އޮފީހުގެ ތިޖޫރި ހަލާކުކޮށްލުމަށް މަސައްކަތްކޮށްފައި: ކޮލަމާފުށީ ގެއަކުން ވައްކަން ކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައި. -- ފޮޓޯ: ފުލުހުން
27 ފެބުރުއަރީ 2019 - 20:07
ގއ. ކޮލަމާފުށީ ގެއެއްގެ ތިޖޫރި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ، އެ މައްސަލައިގައި ހައްޔަރުކުރީ އުމުރުން 28 އަހަރާއި 32 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ. އެ ދެ މީހުން ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ ތިޖޫރި ހަލާކުކޮށްލުމަށް ފަހު، ވަލުތެރެއަށް އެއްލާލާފައި އޮއްވައި ފުލުހުން ވަނީ ހޯދައިފަ އެވެ.
ފުލުހުން ބުނިގޮތުގައި ތިޖޫރިގައި ހުރި ފައިސާ ހޯދަމުން ދަނިކޮށް، އެ ރަށުގެ ސަރަހައްދެއްގައި ވަޅުލާފައި ހުރި 11،000 ރުފިޔާ ވަނީ ފެނިފަ އެވެ. އަދި މައްސަލައިގައި ހައްޔަރުކުރި އެކެއްގެ އަތުން ވެސް 1،000 ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ތިޖޫރި ވަގަށް ނެގީ ކިހާ އަދަދެއްގެ ފައިސާއާ އެކު ކަމެއް ފުލުހުން ނުބުނެ އެވެ. އެ މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދީމާހު
28 February 2019
ވައްކަން ކުރާ ތިޔަ ކަހަލަ މުޖުރިމުންގެ އަތްކަނޑާ ބަލަ. އެންމެ މީހެއްގެ އަތްބުރި ކުރާއިރަށް ތިޔަ ކަން ހުއްޓުނީ
މިގޭ
28 February 2019
އައީވެސް ވަގަށް ވޯޓް އޮޅުވާލައިގެން . ކުރިން ތިޖޫރީ ފެޅިވާހަކަ ދައްކަނީ މިސަރުކާރުގައި މިވީދުވަސްކޮޅުގައި ތިޖޫރީ ފެޅި މިންވަރު ނިސްބަތުން ބާބޮޑަށްވެސް އިތުރު.
ޕާޓޭ ގެ ޑެޑީ
28 February 2019
ވައްކަންކުރާ މީހުންގެ އަތް ބުރިކުރަން ގޮވާލަން އެނޫން ގޮތަކައް މިކަމެއް ރަންގަޅެއް ނުވާނެ
މަހާރެހެންދި
28 February 2019
ތިޖޫރި ތަކަށް ކަރަންޓު ދީފަ ބަހައްޓަންވީ. މި ނޫން ގޮތަކަށް މިކަން ނުހުއްޓުވޭނެ.
މަރޭމިތުރު
28 February 2019
ކަމެއް ހުއްޓުވޭނީ ކިހިނެތް؛ ކަމެއް ހުއްޓުވަން ކުރާމަސައްކަތާއިވެސް ދެކޮޅުއެވަނީ! ވަގުންނަށް މިރާއްޖޭގެ ޝަރުއީ މަރުހަލާއިން ހާސްދުވެއްނޫން ދީފައި އޮތީ ލައްކަދުވަސް. އެހެން ގައުމުތަކުގަ ވަގުން އަތުލަން ކުރާ ކަންތައްތަކަށް ހިއްވަރުދޭނީ އެފަދަ ކަންކަމުން އެހެން މީހުން ކުއްވެރިނުކުރާނެ! މިތަނުގެ ކަންތައް ރަނގަޅުކުރެވޭނީ ހުދުމުހުތާރު ވެރިއަކަށް، އެފަދަ ހިތްވަރެއްހުރެގެން.
ހާހުންގާނު
28 February 2019
ހުދުމުހުތާރުގެ ވެރިކަން ކަމަކުނުދޭ
ޔާމީނު
27 February 2019
މިކަހަލަ ބަޔަކާހެދި ޒިންބާވޭގެ ކުރީގެ ރައީސު މުގާބޭ ގޭގަ ފޮރުވައިގެން އުޅުނު އެއްމިލިއަން ޑޮލަރު ކޮޅު ގެއްލުނީ. މީ ހާދަ ވަގުބަޔެކޭ!
ރަންދެލި
27 February 2019
މިކަން ނިމުމަކަށް އަންނާނީ ވަގުންގެ އަތް ކަނޑައިގެން....