ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
22 އެޕްރީލް 2019 - 17:19
ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓާއި ވީއައިޕީގެ ޚިދުމަތާއި އިތުރު އިނާޔަތް ދިނުމަށް އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްތަކަށް ތާއީދު ނުކުރައްވާ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލިހުގައި ތިން ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވި އީވާ ކުރެއްވި ޓުވީޓެއްގައި ވަނީ އެ އިސްލާހުތަކާ ދެކޮޅަށް އެމްޑީޕީން ތްރީލައިން ވިޕެއް ނެރުއްވާނެ ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ. އީވާ އެފަދަ އިޝާރާތެއް ދެއްވީ، ގިނަ އަދަދެއްގެ އާންމުން އެ ބިލާ ދެކޮޅު ހަދަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
It’s a RED whipline from MDP. https://t.co/zGtaB3mFDr
— Eva Abdulla 🎈❓ (@evattey) April 22, 2019
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ކުރެއްވި ޓުވީޓު.
މަޖިލިހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ތިން ބިލެއް ހުށަހެޅުއްވީ މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި އާންމު އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ދިއްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ތިމަރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު މުސްތަފާ އެވެ.
އެގޮތުން، މުސްތަފާ ހުށަހެޅުއްވި އިސްލާހުގައި ވަނީ މަޖިލިހުގެ މެމްބަރުކަން ކުރައްވާފައިވާ ކޮންމެ މީހަކަށް އެއާޕޯޓުން ވީއައިޕީގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަން ވާނެ ކަމަށް ބުނެފަ އެވެ.
ލަތީފް، އެ ގާނޫނަށް ހުށަހެޅުއްވި އިސްލާހެއްގައި ވަނީ މަޖިލިހުގެ މެމްބަރުން ބޭނުންވާ ނަމަ، ހެލްތު އިންޝުއަރެންސް ސްކީމަށް ފިރިމީހާ ނުވަތަ އަނބިމީހާ އަދި އުމުރުން 18 އަހަރު ނުވާ އުފަން ކުދިން ބައިވެރިކުރަން ވާނެ ކަމަށެވެ. އަދި، އެ މީހުން ބައިވެރިކުރާ ނަމަ، އިންޝުއަރެންސް ޕްރިމިއަމް ދައްކާނީ އެމީހަކު އަމިއްލަ އަށް ކަމަށް ބިލްގައިވެ އެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން ހެލްތު އިންޝުއަރެންސް ލިބޭނީ މެމްބަރުންނަށް އެކަންޏެވެ.
މަޖިލިހުގެ ކޮންމެ މެމްބަރަކަށް ޑިޕްލޮމެޓިކް ޕާސްޕޯޓު ހަމަޖައްސަން ވާނެ ކަމަށް ބިލްގައި ބުނެފައިވާ އިރު، އެ ޕާސްޕޯޓު ހެދުމުގެ ހުރިހާ ޚަރަދެއް ހަމަޖައްސަން ވާނީ އެ މެމްބަރަކު އަމިއްލަ އަށް ކަމަށް ބިލްގައިވެ އެވެ.
ލަތީފް ހުށަހެޅުއްވި އިސްލާހުގައި ވަނީ މެމްބަރުންނަށް މާލީ އިނާޔަތް ލިބޭނީ އެ މެމްބަރަކު މަޖިލިހުން ވަކިވާ ހިސާބުން ކަމަށެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން މެމްބަރުންނަށް މާލީ އިނާޔަތް ލިބޭނީ އެ މެމްބަރަކު މަޖިލިހުން ވަކިވުމަށް ފަހު، އަދި އެ މެމްބަރެއްގެ އުމުރުން 55 އަހަރު ފުރޭ ފަހުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްް
23 April 2019
އެކަަމަކު މީނާގެ ބޭބެ ޓަރމް ހަމަނުކޮށް ރައީސްކަމުން އިސްތިއުފާ ދިނީމަ އޭނާއަށް އިނާޔަތް ހޯދަން ފައި ވިއްދާފަ ހުރި އެކަކު މިއީ.
ސުލީ
23 April 2019
ސިވިލްސާވިސް މުވައްޒަފަކު 20 އަހަރު ވަންދެން ވަޒީފާގައި ހުރެ 5000ރ. ލިބެނީ، ވަޒީފާޢިން ވަކިވެގެންދާއިރު ދާންޖެހެނީ ހުސްއަތާ... މަޖިލީހުގައި ކެއުމައި ސައި، އިނާޔަތް ބޮޑު މުސާރަ ޑިޕޮލެމެޓިކް ޕާސްޕޯޓް އޭސިޔާގެ ހޮސްޕިޓަލް ތަކުން އަނބިދަރިންނަށް ބޭސްފަރުވާ މިވަރަށް ބަނޑުއަޅާފަ ވަކިވެގެންދާއިރު އެއްގޮތަކަށްވެސް ރައްޔިތުންގެ ފައިސާއިން ލޯ ލާރިއެއްވެސް ދީގެން ނުވާނެ
އިއްސެ
23 April 2019
ކުރީގެ މެންބަރުންނޭ ވިދާޅުވާއިރު ހަގީގީ ކުރީގެ މެންބަރުންނަށް ތީގެން ބައިރުފިޔާވެސް ނުލިބޭގޮތަށް އޮތްކަން އިގެނީ ކިތަށް ބޭފުޅުންނަށްބާ؟ އިމްތިޔާޒު ގާނޫނުގައި ކުރީގެ މެންބަރުންގެ ގޮތުގަ މިބަލަނީ 2013 ގެ މާޗުމަހަށްފަހު ވަކިވާ މެންބަރުން. އޭގެ ކުރިން ވަކިވި އެކަކަކީވެސް ކުރީގެ މެންބަރުންނެއް ނޫން އޭގަވާގޮތުން. އެހެންވެ އެންމެ ރަގަޅުވާނީ ކުރީގެ މެންބަރުންނޭ ނުކިޔާ 2013 އިންފެށިގެން ވަކިވާ މެންބަރުންނޭ ކިއީމަ. އޭރުން ކަމުގެ ހަގީގަތާ އެއްގޮތްވާނި.
