ޕޮލިސް ޓޭޕް: ތިން ބިދޭސީއެއްގެ އަތުން 6606ރ ބަޔަކު ފޭރިގަތްކަމަށް ފުލުހުން ބުނި -- ފޮޓޯ: މިހާރު ފައިލް ފޮޓޯ
03 މާޗް 2019 - 10:52
މާލޭގައި ބިދޭސީން އުޅޭ ގެޔަކަށް ވަޅި ހިފައިގެން ބަޔަކު ވަދެ ތިން ބިދޭސީއެއްގެ އަތުން ފައިސާތަކަކާއި ތިން ފޯނެއް، ރޭ ދަންވަރު ފޭރިގެންފި އެވެ.
ފުލުހުން ބުނީ ވަޅި ހިފައިގެން ހަތަރު މީހަކު ވަދެ ބިދޭސީންގެ އަތުން 6،606ރ. ފޭރިގަތް ކަމަށެވެ.
ފޭރުނީ ގަލޮޅުގައި ހުންނަ ގެޔަކަށް ވަދެ، ރޭ މެންދަމުން އަލިވެ 3:30 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
މައްސަލަ ތަހުގީގުކުރަމުން އަންނައިރު އަދި މިހާތަނަށް މި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރެ އެވެ.
މި ފަހަކަށް އައިސް ވަނީ މަގުމަތިން ފޭރުމުގެ މައްސަލަތައް އިތުރުވެފަ އެވެ. އެގޮތުން މާލެ އާއި ހުޅުމާލެއިން ވެސް ގިނަ އަދަދެއްގެ ފައިސާ ވަނީ ފޭރިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަންނޭނގޭ
04 March 2019
މި ތިންމަސް ތެރޭގައި ކުށް ތައް އެއްދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުން އަދި އެހާ ގިނައިން ހިތާމަވެރި ހާދިސާތައް ހިނގާ ދުވަސްވަރެއްމީ ހުރިހާ ދިވެހިން މިކަމާ ފުންކޮށް ވިސްނަންޖެހޭ.
ހުއްޓޭ ނު ހުއްޓޭ
03 March 2019
ތިކަމެއް ނޫން ކޮންކަމެއް ހުއްޓވުނީ. ކިތައް ސަރުކާރު ވެއްޓިގެންނާއި ފައިބައިގެންނާއި މުއްދަތު ހަމަވެގެން ދިޔައީ. ރައްޔިތެއްގެ ރައްކާތެރިކަމެއް ކީއްކުރަން ތިކަން ކުހުއްޓުވުނެއްނުން. މަ މިބުނަނީނުން ގޮޑިގޮޑިއަށް ފުރެންދެން މީހުން އަރާތިއްބަސް ތިކަމެެއް ނުހުއްޓުވޭނެ.
ޚިބިކި
03 March 2019
ސަރުކާރެއް އެބަހިނގާތަ
އަބްދުﷲ
03 March 2019
އަތް ނުފޯރާ ހިސާބަށް ދިއުމުގެ ކުރިން މިކަންތައް ހުއްޓުވާ. އެހެން ނޫނީ ކަރަންޓާ ތޫނު އެއްޗެހިން ދަންތުރަ ހަދަން މަޖުބޫރުވާނެ.
