މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖު މިއަދު ފޮރިން މިނިސްޓްރީ އަށް ވަޑައިގެން މެހުމާނުންގެ ފޮތުގައި ލިޔުއްވާއިރު އަރިހުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދު މަޑުކޮށްލައްވައިގެން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
17 މާޗް 2019 - 21:53
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖެ އަށް ކޮށްދިނުމަށް އެ ގައުމުން ވައުދުވި ކަންތައްތައް ކުރިއަށް ދާ ގޮތާ މެދު ވަރަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖާ ބައްދަލުކުރެއްވުމަށް ފަހު، ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުޅާ ދާއިރާއެއްގައި ގިނަ ކަންތައްތަކަކާ މެދު ދެ ބޭފުޅުންނަށް މަޝްވަރާ ކުރެއްވި ކަމަށެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ މިއަދު މަޝްވަރާތައް ކުރިއަށް ގެންދަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
"އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ޔަގީނުން ވެސް ވަރަށް ޚާއްސަ. ސުޝްމާ ސުވަރާޖާއި އަޅުގަނޑު މިއަދު ފުޅާ ދާއިރާއެއްގައި ގިނަ ކަންތައްތަކަކާ މެދު މަޝްވަރާ ކުރިން. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރަސްމީ ދަތުރުފުޅުގައި ވައުދުވި ކަންތައްތައް ކުރިއަށް ދާ ގޮތާ މެދު ވަރަށް ހިތްހަމަ ޖެހޭ،" ޝާހިދު ވިދާޅުވި އެވެ.
The relationship between Maldives and India is indeed special!
— Abdulla Shahid 🎈 (@abdulla_shahid) March 17, 2019
Minister @sushmaswaraj and I held discussions today, on a wide range of issues. Very pleased on the progress made on the commitments announced during State Visit of President @Ibusolih pic.twitter.com/xOwOc62dPX
ޝާހިދުގެ ޓްވީޓް
ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރައްވާ ދަތުރުގައި މިއަދު ވަނީ ދެ ގައުމުގެ ދެމެދުގައި ބައެއް އެއްބަސްވުންތައް ގާއިމްކޮށްފަ އެވެ. އެގޮތުން ސޮއިކުރި އެއް އެއްބަސްވުމަކީ ޑިޕްލޮމެޓިކް ޕާސްޕޯޓް އޮންނަ ބޭފުޅުންގެ ވިސާގެ ކަންތައްތައް މިހާރަށް ވުރެ ފަސޭހަ ކުރުމަށް ސޮއިކުރި އެއްބަސްވުމެކެވެ. ތަރައްގީ އާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ވެސް ސޮއިކުރި އެވެ. ނަމަވެސް އެ އެއްބަސްވުންތަކާ ބެހޭ ތަފުސީލެއް އަދި ނުލިބެ އެވެ.
Onward and forward! The partnership between #India and #Maldives, was further strengthened today, with the signing of three agreements on visa facilitation for diplomatic and official passport holders, development cooperation, and renewable energy! pic.twitter.com/bRLqfjGGVE
— Abdulla Shahid 🎈 (@abdulla_shahid) March 17, 2019
ސުޝްމާ ސްވަރާޖް މިއަދު ވަނީ ރާއްޖޭގެ ގިނަ މިނިސްޓަރުންނާ އެކު ބައްދަލުވުމެއް ބާއްވަވައިފަ އެވެ. އެ ބައްދަލުވުމުގައި ރާއްޖޭގެ ގާތްގަނޑަކަށް ހުރިހާ މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވި އެވެ. އޭނާ މިއަދު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމާ ވެސް ބައްދަލުކުރެއްވި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ރާއްޖޭގެ މިނިސްޓަރުން ވަނީ ގިނަ ދަތުރުތަކެއް އިންޑިއާ އަށް ކުރައްވައިފަ އެވެ. ބައެއް މިނިސްޓަރުން ވަނީ އެއް ފަހަރަށް ވުރެ ގިނައިން ވެސް އެ ގައުމަށް ރަސްމީ ދަތުރުތައް ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަށުމީހާ
18 March 2019
އަސްލުވެސް އިންޑިޔާ އަދި ޗައިނާ ނޫޅެ . މިގައުމް ހިފާކައް.ދިވެހިނަކީގުބޯ މީހަކުޖަހާހާބެރަކައް ނށާނެ.
