔެލޯ އެލާޓް ނެރެފަ އެވެ. އެވަގުތު އެހިސާބުގަނޑަށް ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް އެތަނުން ބުންޏެވެ.
Yellow Alert advisory has been extended for the area from Meemu to Gaafu Dhaalu atoll. pic.twitter.com/pCe15Icqfj
— Maldives Meteorology (@MetMaldives) February 26, 2019
މޫސުމާ ބެހޭ އިދާރާއިން ކުރި ޓްވީޓެއް
ތިނަދޫގެ އިތުރުން ލ. ގަން އަދި އިސްދުު އާއި ކަލައިދޫގެ ބައެއް ގެތަކަށް ވެސް ފެންވަދެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ގޭގެއަށް ފެން ނުވަންނަ ގޮތް ހެދުމަށް، ދޮރުމަތީ ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ފުލުހުންނާއި ފަޔާ އެންޑް ރެސްކިއު ސާވިސަސް (އެފްއާރްއެސް) ގުޅިގެން ކުރަމުން ދެއެވެ.
ތިނަދޫގެ ކައުންސިލް މެމްބަރު އަލީ އަމްޖަދު ވިދާޅުވީ 50 ގެއަކަށް ފެން ވަދެފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައި ވި ނަމަވެސް، އެއަށް ވުރެ ގިނަ ގޭތަކަށް ފެންވަދެފައި ވާނެ ކަމަށެވެ. އަދި އެ ރަށުގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރިއަށް ގެންދަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މުދަލަށް ބައެއް ގެއްލުން ލިބުނު ނަމަވެސް އެ ރަށު އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.
ފެންހިންދުމުގެ މަސައްކަތް ކުރަން އެމްއެންޑީއެފް އިން ތައްޔާރުވަނީ -- ފޮޓޯ؛ ގަން ކައުންސިލް
ފެންބޮޑުވުމުގެ ސަބަބުން ލ. ގަމުގެ ބައެއް ގެތަކުގައި ހުރި ކަރަންޓު ސާމާނަށް ގެއްލުންވެފައިވާ ކަމަށް އެ ރަށު ކައުންސިލް މެމްބަރު އިބްރާހިމް އައުރާފު ވިދާޅުވި އެވެ. އެކަމަކު އެ ރަށު އެއްވެސް މީހަކަށް ވެސް ގެއްލުން ނުވާ ކަމަށާއި، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން [ކައުންސިލުން] އަންގާފައި ވާނީ ރަށު ރައްޔިތުންނަށް ހާދިސާއެއް ދިމާވެއްޖެ ނަމަ އަޅުގަނޑުމެންނަށް ރިޕޯޓުކުރަން،" އައުރާާާފް ވިދާޅުވި އެވެ.
މ. އަތޮޅާއި ލ. އަތޮޅުގެ ދެމެދަށް ވެސް މެޓް އޮފީހުން ވަނީ މިއަދު މެންދުރު ޔެލޯ އެލާޓް ނެރެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މެތުސް
27 February 2019
އަމާ ބުނީތީ ފަރަށް ދާ ހެން ބިންހިއްކާފަ މަގު ހެދީމަ ވާނެ ހައެތި މި ވަނީ!
ތަކުރާރާ
27 February 2019
ހަމަޖެހިލައިގެން އުފާވެރި ދިރިއުޅުމެއް ލިބޭނީ ކޮންދުވަހަކުން ބާ؟
ނެވަރ
27 February 2019
ނެވަރ
ޜާރާ
26 February 2019
ސާބަހޭ އެމް.އެން.ޑީ.އެފް ތީމި ގައުމުގެ އުންމީދު ދިރުން