ޕީއެންސީގެ އިސް މަގާމުތަކަށް ހޮވި ބޭފުޅުން (ކ-ވ) ސައީދު، ޝުޖާއު، މުންދު، އަބްދުއްރަހީމް އަދި ނިހާން.---ފޮޓޯތައް: މިހާރު
26 އެޕްރީލް 2019 - 21:01
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސަކަށް އެ ޕާޓީގެ ވަގުތީ ރައީސްކަން ވެސް ކުރެއްވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އައްޔަންކޮށް، ޕާޓީގެ ނައިބުންގެ ގޮތުގައި ހަތަރު ބޭފުޅަކު މިއަދު އިންތިޚާބުކޮށްފި އެވެ.
ޕީއެންސީގެ ފުރަތަމަ ކޮންގްރެސްގައި، އެ ޕާޓީގެ ރައީސްކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ހަމަޖެއްސީ އެ މަގާމަށް އޭނާ ފިޔަވައި އިތުރު ބޭފުޅަކު ކުރިމަތިލާފައި ނުވާތީ އެވެ. އެހެން މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރީ 137 މެމްބަރުންގެ މެދުގައި ބޭއްވި ވޯޓުގަ އެވެ.
އަހުމަދު ނިހާން، 126 ވޯޓު.
މުހައްމަދު ހުސައިން ޝަރީފު (މުންދު)، 122 ވޯޓު.
ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު، 122 ވޯޓު.
ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، 120 ވޯޓު.
ޕީއެންސީގެ ނައިބު ރައީސުންގެ ގޮތުގައި އިންތިހާބުވި ބޭފުޅުންނާއި އެ އިންތިހާބު ނާކާމިޔާބުވި ނިމާލް، އަދި އެ ޕާޓީގެ ރައީސް އަބްދުއްރަހީމް
އެ އިންތިޚާބު ނާކާމިޔާބުވި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލަށް ލިބިވަޑައިގަތީ 39 ވޯޓެވެ.
ޕީއެންސީގެ ނައިބު ރައީސުންގެ ގޮތުގައި ހަތަރު ބޭފުޅުން އިންތިޚާބު ކުރަން ނިންމީ އެ ޕާޓީގެ އަސާސީ ގަވައިދު މިއަދު އިސްލާހު ކޮށްގެންނެވެ. ޕާޓީގެ ކުރީގެ އަސާސީ ގަވައިދު ބުނާގޮތުން އެ ޕާޓީގައި ތިބޭނީ ދެ ނައިބު ރައީސުންނެވެ. އެމަގާމުގައި ވަގުތީ ގޮތުން މިހާތަނަށް ތިއްބެވީ ސައީދާއި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ.
އަންނަ މަހު ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލިހުގައި ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕް (ޕީޖީ) ގެ ލީޑަރުކަން ކުރައްވާ ފަރާތަކީ ވެސް ޕާޓީގެ ނައިބު ރައީސުންގެ ފެންވަރުގެ ބޭފުޅެއް ކަމަށް އަސާސީ ގަވައިދުގައި މިއަދު ވަނީ ހިމަނައިފަ އެވެ.
ޕީއެންސީގެ ޕީޖީ ލީޑަރެއްގެ ގޮތުގައި ކަނޑައެޅީ މަޑުއްވަރީ ދާއިރާގެ އިންތިޚާބީ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ. ޕާޓީގެ ސެކްރެޓަރީ ޖެނެރަލަކީ ޕީޕީއެމްގައި ވެސް އެ މަގާމު ފުރުއްވި މުހައްމަދު ތޮލާލެވެ.
މިއަދުގެ ކޮންގްރެސްގައި ވަނީ އެ ޕާޓީގެ ކައުންސިލަށް 20 ބޭފުޅަކު ވެސް އިންތިޚާބުކޮށްފަ އެވެ.
ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތު ވަނީ މާދަމާ ރެއަށް ފަސްކޮށްފަ އެވެ.
