ފުލުހުންނާއި ސިފައިންގެ ވެރިން މިއަދު ބޭއްވި ބައްދަލުވުން. --- ފޮޓޯ: އެމްއެންޑީއެފް
21 އެޕްރީލް 2019 - 19:59
ސްރީ ލަންކާގެ އެކި ސަރަހައްދުތަކުގައި ޓެރަރިސްޓް ހަމަލާތަކެއް ދީ އެތައް ބަޔަކު މަރުވުމާ ގުޅިގެން ސިފައިންނާއި ފުލުހުންގެ އިސް ވެރިން މިއަދު މަޝްވަރާ ކުރައްވައިފި އެވެ.
އެމްއެންޑީއެފުން ބުނީ މި ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް އާއި ސިފައިންގެ އިސް ބައެއް ވެރިންގެ އިތުރުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ) އާއި ފުލުހުންގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
Mi Mashvaraathaku gai, Mifadha Nurahkaatheri Haadhisaa akun Raajjey ge Salaamathaai Rahkaatherikan Kashavaru Kurumah, MNDF aai @PoliceMv Gulhigen ithurah Elhidhaane Fiyavalhuthakaa behey Gothun Fulhaa Dhaairaa ehgaa vanee Mashvaraa Koffa.
— Maldives National Defence Force (@MNDF_Official) April 21, 2019
އެމްއެންޑީއެފުން މިރޭ ކުރި ޓުވީޓު.
މި މަޝްވަރާތަކުގައި މިފަދަ ނުރައްކާތެރި ހާދިސާއަކުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެމްއެންޑީއެފާއި ފުލުހުން ގުޅިގެން އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެމްޑީއެފްގެ ހެޑްކުއާޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންނާއި ސިފައިން ބުނީ ލަންކާގައި ދިން ހަމަލާއާ ގުޅިގެން ރާއްޖޭގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާ ކަމަށެވެ. ސަލާމަތީ ބާރުތަކުން ބުނި ގޮތުގައި ލަންކާގެ އަށް ތަނަކަށް ދިން ހަމަލާގައި އެއްވެސް ދިވެއްސަކު ބައިވެރިވުމެއް އޮތް ކަމުގެ މައުލޫމާތެއް ލަންކާ އިން އަދި މިހާތަނަށް އަންގާފައެއް ނުވެ އެވެ.
މީގެއިތުރުން ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރާއްޖެ އަށް އެފަދަ ހަމަލައެއް ދީފާނެ ކަމުގެ މައުލޫމާތެއް މިހާތަނަށް އައިއިރު ލިބިފައި ނުވާ ކަމަށް ސިފައިންނާއި ފުލުހުން ބުންޏެވެ.
ދިވެހިން ވެސް ވަރަށް ގިނަ އިން އުޅެމުން އަންނަ ބައެއް ސަރަހައްދުތަކަށް ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 200 އަށް ވުރެ މަތިވެފަ އެވެ. ޒަހަމްވި މީހުންގެ އަދަދު އުޅެނީ 400 އަށް ވުރެ މަތީގަ އެވެ. ބޮމުގެ ހަމަލަތަކާ ގުޅިގެން ލަންކާގައި ކާފިއު ވަނީ އިއުލާންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަންދޫ މޫނު
22 April 2019
ފުލުހުންނާއި ސިފައިން މަޝްވަރާކޮށް، ޓޫރިސްޓް ހޮޓާތަކާއި، ޓޫރިސްޓް ގެސްޓް ހައުސްތަކާއި، އެއާޕޯޓްތަށް، އަދި މީހުން ގިނަވާ ސަރަހައްދުތަށް ބަލައި އެތަންތަނުގައި ސީސީޓީވީ ހަރުކޮށް، ޓޫރިސްޓް ރިސޯޓްތަކަށް ދަތުރުކުރާ އުޅަނދުފަހަރު ބެލެހެއްޓޭނެ ނިޒާމެއް ހަދައި، ދަތުރު ފަތުރު ކުރާ ހުރިހައި އުޅަދެއްގެ ޕެސެންޖަރުންގެ ލިސްޓް ހަރުދަނާކުރަންޖެހޭ، ލަންކާގެ ހަމަލާއިން، ނިޒުޒިލެންޑް ހަމަލާއިން އިބްރަތް ހޯދަމާތޯ؟
ހާސިތާ
22 April 2019
ދިވެހިރާއްޖޭގެ އޮތް އެންމެ ނާގާބިލް އަދި ސިޔާސީ ނުފޫޒުން ފޯވެފަ އޮތް ދެ މުއައްސަސާ! ކޯޓުތަށް ނަގާފަ! ނާގާބިލްކަން ޓު މެކްސް!
