އަބްދުﷲ ޝާހިދު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން--ފޮޓޯ:ފޮރިން މިނިސްޓްރީ
21 މާޗް 2019 - 15:25
ވޭތުވެދިޔަ ދެ މަހާއި ބައިގެ ތެރޭގައި މި ސަރުކާރުން ހަމައެކަނި ދަތުރުތަކަށް އެކަނި 29.3 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު ހާމަކުރާ މާލީ ރިޕޯޓުގައި ބުނެފައި ވަނީ މިދިޔަ ހަފްތާއާ ހަމައަށް ސަރުކާރުން ވަނީ ދަތުރުފަތުރު ކުރުމަށް ކަނޑައަޅާފައިވާ ބަޖެޓުގެ 20 ޕަސެންޓް ހޭދަކޮށްފައި ކަމަށެވެ. މި އަހަރުގެ ބަޖެޓުގައި 141.9 މިލިއަން ރުފިޔާ ސަރުކާރުގެ ދަތުރުފަތުރަށް ކަނޑައަޅާފައިވެ އެވެ.
އާ ސަރުކާރުގެ ބޭފުޅުން ގެންދަވަނީ ބޭރުގެ އެކި ގައުމުތަކަށް ތަފާތު ދަތުރުތައް ކުރައްވަމުންނެވެ. އެންމެ ގިނަ ދަތުރުތައް ކުރެއްވި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެން، ގިނަ ގައުމުތަކަށް ވަނީ ވަޑައިގެންފައިވެ އެވެ. އޭގެ ތެރޭގައި އިންޑިޔާ އާއި ޔޫއޭއީ އާއި ޖަޕާނާއި ސިންގަޕޫރާއި އެމެރިކާ ހިމެނެ އެވެ. އޭނާ މިހާރު ހުންނެވީ އާޖެންޓީނާގަ އެވެ.
ޝާހިދުގެ ދަތުރުތައް ބިނާކުރައްވާފައި ވަނީ މާލީ އެހީތެރިކަމާއި ރާއްޖެއަށް ބޭނުންވާ އެހެން އެހީތައް ވެސް ހޯއްދެވުމަށެވެ. އަދި ކުރީގެ ސަރުކާރުގެ ބައެއް ސިޔާސަތުގެ ސަބަބުން ބައިނަލްއަގުވާމީ ގޮތުން އޮތް އެކަހެރިކަން ފިލުއްވަން ވެސް އޭނާ ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.
މިހާތަނަށް އިންޑިއާއިން ވަނީ 1.4 ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ރާއްޖެ އަށް ދޭން ނިންމައިފަ އެވެ. އޭގެ އިތުރުން އެމެރިކާއިން ވެސް ދާދި ފަހުން ވަނީ ރާއްޖެ އަށް 3 މިލިއަން ޑޮލަރު (45 މިލިއަން ރުފިޔާ) ދީފަ އެވެ. މިއީ އެ ގައުމުން ދޭން އެއްބަސްވި 20 މިލިއަން ޑޮލަރު (308 މިލިއަން ރުފިޔާ) ގެ އެހީތެ ތެރެއިން ބައެކެވެ.
މި އަހަރަށް ކަނޑައެޅި 30 ބިލިއަން ރުފިޔާގެ ބަޖެޓުން މިހާތަނަށް 3.8 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަކުނިބޯ
16 June 2019
ގިނަވެގެންތޯ މިއުޅެނީ ނުވަތަ މަދުވެގެންތޯ މިއުޅެނީ. އެއްއުސޫލަކުން ބަލާނަަމަ މިމަސްނިމުމުން އަހަރު ދެބައިވީއެވެ. ހަރަދުކުރެވުނީ 20 ޕަރސަންޓެވެ. ހަރަދު ކުޑައެވެ. އެހީގެގޮތުގައި ހޯދި ފައިސާރަނގަޅުކަމަށްދެކެމވެ. އެހެންވީމާރަނގަޅެވެ. ގޯހީ ބަޖެޓެވެ. ބަޖެޓް ހަދައިފައިވަނީ ހަރަދު އޯވަރކާސްޓް ކޮށްކަމަށްވެދާނެއެވެ. އެހެންވިއްޔާ އެއީ ބަޖެޓްހެދުމުގެ ގޯހެކެވެ. ނޫނީ އަހަރުގެ ފަހު 6 މަހު ކުރަންހުރި ދަތުރު ގިނަކަމަށްވެދާނެއެވެ.
