އަލަށް ހުއްދަ ލިބުނު ވަކީލުންނާ މުހާތަބު ކުރައްވައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވާހަކަ ދައްކަވަނީ. ފޮޓޯ:ނިޝާން އަލީ/މިހާރު
11 އެޕްރީލް 2019 - 23:38
މުޖުތަމައުގައި ގާނޫނީ ގޮތުން އެއްވެސް ބަޔަކު ގޯސްތަކެއް ހަދާ ނަމަ ވަކީލުން އެކަމާ ދެކޮޅަށް ތެދުވަން ޖެހޭނެ ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގާނޫނީ ވަކީލު ކަމުގެ ހުއްދަ 84 ވަކީލަކަށް ދިނުމަށް ސުޕްރީމް ކޯޓުގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ގާނޫނީ ގޮތުން ރާއްޖޭގައި ހެދި ބައެއް ބޮޑެތި ގޯސްތަކާ މެދު އެއްޗެއް ވިދާޅު ނުވެ ހުންނެވުނީތީ އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ. ރާއްޖޭގައި ގާނޫނީ ގޮތުން ބައެއް ގޯސްތައް ހަދާފައި ވަނީ ވަކީލުންގެ ކުރިމަތީގައި ކަމަށާއި އެކަންކަމާ ލަދުވެތިވެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
" މުޖުތަމައުގައި ގާނޫނީ ގޮތުން ބޮޑެތި ގޯސްތަކެއް ހަދާ ނަމަ، [ގޯސްތަކެއް] ހަދާ ކަމަށް ގަބޫލުކުރެއްވޭ ނަމަ ވަކީލުންނަށް އެބަ އޮތޭ ދައުރެއް،" އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އެފަދަ ކަންތައްތައް ހިނގާ ނަމަ އެކަންކަމާ ކުރިމަތިލާން ޖެހެ އެވެ. މީގެ ކުރިން ވެސް ވަކީލުން އެ މަގަށް މަސައްކަތް ކޮށްފައިވާ ކަން ފާހަގަކުރައްވައި މިސާލެއްގެ ގޮތުން ދެއްކެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ފަނޑިޔާރު އަބްދުﷲ މުހައްމަދު ހައްޔަަރު ކުރި މައްސަލަ އެވެ. އަބްދުﷲ ގާޒީގެ ނަން ވިދާޅު ނުވެ އޭނާ ވިދާޅުވީ 2012 ވަނަ އަހަރު ފަނޑިޔާރަކު ހައްޔަރު ކުރުމުން ވަކީލުން ތެދުވި ކަމަށެވެ.
ގާނޫނީ ވަކީލުކަމުގެ ހުވާ ކުރައްވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު
ގާނޫނީ ގޮތުން ރާއްޖޭގައި މިހާތަނަށް ހަދާފައިވާ ބައެއް ގޯސްތައް އަދި އެކަންކަމާ ބަހެއް ވިދާޅުނުވެވުނީތީ ހިތާމަކުރައްވާ ބައެއް ކަންކަން މުއިއްޒު މިރޭ ވަނީ ހިއްސާ ކުރައްވައިފަ އެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ބެންޗުގައި ފަނޑިޔާރުން ތިއްބަވާ އަދަދު މަދު ކުރަން ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ގެނައި ބަދަލު އެއް ކަމަކަށް ފާހަގަ ކުރެއްވި އެވެ. އޭގެ އިތުރުން ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޝަރުއީ ދާއިރާގެ މިނިވަންކަން ގެއްލޭ ގޮތަށް އެޅި ބައެއް ފިޔަވަޅުތަކުގެ ވާހަކަ ވެސް ދެއްކެވި އެވެ.
ވަކީލުންނަށް ނަސޭހަތް ދެއްވަމުން މުއިއްޒު ވިދާޅުވީ ވަކީލުންގެ އިހުމާލުން ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ރާއްޖޭގައި މިހާތަނަށް މީހަކު ކޯޓަށް ގޮސްފައި ނުވިޔަސް، އެގޮތަށް ކޯޓަށް ދާ ދުވަސް އޮތީ ދާދި ކައިރީގައި ކަމަށެވެ.
