10 މާޗް 2019 - 10:48
މާލޭގައި ހިންގާ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކައިރިން މިއަދު ހެނދުނު ހިނގާފައި ދިޔަ އިންޑިއާގެ މީހަކަށް، ހެލްމެޓް އަޅައިގެން ތިބި ބަޔަކު ވަޅިން ހަމަލާދީ ފައިސާތަކެއް ފޭރިގެންފި އެވެ.
މިއީ ސިނަމާލެ ބްރިޖާއި ހުޅުލެ އާއި ހުޅުމާލެ ގުޅޭ ހައިވޭގައި ސައިކަލްގައި ދާއިރު، ހެލްމެޓް އަޅަން މަޖުބޫރުކުރި ފަހުން، މީހަކަށް ހަމަލަދީ ފޭރިގަތް ފުރަތަމަ ހާދިސާ އެވެ. ސިނަމާލެ ބްރިޖާއި ހައިވޭގައި ސައިކަލް ދުއްވާއިރު ހެލްމެޓް އަޅަން ސަރުކާރުން މަޖުބޫރުކުރީ މިއަދުން ފެށިގެންނެވެ.
ފުލުހުން ބުނީ ހެލްމެޓް އަޅައިގެން ދެ ސައިކަލެއްގައި ދިޔަ ހަތަރު މީހަކު އިންޑިއާގެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ފައިސާތައް ފޭރިގަތް މައްސަލައިގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 10 ޖަހަން އުޅެނިކޮށް ކަމަށެވެ. އެ ހާދިސާގައި ޒަހަމްވި މީހާއަށް ފަރުވާ ދިނުމަށް މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.
އެ ހާދިސާގައި ފޭރިގަތީ ކިހާ ފައިސާއެއް ކަމެއް ފުލުހުން އަދިއެއް ނުބުނެ އެވެ. ހަމަލާގެ ރިޕޯޓް ލިބުމުން ފުލުހުން އެ ސަރަހައްދަށް ދިޔައިރު ހަތަރު މީހުން ވެސް ވަނީ ފިލައިފަ އެވެ. އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
މާލެ އާއި ހުޅުމާލޭގައި ފައިސާ ފޭރިގަތުމުގެ ގިނަ ހާދިސާތަކެއް ފަހަކަށް އައިސް ވަނީ ހިނގަފަ އެވެ. އެފަދަ ބައެއް ހާދިސާތަކުގައި ފައިސާގެ ބޮޑެތި އަދަދުތައް ފޭރިގެންފައި ވެ އެވެ. އެގޮތުން މިދިޔަ މަހުގެ 19 ގައި ބައި މިލިޔަނަށް ވުރެ ގިނަ ރުފިޔާ އެކަކު އަތުން ފޭރިގެންފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެޑް
10 March 2019
ދުއްވާ މީހުން ހެލްމެޓު އަޅުވާފައި ހިނގާމީހުންނަށް ފިސްތޯލަ ދޭންވީ.
ކޭަސދސަ
10 March 2019
ހެލްމެޓު ގަވާއިދު ވަރަށް ތާކުން ތާކު ނުޖެހޭ އަސްލު. ހެލްމެޓް އަޅައިގެން ފައިވާނަށް އަރައިގެން ހުއްޓަސް ހެޔޮ. ސޯޓުލައިގެން ހުއްޓަސް ހެޔޮ. އެކްސިޑެންޓުވެ މީހާ ފުނޑުފުނޑު ވިއަސް ބޯ ސަލާމަތުނ ހުރެއްޖިޔާ އެ ނިމުނީ ދޯ؟
މަރޭމިތުރު
10 March 2019
ސަލާމަތްތައް އޮތީ ޒަމާނީ ވަސީލަތުން! ސަލާމަތައް ކަންކަން އިތުރައް ގިނަކޮށްގެން!............... މަގުމަތީގެ ރައްކާތެރިކަން އޮންނަނީ ޒަމާނީ ވަސީލަތްތަކާއި ބޮޑައް ގުޅިފައި. ކެމެރާތައް ގިނަކުރިވަރަކަށް ކުއްވެރިން މަދުކުރެވޭނެ! ފޭރުންތައް އަތުލެވޭނެ! ޒަމާނީ މަގުމަތީ ކެމެރާތައް މިހާރުހުރޭ ސައިކަލްތަކުގެ ބޯޑައް އޮޓޯ ޒޫމްކޮށްލައިގެން ސީދާ ޓްރެފިކްސެންޓަރަށް ވަގުތުން ފޮނުވައިދޭ ކެމެރާތައް އިންޑިއާގެ މަގުތަކުގައިވެސް މިހާރު މިކެމެރާތަ ބޭނުންކުރަންފަށައިފި.