ޝޮކްތެރަޕީ
22 March 2019
ސަރުކާރުގަ ތިބެނީ ފައިސާ ބޭނުމުގަ ތިބޭމީހުން.
ކަނބިލި
22 March 2019
ފޮރިންގ މިނިސްޓަރަކަށް ލާފައި ހުރި މީހާ ކޮންޓްރޯލް ކުރޭ. މީނާއަކީ އިސްރާފު ބޮޑު ކަންދެއްކުމުގެ ބޭކާރު ދަތުރުކުރާ މީހެއްކަން އެބައެނގޭ
ޑރ. ޒާނިޔާ
22 March 2019
ސަރުކާރުގެ އެއްމެ ބޮޑު މީހަކީ ސޭޓުކަމަށް އެމީހާ އަބަދު ދަޢުވާ އެބަކުރޭ.!!! ވީމާ މިކަމާއި މެދު އަހަރެން ބަލަން މިހުރީ ސޭޓުގެ ރަޢުޔަކަށް.
ކެކެ
22 March 2019
ހޯދި ވަރު ބަލާބަ.. ހިލޭ އެހީ ލިބެނީ ހަމަ ހުރެލާފަ އެއް ނޫން.ދަތުރު ކޮއްގެން...
ޙޫންހރނމކ
22 March 2019
ޢަދި މިޝާހިދު މާލޭގަ ބިންމަތީ ގަ ފައެްނުޖެހޭ
ބޯވަރާއްޖެ
22 March 2019
މިނިސްޓަރުން ހީވަނީ ދުނިޔެ ރަންވެގެން އުޅޭހެން މިހާރު، ދެމީހަކު އެއްވެގެން ވޮކްޝޮޕެއް ބޭއްވިޔަސް އެތަނަކަށް ގްރާޕު ހަދާފަ ބިޒްނަސް ކުލާހުން އަހަރެމެންގެ ލާރިން ދަތުރު ކުރުން ނޫން ކަމެއްނެތް، މީދެން ތަންކޮޅެއް ބޮޑުވަރު
ބަޖިޔާ
22 March 2019
ޝާހިދު ތަނަކަން ދިޔަޔަސް ދަނީ ބޮޑު ވަފުދެއް ގޮވައިގެން. މިހާރު އާޖެންޓީނާގެވެސް އެހެރީ ދެ ސަފީރުން ގޮވައިގެން ގޮސް. މީ ދެން ބޮޑުވަރު. ރައްޔޮތުންގެ ލާރި ހަރަދު ކުރާއިރު ބަލަން ޖެހޭނެ.
މޮހޮލ
22 March 2019
ނުވިތާކައް 2 ބޮޑީގާޑުންތައްވެސް ގޮވަިގެން މިދަނީ ކިހާދރަކަމެއް
މަރޭމިތުރު
22 March 2019
ގައުމުތަކަށް ދަތުރުކުރުން އޮންނަންވާނެ! ގައުމުތަކަށްގޮސް ގުޅުންބަދަހި ކުރަންވާނެ!.............. ބޭރުގައުމުތަކައް ދިއުމަކީ އެއްވެސް މައްސަލައެއްނޫން. ކިތައް މިލިއްން އެހޯދަނީ މިގައުމައް. މަޝްވަރާގެ ދަތުރުތަކަކީ ކޮންމެހެން ގައުމައް ބޭނުންވާނެ ކަމެއް. ތަރައްގީހެއް ނުގެނުވޭނެ ރަށުބަންދުގައި ތިބެގެނެއް! އަދި ހެޔޮވިސްނުމެއްވެސް ނާންނާނެ ބޭރު ނުފެނި.
ކުޅުދުއްފުށީ މެން
22 March 2019
އިންޑިޔާއަށް އެއްބިލިއަން ޑޮލަރު ބަލައިދަންޏާ ހެޔޮދޯ ފަސްސަތޭކަ މިލިއަން ޑޮލަރު ޓިކެޓަށާ ހުރުމަށް ހަރަދު ކުރިޔަސް ފަސްސަތޭކަ މިލިއަން ޑޮލަރު ފައިދާ ވިއްޔާ ، މިހިރީ ސަރުކާރަށް ތާއީދުކުރާ މީހުން ވިސްނުން ހުންނަގޮތް.