އެމްޑީޕީން ގާކޮށި ސަރަހައްދުގައި ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ކ-2) އަދި ޕްލޭނިން މިނިސްޓަރު އަސްލަމް (ވ). --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
16 މާޗް 2019 - 09:44
ގުޅިފަޅު ހިއްކައި، މާލެއާ ގުޅުވާލުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށާއި ބޭނުމަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ "އެޖެންޑާ 19" ގެ ޕެނަލް ޑިސްކަޝަންގައި ބައިވެރިވި މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި ފައްޔާޒް ވިދާޅުވީ ބައެއް މީހުން ހުޅުމާލެ އިން ފްލެޓާއި ގޯތި ބޭނުންވާ އިރު، ގުޅިފަޅުން ފްލެޓާއި ގޯތި ބޭނުންވާ ބަޔަކު ވެސް އެބަތިބި ކަމަށެވެ. އަދި ކުރީގެ ސަރުކާރުން ރައްޔިތުންނަށް ފްލެޓު ދިން ގޮތް ބެލުމަށް ހެދި ކޮމިޓީން ވީ އެންމެ އަވަހަށް ގޮތެއް ނިންމާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ހިއްކައިގެން ތަރައްގީކުރާ ކ. ގުޅިފަޅު.
ފައްޔާޒް ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ އައްޑު އާއި ހއ. އަތޮޅާއި ހދ. އަތޮޅު ފަދަ ތަންތަނުގައި މާލެ ގޮތަށް ވަރުގަދަ ސެންޓަރުތަކެއް ހެދުމެވެ. އަދި ފަސް އަހަރު ނިމިގެން ދާއިރު، މާލެއަކީ އަންނަން ނުޖެހޭ ތަނެއްކަން ރައްޔިތުން ގަބޫލުކުރާނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.
"މާލޭގެ ރައްޔިތުން ދާންވީ އެ ތަންތަނަށް. އެވަރަށް އަޅުގަނޑުމެން ދައްކައިދޭނަން،" ފައްޔާޒް ވިދާޅުވި އެވެ.
"އޭރުން ކޮންމެހެން މާލެ އަށް އެންމެން ޖަމާވެ، މާލެ އަށް ތޮއްޖެހުން އިތުރަށް ނުހިނގާނެ،"
ފައްޔާޒް ވިދާޅުވީ "ފަހި ދިިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް" ކުންފުނި އުފެއްދުމުގެ ބޭނުމަކީ އަތްފޯރާ ފަށުގައި ރައްޔިތުންނަށް ބޭނުންވާ ވަރަށް ފްލެޓުތައް ރައްޔިތުންނަށް ހޯދައި ދިނުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރަން 17،000 ފްލެޓު ބޭނުންވެ އެވެ. އަދި އެކަމަށް ބޭނުންވާ 17 ބިލިއަނެއްހާ ރުފިޔާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ދައްކަނީ އަގުހެޔޮ ފްލެޓުތަކުގެ ވާހަކަ. ތިން މިލިއަން، ފަސް މިލިއަނަށް ލިބޭ ބޮޑެތި ސިންގާ ފްލެޓުތަކުގެ ވާހަކައެއް ނޫން. އެކަމަށް ބޭނުންވެފައި ތިބި މީހުންނަށް އަތްފޯރާ ފަށުގައި ލިބޭނެ ފްލެޓު،" ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ބައިވެރިވެވަޑައިގެންނެވި ޕެނަލްގައި ޑިސްކަޝަންގައި މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި ފައްޔާޒް ވިދާޅުވި އެވެ.
އެމްޑީޕީން ބޭއްވި ޕެނަލް ޑިސްކަޝަންގައި މާލެ ސިޓީގެ މޭޔަރު ޝިފާ އާއި މަޖިލިހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ސިނާމާލެ 1، 2، އަދި މާލެ ހިޔާ 1، 2 ހުރީ "ބޮލަށް ވެއްޓޭ ވަރަށް" ހަލާކުވެފައި ކަމަށާއި އެކަމަށް އޮތް ހައްލަކީ ކޮބައިތޯ މީހަކު ކުރި ސުވާލުގެ ޖަވާބުގައި އަސްލަމް ވިދާޅުވީ އެ އިމާރާތްތަކަކީ މަރާމާތުކޮށްގެން ނުގެންގުޅެވޭ ތަނަކަށްވެއްޖެ ނަމަ، އެ ތަން ޖެހޭނީ "ތަޅާލަން" ކަމަށެވެ.