ހެހެ
10 March 2019
މީ ރާއްޖެ ބޭފުޅާ، ތިހިސާބަށް އަދި އަހަރަމެންނަށް ދެވޭނީ ކޮންދުވަަހަކުން ކަމެއްވެސް ނޭނގެ.
ރައީސްބޭބެ
10 March 2019
ހެލްބމެޓުން މީހާގެ ފުރާނަ ސަލާމަތްކޮށްދޭނެ އަދި ގަވާއިދު ތަންފީޒު ނުކުރިޔަސް، ގަވާއިދާ ހިލާފުވިޔަސް. މިހާރުވެސް ގަވާއިދުގަ ބާރަށް ދުއްވުމަކީ މަނާކަމެއް، އެކަން ކުރާނެ ކިތަންމެ ގަވާއިދެއް ހެދިޔަސް. ބޮލަށް ލިބޭ ގެއްލުމުން ފުރާނަ ސަލާމަތް ނުކުރެވިދާނެ، އެކަމު ހެލްމެޓުން މީހާގެ ބޯ ސަލާމަތްކޮށްދީ. ފަރުދީ ޒިންމާ ނަގާ މިފަދަ ކަންކަން ޕޮޒިޓިވްކޮށް ނަގައިގެން ރައްޔިތުންނަށް ރަގަޅު ހަބަރު ގެނެސްދެމާ.
ihaaru.
10 March 2019
ފައިސާ ނޫން އެއްޗެއް ގެންގުޅެން ވެއްޖެއެއްނުން!
ހަސަންފުޅު
10 March 2019
ހެލްމެޓުގެ އެއްފަޅީގައި އޭގެވެރިފަރާތުގެ ފޮޓޯއެއް ޕްރިންޓުކުރުމަށްފަހު އެބޭނުންކުރެވޭ ގަވާއިދު ވީހާވެސް އަވަހަކަށް އެކުލަވާލުމަށްފަހު ފޮޓޯނެތި ހެލްމެޓު ބޭނުން ނުކުރެވޭގޮތް ހެދުމުން ހައްލުވާނެކަމަށް ބެލެވޭ... އިންތިހާއަށް ވަގުންނާއި ނުރައްކާތެރި ފޭރޭމީހުން ގިނަތަނެއްގައި ހެލްމެޓު އެހާފަސޭހައިން ދޫކޮށްލުމުން ކުރިމަތިވި ހާދިސާއެއް ތިޔައީ..
ޑރ. ރޯނު އެދުރު
10 March 2019
ދެން ވައްކަން ކުރަންވީމަ އެހެން މީހެންގެ ފޮޓޯ ޖެހި ހެލްމެޓް އަޅާނީ...
ބަޗާއޮ
10 March 2019
100 ދުވަސް ތެރޭ ފުދުނު އެއްވެސް ވައުދަކުން ރައްޔިތުމީހަކަށްވީ ފައިދާއެއް ނެތް. ސެންޓްރަލް ގަވަމަންޓަށް ބޭނުން ބައިވަރު އެގްރިމަންޓް ހެދި ވަރަށް ބައިވަރު ފައިދާ ވެއްޖެ. ދެން ހުރި ކަންތަށް ފުއްދެން އަންނަނީ ދިއްލީ އަށް ވަފާތެރި މަޖިލީހެއް ހޮވިގެން. މި ފަސްއަހަރަކީ ރާއްޖޭ ކަޅު އަނދިރިގަނޑަކަށް ވައްޓާލި ފަސްއަހަރު ކަމުގައި ލިޔެވިގެންދާނެ ކަމާ މެދު މިހާރު ޝައްކެއް ނެތް.
ޙިނު
10 March 2019
މަރުހަބާ...ޖަޒީރާރާއްޖެ
އަހުރެން
10 March 2019
ހުރިހާ ބޭންކުތަކެއް ކައިރީގައި ފުލުހުން ޕެޓްރޯލް ކުރަން ތިބެންޖެހޭ
ރުޅި
10 March 2019
އާޅެ މިކަން ހައްލުކުރަން ކުރަންޖެހޭ އެންމެ މުހިންމު ކަންތައް ނުކޮށް ދެން ހުރި ކަންތައް ކުރަން އުޅުމުން ވާނީ މިހެން. މި ގައުމުގައި ބާރަށް ދުއްވަނީ ކޮންބައެއްކަން ނޭންގޭ މީހެއް ނުހުންނާނެ. އެ ގްރޫޕް ނިކަން މައިތިރިކޮށްބަލަ. އެކަންނުކޮށް ފަޅޮލޭ ބަރަބޮލޭ ކިއުމުގެ ބޭނުމއްނެތް. އައިޝާ އިސްތިއުފާ. ހެ؛ލްމެޓަކީ ހައްލެއްނޫން. ހައްލަކީ ކުއްވެރިން ޖަލަށްލުން.