މާލޭ ސިޓީ ކައުންސިލްގެ ބައެއް މެންބަރުން ނޫސްވެރިންގެ ބައްދަލުވުމެއްގައި: --ފޮޓޯ: އަހްމަދު ނިޝާތު/މިހާރު
27 މާޗް 2019 - 14:03
މޭޔަރުންނާއި ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކޮށް، އެ ބޭފުޅުންނަށް އިންޝުއަރެންސް ޕެކޭޖެއް ދިނުމަށް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.
މާލެ، އައްޑޫ އަދި ފުވައްމުލަކު ސިޓީ ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީ ނިންމި ރިޕޯޓު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުންނެވެ.
ސިޓީ ކައުންސިލަރުންގެ މުސާރަ އަށް ގެނައި ބަދަލާއެކު މޭޔަރުންގެ މުސާރަ އަކަށް ވާނީ 30،000ރ. އެވެ. ލިވިން އެލަވަންސްގެ ގޮތުގައި ދޭ 10،000ރ. އާ އެކު ޖުމްލަ 40،000ރ. މޭޔަރުންނަށް ލިބޭނެ އެވެ.
ޑެޕިއުޓީ މޭޔަރުންނަށް މުސާރަ އާއި ލިވިން އެލަވަންސްގެ ގޮތުގައި ލިބިވަޑައިގަންނަވާނީ 35،000ރ. އެވެ. އެއީ މުސާރައިގެ ގޮތުގައި 27،000ރ. އާއި 8،000ރ. ގެ ލިވިން އެލަވަންސެކެވެ.
ސިޓީ ކައުންސިލް މެމްބަރަކަށް މުސާރައިގެ ގޮތުގައި މަހަކު 24،000ރ. ލިބިވަޑައިގަންނަވާނެ އެވެ. އަދި ލިވިން އެލަވަންސަށް ދޭ 6،000ރ. އާ އެކު ޖުމުލަ 30،000ރ. ކައުންސިލް މެމްބަރުންނަށް ލިބޭނެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައްޔިތުންގެ މަޖިލީހުން ވަނީ މޭޔަރުންގެ މުސާރަ 18،000ރ. އަށް އަދި ޑެޕިއުޓީ މޭޔަރުންގެ މުސާރަ 14،000ރ. އަށް ކުޑަކޮށްފަ އެވެ. ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ މުސާރަ ކުޑަކޮށްފައި ވަނީ 11،500ރ. އަށެވެ.
މަޖިލީހުން މިގޮތަށް ކަނޑައެޅުމުގެ ކުރިން މޭޔަރުންނަށް 45،000ރ. ގެ މުސާރައެއް ލިބިވަޑައިގަންނަވާއިރު، ޑެޕިއުޓީ މޭޔަރުންގެ މުސާރަ އަކީ 35،000ރ. އެވެ. އަދި ސިޓީ ކައުންސިލްތަކުގެ މެމްބަރުންނަށް 25،000ރ. ލިބިވަޑައިގަންނަވަ އެވެ.
ސިޓީ ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ނިންމީ، ސިޓީ ކައުންސިލްތަކުގެ އަތުން ނެގި ބާރުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން އަލުން އިއާދަކޮށް ދެއްވާފައި ވަނިކޮށެވެ. ޔާމީންގެ ސަރުކާރުން އެ ބާރުތައް ނެގީ ސިޓީ ކައުންސިލްތަކުން ސަރުކާރަށް ޖެއްސުންކުރާ ކަމަށް ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުރެންޑު
06 January 2020
އަދިވެސް މުސާރަ ކުޑަ، 80،000 ވަރު އޯކޭ ވާނެ. މިވަގުތަށް
ަަަަައައިނީ
28 March 2019
އަހަރުމެން މީިސުކޫލުތަކުގެ މަސައްކަތުމީހުން ލިބެނީ ހުރިހާކަމަކަށް 5000 ރުފިޔާ
އަސްލު
27 March 2019
މޭޔަރަށް އެޕޮއިންމެންޓެއް ނަގައިގެން އަދިވެސް ޚަބަރެއްނުވޭ, ވެރިކަމަށް އައުމުގެ ކުރިން މޮޅެތި ވާހަކަތައް ދައްކާފައި ވެރިކަން ލިބުމުން މީގެން ބޭފުޅަކާ ބައްދަލެއް ވެވެނީއެއްނޫން, އޭޖީ އަށްވެސް ބައްދަލުކުރަން އެދުމުން އެމަނިކުފާނުވެސް ބިޒީކަމުން ރައްޔިތަކާ ބައްދަލުކުރެވޭކަށް ނެތް. މީ ކަންއޮތްގޮތް, މުސާރަވާނެ ބޮޑުކުރަން.
ދުރުމި
27 March 2019
އާނ ތިޔައީ 100 ދުވަހުގެ ވައުދުގެތެރޭ ނުކުރެވި އޮތް ކަމަކީ، ދެން ދުވޭ މާލެ މަގުތަކުގަ ރީނދޫ ހާކަން. އެކަން ކުރީމަ އެއޮތީ ސިޓީކައުންސިލްގެ ޒިންމާ އަދާކުރެވިފަ.
ފޫހޖ
27 March 2019
ހެޔޮނުވާނެ ޓެކްސްފައިސާއިން ސިޔާސީ މީހުން ހިތްއުފާ ނުކޮށްދީބަލަ. އަހަރެމެންގެ ލިވިންގ އެލަވަންސްކޮބާ? އަހަރެންދެކޮޅު
އަހަންމަ
27 March 2019
ރައްރަށު ތިބެނީ ކައުންސިލަރުންނެއް ނޫންދޯ.. އެމީހުންގެވެސް މުސާރަ ބޮޑުކުރަން ޖެހޭނެ ދޯ.. ހަމަހަމަކަން ފެނިގެންދާނީ މިވަރަކަށް.. ވަރަށް ވެދުން..
ލިލްސް
27 March 2019
މުސާރަ ބޮޑުކުރާއިރު މަސައްކަތް ކުޑަކުރަން އުޅެނީ އަވަށު އޮފީސްތައް އަލުން ހަދައިގެން..
ޖެމްސް
27 March 2019
މިހާރު ތީ ށިފާއަށް ހައްގު ބައި ދެވުނީ މިކަން މިހާ އަވަހަށް ކުރިއިރު ސިވިލްސަރވަންޓުން މުސާރައާ އެހެން ކައުންސިލްތަކުގެ މުސާރަ ބޮޑު ކުރާނެ ދުވަހެއްވެސް ނޭނގޭ
ދޮންބެއްޔާ
27 March 2019
މާތްކަލާކޯ. ތިޔަ ބައިމީހުންތޯ ސަރުކާރުގެ ހުރިހާ މަސައްކަތެއް ކުރަނީ.
ބޮޑުންނަށް މޮޅުގޮތް
27 March 2019
ނިކަމެތި ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން ބޮޑުން ހިތުހުރުރިހާ ވަރަކަށް މުސާރަ ނަގަމުން މިދަނީ ނިކަމެތި ރައްޔިތުމީހާއަށް މުސާރަ ބޮޑުކުރަންވީމަ ބަޖެޓަކުވެސް އެއްޗެއް އޮންނަކަމަކަށް ނުވޭ މިއޮތީވާ ޤައުމެއް