ލާމު އަތޮޅު ލިންކު ރޯޑު.-- ފޮޓޯ: ތޮއްޓޭ ފޮޓޯގްރަފީ
01 އެޕްރީލް 2019 - 12:43
ލ. ގަމުގައި އަޅާ 200 ހައުސިން ޔުނިޓުގެ މަޝްރޫއު އޮތީ އިވެލުއޭޝަން މަރުހަލާގައި ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މަޝްރޫއަށް ހުށަހެޅި ބިޑްތައް ބަލައިގެންފައިވާ ކަމަށެވެ. މިހާރު ކުރިއަށްދަނީ އިވެލުއޭޝަން މަރުހަލާ ކަމަށާއި އެ މަރުހަލާ ނިމުމުން ބަޔަކާ ހަވާލުކުރާނެ ކަމަށް ބުންޏެވެ.
ނަމަވެސް އެ މަޝްރޫއަށް ބިޑް ހުށަހެޅީ ކިތައް ފަރާތަކުން ކަމެއް އަދި ކޮން ބައެއް ކަމެއް ސާފެއް ނުވެ އެވެ.
މި އަހަރު ބޯހިޔާވަހިކަމުގެ ހަ މަޝްރޫއުއެއް އަލަށް ފަށަން ސަރުކާރުން ވަނީ ނިންމާފަ އެވެ. އެގޮތުން އެ މަޝްރޫއުތަކަށް 207 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ކަނޑައަޅާފައިވެ އެވެ. މީގެ އިތުރުން ހިނގަމުން ދާ ހަ މަޝްރޫއަކާ އެކު 321 މިލިއަން ރުފިޔާ ހައުސިން މަޝްރޫއުތަކަށް އާ ސަރުކާރުން ހޭދަކުރާނެ އެވެ.
ބ. ތުޅާދޫގައި ވެސް 100 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަން އިއުލާނުކޮށްފައިވާއިރު އެ މަޝްރޫއަށް ބިޑް ހުށަހެޅުމުގެ މުއްދަތު އަންނަ ބުރާސްފަތި ދުވަހު ހަމަވާނެ އެވެ. ޅ. ނައިފަރުގައި އަޅާ 100 ހައުސިން ޔުނިޓަށް ބިޑް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 17 ވަނަ ދުވަހެވެ.
މި އަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ މަޝްރޫއުތަކުގެ ގޮތުގައި 6.6 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި، އަލަށް ފަށާ 315 އަދި ހިނގަމުންދާ 229 މަޝްރޫއު ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަން
02 April 2019
ހެލޯ ވޯލްޑް
ލަވް ލާމް
01 April 2019
ގޯތިވެސް ދޭނެ ހައުސިންޔުނިޓް ވެސް އަޅާނެ ގަމައް ރައްރަށުން މީހުން ގެނެސް ގަމުގެ އާބާދީ އިތުރުވީމަ ލ ތަރައްގީވެގެން ދާނީ ހީނުކުރާހާ ބާރުމިނުގަ...ގަމުގެ ތަރައްގީއައް..ހުރަސްއަޅަން ނޫޅުއްވާ...މީއެތަނަކީ ހަޤީޤީބަލަން އާދެވޭ..
ގގގގގ
01 April 2019
ތަރައްގީއަށް ހުރަސް އަޅަނީ ގަމުން ބިން ފޭރިފައި ތިބި މާލޭ ބޭފުޅުން.
ނާޝް
01 April 2019
ރައްޔިތުންނަށް ގޯތި ދޫކޮށްފަ ގޯތީގައި ގެ އަޅާދޭށެވެ. ނޫނީ ގޭގެ ސްޓްރަކޮޗާރ ހަދާދީ ހިޔާކޮށްދޭށެވެ. ރައްޔިތުންނަށް ދިރިއުޅުމެއް ބިނާކުރެވޭނީ އޭރުންނެވެ. ދަރިންތައް ބޮޑަތި ވާންފެށީމާ އިތުރުކޮޓަރި ހަދައިގެން ބަދިގެއަޅާއިގެން ގަސްއިންދައިގެން ދިރިއުޅެވޭނީ އޭރުންނެވެ. ހަރަދުވެސް ކުޑަވެފާ އަވަސްވެސް ވާނެއެވެ. އެންމެ މުހިއްމީ ރަށުގައި ވަޒީފާ އުފެއްދުމެވެ. ޖަލުގޮޅިހެން ކުކުޅުކޮށިހެން ތަންހަދާފަ ރައްޔިތުން ވައްދާފަ އުމުރުދުވަހު ކުލި އަތުލަން ނޫޅުއްވާށެވެ.
ގަމުން ޝަރީފް
01 April 2019
ހަނދާންކުރާތި މާލޭ 3 ހަތަރު ގޯތި އޮތް ބޭފުޅުންނާ އެމީހުންގެ އާއިލާތައް ގަމުގެ ބިންތައް ހިސޯރު ކޮށްގެން ގަމު މީހުންނަށް ފްލެޓް އަޅަންޏާ މައްސަލަ ވަރަށް ގޯސްވާނެކަން. ކޯޓަށް ދާނަން. ހަމަ މިހާރު އެބިންތައް ނަގާ ގަމު މީޙުންނަށް ގޯތި ދީ! ހަމަ މިހާރު