ހުރަވީ ބިލްޑިން: އެ އިމާރާތުން ޝީޓެއް ވެއްޓި ސައިކަލަކަށް ގެއްލުންތަކެއްވި ކަމަށް ފުލުހުން ބުނި -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
16 އެޕްރީލް 2019 - 14:46
މީގެ 24 އަހަރު ކުރިން ފެށިގެން މާލޭގައި ސަރުކާރުގެ އޮފީސްތައް ހިންގަމުން އަންނަ އެއް އިމާރާތް، ހުރަވީ ބިލްޑިންގްގެ ޝީޓުން ބައެއް މިއަދު ވެއްޓި، ޕާކުކޮށްފައި ހުރި ސައިކަލަކަށް ގެއްލުން ވެއްޖެ އެވެ.
މީގެ ކުރިން ވެސް އެފަދަ ހާދިސާތައް ހިނގާފައިވާ އެ ބިލްޑިންގްގެ ޝީޓުން ބައެއް މިއަދު މެންދުރު ވެއްޓުނީ އަމީރު އަހުމަދު މަގަށެވެ.
ފުލުހުން ބުނިގޮތުގައި، މެންދުރު އެކެއް ޖަހަން އުޅެނިކޮށް ހިނގި މި ހާދިސާގެ މައުލޫމާތު ވަނީ މާލޭ ސިޓީ ކައުންސިލާ ހިއްސާކޮށްފަ އެވެ.
މި ހާދިސާގައި، އެއްވެސް މީހަކަަށް އަނިޔާއެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ ތިން އަހަރު ކުރިން ވެސް ހުރަވީ ބިލްޑިންގްގެ ޝީޓެއް ވެއްޓި އުމުރުން ދުވަސްވީ މީހަކަށް އަނިޔާވި ވެ އެވެ.
ހުރަވީ ބިލްޑިންގްގައި ހިންގާ އޮފީސްތައް ހުސްކޮށް، އެ އިމާރާތް ތަޅައިލަން 2010 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ނިންމި އެވެ. އޭރު ނިންމީ އެތަނުގައި ޕާކެއް ހެދުމަށެވެ. އެކަމަކު، ހުރަވީ ބިލްޑިންގްގައި ހިންގަމުން އައި އޮފީސްތައް ބަދަލުކުރާނެ އެހެން އިމާރާތެއް ނެތުމުން އެކަމެއް އޭރު ނުވީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުރާސިލު
18 April 2019
މާލޭގައި ޕާކުކުރާނެތަންތަން ހަދާވާހަކަ ދައްކާއިރު ހުރަވީ ބިލްޑިންގ ހުރި ސަރަޙައްދަކީ އެކަމަށް އެންމެ އެކަށީގެންވާ ތަނެވެ. އެހެންކަމުން ހުރަވީ ބިލްޑިންގ ބައެއްގެ ބޮލަށް ވެއްޓުމުގެކުރިން ވީއެންމެ އަވަހަކަށް ތަޅާލާ، ތިރީގައި ގިނަ ޢަދަދެއްގެ ވެހިކަލް ޕާކުކުރެވޭގޮތަށް އެތަނުގައި ޒަމާނީ އޮފީސް ޢިމާރާތެއް އެޅުމަށް ސަރުކާރަށް ގޮވާލަމެވެ.
މޯދީގެ ބައްޕަ
17 April 2019
ކުދިންނޭ މީހަކު ޒިޔާރަތް އަރާދުވަހު ތޔަތާނގަ އަމަލީ މަސައްކަތް ފެށޭނެ.
ކޮލެޖު ބޯއި
17 April 2019
ހުރަވީ ބިލްޑިންގް އަކީ ޝީޓު އަޅައިގެން ހަދާފައި ހުރި ތަނެއް ނޫން. ވެއްޓުނީ ކުޑަދޮރު ތައް މަތިން އަޅާފައި އޮތް ސިމެންތި ގަލުން ބައެއް. އެއީ ރީތިކޮށްލަން އަޅާފައި އޮތް ގަލެއް. އެއީ ޝީޓެއް ވެސް ނޫން. ބެލްކަންޏެއް ވެސް ނޫން.
އަލީ!
