ޚަބަރު / ވައްކަމާއި ފޭރުން

ބިދޭސީއެއްގެ އަތުން ފޭރުނު ދެ މީހަކު ހައްޔަރުކޮށްފި

ކްރައިމް ސީން ޓޭޕެއް: މާލޭގައި ބިދޭސީއެއްގެ އަތުން ފޭރުނު ދެ މީހަކު ވަނީ ހައްޔަރު ކޮށްފައި --ފޮޓޯ/މިހާރު

މާލޭގައި ބިދޭސީއެއްގެ އަތުން މިރޭ ފައިސާތަކެއް ފޭރުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މާފަންނު އޭސް ހާޑްވެއާ ކައިރިން ބިދޭސީއެއްގެ އަތުން ފޭރުނީ 2،000 ޑޮލަރާއި 5،000 ރުފިޔާ ކަމަށެވެ. އެ މައްސަލައިގައި ހައްޔަރުކުރީ އުމުރުން 42 އަހަރުގެ ފިރިހެނަކާއި 54 އަހަރުގެ ފިރިހެނެއް ކަމަަށް ފުލުހުން ބުންޏެވެ. އަދި ހައްޔަރުކުރި އެކަކު އަތުން، ފޭރުނު ކަމަށް ބެލެވޭ 1،300 ޑޮލަރު ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި، އެ ބިދޭސީ މީހާ އަތުން ފޭރުނީ ހޮޓަލެއްގެ ތެރޭގައި ހުއްޓަ އެވެ.

މާލޭގައި މިހާރަކަށް އައިސް ފޭރުމުގެ އަމަލުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ދާދިފަހުން މާލޭގައި ފޭރުމުގެ ބޮޑު ތިން މައްސަލައެއްގައި ފަސް މިލިއަން ރުފިޔާ ފޭރިގެންފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް ހޯދުނީ ހަތް ލައްކަ ރުފިޔާ އެވެ. ފުލުހުން މިއަދު ބުނެފައިވާ ގޮތުގައި މާލޭގައި ފޭރުން އެންމެ އާންމުވެފައި ވަނީ ހެންވޭރުގަ އެވެ.

12 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 10%
icon angry icon angry 40%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢާދަނު

19 April 2019

ފުލުހުންނަށް މިގައުމުގަ އަމާންކަންގާއިމެތްނުކުރެވޭނެ އަބަދުވެސް ފުލުހުން ތިބެންޖެހެނީ ސިޔާސީމީހުންދަށުވެ ނިގޫފިތިފަ

The name is already taken The name is available. Register?

ހަސަން ނުވަވަނަ

19 April 2019

އެޖެންޑާ 19 ތަފާތުވާނެ

The name is already taken The name is available. Register?

ޖެނީ

19 April 2019

ފޭރޭ މީހުންގެ ނަންތައް ހާމަ ކުރަން ޕެޓިޝަނެއް ހަދާ ފުލުހުން ޒިންމާދާރު ކުރުވަންވީ ހަމަ.

The name is already taken The name is available. Register?

ހާލިދާ

19 April 2019

ކީއްވެބާ މިވަރައް ފޭރޭ އިރު އެމީހުންގެ މައުލޫމާތު ހާމަކުރަން ފުލުހުންނައް ނުކެރެނީ؟؟؟؟؟؟

The name is already taken The name is available. Register?

ސްލޯ މީހާ

18 April 2019

ހެޑްލައިން ކިޔާލާފަ އެންމެ ފުރަތަމަ މަ ހީކުރީ ބިދޭސީ މީހާ، ފޭރުނު މީހުން ހައްޔަރުކުރީ ކަމަށް. މާފަހުން މި ގެޓްވީ އަސްލު ވީގޮތް

The name is already taken The name is available. Register?

ރެ-ޕި-ޑް-ފަ-ޔާ-ޒް

18 April 2019

ފޭރޭ މީހުން ފޭރެނީ. ވައްކަން ކުރާ މީހުން ވައްކަން ކުރަނީ. މީހުން މަރާ މީހުން މީހުން މަރަނީ. އެހެނަސް މިކަން އިސްލާހުކުރަން ކަނޑައަޅާފައިތިބޭ މީހުންނަށް މިކަން އިސްލާހު ކުރެވޭ ގޮތެއް ނުވޭ.

The name is already taken The name is available. Register?

ލާމަސީލު

18 April 2019

ފޭރޭ މީހުން ހޯދުނަސް އެމީހުންގެ ނަންތަކާ ފޮޓޯ އާއްމު ނުކުރަނީ ބާރުގަދަ ބަޔަކު އަޑީގަ ތިބެގެން ކުރުވާ ކަަމަކަށް ވީމަތޯއެވެ. ޝައްކު އުފެދޭނެ ޖާގަ ނުދެއްވާ އެހެން ރައްޔިތުންގެ ހައްގުގަ އެމީހުންގެ ނަމާ ފޮޓޯ އާއްމު ކޮށްދެއްވާ.

The name is already taken The name is available. Register?

ކޮރަލް

18 April 2019

ވައްކަން ކުރަނީ އެއް ބައެކެވެ. ދޫކުރާ ވަރަކަށް ވައްކަން ގިނަ ވެއެވެ.

The name is already taken The name is available. Register?

ކާފަބޭ2019

18 April 2019

ފޭރުނުމީހުންގެ އިންސާނީޙައްގުބޮނޑި އޮންނާނެ ނަންހާމަނުކުރެވެނީ އެހެންވެ. ގެއްލުންލިބުނުމީހާގެ ޙައްގެއްނޯންނާނެ ރޯލަރޯލާ ރަޖާލައިގެންއޮންނަން ޖެހޭނީ އޯކޭތަ؟ ހުރިހާފަރާތަކުންވެސްއުޅެނީ ވަކިކަމެއްނުކުރެވިގެން އަވަދިނެތިގެން އޯކޭދޯ؟

The name is already taken The name is available. Register?

ޙައްޤު

18 April 2019

ތިޔަ ފޭރުމުގެ މައްސަލަ ހައްލު ކުރަން ބޭނުންވާނަމަ ފޭރޭމީހުންގެ ފޮޓޯތަށް އާއްމުކުރަންވީ އެކި އެކި އެންގަލް ތަކުން ފޮޓޯނަގާފަ، އެހެން ނަހަދާ ކިހިނެއް އަޅުގަނޑާ ތިބޭފުޅާ އަށް އެނގިލައްވާނީ ފޭޜޭ މީހާ ފެނުނަސް، އެނގޭނެ އެކަނި ގޮތަކީ ފޭރިގެން ދިޔައިމަ ދެތްތޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454