މަރީމާމަ
23 April 2019
ކޮންމެކަމެއްވެސް މިކުރަނީ މަކަރާ ހީލަތުން އަމިއްލަ ފައިދާއެއް ހޯދުމަށް. އަޅެ ކުރީގެ މެންބަރަކަށްވަނީ 2013ގެ ފަހުން މަޖިލިހަށްވަންނަ މީހުން އެކަނިތަ؟ އަމިއްލަ އެދުން ބޮޑުވިޔަސް މިދެން ބޮޑުވަރު.
ހާނިމު/ހިތަދޫ/12 15 އަހަރު 10ގ
23 April 2019
އިވައްޓޭ ސިސް، ތިގޮތަށް ފޮޓޯނަގަން ފުރުސަތު ނުދީ، ޝޭމްޕޯ ބޭނުންކޮށް ތިޔަ ލޯބި ޕަންކު ކަޅު އިސްތަށިގަނޑުން ރެފުލެޓު ވާވަރަށް ސަޅިކޮށްލަބަލަ. އިވައްޓޭއަކީ ނުލާހިކު ރީތި ކުއްޖެއް..
އޭވާ އެކަންޏެއްނޫން
23 April 2019
މަވެސް ދެކޮޅު.. މޮޔަވެގެން ތެޅޭ ބައެއްތީ. އަދިވެސް ކެވުނު ވަރު މަދުވެގެން އިތުރު އެއްޗެއް ލިބޭތޯ
ފާނަކޮށި
23 April 2019
ދޭނިކަމެއްނެތް ދައުރުވަކިވެގެންދާ މެންބަރުންނަށް އެކައްޗެއްވެސް.......ދައުރުހަމަވީމަ މަޖްލިސް މެމްބަރުން ނުޖެހޭ މާޝާޙީ ބައަކަށް ވާކަށް...އެއީވެސް ހަމަ ޢާއްމުރައްޔިތެއް ކަންކަށަވަރުވާންޖެހޭ......ރައްޔިތުންނަކީ ނިކަމެތި ބައެއްކަމަށް ނުހަދާށޭ....
މަހޭބެ
23 April 2019
ޢެއްވެސް މީހަކަށް ދީގެން ނުވާނެ. ނާއިބުރައީސުންނަށްވެސް ދީގެން ނުވާނެ. ރާއްޖެއަކީ މިހާުރުވެސް ނިސްބަތުން އެންމެ ހަރަދު ބޮޑު ދައުލަތް.
މަޖިލިސް ރައީސް
23 April 2019
ތިއީ މިއަދުގެ އެޖެންޑާއިން ބޭރުގެ މައްސަލައެއް. މިއަދުގެ އެޖެންޑާގައި ވަނީ ޑިޕްލޮމެޓިކް ވިސާއެއްނޫން. އިނާޔަތް....
ޝަރީފަ
23 April 2019
މަޖިލީހު މެމްބަރުންނައް ދޭންވީ އިނާޔަތެއްވެސް ނޫން.. އެންމެ ފުރަތަމަވެސް މަޖިލީހައް ކުރިމަތިލެވޭމީހުންގެ އެންމެ ދައް ފެންވަރު ކަނޑައަޅަންވީ.. އެއީ މާސްޓާސަ ޑިގުރީއެއް އޮތުމާއި އެކު އެއްވެސް ޖިނާއީ ކުށެއް ސާބިތުވެފައި ނެތުމާއި އަދި މީހަކާ އިނދެގެން ހުރިމީހަކު ކަމައްވުމާއި މުސްލިމަކު ކަމައްވުމާއި ހަތަރު ކަށިމަތި ދިވެއްސަކައްވުމާއި މަދުވެގެން 5 އަހަރުވަންދެން ސީނިޔާ ވަޒީފާއެއްގައި އުޅެފައި ވުމާއި މަދުވެގެން 3 އަހަރު ސަރުކާރުގައި އުޅެފައި ވުމެވެ.
އެޑަމް
23 April 2019
އީވާއެކަނިތޯ މުޅި ޤައުމުވެސް ދެކޮޅު އަދި ރައްޔިތުން ކޮރަޕުސަނާ ފަސާދައިގެސަބަބުންރައްޔިތުން ބަލައިނުގަތް ބަޔަކައް ރައްޔިތުންގެ ޓެކުސްފައިސާއިން އެއްވެސްމިންވަރެއްދޭކައްނުރުހޭނެ ސިވިލްސާވިސްގެ ބޭފުޅަކު20 25 އަހަރުމަތީމަޤާމެއްގަޚިދުމަތްކުރިއަސްލިބެނީ =/5000ރ ވީމާރިސްވަތާ ފަސާދައިގަ5އަހަރުހޭދަކޮއްފަރައްޔިތުންނައް ފައިދާހުރިއެއްކަމެއްކޮއްފަނުވާބަޔަކު ލަދެއްނެތި މިވަރުގެބިލެއްހުށަހަޅަންކެރުނީތީހައިރާންވެއްޖެ!!!