" އެހެންވީމާ ދަންނަވަން މިއުޅޭ ވާހަކައަކީ ވަކީލުން ވެސް މިކަމަށް ވަރަށް ރަނގަޅަށް ތައްޔާރުވާން އެބަ ޖެހޭ. ވަކީލުން އަބަދުވެސް މަސައްކަތް ކުރަން ޖެހޭނީ މުވައްކިލުގެ ހައްގުގަގޭ،" އޭނާ ވިދާޅުވި އެވެ.
މިރޭގެ ރަސްމިއްޔާތުގައި 84 ވަކީލަކަށް ހުވާލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ. ހުވާ ކުރެއްވި ވަކީލުންނަށް ވަކީލުކަމުގެ ހުއްދަ ހަވާލުކޮށްދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނާއި ޝަރަފްވެރި މެހްމާން މުއިއްޒެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަކީލުވެ
13 April 2019
ގިނަ ވަކީލުން ބޭނުންވަނީ އިހޫތަނުން ކައިގެން އުޅެން
ކަދުރޭ2
13 April 2019
ގޮސްހަދަނީ ވަކީލުން ގާޒީންނާ ގުޅިގެން ކަމަށްވާނަމަޔޯ؟
ނާގޯށި
13 April 2019
މިހާރު ވެސް ތިހިރީ އުފެދިފަ ކޮންފިލިކްޓް އޮފް އިންޓަރެސްޓް ނޫންތޯ؟ ދެން ކިހިނެތްތޯ ކަމެއް ރަންގަޅުވާނީ.
އަދީލް
13 April 2019
އެޖެންޑާ 19 ގެ ދަށުން ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމު ވަރަށް ފުރިހަމައަށް އިސްލާހުވެފައިވާ މަންޒަރު ދާދި އަވަހަށް ފެންނާނެއެވެ. ނުހައްގު ހުކުމްތަށްކޮށް، ސިޔާސީ ނިޒާމުތެރޭގައި އުޅުމުގެ ފުރުސަތު ފަނޑިޔާރުންނަށް ބަންދުވީއެވެ. ތިމާމެންގެ އަތުގައި ބާރުއޮތްކަމަށް ދައްކާ، މުޅި ގައުމު ހަލާކުގެ ތެރެއަށް ދުއްވާލި މީހުންގެ މިއަދު ކަރުނަ އަޅަން ނުހަދާށެވެ. އާރާއި ބާރުގެ ބޭނުންކޮށްގެން އަނިޔާވެރިވަމުން ދިޔައިރު މި ދުވަސް އައިސްފާނެކަމަށް ނުވިސްނުނީތާއެވެ!
ސަންސީ
12 April 2019
ތެދުވެ ސަކަރާތް ޖަހަން ނަހަދާ، ރައްޔަތުން ބުނާ ގޮތައް ރައްޔަތުންނަށް ހިދުމަތް ކުރަންތިބޭ! އަމިއްލަ އަމިއްލައަށް ކަންތައް ނިންމުމުގެ ސަގާފަތް ދޫކޮށްލާ!
ކަންއޮތްގޮތް
12 April 2019
މިހާދުވަހުން ތިވަރު ވިސްނުނުކަމަށް ޙަމްދުކޮށް ޝުކުރުކުރަމެވެ. އެކަމަކު ތަންފުކެއް ލަސްވެއްޖެކަމުގައި ބެލެވެއެވެ. ޤަބޫލުކުރެވޭގޮތުގައި މަނިކުފާނުގެ ވިސްނުމުގައިހުރީ މިސަރުކާރުން ފައިދާތަކެއްް ނަގާނެގޮތްކަމުގައި ބެލެވެއެވެ. ރައީސް ޔާމީނަށް ކާމިޔާބުލިބުނުނަމަ، ތިވާހަކަތަކެއް ތިގޮތަކަށް ނުދެއްކީސްކަން ކަށަވަރެވެ. ޤައުމަށާއި މުޖުތަމަޢަށް އިޚުލާޞްތެރިވުމަކީ، ގޯސްކޮށްކަމެއްހިނގާނަމަ، ވަގުތުންއެވާހަކަދައްކައި ޙައްލުހޯދަން އުޅުމެވެ. ޝުކުރިއްޔާ
މުއިޑު
12 April 2019
ބަގާވަތް ކުރިއިރު ޕުރޮސެކިއުޓަރ ޖެނަރަލް އަކައްހުރެ ދޫބަންދުވެfހުރި. ގާނޫނާ ހިލާފައް ކުއްލި ނުރައްކާ ނެރުނު އިރު މުއީޒުގެ އަގައާ ވަކީލުކަމުގެ ސަނަދުނެތީތަ؟ އެއައްވުރެ ބޮޑު ގޯހެއް މި އާގާނުނު އަސާސީ އައް އަމަލުކުރަން ފެށިފަހުން އެއްވެސްފަރަތަކުން ހަދާފަނެތް..
