ގއ. ވިލިނގިލި: ގއ. އަތޮޅު ހޮސްޕިޓަލުން ބުނި އެ ޓޫރިސްޓު ގެނައި އިރު ވެސް ވަނީ މަރުވެފައި ކަމަށް -- ފޮޓޯ:
28 ފެބުރުއަރީ 2019 - 16:33
ގއ. ކުރެންދޫ ކަނޑުއޮޅިއަށް ޑައިވިނަށް ދިޔަ ޗައިނާ ޓޫރިސްޓަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާގައި މަރުވީ ސަފާރީއަކަށް އައިސް އުޅުނު 50 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލުގެ ޑައިރެކްޓަރު ޝަމީއު މުހައްމަދު ވިދާޅުވީ އެތަނަށް އެ ޓޫރިސްޓު ގެނައި އިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ނުލިބެ އެވެ. ފުލުހުން އަންނަނީ މި މައްސަލަ ތަހްގީގު ކުރަމުން ނެވެ.
މޫދުގައި ހިނގާ އެކި ހާދިސާތަކުގައި މި ފަހަކަށް އައިސް ގިނަ އަދަދެއްގެ ޓޫރިސްޓުން ވަނީ މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑައިވަރ
01 March 2019
ސީ.އައި.ސީ. މޯލްޑިވްސް. ވަރަށް ކަޑަ ސަފާރީ އެއް. 3 ވަނަ މަރު . ޓޫރިޒަމް މިނިސްޓްރީ .މޯލްޑިވްސް ޕޮލިސް. ޓްރާންސްޕޯޓް މިނިސްޓްރީ. މި ސަފާރީ ގެ ސަލާމަތީ ކަންތައްތައް ބަލާ ފިޔަވަޅު އަޅަންޖެހޭ. ޑިންގީ ގަ ޑައިވް ކުރަނީ.
މާވަސް
01 March 2019
ކޮންމެ މީހަކު ގެނބިގެން މަރުވުމަކީ އަޖައިބުވާންޖެހޭކަމެއް. ނުބައެއް އެބައުޅޭ.
ތިމަންނަ
01 March 2019
ސުރުޚީ ބަލާލުުމުން ހީވަނީ މި މީހަކީ މީގެ ކުރީގަވެސް މަރުވެފާވާ މީހެއް ހެން..
ކިރިޔާ
02 March 2019
ތިހެން ހަމަ ނުބުނެވުނީ. ކިތައްވަނަ ފަހަރުތޯ އެމީހާ މަރުވީ..
އިދުރީސް1
01 March 2019
ރާއްޖޭގައި ޓުއަރިސްޓުން ގެންގުޅެންފެށިފަހުން އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގަ ނޫނީ އަދި ރާއްޖޭގައި ޓުއަރިސްޓަކު މަރެއްނުވޭ އުތަ؟ މަރަކީ ވަކި ވަގުތެއް ވަކި ތަނެއްގައި ވާން އޮންނަ ކަމެއްނޫން. ރާއްޖޭން ބޭރުގައި ޚަބަރު ކިޔަން ތިއްބާ ކިތައް މީހުން މަރުވޭ. ފުޓްބޯޅަ ދަނޑުމަތީ ކިތައް މީހުން މަރުވޭ. ޢަހަރެން ހީކުރީ ''މިހާރު'' ގައި ތިބެނީ ބާލިޣް ވެފައި ތިބޭ މީހުންކަމަށް.
މޮހޮރީ
01 March 2019
މިމީހާ ކިތައްވަނަ ފަހަރައްބާ މި މަރުވީ.
ވިލްސް
28 February 2019
މީ ކޮންމެއަކަސް އާދައިގެ ކަމެއް ނޫން. މިހާރަކަށް އައިސް އާދަޔާ ޙިލާފަށް ޓޫރިސްރުން މަރުވަމުން އެބަދޭ. މިއީ ވަރަށް ބޮޑަށް ވިސްނަން ވެއްޖެ ކަމެއް.
މާވަސް
01 March 2019
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގަ ކަނޑުފޭރޭމީހުން ތިބޭ އެމީހުން ޓޫރިސްޓުން ނަށާ ގެއްލޭމީހުންނަށް ހަދާއެއްޗެއް އެހަދަނީ. ރާއްޖޭކަނޑެއް ސިފައިންނަށް ނުބެލެހެއްޓޭ. ކޮންމެ މީހަކު ގެނބިގެން މަރުވަނީއޯ އެކަމަކު މަދުމީހެއް ނޫނިއްޔާ ނުފެނޭ. ވަރަށް ގޯސްތަކެއް ކަނޑުގައި އެބަހުރި!!
މަރޭމިތުރު
28 February 2019
މަރާމަރުގެ ތަހުގީގު ކުރެވެންނެތޭ! މަރުގެ ހާދިސާ އެހިނގާ ވަރިހަމަގޮތޭ!....... ކާކު ބަލާނީ ކޮންތަނަކަށް މައްސަލަ ޖައްސާނީ؟ ކާކު ކުއްވެރިކުރާނީ؟
މައުތުކީމަންޒިލް
28 February 2019
މީ ބަޔަކު ރާވައިގެން އެތަންމިތާ އުޅޭ އެއްބަޔަކު ކުރާ ކަމެއް ނޫންބާ! އެކަކު މަރުވި ހަނދާން ނުނެތެނީސް އަނެއްމީހަކު މަރުވި ވާހަކަ ! މިއޮތް އޮތްހާ އަހަރު ތަކުގައިވެސް ތިވަރަކަށް ޓޫރިސްޓުން މަރެއް ނުވޭ ! އަލަކަށް ނޫން ދިމަދިމާލަށް އެރެނީކީ ދޯ !
ކަޑަބައި
28 February 2019
ވަރަށް ދެރަ