އަނެއްރަށުމީހާ
18 March 2019
ތިޔަ ކިޔާ ގޮތަކަށް ނޫން މި ޒަމާނުގައި ގައުމުތައް ހިފަނީކީ. ޗައިނާގެ އެއްވެސް އަސްކަރީ ކަމެއް މި ގައުމުގައި ނެތް އިރުވެސް ޗައިނާ މީހުންގެ އަޅުވެތި ކަމަށް ދާ އަޑު ފެތުރީ. އިންޑިއާގެ އެތައް ސިފައިންނެއް މި ގައުމުގައި ޕާމަނަންޓްކޮށް ބައިތިއްބަނީ މި ގައުމަށް ހެޔޮ އެދިގެންނެއްނޫން. އެމީހުން ޗައިނާއަށް ފާރަލުމަށްޓަކައި. މިގައުމު ހިފާކަށް ޝައުގުހުރެގެންނޫން އެ އުޅެނީކީ. މި ގައުމުގެ ބޭނުންކޮށްގެން އެމީހުންގެ ބޭނުން ފުއްދަން އުޅެނީ.
އަސްރަފް
18 March 2019
ދިވެހިންނަށް އިންޑިއާގެ އުނގަށް ނުވެއްޓިވެސް އުޅެވޭނެ
ބޯރަފް
18 March 2019
ދިވެހިންނަށް ޓޫރިސްޓުން ނުގެނެސްވެސް އުޅެވޭނެ. ކުރިން ކާބަފައިން ވެސް އުޅުނީ ޓޫރިސްޓުން ގެނެސްގެންނެއް ނޫން. ދެނޯ؟
666666
18 March 2019
އުތުރު ޓާރޝަރީ ހޮސްޕިޓަލް އަޅުވާ. ހަނިމާދޫ ނުދޭތި އިންޑިއާއަށް. އެދޭންވާނީ ޔޫރަޕް ނުވަތަ ކެނެޑާއާށް
ހަސަން ނުވަވަނަ
18 March 2019
ފަސް އަހަރު ވަންދެން މަޑުކޮށްފިނަމަ މިގައުމު އަތެއް ނުވާނެ.
ގައުމީ ލޯބީގާ
18 March 2019
އިންޑިޔާ ބުނާގޮތައް ވެރިކަން ކުރާބައެއްވީމަ އެއްބަސްވި ގޮތައް ކަންތައްތައްކޮއްދެނީ .ކުރާނެ ކަމެއް ނެތް .މިނުން ގޮތެއް ފެންނާނީ 5އަހަރު ފަހުން .މިއަޅުވެތިކަމުން ސަލާމަތް ވެވޭކަށް ނެތް ބުނާހާ ގޮތަކަށް ކަންކަން ކުރަން ވެރިކަމަށް އަރާ ތިބިބައެއް .އަމިއްލަ މުސްތަގިއްލުކަން ގެއްލި މަމެންގެ ހިތްގައިމުކަން ވެސް ވިއްކައިލައިފި މަމެން ދިވެހިން އިތުރު ފަގީރު ކަމެއްގެތެރެއަށް ވައްޓާލައިފި ..މަމެންގެ ދީނާ މިއްލަތާއި ސަރީއަތް ވެސް އިންޑިޔާ ބުނާގޮތައް .