ކަންހިނގިގޮތް
13 April 2019
ކުރީ ބަގާވަތެއްނޫން. ގާނޫނު އަސާސީގެ ތެރެއިން ވެރިކަން ބަދަލުވީ. ދިވެހި ޤާނޫނު އަސާސީގައި ބުނާ ބައެއް ޝަރުތުތައް ފުރިހަމަނޫންކަން ޑެންމާކުގަ ހާމަކޮށްފަ އަމިއްލައަށް އިސްތިއުފާދިނީ ވެރިކަން ކުރަން ނޭނގިގެން. ދެން އިބޫގެ ވެރިކަން ހަލާކުނުކުރެވިގެން އެއުޅެނީ މިހާރު.
ހަގީގަތް
13 April 2019
ބަލަ މުސްލިމު ވެރިޔަކާ ދެކޮޅަށް ނިކިތުމަކީ ބަޣާވާތެއް. އިސްލާމްދީނުގައި އޮންނަނީ އެގޮތަށް.
ޕުއްޕު ހަސަނު
12 April 2019
އަދީބަށް ފާރަވެރިވާން ބުނީމަ މުއިޒް ގޯސްވެގެން މުޖުރިމު އަދީބުގެ ބޯއީޒް ކޮޅު ވަރަށް އެބަ މުއިޒުއާ ދެކޮޅަށް ކޮމެންޓް ކުރޭ، މުއިއްޒުއަކީ ރާއްޖޭގައި ހުރި އެންމެ ނަޒާހަތްތެރި އިހްތިރާމް ލިބިގެންވާ ގާނޫނީ ވަކީލް
ގާޒީ ވަގަށްނެގިމީހާ މިހެންބުނީ
12 April 2019
މުއިއްޒޫ 1ފެބްރުއަރީގެ ހުކުމް ރަގަޅުތަ އެގޮތަށް ހުކުމްކުރެވިދާނެތަ 2018ވަނައަހަރުގެ ދުނިޔޭންވެސް ހޮވާލެވުނު ހިޓަކަށް އެހުކުމްވީ ރަގަޅުކަމުންތަ އޭގެފަހުން މިސަރުކާރު ހޮވުމާއެކު ގިނަބަޔަކު ތަލިންކުޅުހިކުނު އެތައް ހުކުމެކޮށް ކުއްވެރިންތަކެ މިނިވަންކޮއްފި މިއީވެސް ރަގަޅު ހުކުމްތަކެއްތަ ވަކީލުންނާ ފަޑިޔާރުން މާތﷲއަށް ވަކީލުކުރާނަމަ މިފަދަ ހުކުމެނުކުރާނެ. ގާޒީއެ ވަގަންނެގުމުން ކުރިހުކުމަކީ ބައިސްކަލު ބައްތިއެ ވަގަށްނެގުމުން އަންނަވަރުގެ ދެރަހުކުމެ.
ާއަފްލާ
12 April 2019
އެޖެންޑާ 19 އަކީ ގައުމައް ހެޔޮ ބަދަލު ގެނައުމުގެ ނަމުގަ ގައުމު ފަނާކުރަން ރައްޔިން އއދުނު ބަދަލެއް ކުރާނެ އެއްވެަް ސް ފައިދާއެއް ނޯންނާނެ