"އެއީ 25 އަހަރު ކުރީގެ އިމާރާތެއް. އޭރު ކޮންސްޓްރަކްޝަން ސްޓޭންޑަޑް ވަރަށް ތަފާތު. އަޅުގަނޑު ގަބޫލު ކުރަން އެ ހާލަތުގައި ހުންނާނީ،" އަސްލަމް ވިދާޅުވި އެވެ.
އެކަމަކު، ޕެނަލް ޑިސްކަޝަންގައި ނަޝީދު ވިދާޅުވީ އެމްޑީޕީ އަށް މަޖިލިހުގެ މެޖޯރިޓީ ނުލިބި އެތަން ތަޅާލައިގެން ނުވާނެ ކަމަށެވެ. އަދި މަޖިލިހުގެ އަޣުލަބިއްޔަތު އެމްޑީޕީ އަށް ނެތީ، މާލެ ހިޔާ އާއި ސިނާމެލެ ފްލެޓުތައް ތަޅާލަން ނުކެރޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ކުރިއަށް އޮތް މަޖިލިހަށް އެމްޑީޕީން އެކުލަވާލި އެޖެންޑާ 19 ގައި ހިމެނޭ ސިޔާސަތުތަކަކީ ރައްޔިތުންނަށް "ޖުމްލަ ބަދަލެއް" އަންނާނެ ސިޔާސަތުތަކެއް ކަމަށެވެ. އެހެންވެ، މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަކީ މުހިންމު ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޏަމްނަމް
23 August 2019
އެއްވެސްކަހަލަ އޚުލާސްތެރި ކަމެއް ނެތް ބަޔެއް! ހުވަދު އަތޮޅުގައި ތިބި ރީތި ފަޅުރަށްތައް ވިއްކާލައި އޭގެން މިވެރިންގެ ޖީބު ފުރާލަން ހިތުއަޅައިގެން... ޢެކަނުގެ ފެށުން: ބޮޑުކައްނެލި ތާޒާކޮށް ބޭރުކުރުމަށް އިންޓަރނެޝަނަލް އެއަރޕޯޓެއް ހުވަދޫގައި ހަދާނަމޭ ބުނީ އިބޫ. އައްޑޫގައި އިންޓަނެޝަނަލް އެއަރޕޯޓެއް އޮއްވައި އިޚުލާސްތެރިކަމާއި އެކު އެތަން ތަރައްގީކޮށް ހިދުމަށް ދޭނެ ބަޔަކު ދައްކާނެ ވާހަކައެއްނޫން ހުވަދޫގައި އަނެއްކާ އިންޓަނެޝަނަލް އެއަރޕޯޓެއް...
މަސްދަދު
17 March 2019
އިންޑިޔާ އަށް އައްޑުއަތޮޅު 5ބިލިއަންޑޮލަރަށް ވިއްކާލާފައި ގުޅީފަޅުން ފެށިގެން މާލެއަށް ބުރިޖްއަޅާފައި 50 ބުރީގެ 20،000 އެޕާޓުމަންޓް އަޅާފައި އައްޑޫމީހުނާ އެހެން ހުރިހާ ކުދިރައްތަކު މީހުން އެތަނަށް ބަދަލުކޮށް މަހަކު އެންމެ 5000ރ ކުއްޔަށް އުޅެވޭނެ ގޮތް ހަދާދީބަލަ. އޭރުން އައްޑޫ ބެއްޔާމެން ހޮސްޕިޓަލެއް ނެތިގެން އެހެންކަމެއް ނުވެގެން ނުރޯނެ.
މިސްރާބު
17 March 2019
"އަދި މަޖިލިހުގެ އަޣުލަބިއްޔަތު އެމްޑީޕީ އަށް ނެތީ، މާލެ ހިޔާ އާއި ސިނާމެލެ ފްލެޓުތައް ތަޅާލަން ނުކެރޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ." މަޖިލިސް އަޣުލަބިއްޔަތު ނުލިބިއްޖެނަމަ ހީވަނީ އެބޭޅާ އެވިދާލުވާފަދަ "ބަގާވާތެއް" ވެސް ކުރާކަށް ނުޖެހޭނެހެން. ވާހަކަ ހުރިގޮތަކުން ހީވާ ކަހަލަ އަޣުލަބިއްުޔަތު ނުލިބިއްޖެއްޔާ ކުރިންވެސް ވީހެން ހާފުގެ މެދުތެރެއިން ދަނޑުން ފައިބައިގެން ހިނގައިދާނެހެން.