ހަބޭސް2050
18 March 2019
އިންޑިޔާ އަކީ ހިޔަޅުގެ ވިސްނުން ގެންގުޅޭ ހިންދުޑިޒަމް ކުރިއަރުވަން އުޅޭ ބައެއް ޙައްސަކޮށޤ ބީޖޭޕީ އަކީ އިސްލާމުންނަށް ފުރައްސާރަކުރާބަޔެއް
މަކުުނު ޔޫރަޕް
18 March 2019
ސުސްމާ ކީއްވެތަ މާރިއާ ގޮތަށް މޮޅުވާން ޔޫރަޕް ހެދުމެއް ނުލާ ސާޅި އަޅައިގެން އެހުރީ. ސުސްމާ ކައިރީ ބުނެބަލަ ޔޫރަޕް ދޮން ކުދިން ހެދުމެއް ލާށޭ އޭޜުން ނޭ މޮޅު މީހަކަށްވާނީ! ކެކެކެކެކެކެކކެ. އެންޑީޕީ ކުދިންނަށް މޮޅުވަނި ޔޫރަޕް ވީ ވަރަކަށޯލަ
ވައުދު
18 March 2019
މިހާރު އިންޑިޔާއިންތަ ވަޢުފު ފުއްދަންޖެހެނީ. ހުރިހާވަޒީރުންނާއެކު މައިސަރުކާރުގެ ކެބިނެޓް މީޓިން އެއްތަ ބޭއްވީ. ރައްޔަތުން ވޯޓްދިނީ ޤައުމު އަޅުވެތިކުރާކަށްނޫން. ރާއްޖެއިން އިންޑިޔާއަށްދާ ދިވެހިންނާ އިމިގުރޭޝަނުން ކުރާ ސުވާލުތަކާ އުދަގޫ މިހާރުދަނީ ގިނަވަމުން ސޮއެކުރާ އެއްބަސްވުންދަނީ ގިނަވަމުން. އެއްބަސްވުންތައްސިއްރުކުރަނީ. އަބަދަކުސަރުކާރު ހިންގާކަށް ނުތިބެވޭނެ.ކުރިންވެސް ރާއްޖޭގެދަރިން އަޅުވެތިކަމުން ރާއްޖެސާލާމަތްކުރި. ދެންވެސްކުރާނެއިންޝާ ﷲ.
އަލީރާޖާ
18 March 2019
ޔާމީނު އިރު އެންމެ ގިނަ އެހީވީ ޗައިނާއިން. އޭރުގެ އިދިކޮޅުން ބުނީ ޗައިނާ އުޅެނީ ރާއްޖޭގެ މިނިވަންކަން ނަގާލަން ކަމަށް. މިހާަރުގެ އެންމެ ގިނަ އެހީވަނީ އިންޑިއާ. މިހާރުގެ އިދިކޮޅު ބުނަނީ އިންޑިއާ އުޅެނީ ރާއްޖޭގެ މިނިވަންކަން ނަގާލަން ކަމަށް. ދިވެހިންގެ ތެރެއިން ބައެއް މީހުން ތިބެނީ ދައްކާ ކޮންމެ ވާހަކައެއް ގަބޫލުކޮށްގެން. މިއީ ސިޔާސީ ގޮތުން ޖެއްސުން ކުރަން ދައްކާ ވާހަކަ. ޗައިނާވެސް އިންޑިއާވެސް ރާއްޖޭގެ މިނިވަން ކަމަށް އަރައިގަންނާކަށް ނޫޅޭ.
އަރާގަތުން.
18 March 2019
ދިވެހިރާއްޖެ އދ މެމްބަރު ޤައުމަކަށްވުމަށް ޗައިނާއިން ވޯޓްދިން. ޢިންޑިޔާއިން ނުދެ. ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލުނު ކޮންމެފަހަރަކު އެކަމުގެ ތެރޭގަ އިންޑިޔާގެ އަތެއްވޭ. ނޮވެމްބަރ 3 ގެ ކަންތަށް އިބުރާހީމް ހުސެންޒަކީ އަރިހުން ސާފުކޮށްލުން ރަގަޅުވާނެ. ދިވެހިރާއްޖޭގެ މިނިވަންކަމަށް އިންޑިޔާއިން އިޙްތިރާމެއްނުކުރެ ނުކުރެ ނުކުރެ. ޗައިނާއިން ކުރޭ ކުރޭ ކުރޭ. ޗައެނާއިން ރާއްޖޭގައި އިންވެސްޓް ކުރޭ. ޢިންޑިޔާއިން ކުރަނީ ވަރަށްމަދުން. ޢެއަރޕޯޓް ނުއަގުގަ.
ދާށޭ
18 March 2019
ސާހިދޫ ދައިތާ ކާރިބުނެބަލަ މިވަގުތު ދިވެހިންނަ ޖެހިފާހުރިވަބާޔަކީ މިބާދެހެލިކެފުޓަރުގަޑާ މިތާތިބި ކަލޭމެންގެ ސިފައިންގެބަލާ ވަރައްބޮޑުވެއްޖޭ އަހަރެމެންގެ ލޮބުވެތި ރީތިގައްމު ނަޖިސްވަމުންނޭ މިދަނީ ވީމަ ކަލޭފުރާއިރު މިމީހުނާ މިދަބަރުކާފައޮށް ދެހެލިކެފުޓަރު ގަނޑުވެސް ހިފާގެންދާށޭ