16 April 2019
ތިތަން ތަޅާލަންވީ
ބަޑްސް
16 April 2019
އަޅުގަނޑުގެ ސައިކު ވެސް ހަލާކުވި ތިއިމާރާތުގެ ސީޓުން ތަންގަޑެއްވެއްޓި..އޭގެފަހުން ތި އިމާރާތް ކައިރިއަކު ނުބަހައްޓަން
މާދުރު ތަރި
16 April 2019
ދެން އޯކޭއެއްނު! މާލޭ މޭޔަރ ޝިފާ ކުރާހާވެސް ކަމަކީ ޓުވީޓުން ކަންކަމުގެ ނޫނީ މީހުންގެ ކުށްދެއްކުން. ކުރާކަމެއް ހަރާން! ނާގާބިލް ސިޓީ ކައުންސިލެއް! ޕާޓީ އަކުން މީދަލެއް ކުރިމަތި ލިތަސް ހޮވާފަ ބަހައްޓާ! ނޫނީ ނަޝީދު މައުމޫނު ޔާމީނު ގާސިމް ކަހަލަ ރޫހާނީ ލީޑަރު ބުނީމަ ސިކުނޑި ނިއްވާލައިގެން ގޮސް ވޯޓުލާ! އޭރުން ކަންކަން ހައްލު ވާނެ! މިހާރުވެސް ރޫހާނީ ލީޑަރ ނަޝީދު ވީ ލަންޑަންގަ! ތިބޭފުޅުންގެ ޓެކްސް ފައިސާ އިން ބޮޑު މުސާރަ އަދި އިނާޔަތުން!
މުހައްމާ
16 April 2019
ދައުލަތުގެ އޮފީސްތައް ހިންގަން އިމާރާތެއް ނާޅާތާ 10 އަހަރުވީ. 10 އަހަރުގެ ތެރޭގައި ކުރީގެ އެޓޮލްސް ހިންގި އިމާރާތް، އާސަހަރާ ކައިރީގައި ހުރި ފިނޭންސް އަދި ހެލްތު ހިންގި އިމާރާތް، ބަނދަރުމަތީގައި މަނިޓަރީ ކައިރީގައި ހުރި އެމްޓީސީސީގެ އިމާރާތް ތަޅާލެވިއްޖެ. ދައުލަތުގެ އޮފީސްތަކާއި ކުންފުނިތައް އަމިއްލަ މީސްމީހުންގެ ގޭގެ ބޮޑުއަގުގައި ކުއްޔަށް ހިފައިގެން ހިންގަނީ.
ހިގޮ
16 April 2019
ވެރިކަން ވެސް ވެއްޓޭ....އެހެން ވާނެ ބާވީމަ ވެލާނާ އިމާރާތް ހަދާފަ ވެސް ތިތަން ތަޅާލަން ނުކެރުނު ވިއްޔާ
ކަނބިލި
16 April 2019
ދެން ތަންވެއްޓޭނީ ބޮލަށް
މަ މިއު މަ
16 April 2019
ހިޔާލެއް: ޣާޒީ ބިލްޑިންގް ތަޅާލާފަ (އަޑީގަ ޕާކު ކުރެވޭނެހެން) 10-15 ބުރީގެ އިމާރާތެއް އަޅާފަ ޣާޒީ އަދި ހުރަވީގެ ހުރިހާ މަސައްކަތެއް އެ ބިލްޑިންގައް ބަދަލު ކުރޭ. ދެން ހުރަވީ ބިލްޑިންގް ތަޅާލާފަ އެބިމާ، ސަހާރާ މެދުގަ އޮންނަ ހަނި މަގާ، ދެތަން ހުކުރު މިސްކިތުގެ ބަގީޗާ ބައިގެ ގޮތުގައި ތަރައްގީ ކުރޭ. އެ މަގުގަ ޕާކު ކުރާ ސައިކަލުތައް ޕާކު ކުރަން ޢާޒީ ބިލްޑިންގްގެ ދަށް އޭރުން އޮންނާނެ ވެސްމެ.
މިނިކާވަގު
16 April 2019
ސަޅި
ދޭހަވާގޮތް
17 April 2019
ތިކަހަލަ މީހުން މޭޔަރުކަން ކުރަންވީ.