ލައްގާހުރަޔަށް ލައްގަނީ
17 March 2019
ޖަޒީރާ ތަރައްގީ ކުރަނީ ކޮންކްރީޓްވތަރައްގީ ގުޅަނީ ގުޅިފަޅަށް
މާރަނގާ - އައްޑޫ ސިޓީ
17 March 2019
މާލޭގެ ބިންވެރިންނޫން ބަޔަކަށް ދައުލަތުން އެއްވެސް ކަމެއްކޮށްނުދިނުމުގެ ވިސްނުމާއި ތިޔަ މުޤައްދަސް ރަށްގަނޑުގެ ބިންވެރިންގެ އަޅުންނަށް ރާއްޖޭގެ އެހެން ހުރިހާ ރައްޔިތުން ހެދުމުގެ ވިސްނުންވެސް ގެންގުޅެންވާނެ. * * ކަލޭމެން ޑިމޮކްރަސީއޭ ހަމަހަމަކަމޭ ކިޔާފަ ވާހަކަދައްކާއިރު ކުރީގެ ސައުތު އެފުރިކާ އާއި ހުޅަޤު ޖަރުމަން އަދި ފަލަސްތީނު މީހުނާއިމެދު އިޒްރޭލުވެސް ތިވަރުގެ ނުބައި ވިސްނުން ނުގެންގުޅޭ. މިއީވާ ހާދަހާ ނުބައި ފިކުރެއްގެންގުޅޭ ދައުލަތެކޭދޯ.
މާރަނގާ - އައްޑޫ ސިޓީ
17 March 2019
ކިހާ ބޮޑުވެއްޖެ ކަމެއް..!! މިދައުލަތުގެ ހުރިހާ މުއްސަނދިކަމެއް ކަލޭމެން ކައިހުސްކުރަން އަހަރުމެން ބަލަހައްޓައިގެން ދެނެއްނުތިބޭނަން. * * ހީކުރަނީތަ ތިހެން ހެދިކޮންމެގޮތެއް ހެދިގެން އަހަރުމެން ތިބެދާނެކަމަށް. އިހައްދުވަހު 300 މިލިޔަން ޑޮލަރަށް ހެދި ލަޤްޒަރީ ފާލަމާއި 2 ބިލިޔަން ޑޮލަރުގެ އެއަރޕޯޓާއި 145 މިލިޔަން ޑޮލަރުގެ ހޮސްޕިޓަލަށް ނެގިލޯނުން އަދި ސަލާމަތްނުވޭ. ކަލޭމެންގެ ދަށުގައި ތިބުމުގެ މާނައެއްނެތް. އިންޑިޔާ ވެސް މާރަނގަޅުވާނެ ތިއަށްވުރެން.
ސަލާމަތީ
16 March 2019
ދެއުޅިއެއްނުވާ ބޯގޯސްވާހަކަނުދަައްކާ މިފަހަރު ވޯޓްލާނީ އެޖެންޑާއާއި ދެކޮޅަށްކަން ޔަގީންވެ ނިމިއްޖެ
ހަމަހޭ
16 March 2019
2008 ގަ ވެރިކަންލިބުމުންވެސް ތިޔަކަހަލަ ކިތަންމެވިސްނުމެއް ގެންގުޅުނު. ކޮންކަމެއްބާކުރެވުނީ؟. އެއަރޕޯޓްވިއްކާލާފަ ގައުމު އިނދަޖައްސާލާފަ ފިލުންފިޔަވާ!. ނޫނޭ އެއްކަމެއްކުރެވުނު ވަށައިގެންއެނބުރުނު ހުރިހާ އައުވާނުން މިލިއަނަރުންނައްވެ ރާއްޖެދޫކޮއް ލަންކާގަ ވަޒަންވެރިވި.
ކޯބުރާ ޖިންނި
16 March 2019
އޮންނާނެ އޮންނާނެ ޔާމީންގެ ތަސައްވުރަކީ ދޫކޮށްލެވޭވަރު އެއްޗެއް ނޫން. އަމިއްލަ ވިސްނުމުގަ ކަމެއް ކުރަން ނުވެސް އެނގޭނެމެ.
ihaaru.
16 March 2019
މީހުން އުޅޭ ހުރިހާތަނެއް ގުޅިފަ ހުންނާކަށް ނުޖެހޭ، ޖަޒީރަކަން މާލެސަރަހައްދައް ނެތީތޯ