ހަސަން ނުވަވަނަ
22 April 2019
ކޮން މަޝްވަރާއެއް. ކޮފީ ބޮއެގެން ކުކީސް ކާލައިގެން ފެން ބޯލައިގެން ވައިލީނަމަ ނިމުނީ. އެހެންނޫނަސް މިހާރު މިގައުމުގެ ދިފާއު ބަލަހައްޓަނީ އެހެންބައެއްނު
ވާހިދުބެ
22 April 2019
މިފަދަ ހަމަލާއެއް ރާއްޖޭގައި ދިނުމުގެ ކުރިން ފުލުހުންނާއި ސިފައިން ތައްޔާރުވެ ތިބީ ކިހާވަރަކަށްތޯ. ލަންކާފުލުހުން ވަގުތުން އެބަޔަކު ހޯދައިފި. އަހަރެމެން ދިވެހިން މިއުޅެނީ ރޯމާދުވާލު ސިޓީގެ މެދުގަ ވަޅިޖަހާ ފިލީމަވެސް ނުހޯދިގެން. ބައެއްފަހަރު ލަދުވެސް ގަނޭ.
އަޙްމަދު ޒަކީ
21 April 2019
ތިޔައީ މަޝްވަރާ ބައްދަލުވުމެއްތަ ނޫނީ ސައިފޮދު ހިއްޕެވުމެއްތަ؟ އަޅެފަހެ ކޮންމެ ބޭފުޅުއްގެ ކުރިމަތި ފުޅުގައި ތިހިރަ ހެދިކާ ތައްޓެއްވިއްޔަ! ރައްޔިތުންގެ ފައިސާއިން ތިގޮތަށް އިސްރާފް ނުކޮށްބަލަ. ތި އެންމެނަށް ވެސް މުސާރަ ދީފަ ހުންނާނީ.
ވަތަންބެ
21 April 2019
މިޒަމާނުގަ ސައެއް ބޯލެވޭކަށްވެސް ނެތީތަހަމަ؟
އަޙްމަދު ޒަކީ
22 April 2019
މިޒަމާނުގައި ކޮރޮޕްޓްވެގެންވެސް ނެތް ތިބެވޭކަށް
ޖެކް
21 April 2019
އިހަކަށް ދުވަހަކު މީހަކު ބޯޑަރު ފަޅާލާފަ ގޮސްފަ ވަނީ...ތިގޮތަށް ކޮފީގަ ތިއްބާ!
މަރޭމިތުރު
21 April 2019
ރާއްޖޭގައި އެންމެ ކުަޑަމިނުން ބަޑިބޭހެއްވެސް ލިބެން ނެތުމަކީ މިފަދަ ހަމަލާ ނުހިނގާފާނެކަމެއް ކަމަށް ބެލެވޭކަމެއް! އެކަމަކު ރާއްޖޭގައި އެބަތިބި ހައްދުފަހަނަޅައިފައިވާ ބަޔަކު. އެކަން އެންމެނަށްވެސް އެނގޭނެ! ހަގީގަތްމީ ނުފޮރުވޭ!
ސަލީމު އިދުރީސް
22 April 2019
މަރޭމިތުރާ ހާދަ ކޮސްވާހަކަޔެކޭ ތިބުނީ އެއްވެސް ގައުމެއްގަ ހަނޑޫ ހަކު ފުއް ވިއްކާހެން ބަޑިބޭސް ވިއްކާކައް ނުހުރޭ! މިގައުގަ އެފަދަކަމެއް ހިންގަން ބަޔަކު ސައުގުވެރި ވެރިއްޖެނަމަ މިޔައްވުރެ ފަސޭހަ ގައުމެއް ކޮބައިތޯ! މިމުބުނީ މިގައުގަ ހުރިހާކަކައް މަގުފަހި ކުރަން އެންމެ ފަސޭހަ ވަސީލަތް ކަމުގަވާ ކަރެޕުސަން ހައްދު ފަހަނައަޅާފަ އެބައޮތް ވާހަކަ! ޑުރަގު އެތެރެ ވާގޮތައް ބަޑިބޭސް ނުވަތަ ޓީއެންޓީ އެތެރެ ނުކުރެވޭނެތޯ!
ހިގޮ
21 April 2019
ކުރި އަކުން ނެއްތަ ޕުލޭނެއް ކޮށްފަ...