ޕީއެންސީ އަކީ ޕީޕީއެމްގައި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުންތަކެއް އިސްކޮށް ތިއްބަވައިގެން އުފެއްދި ޕާޓީ އެކެވެ. އަދި އެ ޕާޓީ ސިޔާސީ ދާއިރާގައި މަސައްކަތް ކުރަނީ އިއްތިހާދު ވެގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑަ މޮހޮނު
27 April 2019
ކިތަންމެ ވަރަކަށް ދުލިބަދަލުކުރިއަސް،ތިވާނީ ހަމަ ތިއަށް އަދުރޭގެ ފަސްވަނަ ޕާޓީ ، ޕީއޭ، ޑީއާޕީ، ޕީޕީއެމް، ޕީޕީއެމް ދަރުބާރު، ޕީއެންސީ. ފެއިލްވާއިރަށް ދުލި ބަދަލުކޮއްލާ.
އަލީރާޖާ
27 April 2019
މަޖިލީހަށްވެސް ވޯޓަކާ ނުލާ ވާދަ ކުރިނަމަ އަދުރޭ ހޮވިނީސް! ލޮލް! މިއީ މި މީހުންގެ ޑިމޮކްރަސީ!
........
27 April 2019
ލޮލް
އަލީގ
27 April 2019
ކުރީގެ ރައީސް އަދިވެސް އެހުރީ ހެސްކިޔާފަ ފައިސާ ހަރަދުކުރިއިރުވެސް ރިޔާސީ އިންތިހާބު އަދި މަޖްލިސް އިންތިހާބުން ލިބުނު ބޮޑު ނާކާމިޔާބު ގަބޫލު ނުކުރެވިފަ. ޗެކްގަ ސޮއިކުރާނީ އޭނާތާ ތިތާމިހާރު ތިތިބީ އެޗެކުން ފައިސާނަގާ އެހަރަދު ކުރިމީހުން އޭނާ ހީކުރަނީ އެފައިސާ ހަރަދުކުރީ އިންތިހާބައްކަމައް އެކަމަކު އަދިވެސް ނުވިސްނޭ ތިމީސްމީހުންގެ އޮޑިދޯނިފަހަރު އިތުރުވެ ގެދޮރު އިތުރުވީވަރެއް
ޝެލަރީ
27 April 2019
ނެތްތަ 5 ނައިބުރައީސް ލެވޭނެ ގޮތެއް އޭރުން ނިމާލް ވެސް ބާކީނުކޮއްވާނެ އެއްނު
ހަސަނުމް
27 April 2019
ހީވަނީ ތީ އެހެން ބައެއްހެން. މިސާލަކަށް ތުޑު ހަސަނާ ޖެހުނު މީދާ ވާހަކަ ކަހަލަ. ނުވަތަ
ތުއްތު ބޭ
27 April 2019
މި މީހުންނަށް ހަމަ އެކަނި 2 ޕާޓީން ރައީސް ކަމާއި ނައިބު ރައީސު ކަން ލިބޭނީ
.. ..
27 April 2019
ހޭ ޕީއެންސީ! މިއަކު ނެތޭ އެއްވެސް.. އެއްވެސްމިންވަރަކަށް ތަފާތެއް.!! މުޅިޤައުމުފަސާދަކުރި އަދި މުޅި މި ދިވެހިއުއްމަތް ދަވާލި ޕޕއމ މީހުނޭ ތިޔައީ.
ހޭކެނޑޭ
27 April 2019
މިކަލޭގެ ނޫނިއްޔާ ނެތީތަ މިކަމަށް މި ޕާރޓީ ގައި ކުފޫ ހަމަވާ ބަޔަކުވެސް.
ޙަސީ
27 April 2019
ބަލަ ތިހެން ނުކިޔަބަލަ... އެއީ ރައީސް އަދުރޭ އޭ... ރެސްޕެކްޓް ހިމް. ލޮލް
ޚޭރި
27 April 2019
އޯއެމްޖީ ވަޓް އަ ސަޕްރައިޒް!!