ޖަމަލު
03 March 2019
ތި އޯކޭވާނެ. މިހާރުވެސް ކިތައް ބިންތޯ ކަންމަތީ ޖަމިއްޔާތަކަށް ފުޓްސެލް ދަނޑު ހަދާފަ ބިޑެއް އުސޫލެއްނެތި ވިޔަފާރި ކުރަން ދީފަ އޮންނަނީ. ހަމަ ޔަގީނުންވެސް މަހަކަށް 2 ލައްކައަށް ވުރެ ގިނައިން ފައިސާ ވައްދާނެ. ދެން ވިސްނާ މި މީހުންނަށް ފިޔަވަޅެއް އެޅޭނެ. ކިތައް ސަރުކާރު މި ބަދަލުވެ ދިޔައީ
ދަންނަ ނުދަންނަ
03 March 2019
އެއީ ތެދެއް. ކޮންމެވެސް ބަޔަކު ދިރިއުޅުމަށް ކުރާ މަސައްކަތީ އެއީ. އެތަންތަނުގެ ތަޅުދަނޑިވެސް އޮންނަނީ އެމީހުންގެ އަތުގައި. ދިން ބަޔަކަށް ދިން ކުއްޔަކަށް ކުޅެލަން ލިބެނީ. އެކަމަކު ރައްޔިތުން އުފާ ކުރުމަށްޓަކައި ހަދާފައިވާ ތަން ކަމަށް ސިޔާސީ ބޭބޭފުޅުން ވަރަށް ބާރަށް ވިދާޅުވޭ. އެ ބުނާ އުފަލަކީ އެއީ އިނގޭތޯ.
ފާލީ
03 March 2019
މިސަރުކަރު 3 މަސް ވެގެން ދިޔައިރު ކުރިކަމެއް ފެންނާކަށް ނެތް
ނިހާނާ
03 March 2019
މިކަން ބަލަން އަވަހަށް ކޮމެޓީއެއް ހަދާފަ ޕާޓޭގެ ވިއްސަކަށް ސޮރަކު މި ކޮމެޓީއަށް ލީމަ ހުންނާނީ ރަނގަޅަށް
ފަޅުވެރިން
03 March 2019
ފޭރުން އެކަންޏެއް ނޫން؛ އާދަޔާ ޚިލާފު ޙާދިސާތަކުގައި މީހުން މަރުވުމާއި، މީހުންނަށް ތަފާތު ބޮޑެތި ގެއްލުންތައް ލިބުމާއި، މަސްތުވާ ތަކެތި ބޭނުންކުރުމާއި، މާރާމާރީއާއި، ވައްކަން އިތުރުވުމާއި، ޢިމާރާތްތަކުން އެއްޗެތި ވެއްޓުން ގިނަވުމާއި، އޮޑިދޯނިފަހަރު ބަންޑުން ޖަހާލުމާއި، ވިއްސާރައިގައި ގެއްލުން ލިބުމާއި، ނުރައްކާތެރި އެކްސިޑެންޓްތައް ގިނަވުން ފަދަ އެތައް ފިތުނައެއް މިވަނީ ބިރުގަންނަންޖެހޭ ހިސާބަށް ގޮސް، ނާމާންކަން ޢާންމުވެފައި!! ވިސްނަންޖެހޭ!!
ޕާޓޭ ގެ ޑެޑީ
03 March 2019
ކޮންމެ ކަމެއް ފުލުހުންގެ ބޮލުގަ ނާޅުވަބަ! އެމީހުން އެކަންޔެއް ނޫން މިތަނުގަ ހިނގާ ކަންތައްތަ ހައްލުކުރާނީ އަހަރުންވެސް އެބަޖެހޭ އެމީހުންނައް އެއްބާރުލުންދޭން. އެވެސް ހަމަ އަހަރުންކަހަލަ އިންސާނުންދޯ އެމީހުންނައްވެސް ވީވަރަކުންވާނީ. އަޅުގަންޑު ސަރުކާރައް ގޮވާލަން ޕޮލިހުންނައް ބަޑި އަދި އެނޫންވެސް ހަތިޔާރުގެ ބޭނުންކުރުމުގެ ހުއްދަ ދިނުމައް! އޭރުން މިގައުމު ހަމަޔަކައް އެޅޭނެ
ޕާޓޭގެ މަމީ
03 March 2019
ތިހެނެއް ނޫން ކުރިން ބުނީކީ..
ޖަވާބުދާރީވާންޖެހޭނެ
03 March 2019
މާރިޔާވެސް އިބޫ ވެސް އިސްތިއްފާ ދީ. ކަލޭމެންނަކައް ޤައުމެއް ނުބެލެހެއްޓޭ. އަހަރުމެން ކަލޭމެންނާ ހަވާލުކުރި އަމާނަތެއްމީ. ނުވަންޏާ ފައިބާ.